އިންސާނިއްޔަތުގެ އާބާދީ އަޑުމަޑު ޤަތުޢާންމަކުން މަރާލަން ޔަހޫދީ ޒައިނިސްޓު ފްރީމޭސަނުން ހިންގި ހަރަކާތް 2: ފްލެކްސްނާ ޔަހޫދީ ދެ އަޚުން، ރޮކްފެލާ ބޭސްވެރިކަން، ޔޫ.އެން، ޔުނެސްކޯ، ޕޮއިއުލޭޝަން ކައުންސިލް، ޔަހޫދީ ޒައިނިސްޓު ކިސިންޖާ އަދި ޑަބްލިއު.އެޗް.އޯ

﷽ – وَبِهِ نَسْتَعِينُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ

(މިލިޔުމާއިގެން ކުރިއަށް ދިއުމުގެ ކުރިން މި ސިލްސިލާގެ ފުރަތަމަ ބައި ކިޔާލުން މުހިންމެވެ.)

ބޭސްވެރިކަމުގެ ސިނާއަތް އަޑުމަޑު ގަތުލުއާންމަކަށާއި ބަލިމަޑުކަމަކަށް މިސްރާބު ބަދަލުކޮށްލި ފްރީމޭސަނުންގެ ދެ ޔަހޫދީން، ރޮކްފެލާ ބޭސްވެރިކަން އަދި ޔޫ.އެން، ޑަބްލިއު.އެޗް.އޯ އާއި ރޮކްފެލާއިންގެ އާބާދީ ކަތިލުމުގެ ޔަހޫދީ ޒަޔަނިސްޓު ޔޫޖެނިކްސް އެޖެންޑާގެ ހަޤީޤަތް

މި ޤައުނުގެ މުހައްދިޘް، ޝައިޚް އަލް-އަލްއަލްބާނީ (مُحَدِّثُ هٰذَا العَصْرِ، الشَّيْخُ الأَلْبَانِيّ) رحمه الله ވިދާޅުވިއެވެ. “އަދި މުޅި އިސްލާމީ ދުނިޔޭގައި ޢާންމުކޮށް، އަދި ވަކިން ޚާއްޞަކޮށް ޢަރަބި ދުނިޔޭގައި މިވަގުތު އަޅުގަނޑުމެން މިދެކޭ ބޮޑު ފިތުނައަކީ، މުޅި ދުނިޔޭގައިވާ ޔަހޫދީ މާސޫނިއްޔަތުގެ (Jewish Freemasonry) ނުބައި (ސިއްރުވެރި، ބާޠިނީ ރޭވުންތަނުގެ) ޢަމަލުތަކުގެ (ހަރަކާތްތަކުގެ) ތެރެއިންވާ ކަމެއް ކަމުގައި މެނުވީ އަޅުގަނޑު ނުދެކެމެވެ.” ސިލްސިލަތުލް ހުދާ ވައްނޫރު (ނަންބަރު: 420)

ފުރަތަމަ ބައިގައި ބަޔާންކުރެވުނު ފަދައިން، ޔޫޖެނިކްސްއަކީ ސައިންސުގެ ނިވާފަތްގަނޑުގައި ފޮރުވިގެން އިންސާނީ ނަސްލު ފޮހެލުމަށް ފްރީމޭސަނުން، ޔަހޫދީން ހިންގާ ބޮޑު ޖަރީމާއެކެވެ. ފާޅުގައި އިންސާނުން މަރާލުމާއި، މަޖުބޫރުން ދަރިމައިވުން ހުއްޓުވުމަށް ވަކާލާތު ކުރުމުން ކުރިމަތިވި ރައްޔިތުންގެ ނުރުހުމާއި ނަފްރަތާ ގުޅިގެން، ޔަހޫދީ ފްރީމޭސަނު ޔޫޖެނިސްޓުން އެމީހުންގެ އުކުޅުތައް ބަދަލުކުރިއެވެ. މިގޮތުން، ދެން ފެނިގެންދިޔައީ މިއަށްވުރެ ނުސީދާ، ނަމަވެސް މިއަށްވުރެ މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން މި މުޑުދާރު ފިކުރު ކުރިއަށްގެންދިޔަ ތަނެވެ. މި ހަރަކާތުގެ އެންމެ އިސް މޭސްތިރިންނަކީ ދުނިޔޭގެ މުއްސަނދިކަން މުށްބާރުކޮށްގެން ތިބި ރޮކްފެލާ އާއިލާ ފަދަ ފްރީމޭސަނު މަހުޖަނުންނެވެ.

