ޔޫޖެނިކްސް: އިންސާނިއްޔަތުގެ އާބާދީ ދަރިން ނުލިބޭގޮތް ހަދައި އަޑުމަޑު ޤަތުޢާންމަކުން މަރާލަން ޔަހޫދީ ޒައިނިސްޓު ފްރީމޭސަނުން ހިންގި ނަސްލީ އިމްތިޔާޒުގެ ހަރަކާތް (1)

﷽ – وَبِهِ نَسْتَعِينُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ

އިންސާނާއަކީ މާތްﷲ އެންމެ ފުރިހަމަ ސޫރަޔާއި ތަޞްވީރުގައި އުފައްދަވާފައިވާ މަތިވެރި މަޚްލޫޤެކެވެ. ނަމަވެސް، ތާރީޚުގެ އެކި މަރުޙަލާތަކުގައި އިންސާނާގެ މި ފުރިހަމަކަމާ މެދު ސުވާލު އުފައްދައި، “ސައިންސާއި ބޭސްވެރިކަމުގެ” ނަމުގައި އިންސާނީ ދަރިފަސްކޮޅު ބަދަލުކޮށްލަން މަސައްކަތްކުރާ ބަޔަކު އުޅެއެވެ. މި ނުރައްކާތެރި ފަލްސަފާއަށް ކިޔާ ނަމަކީ “ޔޫޖެނިކްސް” (Eugenics) އެވެ. މިއީ ހަމައެކަނި ސައިންސުގެ ފަންނެއް ނޫނެވެ. މިއީ ވަކި ނަސްލެއް މަތިވެރިކޮށް، “ދަށް” ނަސްލުތައް ދުނިޔެއިން ފޮހެލުމަށް ހިންގާ ބޮޑު ރޭވުމެކެވެ. މިއީ އެމެރިކާގެ މުލްޙިދުންގެ ތެރެއަށް ފްރީމޭސަނު ޔަހޫދީން ގެނައި މުޑުދާރު ފިކުރެކެވެ.

۞ إِنَّهُمْ يَكِيدُونَ كَيْدًا. وَأَكِيدُ كَيْدًا “ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ.” (ސޫރަތުއް ޠާރިޤު 86:15-16)

ޔޫޖެނިކްސް އަކީ ކޮބައި ހެއްޔެވެ؟

“ޔޫޖެނިކްސް” މި ލަފްޒަކީ ޔޫނާނީ (ގްރީކް) ބަހެއް ކަމުގައިވާ “ޔޫޖެންސް” (eugenes) އިން ނެގިފައިވާ ބަހެކެވެ. މީގެ މާނައަކީ “މަތިވެރި ނަޞްލަކުން ނުވަތަ ރަނގަޅު އުފަންވުމަކުން އުފަންވެފައިވާ” ފަރާތެވެ. މީގައި ހިމެނޭ “ޔޫ” (eu) ގެ މާނައަކީ “ރަނގަޅު ނުވަތަ ހެޔޮ” އެވެ. އަދި “ޖެންސް” (genes) އަކީ “އުފަންވުން” މިއެވެ. 

ފޮޓޯ: ފޮޓޯގައި ތިޔަ ފެނިވަޑައިގަންނަވަނީ ބޭސްވެރިކަމާއި، ސާޖަރީ އާއި، ޖެނެޓިކްސް އާއި، ބަޔޮލޮޖީ އާއި، ސިޔާސަތާއި، ސްޓެޓިސްޓިކްސް އާއި، ތާރީޚާއި، ފިޒިއޮލޮޖީ އާއި، ސައިކޮލޮޖީ އާއި، ސައިކޭޓްރީ އާއި، ސޯޝިއޮލޮޖީ އާއި، ޤާނޫނާއި، ޖިއޮލޮޖީ އާއި، އިޤްތިޞާދީ އިލްމާއި، އަދިވެސް އެނޫން ފަންނުތައް މޫތަކެއްގެ ގޮތުގައި ބޭނުންކޮށްގެން، އިންސާނާގެ ބަޔޮލޮޖިކަލް ދިރުމުގެ ސިފަތައް ބަދަލުވެ ފުރިހަމަވެ، އެ މޫތަކުން ނުކުންނަ ގަސް ނުވަތަ މޭވާގެ ނަމަކީ “ޔޫޖެނިކްސް” ކަމުގައި ދައްކުވައިދޭ ތާރީޚީ ފޮޓޯއެކެވެ. 1900 ގެ އަހަރުތަކުގެ މި ފޮޓޯގައި ލިޔެފައިވަނީ “ޔޫޖެނިކްސް އަކީ އިންސާނީ ދަރިފަސްކޮޅުގެ ސިފަ ބަދަލުވުމުގެ (ނުވަތަ އިންސާނީ އިވޮލިއުޝަންގެ) މިސްރާބު އަމިއްލަ އިޚްތިޔާރުގައި ބަދަލުކުރުން” ކަމުގައެވެ.

މަޝްހޫރު ރަދީފް ތަކުން ޔޫޖެނިކްސްގެ މާނަ:

އެޓިމޮލޮޖީ ޑިކްޝަނަރީޔޫޖެނިކްސް އަކީ އިންސާނީ ނަސްލާއި ސަގާފަތުގެ ސިފަ ބަދަލުވެ (އޮވޯލްވްވެ) ކުރިއަރައިގެން ދިއުމާ މެދު ގަބޫލުކުރާ އަގީދާ (ނުވަތަ ޑޮކްޓްރިން) އެކެވެ. [1]
ނިއު ކެތޮލިކް ޑިކްޝަނަރީ (1910)ޔޫޖެނިކްސް އަކީ ކުރިއަށް އަންނަން އޮތް ޖީލުގެ ނަފްސާނީ އަދި ޖިސްމާނީ ސިފަތައް އިތުރަށް ރަނގަޅުކުރުމުގެ މަގުސަދުގައި، މާހައުލާއި ވިރާސަތުގެ (ދަރިފަސްކޮޅުން ވާރުތަވާ) ޒަރީއާއިން އަންނަ އަސަރުތައް ދިރާސާކުރުމުގެ ފަންނެވެ. [2]
ވެބްސްޓާސް ޑިކްޝަނަރީ (1910)ޔޫޖެނިކްސް އަކީ އިންސާނުން ނުވަތަ ޖަނަވާރުންގެ ދަރިފަސްކޮޅު އިތުރަށް ރަނގަޅުކުރުމުގެ ފަންނެވެ. [3]
ކެތޮލިކް އެންސައިކްލޮޕީޑިއާ (1914)ބަހުގެ ގޮތުން ޔޫޖެނިކްސްގެ މާނައަކީ “ހެޔޮ/ރަނގަޅު ދަރިމައިވުން” (Good Breeding) މިއެވެ. ޔޫޖެނިކްސް އަކީ އިޖުތިމާއީ ކޮންޓްރޯލްތަކުގެ ދަށުން، ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އަންނަން އޮތް ޖީލުގެ ނަސްލީ ސިފަތައް އިތުރަށް ރަނގަޅުކުރާ ނުވަތަ ގެއްލުންދީ ހަލާކުކުރާ އެޖެންސީތައް (އަމަލުކުރެވޭ ގޮތްތަކާއި މާއްދާތައް) ދިރާސާކުރާ ފަންނެވެ. [4]

