2020: ކޮވިޑް-19 ގެ ފަހަތުގައިވަނީ ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ވެކްސިން ޖެހުމުގެ ޔަހޫދީ އެޖެންޑާއެއް

ލަންޑަން، އިނގިރޭސިވިލާތް: ކޮވިޑް-19 އަކީ ދުނިޔޭގެ އިޤްތިޞޯދު ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ބޮޑުން އުފައްދާފައިވާ ހީލަތްތެރި ދޮގެއް ކަމަށް ބުނެ، މިކަމުގެ ފަހަތުގައިވާ ކޮރަޕްޝަން ހާމަކުރި އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ޑޮކްޓަރެއްގެ ބޭސްފަރުވާ ކުރުމުގެ ލައިސަންސު ބާޠިލްކޮށްފިއެވެ.

ސެޓްފިކެޓްC
އޮފްO
ވެކްސިނޭޝަންV
އައިޑެންޓިފިކޭޝަންI

މިގޮތުން ލައިސަންސު ބާޠިލްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގައި 30 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. މުޙައްމަދު އިޤްބާލް އަލީގެއެވެ. އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލުން އޭނާގެ ‘މެޑިކަލް ޕްރެކްޓިސް ލައިސަންސު’ ބާޠިލްކުރީ 6 ޖުލައި 2020 ގައެވެ. މި ފިޔަވަޅު އަޅާފައިވަނީ ކޮވިޑް-19 އާ ގުޅޭގޮތުން ހިންގަމުންދާ ކޮރަޕްޝަނާ ދެކޮޅަށް އެ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވިސްލްބްލޯ ކުރެއްވުމާ ގުޅިގެންނެވެ.

ކޮވިޑް-19 އިގެ ޞިއްޙީ އޮޅުވާލުމާއި ސްކޭމް ވައްކަމުގެ ހަޤީޤަތް ހާމަކުރާނެ ޑޮކްޓަރެއް ރާއްޖޭގައި ނެތިގެން އުޅެނީ ކީއްވެބާއޭ ދިވެހިންގެ ތެރޭގައި ސުވާލު އުފެދިފައިވާއިރު، މިއީ ޑޮކްޓަރުންގެ ދޫތައް ޞިއްޙީ ބާރުތަކުން ހަދާފައިވާ އަނދަގޮނޑިތަކެއްގައި ތަޅުއެޅުވިފައިވުމުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިފަދަ ހަޤީޤަތްތައް ހާމަކުރާ ކޮންމެ މީހަކާ މެދު ޞިއްޙީ ބާރުވެރިކަން އޮތް ފަރާތްތަކުން ދަނީ ސެންސަރު ކުރުމާއި، ވަޒީފާގެ ބިރުދެއްކުމާއި، އަދި ދިރިއުޅުމުގެ އަސާސީ ހައްޤުތައް ނިގުޅައިގަތުން ފަދަ ނޭއްގާނީ ޢަމަލުތައް ހިންގަމުންނެވެ.

ކޮވިޑް-19 އަކީ ދޮގުވެރި ޕެންޑަމިކެއް

ޑރ. މުޙައްމަދު އިޤްބާލް އަލީ ވިދާޅުވި ގޮތުގައި، ކޮރޯނާ ވައިރަސް އަކީ ވުޖޫދުގައިވާ އެއްޗެއް ނޫނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، މިއީ ދުނިޔޭގެ ޑިކްޓޭޓަރުކަން ކުރާ އަނދިރި ބާރުތަކުން ނުވަތަ “ހަންގާ ގޭމް ސޮސައިޓީ” އިން ޓެސްޓު ކުރުމުގެ ޒަރީއާއިން އުފައްދާފައިވާ ހީލަތްތެރި ދޮގެކެވެ. މިކަމުގެ މަޤްޞަދަކީ ދުނިޔޭގެ އާބާދީގެ 1 އިންސައްތަ މީހުން (ބެލެެވެނީ އިޒްރޭލު ހިންގާ ޔަހޫދީ ފްރީމޭސަނުންކަމަށް)، ބާކީ ތިބި 99 އިންސައްތަ ރައްޔިތުން ކޮންޓްރޯލް ކުރުމެވެ.