  • ޝައިޚް އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ هِيَ جَمْعِيَّةٌ سِرِّيَّةٌ يَهُودِيَّةٌ وَتَعْمَلُ بِمَكْرٍ شَدِيدٍ جِدًّا (“ސިލްސިލަތުލް ހުދާ ވަންނޫރު” (ކެސެޓް ނަންބަރު: 420) “މާސޫނިއްޔަތަކީ ޔަހޫދީންގެ ސިއްރު ޖަމާޢަތެކެވެ. އަދި އެބައިމީހުން މަސައްކަތްކުރަނީ އިންތިހާއަށް ނުބައިވެގެންވާ މަކަރުވެރި ރޭވުންތަކެއްގެ މަތީގައެވެ.”
  • ޝައިޚް އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ رحمه الله އެކަލޭގެފާނުގެ މަންހަޖާ ގުޅޭ ސުވާލާއި ޖަވާބު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. أَقُولُ إِنَّ الْمَاسُونِيَّةَ مُنَظَّمَةٌ يَهُودِيَّةٌ، قَصْدُ مِنْ إِنْشَائِهَا تَعْطِيلُ الشَّرَائِعِ، وَإِشَاعَةُ الْغَرَائِزِ وَالشَّهَوَاتِ، وَعِبَادَةُ الْمَادَّةِ “…އަހުރެން ބުނަމެވެ. ހަމަކަށަވަރުން މާސޫނިއްޔަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގެ މަޤްޞަދަކީ (އިލާހީ) ޝަރީޢަތްތައް އުވާލުމާއި، އިންސާނާގެ ނަފްސާނީ އެދުންތަކާއި ޝަހުވަތްތައް ފެތުރުމާއި، އަދި މާއްދިއްޔަތަށް އަޅުކަންކުރުން (ދުނިޔޭގެ މާއްދީ ކަންކަމަށް ހުސްވުން) އިސްކުރުމެވެ.”
  • ޝައިޚް ޢަބްދުލްޢަޒީޒް އައްރާޖިޙީ ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ: جَمْعِيَّةٌ سِرِّيَّةٌ أَوْ مُنَظَّمَةٌ يَهُودِيَّةٌ هَدَفُهَا الْقَضَاءُ عَلَى الْعَقَائِدِ وَالْأَدْيَانِ “މާސޫނިއްޔަތަކީ: ސިއްރު ޖަމާޢަތެކެވެ. ނުވަތަ ޔަހޫދީންގެ ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ (ޞައްޙަ) ޢަޤީދާތަކާއި ދީންތައް ނައްތާލުމެވެ.” (“ފަވާޢިދު ފިލް ޢަޤާއިދު” (ނަންބަރު: 44)
  • ޝެއިޚް އިބްނު ބާޒް رحمه الله ވިދާޅުވިއެވެ. ٱلْمَاسُونِيَّةُ مَعْرُوفَةٌ عِنْدَ ٱلنَّاسِ، وَهِيَ جَمَاعَةٌ سِرِّيَّةٌ، މާސޫނިއްޔަތު (ފްރީމޭސަނަރީ) އަކީ މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ، ނަމަވެސް ސިއްރުވެރިކަން ބޮޑު ޖަމާޢަތެކެވެ. وَهُمْ فِي ٱلْبَاطِنِ يَدْعُونَ إِلَى نَبْذِ ٱلْأَدْيَانِ، وَنَبْذِ ٱلْأَوَامِرِ وَٱلنَّوَاهِي. وَأَنَّ ٱلنَّاسَ يَبْقَوْنَ عَلَى حَالِهِمُ ٱلْأُولَى، لَا إِلٰهَ، وَلَا رَبَّ، وَلَا نَبِيَّ، وَلَا شَرِيعَةَ، وَلَا شَيْءَ – يَعْنِي فِي ٱلْبَاطِنِ هُمْ يُحَارِبُونَ ٱلشَّرَائِعَ، وَٱلْأَوَامِرَ، وَٱلنَّوَاهِي – وَيَبْقَى ٱلْإِنْسَانُ أَخُو ٱلْإِنْسَانِ بِأَنَّهُ ٱبْنُ آدَمَ وَبَسْ “ނަމަވެސް، އެމީހުންގެ އެތެރެފުށުގެ އަސްލު މަޤްޞަދަކީ ހުރިހާ ދީންތަކެއް އުކާލުމަށާއި، ދީނީ އަމުރުފުޅުތަކާއި ނަހީތަކަށް ފުރަގަސްދިނުމަށް ގޮވާލުމެވެ. އެމީހުން ބޭނުންވަނީ ކަލަކު، ރަސޫލަކު ނުވަތަ ޝަރީޢަތެއް އަދި އެއްވެސް ދީނީ އަސާސެއް ނެތް، އިންސާނާގެ އެންމެ ކުރީގެ (ލާދީނީ މުލްޙިދު ހާލުގައިތިބި) ޙާލަތަށް މީސްތަކުން ރުޖޫޢަކުރުމަށެވެ. އެބަހީ، އެމީހުން ސިއްރުގޮތެއްގައި ކުރާ މަސައްކަތަކީ މާތްﷲ ބާވައިލެއްވި ޝަރީޢަތްތަކާއި، އަމުރުފުޅުތަކާއި ނަހީތަކާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އަދި އެމީހުންގެ ނަޒަރުގައި އިންސާނީ ގުޅުމަކީ ހަމައެކަނި އާދަމުގެ ދަރިއަކަށް ވީތީ އޮންނަ ގުޅުމެއް ކަމުގައި ހެދުމެވެ.”

މިއަދުގެ ފާމަސޫޓިކަލް (ގިނަ ފަހަރު ސިހުރުވެރި މަކަރުވެރި ދޮގުވެރި ބޭސްވެރިކަމުގެ) ސިނާއަތު އަދި ބާބިލްގެ ޔަހޫދީންގެ ސިހުރުވެރިކަން

ބަހުގެ ގޮތުން ބަލާއިރު ސިހުރަކީ އޭގެ ނަތީޖާގައި ފޮރުވިފައިވާ، އޮޅުވާލުން އެކުލެވޭ ނުވަތަ ސިއްރުވެރި ކޮންމެ ކަމެކެވެ. “ސިހުރު” އަންނަނީ ތިރީގައިވާ މާނަތައް އެކުލެވޭ އަސްލަކުންނެވެ.
• ފޮރުވިފައިވާ ނުވަތަ ފާޅުނުވާ ކަމެއް.
• ވަގުތުން ފާހަގަނުކުރެވޭ ފަދަ އޮޅުވާލުމެއް.
• ކަމެއްގެ ހަގީގަތް ނޫން އެހެން ގޮތަކަށް އެކަމެއް ދެއްކުން.

“ފާމަސޫޓިކަލް” މި ބަސް އުފެދިފައިވަނީ ގްރީކް ބަހެއް ކަމަށްވާ “ފާމަ-ކޮން” (Pharma-kon) އިންނެވެ. މީގެ މާނައަކީ ސިހުރު ހެދުމަށް ބޭނުންކުރާ ސިހުރުގެ ބުއިންތަކާއި، “ވިހަ” ނުވަތަ ޖާދޫގެ މާއްދާތަކެވެ. ގްރީކް ބަހުން “ފާމަ-ކިއުސް” (Pharma-keus) އަކީ މިފަދަ ތަކެތި ތައްޔާރުކޮށް ސިހުރު ނުވަތަ ޖާދޫ ހަދާ މީހާއެވެ. އަދި ވިހައާއި ސިހުރުގެ ތެރޭގައި މިފަދަ ބުއިންތަކާއި ބޭސްތައް ބޭނުންކުރުމަށް ކިޔަނީ “ފާމަކިއާ” (Pharmakeia) އެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. ﴿وَاتَّبَعُوا مَا تَتْلُوا الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ﴾ “އަދި ސުލައިމާނުގެފާނުގެ ރަސްކަމުގެ ޒަމާނުގައި، ޝައިތާނުން ކިޔަވައި އުޅުނު ސިހުރުގެ ފޮތްތަކަށް އެއުރެން (ޔަހޫދީން) ތަބާވޫއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެހެނެއްކަމަކު، އެ ޝައިތާނުން ކާފިރުވޫއެވެ. އެއީ މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ. އަދި ބާބިލްގައި ހާރޫތާއި މާރޫތާއި ދެ މަލާއިކަތުންނަށް ބާވައިލެއްވި ކަންތަކަށްވެސް (އެއުރެން ތަބާވޫއެވެ). … ފަހެ، ފިރިމީހާއާއި އަނބިމީހާއާ ދެމެދު ވަކިކުރާނޭ ގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން (ޔަހޫދީން) އުނގެނި އުޅެއެވެ.”

ބާބިލްގައި މީސްތަކުން މަގުފުރައްދައި، ޝިރުކާއި ކުފުރުގެ ތެރެއަށް ވައްޓާލުމަށްޓަކައި “ފާމަ-ކޮން” (ސިހުރުގެ ސްޕެލްތަކާއި ބުއިންތައް) ބޭނުންކުރި މަގުފުރެދިފައިވާ ޔަހޫދީންނަކީ، މިއަދުގެ ފްރީމޭސަނުންގެ ފާމަސޫޓިކަލް ނިޒާމުގެ ރޫހާނީ އަސްލެވެ. ގިނަ ބަޔަކަށް ސިއްރުވެފައިވާ ގޮތުގައި، މި ޒަމާނުގެ ބޭސްވެރިކަމުގެ ސިނާއަތް ބިނާވެފައިވަނީ މިފަދަ ސިއްރު ޖަމާއަތްތަކާއި ފްރީމޭސަނުންގެ އަތް މައްޗަށެވެ. މިއީ ޝައިޠޯނާއާއި އިބްލީހަށް އަޅުކަންކުރާ، މަގުފުރެދިފައިވާ ޔަހޫދީ ގުރޫޕެއްގެ އަގީދާގެ މައްޗަށް ބިނާވެފައިވާ، އެތަކެއް ސިހުރުވެރި ދޮގާއި، އޮޅުވާލުމުގެ މައްޗަށް ބިނާވެފައިވާ، ކަމުގެ ހަޤީޤީ ތަޞައްވުރު ނޫން އެހެން ތަޞައްވުރެއް އަޞްލު ދައްކާ، ފޮރުވިފައިވާ، ސިއްރުވެރި، އޮޅުވާލުން ބޮޑު މަކަރުވެރި ސިނާއަތެކެވެ.

މިއަދު މި ސިނާޢަތުގެ އިސްމޭސްތިރިންނަކީ ޒައިނިސްޓު ޔަހޫދީންނެވެ. ޔަހޫދީންގެ ހުރި މަކަރުވެރިކަމާއި އޮޅުވާލުމައި ސިހުރުވެރިކަން މިސިނާޢަތަށް ނައައުމަކީ ނުވާނެކަމެކެވެ. ޔަހޫދީންނަކީ ބިމުބައި އެކި ގޮތްގޮތުން ފަސާދަ އުފައްދަން މަސައްކަތް ކުރާބައެކެވެ. އެކަން ﷲ ތަޢާލާ މުސްލިމުންނަށް އަންގަވާފައިވެއެވެ. ﴿ وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِّلْحَرْبِ أَطْفَأَهَا اللَّهُ ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ﴾ [ المائدة: 64] “ޔަހޫދީން ބުންޏެވެ: ﷲ ގެ އަތްޕުޅުވަނީ ކަސްތަޅުއެޅުވިގެންނެވެ. އެ މީހުންގެ އަތްތައް ކަސްތަޅުއަޅުއްވާށިއެވެ! އަދި އެ މީހުން އެހެން ބުނުމުގެ ސަބަބުން އެ މީހުންނަށް ލައުނަތް ލެއްވިއެވެ. އަދި ކިއެއް! އެ އިލާހުގެ ދެ އަތްޕުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ. އެ އިލާހު އިރާދަކުރައްވާ ފަދަޔަކުން ހޭދަ ކުރައްވައެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި އޭގެ ތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، ކާފިރު ކަން އިތުރުކުރާނެކަން ކަށަވަރެވެ. އަދި ގިޔާމަތަށް ދާންދެން އަދާވާތްތެރިކަމާއި، ރުޅިވެރިކަން އެ މީހުންގެ މެދުގައި ތިމަން އިލާހު ލެއްވީމެވެ. އެ މީހުން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، ﷲ އެ އަލިފާންގަނޑު ނިއްވަވައެވެ. އަދި ބިމުގައި ފަސާދަކުރުމުގެ ގޮތުން އެ މީހުން މަސައްކަތް ކުރެއެވެ. ފަހެ ފަސާދަކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.”

ބޭސްވެރިކަމުގެ ސިނާއަތުގެ މިސްރާބު ބަދަލުކޮށްލި ފްރީމޭސަނުންގެ ދެ ޔަހޫދީން: ފްލެކްސްނާ އަޚުން

ޔަހޫދީ

ސައިމަން ފްލެކްސްނާއެބްރަހަމް ފްލެކްސްނާ

ޖޯން ޑީ. ރޮކްފެލާ ސީނިއާ އަކީ އެމެރިކާގެ ތާރީޚު ދުށް އެންމެ މުއްސަނދި މަހުޖަނެވެ. އޭނާއަކީ މުޅި ދުނިޔޭގެ އެންމެ ފުރަތަމަ ބިލިއަނަރު ކަމުގައި ބެލެވެއެވެ. وَاللَّهُ أَعْلَم. އޭނާ މުދާވެރިކަން ހޯދީ، ތެޔޮ އުފެއްދުން ވަކި މިންގަނޑަކަށް ފައްތައި (ސްޓޭންޑަޑައިޒްކޮށް)، 1870 ވަނަ އަހަރު އޭނާ އުފެއްދި “ސްޓޭންޑަޑް އޮއިލް” ކުންފުނިން ތެޔޮ ވިއްކައިގެން ލިބުނު ފައިސާއިންނެވެ. މި ފައިސާވެރިކަމުގެ ބޭނުންކޮށްގެން އެމެރިކާގެ އެންމެ މަތީ ފަންތީގެ މާލީ ނިޒާމުގެ ތެރެއަށް ވަދެ، “ޗޭސް މަންހަޓަން ބޭންކް” ގެ ނަމުގައި ރައްޔިތުން އަޅުވެތިކުރާ ފަދަ ރިބާ ބޭންކެއް (ޔަހޫދީ ފްރީމޭސަނުންގެ ތާއީދާއެކު) ރޮކްފެލާ އާއިލާގެ ނަމުގައި ގާއިމުކުރިއެވެ. އެއަށްފަހު، ތެޔޮ އިންޑަސްޓްރީގެ ބައި-ޕްރޮޑަކްޓެއްގެ ގޮތުގައި އުފެދޭ ޕެޓްރޯ ކެމިކަލުން ބޭސް އުފައްދައި، އެމެރިކާގެ ސިއްހީ ދާއިރާއަށް ނުފޫޒު ފޯރުވައި، 1910 ވަނަ އަހަރު މުޅި ސިއްހީ ދާއިރާ އެއްކޮށް ޔަހޫދީ ފްރީމޭސަނުންގެ ހިންގުމާއި ކުޑައިގެ ދަށުން ރޮކްފެލާ އާއިލާގެ ޚުދުމުޚުތާރު ބާރުގެ ދަށަށް ގެނައެވެ.

ތާރީޚީ ގޮތުން ބަލާއިރު، އެމެރިކާގެ ސިއްހީ ނިޒާމު (ނުވަތަ މިއަދު މުޅި ދުނިޔެ ބަދަލުވެފައިވާ ބޭސްވެރިކަމުގެ އޮޅުވާލުމުގެ ނިޒާމު) ނިސްބަތްވަނީ ދެ ޔަހޫދީއަކަށެވެ. އެ މީހުންގެ މި މަގުސަދު ކުރިއަށް ގެންދިއުމަށް ބޭނުންކުރި ވަސީލަތަކީ ރޮކްފެލާ އާއިލާގެ މުއްސަނދިކަމެވެ. އެއީ ރޮކްފެލާ އާއިލާއަށް ޔޫޖެނިކްސް ފަލްސަފާއާއި ފިކުރު ވިސްނައިދީ، އޭގެން މާލީ މަންފާއާއި ފައިދާ ލިބޭނެކަމުގެ ހުވަފެން ދައްކައިގެން، މުޅި ދުނިޔެ ވަކި ނިޒާމަކަށް ބައްޓަންކުރާނެ ތައުލީމީ ނިޒާމެއް އެންމެހައި އިންސާނުންގެ މައްޗަށް ގާއިމުކުރުމަށް ރޭވި ރޭވުމެއްގެ ދަށުންނެވެ. ތާރީޚީ ގޮތުން ބަލާއިރު، އެމެރިކާގެ ހެލްތުކެއާ ނިޒާމު (ނުވަތަ މިހާރު މުޅި ދުނިޔޭގައި ވަކިހިއްޕާލާފައިވާ ސިއްހީ ނިޒާމު) ގޮސް ހުއްޓޭކަމަށް މަލަމަތިން ފެންނަނީ ރޮކްފެލާ އާއިލާއަށެވެ. މި ހަގީގަތް 1965 ވަނަ އަހަރު ޝާއިއުކުރި “ރޮކްފެލާ މެޑިސިން މެން: މެޑިސިން އެންޑް ކެޕިޓަލިޒަމް އިން އެމެރިކާ” (ރޮކްފެލާގެ ބޭސްވެރިކަމުގެ މީހުން (ޔަހޫދީ ފްރީމޭސަނުން): އެމެރިކާގައި ބޭސްވެރިކަމާއި ރައުސްމާލީ ނިޒާމު) މި ފޮތުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. [1]

  1. އެބްރަހަމް ފްލެކްސްނާ (1866–1959): ނަސްލު/ދީން: އަޝްކެނާޒީ ޔަހޫދީ އެކެވެ. އުފަންވީ އެމެރިކާގެ ކެންޓަކީއަށް، ޖަރުމަނު-ޔަހޫދީ ހިޖުރަވެރި އާއިލާއަކަށެވެ. މަޝްހޫރުވީ: 1910 ގެ “ފްލެކްސްނާ ރިޕޯޓް” ގެ މުސައްނިފުގެ ގޮތުގައެވެ. މި ރިޕޯޓުގެ ސަބަބުން އެމެރިކާއާއި ކެނެޑާގެ ސިއްހީ ތައުލީމަށް ބޮޑެތި ބަދަލުތަކެއް އައެވެ.
  2. ސައިމަން ފްލެކްސްނާ (1863–1946): މިއީ އެބްރަހަމްގެ ބޭބެއެވެ. އޭނާއަކީ ޔަހޫދީ-އެމެރިކަން ފްރީމޭސަނެކެވެ. އެމެރިކާގައި ބޭހަށް ބިނާވެފައިވާ ސިއްހީ ނިޒާމެއް ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކެވެ. އޭނާ ވަނީ ރޮކްފެލާ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗުގެ ފުރަތަމަ ޑައިރެކްޓަރުގެ ގޮތުގައި 1901 އިން 1935 އަށް މަސައްކަތްކޮށްފައެވެ.

“އިންޖެކްޝަނުން ކުރެވުނު ގަތުލު” ([2]Murder by Injection) ފޮތް ލިޔުއްވި އީ.ސީ. މުއްލިންސް ބުނެފައިވެއެވެ. “އެމެރިކާގެ ބޭސް އުފައްދާ ކޮންމެ ކުންފުންޏެއް ކޮންޓްރޯލްކުރަނީ ރޮކްފެލާ އާއިލާއިންކަން ބަލާލުމުން އަހަންނަށް ކަށަވަރުވިއެވެ. ސަބަބަކީ އެމެރިކާގެ ބޮޑެތި ބޭސް ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ލިސްޓުގައި ތިބީ ‘ސްޓޭންޑަޑް އޮއިލް’ އަދި ‘ޗޭސް މަންހަޓަން ބޭންކް’ ގެ މީހުންނަށް ވާތީއެވެ. (ޔަހޫދީން މެދުވެރިވެ ރޮކްފެލާ އާއިލާ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ވަދެފައި އޮތް މިންވަރުން) ހޮސްޕިޓަލެއް ހުޅުވުމުގެ ލައިސަންސާއި މެޑިކަލް ލައިސަންސް ހޯދަން ބޭނުންނަމަ، އެކަން ކުރެވެނީ ޖޯން ޑީ. ރޮކްފެލާ (ނުވަތަ އެ އާއިލާއިން އައްޔަންކޮށްފައިވާ އެޖެންޓުން) މެދުވެރިކޮށެވެ.”[3] 

“އިންޖެކްޝަނުން ކުރެވުނު ގަތުލު” (Murder by Injection) އަކީ ޒަޔަނިސްޓު ޔަހޫދީން އެމެރިކާގައި ރައްޔިތުން ގަތުލުކުރުމަށްޓަކައި ބޭނުންކުރި ވިހަ ކެމިކަލް ވެކްސިންތަކުން ހިންގި، އާބާދީ ނައްތާލުމުގެ ޔޫޖެނިކްސް ހަރަކާތުގެ ހަގީގަތް ހާމަކުރުމަށް އެމެރިކާގެ ރައްޔިތަކު އޭރު ނެރުނު ފޮތެކެވެ. ހަގީގަތުގައި ޒަޔަނިސްޓުންނަކީ އެމެރިކާގެ ނަސާރާއިންގެ ވެސް އަދުއްވުންނެވެ. އެއީ އެއްވެސް ބަޔަކަށް ރަހުމުކުރާ ބައެއް ނޫނެވެ. އެ މީހުންގެ މަގުސަދަކީ އިންސާނީ ދަރިފަސްކޮޅު މަދުކޮށް ނެތިކޮށްލުމެވެ. މިއަދު ފަލަސްތީނުގެ ރައްޔިތުން ލައްކައިން، އެންމެންގެ ކުރިމަތީގައި ގަތުލުކޮށް، ދުނިޔޭގެ ލޮލުގައި އަދުން އަޅުވަން މަސައްކަތްކުރާ ފަދައިން، އޭރު ވެސް އެތައް ބަޔަކު ވަނީ އެ މީހުންގެ މަޅީގައި ޖެހިފައެވެ. ހަމައެއާއެކު، އޭރު ވެސް އެތައް ބަޔަކު އަދުން އަޅުވައި، ވެކްސިންގެ ވިހައިން މަރުވި މީހުންގެ ހަގީގަތް ފޮރުވައި، އެ މުޅި ގަތުލުއާންމު (ވެކްސިން ޖެނޮސައިޑް) ވަނީ އޮޅުވާލާފައެވެ.

20 ވަނަ ގަރުނުގެ ކުރީކޮޅު، ގުދުރަތީ ބޭސްވެރިކަމާއި، ފަތްޕިލާވެލީގެ ފަރުވާތަކާއި، އަސްލު ސަބަބުތަކަށް ބަލައިގެން ކުރާ ފަރުވާތައް އެމެރިކާގައި ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް 1910 ގައި، ފްރީމޭސަނުންގެ ދެ ޔަހޫދީން ކަމަށްވާ އެބްރަހަމް ފްލެކްސްނާ އާއި ސައިމަން ފްލެކްސްނާ، ބޭސްވެރިކަމުގެ މާނަ މުޅިން ބަދަލުކޮށްލިއެވެ. ކާނެގީ އަދި ރޮކްފެލާ އާއިލާގެ މާލީ ބާރު ބޭނުންކޮށްގެން، ގުދުރަތީ ބޭސްވެރިކަން ނައްތާލައި، އޭގެ ބަދަލުގައި “ފާމަ-ކޮން” (ބޭސް، ވިހަ ނުވަތަ ޖާދޫގެ ބުއިން) އަށް ބިނާވެފައިވާ އައު ނިