ކޮވިޑް-19 އަކީ ޓެސްޓު ކިޓުތަކުގެ އެހީގައި އުފެއްދި “ދޮގުވެރި” ވަބާއެއް ކަމަށް އެތައް ހާސް ޑޮކްޓަރުންނެއް ބުނަނީ

މެޑްރިޑް، ސްޕެއިން. 25 ޖުލައި 2020

ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މަކަރާއި ހީލަތްތެރިކަމާއެކު، ޓެސްޓު ކިޓުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އުފައްދާފައިވާ ‘ފޭކު’ ނުވަތަ ‘ދޮގު’ ވަބާއެއް ކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އެތައް ހާސް މެޑިކަލް ޑޮކްޓަރުންނެއް މިހާރު ދަނީ ބުނަމުންނެވެ.

ސްޕެއިންގެ ‘ޑޮކްޓާސް ފޯ ޓްރޫތް’ (ނުވަތަ ޙަޤީޤަތަށްޓަކައި މަސައްކަތްކުރާ ޑޮކްޓަރުން) ޖަމްޢިއްޔާގައި ހިމެނޭ ގިނަ ޑޮކްޓަރުންގެ ޓީމަކުން، 25 ޖުލައި 2020 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑެތި ހާމަކުރުންތަކެއް ވަނީ ކޮށްފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޑޮކްޓަރުން ބައިވެރިވި މި ކޮންފަރެންސްގައި އެ ބޭފުޅުން ވިދާޅުވީ، ކޮވިޑް-19 އަކީ އާންމު ރައްޔިތުންނަށް ނޭނގޭ ސައިންސުގެ ނާޒުކު ކަންތައްތަކެއް ނަހަމަގޮތުގައި ބޭނުންކޮށްގެން އުފައްދާފައިވާ ‘ދޮގުވެރި ވަބާއެއް’ ކަމަށެވެ.

ތިރީގައި މިވަނީ މި ބައްދަލުވުމުގައި ވާހަކަދެއްކެވި ބައެއް ޑޮކްޓަރުން ފާހަގަކުރެއްވި މުހިންމު ނުކުތާތަކެވެ.

ޑޮކްޓަރުންގެ ވީޑިއޯ ކޮންފަރެންސުގެ ލިންކު: 

ކޮވިޑް-19 އިގެ ހަޤީޤަތް ހާމަކުރުމަށް 500 އަށްވުރެ ގިނަ ޑޮކްޓަރުންގެ ބައިނަލްއަޤްވާމީ ތަހުޤީޤެއް

މި ކޮންފަރެންސްގައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ ޖަރުމަނުގެ މަޝްހޫރު ޑޮކްޓަރު ހައިކޯ ޝޮނިންގް އެވެ. އެ ބޭފުޅަކީ ޖަރުމަނުގެ “އެކްސްޓްރާ-ޕާލިމެންޓަރީ ކޮމިޝަން ފޯ ދަ ސްޓަޑީ އޮފް ކޮރޯނާ ވައިރަސް” ގެ ތަރުޖަމާނުގެ އިތުރުން، 500 އަށްވުރެ ގިނަ މެޑިކަލް ޑޮކްޓަރުން ހިމެނޭ “ޑޮކްޓާސް ފޯ އެންލައިޓްމެންޓް” ޖަމްޢިއްޔާގެ ފައުންޑިންގ މެންބަރެކެވެ.

ކޮވިޑް-19 އާ ގުޅޭ ހަޤީޤީ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މި ޖަމްޢިއްޔާގެ އިސްނެގުމުގެ މަތިން “އެކްސްޓްރާ-ޕާލިމެންޓަރީ ކޮމިޝަން” ގެ ނަމުގައި މިހާރު ވަނީ ބައިނަލްއަޤްވާމީ ތަހުޤީޤެއް ފަށާފައެވެ. ޑޮކްޓަރު ހައިކޯ ވިދާޅުވި ގޮތުގައި، މިފަދަ ފިޔަވަޅެއް އަޅަން ޑޮކްޓަރުންނަށް މަޖުބޫރުވީ، ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރަން ތިއްބެވި ސިޔާސީ ފަރާތްތަކުން އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރެއްވުމުންނެވެ.

އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ:

“ޕާލިމެންޓުން އެ ބޭފުޅުންގެ ވާޖިބުތަކެއް އަދާނުކުރޭ. ކޮވިޑް-19 ގެ ހަޤީޤަތް ހޯދުމަށް ޖަރުމަނު ވިލާތުން ވިޔަސް، އޮސްޓްރިއާއިން ވިޔަސް ނުވަތަ މުޅި ދުނިޔޭގެ ފެންވަރުގައި ވިޔަސް ސިޔާސީ ބޭފުޅުން އެދެވޭ މަސައްކަތެއް ކޮށްފައެއް ނުވޭ. އެހެންކަމުން، އާންމު ރައްޔިތުންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް މިކަމުގައި ނުކުންނަން މަޖުބޫރުވީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި، އަޅުގަނޑުމެންގެ އާއިލާތަކަށްޓަކައި، އަދި ޑޮކްޓަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ބަލިމީހުންގެ ހައްޤުގައެވެ.

މިއީ އެއްވެސް ސިޔާސީ ހަރަކާތެއް ނޫނެވެ. މިއީ ވަކި ފިކުރަކަށް، ޖިންސަކަށް ނުވަތަ ވަކި ފަންތިއަކަށް ނިސްބަތްވާ ކަމެއް ނޫނެވެ. މިއީ އިންސާނިއްޔަތާ ގުޅިފައިވާ ކަމެކެވެ. އަޅުގަނޑު އަމިއްލަ ގޮތުން މިކަމުގައި ބައިވެރިވަނީ މިތާ ތިބި އަޅުގަނޑުގެ ދެ ދަރިންގެ މުސްތަޤުބަލަށްޓަކައެވެ. އަޅުގަނޑަކީ ބައްޕައެއް، ޑޮކްޓަރެއް، އަދި ޖަރުމަނުގެ އަސްކަރިއްޔާއިން ރިޓަޔާކޮށްފައިވާ އޮފިސަރެއްވެސް މެއެވެ. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، މި ފެތުރިފައިވާ ބޮޑު ދޮގުން އަޅުގަނޑުމެންގެ އާއިލާތަކާއި ރައްޔިތުން ސަލާމަތްކޮށް ދިފާޢުކުރުމެވެ.”

ކޮވިޑް-19 އަކީ އޮޅުވައިލުމުގެ ތެރެއިން އުފައްދާފައިވާ ވަބާއެއް

ޑރ. ހައިކޯ ޝޮނިންގް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ކޮވިޑް-19 އަކީ މަކަރާއި ޚިޔާނާތްތެރިކަމުގެ ތެރެއިން ފަރުމާކޮށްފައިވާ “ދޮގުވެރި” ވަބާއެކެވެ. “ކޮވިޑް-19 އާ ގުޅޭގޮތުން ރަސްމީ އިދާރާތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން. މިއީ މުޅި ދުނިޔޭގައި ފަތުރަމުންދާ ބޮޑު އޮޅުވައިލުމެއް. އަޅުގަނޑުގެ ބައިވެރިން މިކަމުގެ ތަފްޞީލުތައް ހާމަކޮށްދޭނެ. އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ހަޤީޤަތަކީ، ކޮވިޑް-19 އާ މެދު ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން. މިއީ ކޮންމެ އަހަރަކު ފެންނަ އާންމު ރޯގާތަކާ އެއްވެސް ތަފާތެއް ހުރި ބައްޔެއް ނޫން،” އޭނާ ވިދާޅުވިއެވެ.

މީގެ މާނައަކީ، މިއީ ހަމައެކަނި އާދައިގެ ރޯގާއެއް ކަމާއި، ބަލީގެ ނަމާއި ޢަލާމާތްތައް ބަދަލުކޮށް، މަކަރުވެރި ޓެސްޓުތަކެއްގެ އެހީގައި ރައްޔިތުންނަށް އޮޅުވައިލަނީ ކަމެވެ.

ޑރ. ހައިކޯ ވިދާޅުވީ، މިއީ ޞިއްޙީ ދާއިރާގައި ހިންގާ ބޮޑު އޮޅުވައިލުމެއްކަން ކުޑަވެސް ޝައްކެއް ނެތް މިންވަރަށް މެޑިކަލް ހެކިތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން، ދެން އުފެދޭ ސުވާލަކީ މިއީ ކީއްވެގެން، ކޮން މަޤްޞަދެއްގައި ހިންގާ ކަމެއްތޯއެވެ؟ އަދި މިކަމުގެ ސަބަބުން ނާޖާއިޒު ފައިދާ ލިބި، މުއްސަނދިވަނީ ކޮން ބައެއްތޯއެވެ؟

މިކަމުގެ އަސްލު ބޭނުމަކީ ދުނިޔޭގެ ބާރުވެރިކަން މުށުތެރެއަށްލައިގެން ތިބި ނުފޫޒުގަދަ ފަރާތްތަކުގެ މުއްސަނދިކަން އިތުރުކޮށް، އެމީހުންގެ ބާރު ދެމެހެއްޓުމެވެ. މީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ބިލް ގޭޓްސް ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުގެ އިސްވެރިންނަށާއި، އެ ބޭފުޅުންގެ ފަހަތުގައި ފޮރުވިގެންވާ “މެޑިކަލް ކާޓެލް” ނުވަތަ ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުގެ އިއްތިހާދަށެވެ.

ނިންމާލަމުން ޑރ. ހައިކޯ ޝޮނިންގް ވިދާޅުވިއެވެ. “މިއީ ބޮޑު ‘ސްކޭމެއް’ ނުވަތަ މަކަރެއްކަން ސާބިތުކޮށްދޭނެ މެޑިކަލް ހެކިތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. ކޮވިޑް-19 އިގެ ފަހަތުގައިވާ އަސްލު ތާރީޚަށް ބަލައިލުމުން މިކަން ވަރަށް ސާފުވާނެ. އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ، މިފަދަ ކަމަކުން މަންފާ ހޯދަނީ ކޮން ބައެއްތޯއާއި، މިފަދަ ދޮގު ވަބާއެއް އުފެއްދުމުގެ ބާރު ލިބިގެންވަނީ ކޮން ބަޔަކަށްތޯއެވެ؟”

ކޮވިޑް-19 އިގެ އަމާޒަކީ ރައްޔިތުންނާއި އިޤްތިޞާދު އިނދަޖައްސައިލުން

ޑރ. ހައިކޯ ޝޮނިންގް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި ދޮގުވެރި ވަބާގެ މައިގަނޑު އަމާޒަކީ އާންމު ރައްޔިތުންނާއި ރައްޔިތުންގެ އިޤްތިޞާދެވެ. “މި ހުރިހާ ކަމެއްގެ ނިމުން ގުޅިފައިވަނީ އިޤްތިޞާދާ. ކޮވިޑް-19 އަކީ މި ހިންގާ ބޮޑު ވައްކަން ފޮރުވުމަށްޓަކައި ބޭނުންކުރާ ބަހަނާއެއް ނުވަތަ ‘ކަވަރ ސްޓޯރީ’ އެއް،” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮވިޑާ ގުޅިގެން އެޅި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކާއި، އޭގެ ސަބަބުން އުފެއްދި ބިރުވެރިކަމުގެ ތެރޭގައި ޖަރުމަނުވިލާތުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޑރ. ހައިކޯ ވިދާޅުވި ގޮތުގައި، 2020 ވަނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހު ޖަރުމަނުގައި ކުރަންޖެހޭ ކޮންމެހެން މަޖުބޫރު އޮޕްރޭޝަންތަކުގެ 90 އިންސައްތަ ވަނީ ނުކުރެވި މަޑުޖެހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބަލިމަޑުކަމަށްވުރެ ބޮޑަށް، ފަރުވާ ނުލިބުމުގެ ސަބަބުން އެތައް ބަޔަކު މަރުވެގެންދިޔަކަން އޭނާ ހާމަކުރެއްވިއެވެ.

މި ތަހުޤީޤީ ކޮމިޝަނުން މިހާރު ވަނީ ބައިނަލްއަޤްވާމީ ވެބްސައިޓެއް އިފްތިތާޙުކޮށް، އެ ސައިޓް 10 ބަހަކަށް ތަރުޖަމާކޮށްފައެވެ. “އަޅުގަނޑުމެން ނެރުނު ވީޑިއޯ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ މީހުން ބަލައިފި. ތިޔަ ދައްކަވާ އެއްބައިވަންތަކަމަށްޓަކައި ޝުކުރު ދަންނަވަން،” ޑރ. ހައިކޯ ވިދާޅުވިއެވެ.

މާސްކު އެޅުމާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ އުސޫލުތަކުގައި ހުރި ފުށުއެރުންތައް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މާސްކު އެޅުމާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތަށް އިރުޝާދު ދެމުންދާތީ، މި ކޮންފަރެންސްގައި ދެވަނައަށް ވާހަކަދެއްކެވި ސްޕެއިންގެ ޑޮކްޓަރު ނަތާލިޔާ ޕްރެގޯ ކެންސެލޯ ވަނީ އެ ޖަމްޢިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މާސްކު އެޅުމާ ގުޅޭގޮތުން 5 ޖޫން 2020 ގައި ޑަބްލިއު.އެޗް.އޯ އިން ނެރުނު އުސޫލުތަކާ ހަވާލާދީ، މާސްކު އެޅުމުގެ ސައިންސީ ޙަޤީޤަތް ޑރ. ނަތާލިޔާ ހާމަކޮށްދެއްވިއެވެ. އެ ޖަމްޢިއްޔާގެ ރަސްމީ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، “މުޖުތަމަޢުގެ ތެރޭގައި ޞިއްޙަތު ސަލާމަތުން ތިބި މީހުން އާންމުކޮށް މާސްކު އެޅުމަކީ ބަލިން ރައްކާތެރިވާނެ ކަމެއްކަން ސާބިތުކޮށްދޭ ފެންވަރު ރަނގަޅު ސައިންސީ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.”

ތިރީގައި މިވަނީ 5 ޖޫން 2020 ގައި ޑަބްލިއު.އެޗް.އޯ އިން ނެރުނު “އެޑްވައިސް އޮން ދަ ޔޫސް އޮފް މާސްކްސް އިން ދަ ކޮންޓެކްސްޓް އޮފް ކޮވިޑް-19” ގައިވާ އިބާރާތެވެ:

 “މުޖުތަމަޢުގެ ތެރޭގައި ޞިއްޙަތު ސަލާމަތުން ތިބި މީހުން އާންމުކޮށް މާސްކު ބޭނުންކުރުމަކީ ރައްކާތެރިކަން ލިބޭނެ ކަމެއްކަން ސާބިތުކޮށްދޭ ފެންވަރު ރަނގަޅު ނުވަތަ ސީދާ ސައިންސީ ހެއްކެއް އަދި ނެތެވެ.”
WHO Advice on the use of masks in the context of COVID-19, 5 Jun 2020 “The widespread use of masks by healthy people in the community setting is not yet supported by high quality or direct scientific evidence”

ކޮވިޑް-19 އިގެ ވަބާ އުފެއްދުމަށް ބޭނުންކުރި ޓެސްޓުކުރުމުގެ މަކަރުވެރި ރޭވުން

މި ބަލިމަޑުކަން އުފައްދާފައިވަނީ ބަލީގޭ އަލާމާތްތަކުގެ މައްޗަށްވުރެ ބޮޑަށް ޑައިގްނޮސްޓިކް ޓެސްޓުގެ މައްޗަށް ބިނާކޮށް!


މި ބަލިމަޑުކަން ފަތުރާފައިވަނީ ބަލީގެ ޢަލާމާތްތަކަށް ބެލުމުގެ ބަދަލުގައި، ހަމައެކަނި ބަލި ދެނެގަންނަން ބޭނުންކުރާ “ޑައިގްނޮސްޓިކް ޓެސްޓު” ތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

މި ކޮންފަރެންސްގައި ޕީ.ސީ.އާރު (PCR) ޓެސްޓާ ގުޅޭގޮތުން ވާހަކަދެއްކެވި ޑޮކްޓަރު މާރިއާ ޖޯސް ވިދާޅުވި ގޮތުގައި، “އާންމު އުސޫލުން ބަލިމަޑުކަމެއް ނުވަތަ ޕެންޑަމިކެއް ކަނޑައަޅަނީ ‘ކްލިނިކަލް’ ކޮށް، ބަލިމީހުންގެ ކިބައިން ފެންނަ ޢަލާމާތްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ބަލި ދެނެގަންނަން ބޭނުންކުރާ ޓެސްޓުތަކަކީ އެ ޢަލާމާތްތަކުގެ އަސްލު ސަބަބު ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. ނަމަވެސް، މި ބަލިމަޑުކަން އުފައްދާފައިވަނީ ކްލިނިކަލް މިންގަނޑުތަކަށް ބެލުމުގެ ބަދަލުގައި، މައިގަނޑު ގޮތެއްގައި ޓެސްޓުތަކަކުން ފެންނަ ނަތީޖާއަކަށް އެކަނި ބިނާކޮށްގެންނެވެ.”

ކުރީގެ ބަލިމަޑުކަންތަކުގައި ބަލި ފެތުރޭކަމަށް ނިންމަނީ އެއްގޮތް ޢަލާމާތްތަކެއް ހުންނަ ބަލިމީހުން ފެންނަ މިންވަރަށް ބަލައިގެންނެވެ. އެހެންނަމަވެސް، މިފަހަރު ބަލިމަޑުކަން އިޢުލާނުކޮށްފައިވަނީ ހަމައެކަނި ޓެސްޓުގެ ނަތީޖާއަށް ބިނާކޮށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބަލީގެ އެއްވެސް ޢަލާމާތެއް ނެތް މީހަކީވެސް “ބަލިމީހެއް” ކަމަށް ކަނޑައަޅައި، މުޅި މުޖުތަމަޢު ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާފައިވާކަން ޑރ. މާރިއާ ފާހަގަކުރެއްވިއެވެ.

ސާސް-ކޮވް-2 (SARS-CoV-2) ވައިރަސް ވަކިކުރެވިފައި ނެތުމާއި، އެއީ ބަލީގެ އަސްލުކަމާ މެދު އުފެދޭ ސުވާލުތައް

ކޮވިޑް-19 އަކީ “ސާސް-ކޮވް-2” ކިޔާ ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށް ބުނެ، 24 ޖެނުއަރީ 2019 ގައި ‘ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން’ ގައި ފަންނީ ކަރުދާހެއް ޝާއިޢުކުރިއެވެ. އެ ލިޔުމުގައިވާ ގޮތުން، ޗައިނާއިން ފެނުނު ނިއުމޯނިއާގެ މި ހާދިސާތަކަކީ ގޮތް ނޭނގޭ އަސްލަކުން ދިމާވި ކަމެކެވެ. ނަމަވެސް، ނިއުމޯނިއާއަކީ ތަޣައްޔަރުވެފައިވާ ވަޔަށް ނޭވާލުމުން ނުވަތަ ވިހަ ކެމިކަލެއްގެ ސަބަބުން ވެސް ދިމާވެދާނެ ކަމަކަށް ވީހިނދު، މިއީ ހަމައެކަނި ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށް ޗައިނާގެ އިދާރާތަކުން ނިންމި ނިންމުމަށް މުޅި ދުނިޔެ އެއްވެސް ސުވާލެއް ނެތި އިޖާބަދިނީ، ދީނީ އަޤީދާއެއް ދެލޯމަރާލައިގެން ޤަބޫލުކުރާ ފަދަ ބީދައަކުންނެވެ.

މި ކޮންފަރެންސްގައި ވާހަކަދެއްކެވި ޑރ. މާރިއާ ޖޯސް ފާހަގަކުރެއްވި ގޮތުގައި، މި ބުނާ ވައިރަހަކީ (RNA) ނިއުމޯނިއާގެ ޢަލާމާތްތައް ހުރި ބަލިމީހާގެ ފުއްޕާމޭގެ ދިޔައިން ޢިލްމީ މިންގަނޑުތަކުން ސާފުކޮށް ވަކިކުރެވިފައިވާ (Isolated) އެއްޗެއް ނޫނެވެ. އޭނާ ވިދާޅުވީ، އެ ސާމްޕަލުން ފެނުނު މާއްދާތަކަކީ ބަލި ޖައްސާ “އާ ވައިރަހެއް” ކަން އެ ފަރާތްތަކަށް ކަށަވަރުވީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

ބަލިމީހާގެ ފުއްޕާމޭގެ ދިޔައިން ޖެނެޓިކް މާއްދާތައް ވަކިކުރަން މަސައްކަތްކުރި ނަމަވެސް، އެ މަސައްކަތް ކޮށްފައިވަނީ ފުރިހަމަ “އައިސޮލޭޝަން” މިންގަނޑުތަކާ އެއްގޮތަށް ނޫންކަން ފަންނީ ރިޕޯޓުތަކުން އެނގެއެވެ. ސަބަބަކީ، ހަށިގަނޑުގެ ސެލްތަކުން ބޭރުކުރާ “އެކްސޯސޯމްސް” ފަދަ މާއްދާތަކުގައި ހުންނަ ޕްރޮޓީންއާއި RNA އަކީ، އާ ވައިރަހެއްގެ ގޮތުގައި އޮޅިގެން ބެލުމުގެ ފުރުޞަތު އޮތް އެއްޗެއްސެވެ. ޚާއްޞަކޮށް ރެޓްރޯ ވައިރަސް ފަދަ ތަކެތި ވަކިކުރުމަށްޓަކައި، ބަޔޮލޮޖީގެ މެނުއަލްތަކުގައިވާ ފަދަ ނާޒުކު “ސެންޓްރިފިއުގޭޝަން” (Centrifugation) އުކުޅުތައް ބޭނުންކުރަން ޖެހެއެވެ. ނަމަވެސް މި ހޯދުންތަކުގައި އެފަދަ ފުރިހަމަ ސާފުކުރުމެއް (Purification) ފެންނާކަށް ނެތެވެ.

ސެންޓްރިފިއުގޭޝަން އަކީ ކޮބައިތޯ؟


ސެންޓްރިފިއުގޭޝަން އަކީ އެއްޗެއް ބާރަށް އަނބުރައިގެން އޭގެ ތެރޭގައި ހުންނަ ބަރު މާއްދާތަކާއި ލުއި މާއްދާތައް ވަކިކުރުމަށް ބޭނުންކުރާ ސައިންސީ އުކުޅެކެވެ. މިސާލަކަށް، ދޮންނަ މެޝިނުން ފެން ފިލުވައިލުމަށް އަނބުރާ ގޮތަށް ނުވަތަ ލޭގެ ސާމްޕަލްތަކުން ލޭގެ ސެލްތަކާއި ދިޔާބައި ވަކިކުރުމަށް މި އުކުޅު ބޭނުންކުރެއެވެ. ސައިންސީ ގޮތުން ވައިރަހެއް “ވަކިކުރެވުނު” ކަމަށް ބެލެވޭނީ މިފަދަ ފުރިހަމަ މަރުޙަލާތަކެއް ކަނޑައްތުކޮށްގެންނެވެ.

ސްންޓެރިފިއުގޭޝަން ދައްކުވައިދޭ ވީޑިއޯއެއް.

ސެންޓްރިފިއުޖަށް ލައްވާފައިހުންނަ ޓެސްޓްޓިއުބްތައް ސެންޓަރަށްވާގޮތަށް އަނބުރާލުމުން އޭގައި ހުންނަ ބޮޑެތި އަދި ބަރު މާއްދާތައް އެންމެ ފުލަށް ޖަމާޢަވެއެވެ. ޖަމަޢަވާ އެއްޗެހީގައި އެއް ޑެންސިޓީއެއް (ނުވަތަ އެއް ބަރުދަނަކާއި) އަދި އެއް ސައިޒެއްގައި ހުންނަ އެއްޗެހި އެއީ ކޮންމެ އެއްޗަކަސް ވިއަސް އެއްތަނަކަށް ޖަމަޢަވެ އެވެ. މި ގޮތަށް ފުއްޕާމެއިން ނަގާ މާއްދާތައް ވަކިކުރާއިރު ފުއްޕާމޭގެ ދިޔައިގައި ކޮންމެ މާއްދާއެއް ހުއްޓަސް އެ މާއްދާއެއް އެއްތަނަކަށް ޖަމަޢަވެ އެވެ. އެތަނުން ބަލި ޖެއްސީ ކޮން އެއްޗަކުން ކަން ހޯދަން ޖެހެ އެވެ.

އާ ވައިރަހެއް ކަމަށް ނިންމި ނިންމުމުގައި ހުރި ޢިލްމީ ފުށުއެރުންތައް

އާ ވައިރަހެއް ފެނިފައިވާ ކަމަށް ނިންމި ނިންމުމުގެ ފަހަތުގައިވާ ސައިންސީ ހޯދުންތަކުގެ ބަލިކަށިކަމާ ގުޅޭގޮތުން ޑރ. މާރިއާ ވަނީ ވަރަށް ތަފްޞީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.

ޑރ. މާރިއާ ޖޯސް ވިދާޅުވި ގޮތުގައި، ކެންސަރު ޖެހިފައިވާ ސެލްތަކުން ވެސް “އެކްސޯސޯމްސް” ފަދަ ޖެނެޓިކް މާއްދާތައް ބޭރުކުރެއެވެ. “މި ހޯދުމުގައި ބޭނުންކޮށްފައިވަނީ ފުރިހަމަ RNA ޗެއިނެއް ނޫން. އެއީ ހަމައެކަނި ޗެއިންގެ ކުދި ބައިތަކެއް ނުވަތަ ‘ފްރެގްމެންޓްސް’. ދެން ހެދިގޮތަކީ، ކޮމްޕިއުޓަރު ޕްރޮގްރާމެއް ބޭނުންކޮށްގެން އެ ކުދި ބައިތައް އަމިއްލައަށް ގުޅުވައި، ‘ރީ-ކޮމްޕޯސް’ ކޮށްގެން އޮނިގަނޑެއް އެކުލަވައިލީ. މިގޮތަށް ކޮމްޕިއުޓަރުން ތައްޔާރުކުރި އޮނިގަނޑު، އޮންލައިން ޖީން ލައިބްރަރީގައި ހުރި އެހެން ކޮރޯނާ ވައިރަސްތަކާ އަޅާކިޔައި، އެއީ އާ ވައިރަހެއް ކަމަށް ކްލާސިފައި ކުރީ،” އޭނާ ވިދާޅުވިއެވެ.

މި ހޯދި އެއްޗަކީ “އާ ކޮރޯނާ ވައިރަހެއް” ކަމަށް ނިންމީ، ކުރިން ހޯދާފައިވާ “ސާސް-ކޮވް-1” އާއި މި އާ އޮނިގަނޑާ 80 އިންސައްތަ އެއްގޮތްކަން ހުރުމުންނެވެ. ވައިރަސް ވަކިކުރުމުގެ (Isolation) މަރުޙަލާގައި މިފަދަ ބޮޑެތި ޝައްކުތަކެއް ހުރިއިރު، އެއަށް ބިނާކޮށް ވަގުތުން ޑައިގްނޮސްޓިކް ޓެސްޓުތައް ވަނީ ފަށާފައެވެ. ޑރ. މާރިއާ ފާހަގަކުރެއްވި ގޮތުގައި، މި ވައިރަހުގެ ފުރިހަމަ RNA ގައި ގާތްގަނޑަކަށް 30,000 ނިއުކްލިއޯޓައިޑްސް ހުންނައިރު، ޕީ.ސީ.އާރު ޓެސްޓުން ބަލަނީ އޭގެ ތެރެއިން އެންމެ 200 ނިއުކްލިއޯޓައިޑްސް އަށެވެ. މިއީ ޓެސްޓުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.

މީގެ އިތުރުން، މިއީ އިންސާނުން ބަލިކުރާ އެއްޗެއް ކަމެއް ނުވަތަ އެކަކު ގައިން އަނެކަކު ގަޔަށް އަރާ އިންފެކްޝަނެއް ކަމެއް ވެސް ޢިލްމީ ގޮތުން ސާބިތުކޮށްދެވިފައި ނުވާކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޖެނެޓިކް އެއްގޮތްކަމުގެ މައްޗަށް ޑރ. އެންޑްރިއު ކައުފްމަންގެ ބަސް

ޑރ. އެންޑްރިއު ކައުފްމަން މިކަމާ ގުޅޭގޮތުން ވިދާޅުވީ: “ކުރިން ހޯދުނު އެއްޗަކާ 84 އިންސައްތަ އެއްގޮތްވުމުން އެއީ އާ ކޮރޯނާ ވައިރަހެއް ކަމަށް ބަލައިގެން ނުވާނެ. އިންސާނުންނާއި ޗިމްޕަންޒީއާ ދެމެދު ވެސް 97 އިންސައްތަ ޖެނެޓިކް އެއްގޮތްކަން ހުރޭ. އެކަމަކު އެއީ މުޅިން ތަފާތު ދެ ދިރުމެއް. އެހެންކަމުން، އެހާ ދަށް އިންސައްތައަކުން އެއީ އާ ވައިރަހެއް ކަމަށް ނިންމި ގޮތެއް އަޅުގަނޑަކަށް ފަހުމެއް ނުވޭ.”

މި ސަބަބުތަކާ ހުރެ، ދޮންކޭލާއި، ފަޅޮލާއި، އެކި ބާވަތުގެ މޭވާގެ އިތުރުން ޖަނަވާރުތަކުން ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމުން ވެސް، ކޮވިޑް-19 އަށް “ޕޮޒިޓިވް” ނަތީޖާ ދައްކާފައިވާކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ވައިރަހަކުން ބަލިޖެހޭކަން ސާބިތުކުރުމުގެ މިންގަނޑުތައް


“ވައިރަހަކުން ބައްޔެއް ޖެހޭކަން ޢިލްމީގޮތުން ސާބިތުކުރުމަށްޓަކައި ‘ޖަރާސީމު ނަޒަރިއްޔާ’ (Germ Theory) ގައި ބޭނުންކުރާ މައިގަނޑު އުސޫލަކީ ‘ކޯކްސް ޕޯސްޗުލޭޓްސް’ (Koch’s Postulates) އެވެ. މި އުސޫލުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަނުވާހާ ހިނދަކު، ވައިރަހަކުން ބައްޔެއް ޖެހޭކަން ކަށަވަރެއް ނުކުރެވޭނެ،” ޑރ. އެންޑްރިއު ކައުފްމަން ވިދާޅުވިއެވެ.

މި އުސޫލުގައި ހިމެނޭ މުހިންމު ދެ ނުކުތާއަކީ:

  1. ސާމްޕަލް ވަކިކޮށް ސާފުކުރުން (Isolation and Purification):
    ވައިރަހަކުން ބަލިޖައްސާކަން ސާބިތުކުރުމަށްޓަކައި، އެންމެ ފުރަތަމަ ބަލީގެ ޢަލާމާތްތައް ހުރި މީހާގެ ހަށިގަނޑުން ބަލިޖައްސާ ކަމަށް ބެލެވޭ މާއްދާ ނަގައި، އެހެން ހުރިހާ އެއްޗަކާ ވަކިކޮށް ސާފުކުރަން ޖެހެއެވެ. ނަމަވެސް، ކޮވިޑް-19 އިގެ ސާސް-ކޮވް-2 ހޯދިކަމަށް ބުނާ ހޯދުންތަކުގައި މި މަރުޙަލާ ފުރިހަމަކޮށްފައެއް ނުވެއެވެ.

ޑރ. ކައުފްމަން ފާހަގަކުރެއްވި ގޮތުގައި، RT-PCR ޓެސްޓުން މި ބަލަނީ ކޮންތާކުން އައި RNA އެއް ކަމެއް ސާފެއް ނޫނެވެ. ސަބަބަކީ ބަލިމީހާގެ ފުއްޕާމޭގެ ދިޔައިގައި އިންސާނީ ސެލްތަކުގެ ޑީ.އެން.އޭ އާއި، އާރް.އެން.އޭ ގެ އިތުރުން އެތައް ބާވަތެއްގެ މާއްދާތައް ހިމެނޭތީއެވެ. މީގެ ތެރޭގައި ހަށިގަނޑަށް ވިހައެއް ނުވަތަ އެހެން ނުރައްކަލެއް ކުރިމަތިވުމުން ޤުދުރަތީގޮތުން ހަށިގަނޑުން އުފައްދާ “އެކްސޯސޯމްސް” ވެސް ހިމެނެއެވެ. އެހެންކަމުން، މި ޓެސްޓުން ފެންނަ RNA އަކީ ހަށިގަނޑުގެ އަމިއްލަ އުފެއްދުމަކަށް ވުމުގެ ފުރުޞަތު ބޮޑެވެ.

ބަލިޖެހޭކަން ޢަމަލީގޮތުން ސާބިތުކުރުން (Experimental Verification):
ދެވަނަ މަރުޙަލާއަކީ، އެ ވަކިކުރި ވައިރަސް ނުވަތަ މާއްދާ، ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ނުވަތަ އެއްޗެއްގެ ހަށިގަނޑަށް ފޮނުވައިގެން (Infection)، ކުރިން ބަލިމީހާގެ ކިބައިން ފެނުނު ފަދަ ޢަލާމާތްތަކެއް ފެނޭތޯ ބަލައި ކަށަވަރުކުރުމެވެ. ޑރ. ކައުފްމަން ވިދާޅުވި ގޮތުގައި، ސާސް-ކޮވް-2 އާ ގުޅޭގޮތުން މިފަދަ އެއްވެސް ޢިލްމީ ތަހުޤީޤެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި ހުރިހާ ކަންކަމަށް ފުންކޮށް ނަޒަރު ހިންގާލާއިރު، ކޮވިޑް-19 އިގެ ނަމުގައި ފެތުރި ބަލިމަޑުކަމަކީ، ޞިއްޙީ ދާއިރާގެ ނުފޫޒުގަދަ ފަރާތްތަކަކުން ހިންގާފައިވާ ބޮޑު އޮޅުވައިލުމެއްގެ ތެރެއިން އުފައްދާފައިވާ “ދޮގު” ވަބާއެއް ކަމަށް ބުނުމުގެ ފުރުޞަތު އެބައޮތެވެ. އަދި މި ބަލީގެ ނަމުގައި މަޖުބޫރުކުރި ފުރަބަންދުތަކާއި، މާސްކު އެޅުމާއި، އިޖުތިމާޢީ ގައިދުރުކަމުގެ އިތުރުން ވެކްސިން ޖެހުން ފަދަ ފިޔަވަޅުތަކަކީ، ޢިލްމީ ގޮތުން އެއްވެސް ބުރަދަނެއް ނެތް، ހަޤީޤީ މަޤްޞަދެއް ނެތް ކަންތައްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކޮވިޑް-19 ދެނެގަންނަން ހަދާ RT-PCR ޓެސްޓުގެ އިތުބާރު ނެތް މިންވަރު

ކޮވިޑް-19 ވައިރަސް (ސާސް-ކޮވް-2) ހުރިތޯ ބެލުމަށް ބޭނުންކުރާ RT-PCR (ރިވާސް ޓްރާންސްކްރިޕްޝަން ޕޮލިމަރޭސް ޗެއިން ރިއެކްޝަން) ޓެސްޓާ މެދު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އާއި، އެމެރިކާގެ އެފް.ޑީ.އޭ (FDA) އަދި ސީ.ޑީ.ސީ (CDC) ފަދަ މުއައްސަސާތަކުން ނެރެފައިވާ ރަސްމީ ލިޔެކިޔުންތަކުގައި ވެސް ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

މި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ހަށިގަނޑުގައި އެހެނިހެން 8 ބާވަތެއްގެ ވައިރަލް RNA ހުރި ނަމަވެސް، މި ޓެސްޓުން “ޕޮޒިޓިވް” ނަތީޖާއެއް ދައްކަފާނެއެވެ. އަދި ޓެސްޓުން ޕޮޒިޓިވްވުމަކީ، އެ މީހަކު ބަލިކުރުވީ އެ ވަކި ވައިރަހުން ކަން ސާބިތުވާ ކަމެއް ނޫންކަން ވެސް އެ ފަރާތްތަކުން އިއުތިރާފުވެއެވެ.

މިސާލަކަށް، އެމެރިކާގެ އެފް.ޑީ.އޭ ގެ ރަސްމީ ލިޔުމެއްގައި ބަޔާންކޮށްފައިވެއެވެ:
 “The agent detected may not be the definite cause of disease.”
(މާނައަކީ: ޓެސްޓުން ފެނުނު މާއްދާއަކީ، އެ މީހާ ބަލިވުމަށް މެދުވެރިވި އަސްލު ސަބަބު ކަމުގައި ނުވެ ހިނގައިދާނެއެވެ.)

މި ހުރިހާ ހެކިތަކަކުން އަންގައިދެނީ، ކޮވިޑް-19 އިގެ ބަލިމަޑުކަން ދެނެގަތުމަށް ބޭނުންކުރި މައިގަނޑު ވަސީލަތަކީ ވެސް އިތުބާރު ކުރެވޭ ސައިންސީ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން ކަމެވެ.