ކޮވިޑް-19 ޕެންޑަމިކްގެ ޚުލާސާ

ކޮވިޑް-19 ޕެންޑަމިކް ފެށިގެން ދިޔަ ގޮތުގެ މައްޗަށް އަލި އަޅުވައި ޑރ. މުޙައްމަދު އިޤްބާލް ވިދާޅުވީ “ޖެނުއަރީ 2020 ގައި ޗައިނާގެ ވޫހާންގެ ކޮރޯނާ ވައިރަސް ޕެންޑަމިކަށް އެނބުރި ގޮސް ބަލާއިރު، 150 ނުވަތަ 250 ވަރަކަށް މީހުން މަރުވި މަރުވުން ސަމާލުކަމަށް އައި. މަރުވި މީހުންގެ ހުރީ ރޯގާގެ އަލާމާތްތަކެއް. އަދި މޭގެ އިންފެކްޝަންތަކެއް. ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކެއް. ނިއުމޯނިއާ އަދި ހުން އައުން. އެ މީހުންގެ ފުއްޕާމޭގެ ހޮޅިތަކުން ބޭރުކުރި ދިޔަ ނަގައި ޓެސްޓު ކުރެވުނު. އެ ދިޔައިން އެމީހުންނަށް ވައިރަހެއް ނުފެނުނު. އެމީހުންނަށް ފެނުނީ (އިންސާނެއްގެ ހަށިގަނޑުގައި ހުންނަ) ޖެނެޓިކް މާއްދާއެއް. އެ މާއްދާއަށް ކޮވިޑް-19 (ސާސްކޮވް2) އޭ ކިޔުނު. މިއަދާ ހަމައަށްވެސް ކޮރޯނާ ވައިރަސް ވަކިކޮށް ހޯދާފައިވާ އެންމެ ރިސާޗަރަކުވެސް ނެތް. އާރްޓީ-ޕީސީއާރު ޓެސްޓުން ކޮވިޑް ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ބެލުމަށް އެމީހުން ޓެސްޓު ކުރަނީ މި ޖެނެޓިކް މާއްދާއަށް. މިއީ ވަރަށް ހިޔަޅު ވިޔަފާރިއެއް.”

“ޕެތޮލޮޖިސްޓުން މަރުވި މީހުންގެ ފުއްޕާމެއިން ނެގި ޖެނެޓިކް މާއްދާގެ (ވައިރަހެއް ކަމުގައި ބުނި މާއްދާގެ) ފޮޓޯ އާއި (އެކްސެސޯމް) އެއްގޮތް. ހަޤީޤަތުގައި އެއީ ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ބަލި ސެލްތަކުން ސްޓްރެސްގެ ސަބަބުން ބޭރުކުރާ އެކްސެސޯމްތައް. ރޯގާ ޖެހުމުންނާއި، މޭގެ އިންފެކްޝަނުންނާއި، އަދި އޭގެ އިތުރަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުންނަ މީހެއްގެ ފުއްޕާމޭގެ ދިޔައިން މިފަދަ ޖެނެޓިކް މާއްދާތައް ފެންނާނެ. މިއަށް ‘ކޮވިޑް-19 އަށް ޕޮޒިޓިވް‘ ވުމޭ މި ކިޔަނީ.”

ކޮވިޑް-19 ގެ ފަހަތުގައިވަނީ ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ވެކްސިން ޖެހުމުގެ އެޖެންޑާއެއް

“އަހަރެން ދެކޭ ގޮތުގައި މި ހަލަބޮލި ކަމަކީ ދުނިޔޭގެ ބާރުތަކުގެ ވެރިން ކޮންޓްރޯލު ކޮށްގެން ކުރާ ކަމެއް. މިއީ މުޅި ދުނިޔޭގެ އިޤްތިޞޯދީ ނިޒާމް ތަޅުއަޅުވައި ގުޅުވާލުމަށް ހިންގާ ހަރަކާތެއް. މި ބާރުތަކުން ބޭނުންވަނީ ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ވެކްސިނެއް ޖަހަން. އަދި ކޮންމެ މީހަކީ ވެކްސިން ޖަހާފައިވާ އަދި ނުޖަހާ ހުރި މީހެއްތޯ އިލެކްޓްރޯނިކަލީ ބެލެވޭ ނިޒާމެއް ހަދައި ރައްޔިތުންނަށް ފާރަލައި ވިލަރެސްކުރުން.”

ތިރީގައި މިވަނީ މި ޑޮކްޓަރު ވާހަކަ ދައްކާ ވީޑިއޯ އެވެ.

16 ސެޕްޓެންބަރ 2020 ގައި މި ނެރެފައިވަނީ މި މައުޟޫއަށް “ކޮވިޑް-19 އިގެ ޞިއްޙީ ވައްކަމުގެ ހަޤީޤަތް ހާމަކުރި އިނގިރޭސި ވިލާތު ޑޮކްޓަރެއްގެ ލައިސަންސު ބާޠިލްކޮށްފި” އެވެ.

ޒިންމާއިން ބަރީއަވުމުގެ ބަޔާން: މި ލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ އިނގިރޭސިވިލާތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުޙައްމަދު އިޤްބާލް އަލީގެ އަމިއްލަ ޚިޔާލާއި އޭނާ ހާމަކޮށްފައިވާ ވާހަކަތަކުގެ މައްޗަށް ބިނާވެފައިވާ މަޢުލޫމާތެވެ. ކޮވިޑް-19 އާ ގުޅޭ ޞިއްޙީ ރަސްމީ މަޢުލޫމާތާއި އިރުޝާދު ހޯއްދެވުމަށް ކަމާބެހޭ ޞިއްޙީ އިދާރާތަކުގެ (އެޗް.ޕީ.އޭ) ތެދު މަޢުލޫމާތަށް ބަރޯސާވުމަށް އިލްތިމާސްކުރަމެވެ.