ޔޫޖެނިކްސްގެ ބަައްޕަ އަދި އިވޮލިއުޝަންގެ ގުޅުން

1800 ގެ ފަހުކޮޅުގައި މި ފަންނު ތަޢާރަފުކުރީ އިވޮލިއުޝަން ނަޒަރިއްޔާގެ ވެރިޔާ ޗާލްސް ޑާވިން (މީލާދީ 1809-1882) ގެ ދެބެއިންގެ ދެދަރި ފްރެންސިސް ގޮލްޓޮން (މީލާދީ 1822-1911) އެވެ. ގޮލްޓޮން ބުނެފައިވާ ގޮތުގައި ޔޫޖެނިކްސް އަކީ “މަތިވެރި ބާވަތުގެ އިންސާނެއް” އުފެއްދޭނެ ގޮތްތައް ހޯދުމެވެ. މި ފިކުރުގެ މައިގަނޑު އަޞްލަކީ ޑާވިންގެ “ސަވައިވަލް އޮފް ދި ފިޓެސްޓު” ނަޒަރިއްޔާއެވެ. އެބަހީ، އެންމެ “ފިޓު” މީހުން ދިރިތިބެ، ބާރުދަށް ނިކަމެތިން ނައްތާލުމުގެ (ޑާވިންސް ގެ މުރުޝިރު) މަލްތޫސް (މީލާދީ 1766-1834) ގެ ޔަހޫދީ މާސޫނީ ފިކުރެވެ.

ޝައިޚް އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ هِيَ جَمْعِيَّةٌ سِرِّيَّةٌ يَهُودِيَّةٌ وَتَعْمَلُ بِمَكْرٍ شَدِيدٍ جِدًّا (“ސިލްސިލަތުލް ހުދާ ވަންނޫރު” (ކެސެޓް ނަންބަރު: 420) “މާސޫނިއްޔަތަކީ ޔަހޫދީންގެ ސިއްރު ޖަމާޢަތެކެވެ. އަދި އެބައިމީހުން މަސައްކަތްކުރަނީ އިންތިހާއަށް ނުބައިވެގެންވާ މަކަރުވެރި ރޭވުންތަކެއްގެ މަތީގައެވެ.”

ޝައިޚް އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ رحمه الله އެކަލޭގެފާނުގެ މަންހަޖާ ގުޅޭ ސުވާލާއި ޖަވާބު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. أَقُولُ إِنَّ الْمَاسُونِيَّةَ مُنَظَّمَةٌ يَهُودِيَّةٌ، قَصْدُ مِنْ إِنْشَائِهَا تَعْطِيلُ الشَّرَائِعِ، وَإِشَاعَةُ الْغَرَائِزِ وَالشَّهَوَاتِ، وَعِبَادَةُ الْمَادَّةِ “…އަހުރެން ބުނަމެވެ. ހަމަކަށަވަރުން މާސޫނިއްޔަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގެ މަޤްޞަދަކީ (އިލާހީ) ޝަރީޢަތްތައް އުވާލުމާއި، އިންސާނާގެ ނަފްސާނީ އެދުންތަކާއި ޝަހުވަތްތައް ފެތުރުމާއި، އަދި މާއްދިއްޔަތަށް އަޅުކަންކުރުން (ދުނިޔޭގެ މާއްދީ ކަންކަމަށް ހުސްވުން) އިސްކުރުމެވެ.”

ޝައިޚް ޢަބްދުލްޢަޒީޒް އައްރާޖިޙީ ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ: جَمْعِيَّةٌ سِرِّيَّةٌ أَوْ مُنَظَّمَةٌ يَهُودِيَّةٌ هَدَفُهَا الْقَضَاءُ عَلَى الْعَقَائِدِ وَالْأَدْيَانِ “މާސޫނިއްޔަތަކީ: ސިއްރު ޖަމާޢަތެކެވެ. ނުވަތަ ޔަހޫދީންގެ ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ (ޞައްޙަ) ޢަޤީދާތަކާއި ދީންތައް ނައްތާލުމެވެ.” (“ފަވާޢިދު ފިލް ޢަޤާއިދު” (ނަންބަރު: 44)

ޝެއިޚް އިބްނު ބާޒް رحمه الله ވިދާޅުވިއެވެ. ٱلْمَاسُونِيَّةُ مَعْرُوفَةٌ عِنْدَ ٱلنَّاسِ، وَهِيَ جَمَاعَةٌ سِرِّيَّةٌ، މާސޫނިއްޔަތު (ފްރީމޭސަނަރީ) އަކީ މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ، ނަމަވެސް ސިއްރުވެރިކަން ބޮޑު ޖަމާޢަތެކެވެ. وَهُمْ فِي ٱلْبَاطِنِ يَدْعُونَ إِلَى نَبْذِ ٱلْأَدْيَانِ، وَنَبْذِ ٱلْأَوَامِرِ وَٱلنَّوَاهِي. وَأَنَّ ٱلنَّاسَ يَبْقَوْنَ عَلَى حَالِهِمُ ٱلْأُولَى، لَا إِلٰهَ، وَلَا رَبَّ، وَلَا نَبِيَّ، وَلَا شَرِيعَةَ، وَلَا شَيْءَ – يَعْنِي فِي ٱلْبَاطِنِ هُمْ يُحَارِبُونَ ٱلشَّرَائِعَ، وَٱلْأَوَامِرَ، وَٱلنَّوَاهِي – وَيَبْقَى ٱلْإِنْسَانُ أَخُو ٱلْإِنْسَانِ بِأَنَّهُ ٱبْنُ آدَمَ وَبَسْ “ނަމަވެސް، އެމީހުންގެ އެތެރެފުށުގެ އަސްލު މަޤްޞަދަކީ ހުރިހާ ދީންތަކެއް އުކާލުމަށާއި، ދީނީ އަމުރުފުޅުތަކާއި ނަހީތަކަށް ފުރަގަސްދިނުމަށް ގޮވާލުމެވެ. އެމީހުން ބޭނުންވަނީ ކަލަކު، ރަސޫލަކު ނުވަތަ ޝަރީޢަތެއް އަދި އެއްވެސް ދީނީ އަސާސެއް ނެތް، އިންސާނާގެ އެންމެ ކުރީގެ (ލާދީނީ މުލްޙިދު ހާލުގައިތިބި) ޙާލަތަށް މީސްތަކުން ރުޖޫޢަކުރުމަށެވެ. އެބަހީ، އެމީހުން ސިއްރުގޮތެއްގައި ކުރާ މަސައްކަތަކީ މާތްﷲ ބާވައިލެއްވި ޝަރީޢަތްތަކާއި، އަމުރުފުޅުތަކާއި ނަހީތަކާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އަދި އެމީހުންގެ ނަޒަރުގައި އިންސާނީ ގުޅުމަކީ ހަމައެކަނި އާދަމުގެ ދަރިއަކަށް ވީތީ އޮންނަ ގުޅުމެއް ކަމުގައި ހެދުމެވެ.”

ބައެއް ލިޔުންތެރިން ބަޔާންކުރާ ގޮތުގައި، މަޝްހޫރު ތަބީޢީފިކުރު (naturalist) ޗާލްސް ޑާވިންއަކީ ފްރީމޭސަން އެކެވެ. އެ ފަރާތްތަކުން ދަޢުވާކުރާ ގޮތުގައި އޭނާ ވަނީ ސްކޮޓްލޭންޑްގެ މޭސަނިކް ލޮޖަކާ ގުޅިފައެވެ. މިއީ އޭނާގެ ކާފަ އާއި ދަރިފުޅަކީ ވެސް ފްރީމޭސަނުން ކަމަށްވާތީ، އާއިލީ އާދަކާދައެއްގެ ގޮތުން ކުރި ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އޭނާގެ ކާފަ، އިރާސްމަސް ޑާވިންއަކީ ލިޔެކިޔުންތަކުން އެނގެން އޮތް ފްރީމޭސަން އެކެވެ. އެގޮތުން 1754 ވަނަ އަހަރު އެޑިންބަރާގެ “ސެއިންޓް ޑޭވިޑްސް ލޮޖް ނަންބަރު 36” އާ އޭނާ ގުޅުނު ކަމަށާއި، ފަހުން ސްކޮޓްލޭންޑްގެ “ލޮޖް އޮފް ކެނޮންގޭޓް ކިލްވްިނިންގ ނަންބަރު 2” އާ ގުޅުން އޮތް ކަމަށް ބުނެވެއެވެ. އަދި އޭނާގެ ބައްޕަ ރޮބަރޓް ޑާވިން އާއި، ބައެއް ބޮޑުބޭބެއިންނާއި އާއިލާގެ އެހެން މެންބަރުންނަކީ ވެސް ފްރީމޭސަނުން ކަމަށް ދަޢުވާކުރެވެއެވެ. ޗާލްސް ޑާވިންގެ ނަން އެނގެން އޮތް އެއްވެސް މޭސަނިކް ރޯލަކުން ފެންނަން ނެތް ނަމަވެސް، މި ލިޔުންތެރިން އިޝާރާތް ކުރަނީ ބައެއް މަޞްދަރުތަކަށެވެ. އޭގެ ތެރޭގައި “ބްރިޓިޝް ކޮލަމްބިއާ ގްރޭންޑް ލޮޖް” އާއި އެކި މޭސަނިކް ވެބްސައިޓްތައް ހިމެނެއެވެ. އެ ސައިޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، އާއިލީ ސުންނަތަށް ތަބާވެ އޭނާ އަކީ މޭސަނަކަށް ވުމަކީ “ވަރަށް އެކަށީގެންވާ” ކަމެކެވެ.

ގޮލްޓޮން ބުނެފައިވެއެވެ. “ޔޫޖެނިކްސް އަކީ އިޖުތިމާޢީ ކޮންޓްރޯލްކުރުންތަކުގެ ދަށުން، ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން އަންނަން އޮތް އިންސާނީ ޖީލުގެ އުފަންވުމުގެ (ޖެނެޓިކް) ސިފަތައް އިތުރަށް ރަނގަޅުކުރާ ނުވަތަ ގެއްލުންދީ ހަލާކުކުރާ އެންމެހައި އެޖެންސީތައް (ޢަމަލުކުރެވޭ ގޮތްތަކާއި މާއްދާތައް) ދިރާސާކުރާ ފަންނެވެ.” (ޔޫޖެނިކްސް ޖާނަލް، އޮގަސްޓު 1929)

1800 ގެ އަހަރުތަކުގެ ފަހުކޮޅުގައި “ސައިންސުގެ ފަންނެއް” ގެ ގޮތުގައި “ޔޫޖެނިކްސް ސައިންސް” ދުނިޔެއަށް ތަޢާރަފުކުރީ، އިވޮލިއުޝަން ނަޒަރިއްޔާގެ ބާނީ ޗާލްސް ޑާވިންގެ ދެބެއިންގެ ދެދަރި ފްރެންސިސް ގޮލްޓަން (1822-1911) އެވެ. ގޮލްޓަން އަކީ ވެސް ޑާވިން ފަދައިން އިވޮލިއުޝަނިސްޓެކެވެ.

ގޮލްޓޮން ބުނެފައިވެއެވެ. “އިންސާނީ ޔޫޖެނިކްސް ތަޙުޤީޤުކުރުމަކީ، އެ ޝަރުޠެއް ނުވަތަ އެ ޙާލަތެއްގެ ދަށުން މަތިވެރި ބާވަތެއްގެ އިންސާނުން އުފެއްދޭނެ ގޮތްތައް ހޯދުމެވެ.” (އިންކުއަރީސް އިންޓު ހިއުމަން ފެކަލްޓީ އެންޑް އިޓްސް ޑިވެލޮޕްމެންޓް 1883)

ޗާލްސް ޑާވިންގެ ފިކުރީ ބައްޕައަކީ ތޯމަސް މަލްތޫސްއެވެ. މި ފަންނުގެ އެއް މުހިންމު ބައިވެރިޔާ އަދި މި ފަންނުގެ މައިގަނޑު އަޞްލަކީ ޗާލްސް ޑާވިން (1809-1882) އާއި އޭނާގެ އިވޮލިއުޝަން ނަޒަރިއްޔާއެވެ. ޔޫޖެނިކްސްގެ މުލަކީ ޑާވިންގެ އިވޮލިއުޝަން ނަޒަރިއްޔާގައި ހިމެނޭ “ސަވައިވަލް އޮފް ދަ ފިޓެސްޓް” (އެންމެ އެކަށީގެންވާ ފަރާތް ދެމިއޮތުން) މި ފިކުރެވެ. އެބަހީ، ދުނިޔޭގެ ބަޔޮލޮޖިކަލް ދިރުންތަކުގެ ނިޒާމަކީ، އެންމެ ފިޓު އަދި އެންމެ ފުރިހަމަ މަޚްލޫޤުން، ނިކަމެތި އަދި ބާރުދަށް މަޚްލޫޤުން ނައްތާލައިގެން، އެ ތަކެތީގެ ދިރުން ސަލާމަތްކޮށް ދަމަހައްޓައި، ދިރުމުގެ ސިފަ ބަދަލުކުރުވާ ނިޒާމެއްގެ ދަށުން ހިނގާ ކަމެއް ކަމަށް ބުނާ ނަޒަރިއްޔާއިން އުފަންވި ފިކުރެކެވެ.

މި ނަޒަރިއްޔާގެ ދަށުން، 1903 ވަނަ އަހަރު އުފެއްދި “އެމެރިކަން ބްރީޑާސް އެސޯސިއޭޝަން” އަކީ އެމެރިކާގެ އެންމެ ފުރަތަމަ ޔޫޖެނިކްސް ޖަމާޢަތެވެ. “ބްރީޑާސް” އޭ ކިޔަނީ ޔޫޖެނިސްޓުންނަށް ނުވަތަ އެ މީހުން ދެކޭ ގޮތުގައި މަތިވެރި ގޮތެއްގައި އިންސާނުން ދަރިމައިކުރާ މީހުންނަށެވެ. 1914 ވަނަ އަހަރު މި ޖަމާޢަތުގެ ނަން “އެމެރިކަން ޖެނެޓިކް އެސޯސިއޭޝަން” އަށް ވަނީ ބަދަލުކޮށްފައެވެ. މިކަމުން އެކަނިވެސް ޖެނެޓިކްސް އާއި ޔޫޖެނިކްސްއާ ދެމެދު އޮތް ގުޅުން ހާމަވެގެންދެއެވެ. ޖީން، ޖެނެޓިކްސް، ‘ޖީން ޕޫލް’، ‘ޑީ.އެން.އޭ’ އަދި ‘އާރް.އެން.އޭ’ ފަދަ ބަސްތަކަކީ، މި ޖަމާޢަތުގެ އަހުލުވެރިން އެ ބަސްތަކުގެ ފަހަތުގައި ފޮރުވިގެން އެކި އެކި ޔޫޖެނިކްސް ޙަރަކާތްތައް ހިންގަން ބޭނުންކުރާ ބަސްތަކެކެވެ.


1910 ވަނަ އަހަރު މި އެސޯސިއޭޝަނުން އުފެއްދި “ޖާނަލް އޮފް ހެރެޑިޓީ” ކިޔާ ސައިންޓިފިކް ޖާނަލްއެއް މިއަދާ ހަމައަށްވެސް މި ޖަމާޢަތުގެ ފަންނުތައް ފެތުރުމަށް ބޭނުންކުރެވެމުންދެއެވެ. “ހެރެޑިޓީ” (ނުވަތަ ވިރާޘީ ވާރުތަވުން) މިއީ ޔޫޖެނިސްޓުން ޔޫޖެނިކްސްއަށް ބޭނުންކުރި ލަފުޒެކެވެ. ޔޫޖެނިކްސް ނުވަތަ ހެރެޑިޓީ ފަހުން މަޝްހޫރުވެގެން އައީ “ޖެނެޓިކްސް” މި ނަމުގައެވެ.

Eugenics Record Office - Alchetron, The Free Social Encyclopedia

1910 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކްގައި “ކާނިގީ އިންސްޓިޓިއުޓް އޮފް ވޮޝިންޓަން ސްޓޭޝަން ފޯ އެކްސްޕްރިމެންޓަލް އިވޮލިއުޝަން” ގެ ޑިޕާޓްމެންޓެއްގެ ގޮތުގައި “ޔޫޖެނިކްސް ރެކޯޑް އޮފީސް” ނަމުގައި މުއައްސަސާއެއް ގާއިމުކުރެވުނެވެ. މި މުއައްސަސާއަށް ފަންޑުކުރީ ރޮކްފެލާ ފައުންޑޭޝަނާއި ކާނިގީ އިންސްޓިޓިއޓް އޮފް ވޮޝިންޓަން (ޔަހޫދީ ޒައިނިސްޓުންގެ ދެ ހިމާރުން) އިންނެވެ. [5] މި މުއައްސަސާގެ މަގުސަދަކީ، އިންސާނުންގެ ދަރިފަސްކޮޅުގެ މައްޗަށް އެކިއެކި ކެމިކަލް މާއްދާތައް ތަޖުރިބާކޮށް، ތަހުލީލުތައް ހިންގައި، އިންސާނުން މިހާރަށްވުރެ ފުރިހަމަ މަޚްލޫޤަކަށް ބަދަލުކުރުމަށް ދިރާސާކުރުމެވެ. މި ރެކޯޑް އޮފީހުން ކުރި ކަމަކީ، އެ މީހުން ދެކޭގޮތުގައި “ފުރިހަމަ އިންސާނުން” ގެ ރެކޯޑުތައް ނަގައި، އެ މީހުން ފުރިހަމަވީ ކޮން ސަބަބަކާ ހުރެ ނުވަތަ ކޮން މާއްދާއެއްގެ ސަބަބުންތޯ ބެލުމަށް ދިރާސާތައް ކުރިއަށް ގެންދިއުމެވެ.

1912 ވަނަ އަހަރު ދުނިޔޭގައި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ޔޫޖެނިކްސް ކޮންގްރެސްއެއް (ރަސްމީ ބައްދަލުވުމެއް) ބޭއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަންގައެވެ. މި ބައްދަލުވުމުގެ ރައީސަކީ ޗާލްސް ޑާވިންގެ ދަރި ލިއޮނާޑް ޑާވިންއެވެ. މިއިން ވެސް ޔޫޖެނިކްސްގެ ފިކުރާއި ޑާވިންއާ އޮތް ގުޅުން ވަރަށް ސާފުކޮށް އެނގިގެންދެއެވެ.

1928 އާ ހަމައަށް އައިއިރު، 376 ކޮލެޖެއްގައި ސައިންސުގެ ފަންނެއްގެ ގޮތުގައި ޔޫޖެނިކްސް ކިޔަވައިދީފައިވެއެވެ. 1914 އާއި 1948 އާ ދެމެދު ނެރެފައިވާ ސައިންސް ޓެކްސްޓް ފޮތްތަކަށް ނަޒަރު ހިންގާލާއިރު، ގިނަ ފޮތްތަކުގައި ޔޫޖެނިކްސްއަކީ ބަލައިގަނެފައިވާ ސައިންސުގެ ފަންނެއްގެ ގޮތުގައި ކިޔަވައިދީފައިވެއެވެ. އަދި މީގެ މައްޗަށް އެތައް ބަޔަކު ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރެފައިވެއެވެ. [6]

ހަގީގަތުގައި ޔޫޖެނިކްސްއަކީ “ނަސްލީ އިމްތިޔާޒު” (Racial Privilege/Superiority) ގެ ފަލްސަފާއެކެވެ. ނަސްލީ އިމްތިޔާޒަކީ ވަކި ނަސްލެއްގެ ބަޔަކީ އަނެއް ނަސްލުގެ މީހުންނަށްވުރެ ހުރިހާ ގޮތަކުން މަތިވެރި ބައެއް ކަމުގައި ދެކި، އެ މީހުންނަށް ޚާއްޞަ އިނާޔަތްތަކާއި ބާރުތަކެއް ލިބިގެންވާކަމަށް ގަބޫލުކުރުމެވެ. މި ފަލްސަފާގައި ހާއްސަ އިސްކަމެއް ދެނީ އޭނާ އުފަންވި “ޖީން ޕޫލް” (ގުރޫޕް) އަށެވެ. މި ފިކުރުގެ އަހުލުވެރިން ގަބޫލުކުރާ ގޮތުގައި ބުއްދިވެރިކަމާއި، ރިވެތި އަޚުލާގާއި، ސުލޫކާއި، މާތްކަމަކީ ރަނގަޅު ދަރިމައިވުމަކުން (އެބަހީ، ބުއްދިވެރި އަދި ފެންވަރު ރަނގަޅު ފަރާތަކުން ދަރިފަސްކޮޅު އުފެދިގެން އައުމުން) ވިރާސީގޮތުން ވާރުތަވާ ކަންކަމެވެ. އެބަހީ، އިންސާނަކަށް ބުއްދިވެރިކަން ލިބެނީ އޭނާގެ މައިންބަފައިންގެ ދަރިމައިވުމުގެ ގުޅުމުގެ (ބްރީޑިންގެ) ރަނގަޅުކަމުން އެކަންޏެވެ. އަދި ނުރަނގަޅު، ބުއްދިނެތް، ދަށް ފަންތީގެ އިންސާނުން އެފަދައިން ވަނީ އެ މީހުންގެ މައިންބަފައިންގެ ދަރިމައިވުމުގެ ގުޅުން ނުބައިވުމުން ނުވަތަ ދެރަވުމުން ކަމަށް މި މީހުން ދެކެއެވެ. ސަބަބަކީ، ނިކަމެތިން ދަރިމައިވަނީ އަނެއްކާވެސް އެހެން ފަގީރު، ދަށް ފަންތީގެ ޖީން ހުންނަ މީހުންނާ އެކު ބާއްވާ ގުޅުމަކުން ކަމަށްވާތީއެވެ. މިހާރުވެސް، މި ނަޒަރިއްޔާގެ އަހުލުވެރިން މީގެ ދަށުން ހިންގާ ހަރަކާތްތައް އިންތިހާއަށް ގިނައެވެ. މިހާރު މި ފިކުރު ގަބޫލުކުރާ މީހުން މިފަދަ ހަރަކާތްތައް ހިންގަނީ ފާޅުކަން ބޮޑު ސިއްރިޔާތެއްގައެވެ.

ޔޫޖެނިކްސް ހިންގާ މައިގަނޑު ދެ ކަފި

1 – ފުރަތަމަ ކަފިޔޫޖެނިސްޓުން، އެ ބަޔަކީ ފުރިހަމަ ޖީންއެއް ލިބިގެންވާ ބައެއް ކަމަށް ގަބޫލުކުރާ މީހުންގެ ދަރިފަސްކޮޅު އެކަނި ކުރިއަރުވަން މަސައްކަތްކުރެއެވެ. މި ހަރަކާތުގެ ދަށުން، އެ މީހުންގެ އަމިއްލަ ޖީން ބޭނުންކޮށްގެން، އެ މީހުން އެދޭ އެހެން އިންސާނުން އެ މީހުންގެ ފަންތިއަށް ގެނައުމަށްޓަކައި އެ މީހުންގެ ޖީންއަށް ބަދަލުގެންނަން މަސައްކަތްކުރެއެވެ. މިގޮތުން “މޮޅު ނަސްލުގެ މީހުންގެ ޖީންއިން ތައްޔާރުކޮށްފައިވާ އެއްޗެހި” ބޭނުންކޮށްގެން، ދެރަ ނިކަމެތި ޖީން ލިބިގެންވާ އިންސާނުންގެ ޖީންއާ ކުޅެ، ފެންވަރު ރަނގަޅު މީހުންގެ ނަސްލާ އެއްފަދައިން އެ މީހުން “އިވޯލްވް” ކޮށް ކުރިއަރުވާލެވިދާނެ ކަމަށް މި ކަފިން ދެކެއެވެ. ޖެނެޓިކް އިންޖިނިއަރިން އާއި ވެކްސިން ފަދަ ބަޔޯ-ކެމިކަލް މާއްދާތަކަކީ މި ހަރަކާތުގެ މަސައްކަތްތަކެވެ. ޔޫޖެނިސްޓުން ދެކޭ ގޮތުގައި އާންމު އިންސާނުން އުފަންވެފައިވަނީ ވަރަށް ދެރަ އަދި ނިކަމެތި ގޮތަކަށެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި، އެ މީހުންގެ ބުއްދިއާއި ފަންނުގެ ބޭނުންކޮށްގެން، އިންސާނުންނަކީ މިއަށްވުރެ ފުރިހަމަ ބައެއްގެ ގޮތުގައި އިވޯލްވްކޮށް ބަދަލުކުރެވިދާނެއެވެ.
2 – ދެވަނަ ކަފިޔޫޖެނިސްޓުން، އެ ބަޔަކީ ދެރަ ނިކަމެތި އަދި ބޭނުމެއް ނެތް ޖީންއެއް ލިބިގެންވާ ބައެއް ކަމަށް ގަބޫލުކުރާ އިންސާނުންގެ ކުރިއަށް އޮތް ޖީލުގެ ދަރިފަސްކޮޅު ނައްތާލަން މަސައްކަތްކުރެއެވެ. މި ހަރަކާތުގެ ދަށުން، ޖެނެޓިކަލީ ދަށް ނަސްލުތަކުގެ މީހުންގެ ޖީންއާ ކުޅެ، އެ މީހުންނާއި އެ މީހުންގެ ދަރިފަސްކޮޅު ދުނިޔެއިން ފޮހެލަން މަސައްކަތްކުރެއެވެ.

ޔޫޖެނިސްޓުން ދެކޭ ގޮތުގައި، ދުނިޔޭގައި ތިބި ޖެނެޓިކަލީ “މޮޅު ގޮތުގައި އުފަންވެފައިވާ” ނަސްލުގެ މީހުންގެ އާބާދީ ދަމަހައްޓައި، “ފީބަލް-މައިންޑެޑް” (ނުވަތަ ބޭކާރު، ތާކުންތާކުނުޖެހޭ މޮޔަ ގޮތުގައި އުފަންވެފައިވާ) ނަސްލުގެ މީހުން ނައްތާލަން ކޮންމެހެން ޖެހެއެވެ. އާބާދީގެ ދެރަ ނިކަމެތި ނަސްލުގެ މީހުން ނައްތާލުމަށް ޔޫޖެނިސްޓުން ރިވެތި ނަންނަމުގައި އެކި އެކި ޝިއާރުތައް ބޭނުންކުރެއެވެ. މި މީހުން ބޭނުންކުރާ އާންމު އެއް ދައުވާއަކީ “ސްކެއާސިޓީ އޮފް ރިސޯސަސް” (ވަސީލަތްތައް މަދުވުން) ގެ ދައުވާއެވެ. އެބަހީ، ދުނިޔޭގައި ބޭނުންކުރަން ހުރި ވަސީލަތްތައް މަދުކަމުގެ ޝަކުވާކޮށް، އިންސާނުންގެ އާބާދީ މަދުކުރަން ވަކާލާތުކުރުމެވެ. މި މީހުން ދެކޭ ގޮތުގައި ދުނިޔޭގެ ވަސީލަތްތައް ދަށް ފަންތީގެ މީހުން ބޭނުންކޮށް ހުސްކުރަން ދޫކޮށްލައިގެން ނުވާނެއެވެ. އަދި ދުނިޔޭގެ ހަރުމުދާ ފުރިހަމަ ގޮތުގައި ބޭނުންކުރަންޖެހޭނީ ހަމައެކަނި ޖެނެޓިކަލީ ފުރިހަމަ މީހުން އެކަންޏެވެ. އެއީ ދުނިޔެ އިވޯލްވްވެ ތަރައްގީވާނީ މިގޮތަށް އަމަލުތައް ބަހައްޓައިގެން ކަމަށް ދެކޭތީއެވެ.

ޔޫޖެނިސްޓުން ދެކޭ ގޮތުގައި، އިންސާނީ ދަރިފަސްކޮޅަށް އެންމެ ފުރިހަމަ އިންސާނުންގެ ގޮތުގައި ވެވޭނީ “ބޭކާރު” މީހުން ދުނިޔެއިން ނައްތާލައިގެންނެވެ. މިސާލަކަށް، ބޮޑު ހަނގުރާމައިގެ ދުވަސްވަރު އުޅުނު ޔޫޖެނިސްޓުންގެ އިސް ބޭފުޅެއް ކަމަށްވާ ޖޯޖް ބާނާޑް ޝޯ ފަދަ މީހުން ވަނީ، މުޖުތަމައަށް ފައިދާނުކުރާ މީހުން ދުނިޔޭގެ ވުޖޫދުގައި ބެހެއްޓުން ނުވަތަ މަރާލުމުގެ އިޚްތިޔާރު ދައުލަތަށް ނެގުމަށް ގޮވާލާފައެވެ.


ޖޯޖް ބާނާޑް ޝޯ ބުނެފައިވެއެވެ. “އަހަރެން ޤަތުލުކުރަން ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. އެއީ އޯގާތެރިކަން ނެތިގެން ނުވަތަ ޒާތީ ރޫޙެއްގައެއް ނޫނެވެ. އެހެނަސް، ތިޔަ އެންމެންނަށް ފެންނާނެ ފަދައިން، އެންމެ މަދުވެގެން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ މި ދުނިޔެއަށް އެއްވެސް ބޭނުމެއް އޮތް ބައެއް ނޫނެވެ. އެ މީހުންނަކީ އެ މީހުންގެ އަގަށްވުރެ އުނދަގޫ ބޮޑު ބައެކެވެ. އަދި އަހަރެން ދެކޭ ގޮތުގައި، މިފަދަ އެންމެން ސަރުކާރުން ކަނޑައަޅާފައިވާ ފުރިހަމަ ބޯޑެއްގެ ކުރިމައްޗަށް ގެންނަންޖެހެއެވެ. އެއީ އިންކަމް ޓެކްސް ކޮމިޝަނަރުގެ ކުރިމައްޗަށް ގެނެވޭ ފަދައިން، ކޮންމެ ފަހެއް ނުވަތަ ހަތް އަހަރަކުން އެ މީހަކު އެ ތަނަށް ގެނުވައި ސުވާލުކުރަންވީއެވެ. ‘އޭ ބޭފުޅާ ނުވަތަ ކަނބުލޭގެއާއެވެ! ކަލޭ މިހާރު ވުޖޫދުގައި ބަހައްޓަންޖެހެނީ ކީއްވެގެންކަން ކިޔައިދެވިދާނެ ހެއްޔެވެ؟'”

މި ފިކުރުގެ މީހުން އެންމެ ފުރަތަމަ ދުވަހުއްސުރެ ވަކާލާތުކުރީ، ދުނިޔެއަށް “ބޭކާރު” މީހުން ގަތުލުކުރުމަށެވެ. އެކަން އެގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރެވެން ނެތުމުން، ދެން ވަކާލާތުކުރީ ސަރުކާރުގެ މަޖުބޫރުކުރުވުމާއެކު، އެފަދަ ދަށް ފަންތީގެ ޖީން ގުރޫޕުތަކަށް ނިސްބަތްވާ މީހުން ދަރިމައިނުވާ ގޮތް ހެދުމަށެވެ. އެއީ އެ މީހުންގެ ދަރިފަސްކޮޅު ކުރިއަށް ދިއުން ހުއްޓުވުމަށެވެ. އެކަން ކުރެވެން އޮތް ދޮރުތައް ބަންދުވުމުން، ދެން މި މީހުން ފެށީ ނުސީދާ ގޮތެއްގައި އެހެން ނަންނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށެވެ.

ޔޫޖެނިކްސްގެ ތެރެއިން އުފަންވި ހަރަކާތްތަކުގެ ތެރޭގައި؛ ވެކްސިން ޖެހުން، އެބޯޝަން (ދަރިވައްޓާލުން)، ސްޓެރިލައިޒްކޮށްގެން ދަރިމައިވުން ހުއްޓުވުން، އާބާދީ ކޮންޓްރޯލްކުރުން އަދި ފެމިލީ ޕްލޭނިން ފަދަ ކަންކަން ހިމެނެއެވެ.

އެމެރިކާގައި އެންމެ ފުރަތަމަ ޔޫޖެނިކްސް ސްޓެރިލައިޒޭޝަން (ދަރިން ލިބުމުން މަޙްރޫމުކުރާ) ގާނޫނެއް ފާސްކުރެވުނީ 1907 ވަނަ އަހަރު އިންޑިއާނާ ސްޓޭޓްގައެވެ. އެއަށްފަހު، މަދު އަހަރުތަކެއްގެ ތެރޭގައި އެމެރިކާގެ އެތައް ސްޓޭޓެއްގައި، މުޖުތަމައަށް “ފިޓު ނޫން” މީހުން ހޯދައި، ގާނޫނީ ގޮތުން އެ މީހުންގެ ރުހުމަކާ ނުލައި ސްޓެރިލައިޒް ކުރަމުން ގެންދިޔައެވެ. “ފިޓު ނޫން” މީހުންގެ ގޮތުގައި މީހުން ކަނޑައަޅަނީ، ޔޫޖެނިސްޓުންގެ ތެރޭގައި ތިބި އިސް ބޮޑުންނެވެ. އިންޑިއާނާގައި ހިންގި ސްޓެރިލައިޒްކުރުމުގެ ގާނޫނު 1921 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ހުކުމަކުން ބާތިލުކުރެވުނެވެ.

އޭރު މުޅި ދުނިޔޭގައި އޮތް އެންމެ މުއްސަނދި މަހުޖަނު އާއިލާ ކަމަށްވާ ރޮކްފެލާ އާއިލާ އިސްވެ ފަންޑުކޮށް، ޔޫޖެނިކްސް ހަރަކާތްތައް ވަރުގަދަކުރުމަށް “އެމެރިކަން ޔޫޖެނިކްސް ސޮސައިޓީ” ގެ ނަމުގައި 1921 ވަނަ އަހަރު ޖަމާއަތެއް އުފެއްދިއެވެ. މި ޖަމާއަތަށް އާންމު ރައްޔިތުންގެ ފަރާތުން އައި ފާޑުކިޔުންތަކާއެކު، އޭގެ ދުވަސްކޮޅެއް ފަހުން އެ ޖަމާއަތުގެ ނަން “ސޮސައިޓީ ފޯ ދަ ސްޓަޑީ އޮފް ސޯޝިއަލް ބަޔޮލޮޖީ” އަށް ބަދަލުކުރިއެވެ. މި ޖަމާއަތުގެ މީހުން މިއަދު ފޮރުވިގެން ތިބީ “މައިކްރޯ ބަޔޮލޮޖީ”، “ސޯޝިއަލް ބަޔޮލޮޖީ”، “އިމިއުނޮލޮޖީ” އަދި “ވައިރޮލޮޖީ” ފަދަ ފަންނުތަކުގެ ފަހަތުގައެވެ. އިމިއުނޮލޮޖީ އާއި ވައިރޮލޮޖީއަކީ ވެސް ރޮކްފެލާ ފަދަ ޔަހޫދީ ޒައިނިސްޓުން އެބައެއްގެ ފަހަތުގައިވާ އާއިލާއިން ދުނިޔެއަށް ތައާރަފުކުރި ފަންނުތަކެކެވެ.

އެމެރިކަން ޔޫޖެނިކްސް ސޮސައިޓީގެ ބާނީ އަދި ޑިރެކްޓަރުކަން ކުރި މެޑިސަން ގްރޭންޓް 1915 ގައި ބުނެފައިވެއެވެ. “އިލާހީ ޤާނޫނު ކަމުގައި ޤަބޫލުކުރެވިފައިވާ ކުށް ގޮތްތަކާއި، އިންސާނާގެ ދިރުން ރައްކާތެރިވެގެންވާ ކަމަށް ޤަބޫލުކުރާ ޖަޒުބާތީ ޤަބޫލުކުރުންތަކުގެ ސަބަބުން، ނުކުޅެދޭ ކުޑަކުދިން ނައްތާލުމަށާއި، މުޖުތަމަޢަށް އެއްވެސް މަންފާއެއް ނުކުރާ އެފަދަ (ނުކުޅެދޭ، މޮޔަ) ބޮޑެތި މީހުން ދަރިމައިނުވާ ގޮތް ހެދުމަށް (ސްޓެރިލައިޒްކުރުމަށް) ހުރަސްއެޅެއެވެ. ފިޓު އަދި ފުރިހަމަނޫން ފަރާތްތައް ނައްތާލުމަކީ ޤުދުރަތީ ޤާނޫނު ލާޒިމުކުރާ ކަމެކެވެ. އިންސާނާގެ ދިރުމުގެ އަގެއް އޮތީ ހަމައެކަނި މުޖުތަމަޢަށާއި ނަސްލަށް އެ މީހެއްގެ ބޭނުން ހިފޭނަމައެވެ.”

އެމެރިކަން ޔޫޖެނިކްސް ސޮސައިޓީގެ މެންބަރު މާގްރެޓް ސެންޖާ 1921 ވަނަ އަހަރު “އެމެރިކަން ބާތު ކޮންޓްރޯލް ލީގު” ގެ ނަމުގައި ޖަމާއަތެއް އުފެއްދިއެވެ. 1942 ވަނަ އަހަރު މި ޖަމާއަތުގެ ނަން “ޕްލޭންޑް ޕޭރެންޓްހުޑް ފެޑަރޭޝަން އޮފް އެމެރިކާ” ނުވަތަ ކުރުކޮށް “ޕްލޭންޑް ޕޭރެންޓްހުޑް” އަށް ބަދަލުކުރިއެވެ. މި ޖަމާއަތަކީ އެބޯޝަން ހަދައިގެން ދަރިވައްޓާލުމަށްޓަކައި އުފެއްދި ކްލިނިކްތަކެކެވެ. މާގްރެޓް ސެންޖާ މި ޖަމާއަތް އުފެއްދީ ރޮކްފެލާ އާއިލާގެ ފަންޑުގެ ދަށުންނެވެ. އެމެރިކާގައި އެންމެ ފުރަތަމަ ދަރިވައްޓާލުމަށް ބާތު ކޮންޓްރޯލް ނުވަތަ އެބޯޝަން ކްލިނިކްތައް ހެދުމުގައި އިސް ސަފުގައި ހުރީ އޭނާއެވެ.

މާގްރެޓް ސެންޖާ 1925 ގައި ބުނެފައިވެއެވެ. “އަހަރެން ގަބޫލުކުރާ ގޮތުގައި، މިހާރު އަހަރެމެންގެ އާބާދީގެ ޑިސްޖެނިކް (ޖީންގެ ގޮތުން ދެރަ އަދި ދަށް ނަސްލުގެ) މީހުން ސްޓެރިލައިޒްކުރުމުގެ (ދަރިން ލިބުމުން މަޙްރޫމުކުރުމުގެ) ގައުމީ ފެންވަރުގެ ހަރަކާތެއް ދައުލަތުގެ ބާރާއެކު ފަށަންޖެހެއެވެ.”

މާގްރެޓް ސެންޖާ 1957 ގައި ބުނެފައިވެ އެވެ. “އަހަރެން ދެކޭ ގޮތުގައި އެންމެ ބޮޑު ފާފައަކީ، ބަލި ޖެހިފައިވާ ކުއްޖަކު ދުނިޔެއަށް އުފަންކުރުމުގެ ފާފައެވެ.” [7]

1927 ވަނަ އަހަރު، އެމެރިކާގެ ވާޖިނިއާ ސްޓޭޓްގައި ގަދަބާރުން މީހުން ސްޓެރިލައިޒްކޮށް ވެކްސިން ޖެހުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޔޫޖެނިސްޓް އޮލިވާ ވެންޑެލް ހޯލްމްސް ޙުކުމް އިއްވިއެވެ. އޭނާ މި ޙުކުމުގައި ބުނެފައިވެއެވެ. “ނުކުޅެދޭ ދެރަ ދަރިފަސްކޮޅަކުން ކުށެއް ކޮށްގެން އެ މީހުން ދަންޖައްސަން މަޑުކުރުމަށްވުރެ، ނުވަތަ އެ މީހުންގެ މޮޔަކަމުގެ ސަބަބުން ބަނޑަށްޖެހުމަށްވުރެ، މުޅި ދުނިޔެއަށް މިގޮތް (ސްޓެރިލައިޒްކުރުން) ހެޔޮވެގެންވެއެވެ. މި މީހުންގެ ނަސްލު ކުރިއަށް ގެންދިއުމަށް ‘ފިޓު ނޫން’ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރެވިދާނެއެވެ. މީހެއްގެ ފެލޯޕިއަން ޓިއުބު ބުރިކޮށްލުމާ ހަމައަށް މަޖުބޫރުކުރުމުގެ އުސޫލު، ވެކްސިން ޖެހުމުގެ އުސޫލުގެ ތެރެއިން ފުޅާވެގެންވެއެވެ. ތިން ގަރުނުގެ ‘ފީބަލް މައިންޑެޑް’ މޮޔައިން އަހަރެމެންނަށް ފުދިއްޖެއެވެ.” [8]

މި ކޯޓު ކޭސްއަށްފަހު، ސިއްރިޔާތުގައި ހިންގި ސްޓެރިލައިޒޭޝަން ޕްރޮގްރާމްތައް ފާޅުގައި އާންމުކޮށް ކުރަން ފެށުނެވެ. އަދި މި ވާހަކަތައް ބޮޑާވެރިކަމާއެކު ރިޕޯޓުކުރަން ވެސް ފެށުނެވެ. މިގޮތުން އެތައް ހާސް ބަޔަކު އެ މީހުންގެ ރުހުމާއި އިޚްތިޔާރާ ނުލައި ސްޓެރިލައިޒް ކުރެވުނެވެ. ފުރަތަމަ މި ފިކުރުގެ ދަށުން ފެށީ ސަރުކާރުގެ ބާރާއި ނުފޫޒުން ގާނޫނުތައް ހަދައި، ގައުމުގައި ތިބި ނުކުޅެދޭ އަދި ނަސްލީގޮތުން ދަށް މީހުންނަށް ދަރިން ނުލިބޭ ގޮތް ހެދުމަށެވެ.

އެހެންނަމަވެސް، ޔޫޖެނިސްޓުންނަށް މިވަރުން ނުފުދުނެވެ. އެއީ މިގޮތަށް ސްޓެރިލައިޒް ކުރެވެނީ މަދު ބަޔަކަށް ވާތީއެވެ. އެހެންވެ، މި ނޫން އެހެން ގޮތެއް މިކަމަށް ހޯދަން ޔޫޖެނިސްޓުން މަސައްކަތްކުރިއެވެ. ފާޅުގައި ޖެނެޓިކަލީ ދަށް ފެންވަރުގެ އިންސާނުންގެ އާބާދީ ދުނިޔެއިން ނައްތާލަން ވަކާލާތުކުރުމުގެ ހަރުކަށި ވާހަކަތަކުން، ނަސްލީ އިމްތިޔާޒުތަކުގެ މައްޗަށް އުފެދިގެން އައި ނަފުރަތާއި ދެކޮޅުވެރިކަމާ ގުޅިގެން، އެހެން ކޮންމެވެސް ގޮތަކަށް މިކަން ކުރުމަށް މި ޖަމާއަތުން ގަސްދުކުރިއެވެ. އެގޮތުން، ސީދާ ސަރުކާރުގެ ބާރުގެ ދަށުން މަޖުބޫރުކޮށްގެން ދަރިމައިވުން މަނާކުރުމާއި، ސްޓެރިލައިޒޭޝަނަށް ސީދާ ވަކާލާތުކުރުމުގެ ބަދަލުގައި، އެހެން ބަސްތަކަކާއި ޝިއާރުތަކެއް ބޭނުންކޮށްގެން މި ހަރަކާތް ކުރިއަށް ގެންދިއުމަށް މި މީހުން ރޭވުންތައް ރާވައި ނިންމިއެވެ.

ޔޫޖެނިސްޓުން ރޭވި ރޭވުންތަކާއި، މި ގަރުނުގެ ޔޫޖެނިސްޓް ހަރަކާތުގެ މަހުޖަނު ބޮޑުންނަކީ ކޮބައިކަން ބަޔާންކޮށް، ކުރިއަށް އޮތް ލިޔުންތަކުގައި އެ ކަންކަން ކަޝްފުކުރެވިގެންދާނެއެވެ. (ނުނިމޭ)

وصلى الله وسلم وبارك على نبينا محمد، وعلى آله وصحبه اجمعين. غفر الله لوالدي ولجميع المسلمين، ورحم الله والدي رحمة واسعة، واسكنه فسيح جناته. ووفقنا الله واياكم لما يحب ويرضى.

  •  23 އޮކްޓޯބަރ 2020

إِسْمَاعِيلُ بْنُ رَفِيقٍ مُحَمَّدٍ الْمَالْدِيفِي


[1] https://www.etymonline.com/word/eugenics

[2] http://www.studylight.org/dictionaries/web/view.cgi?n=36228

[3] http://www.studylight.org/dictionaries/web/view.cgi?n=36228

[4] http://www.studylight.org/encyclopedias/tce/view.cgi?n=4223

[5] http://eugenicsarchive.ca/discover/connections/5328893f132156674b00029e

[6] http://www.eugenicsarchive.org/html/eugenics/essay6text.html

[7] https://www.youtube.com/watch?v=HsrOPDdbTzM

[8] https://supreme.justia.com/cases/federal/us/274/200

Leave a Reply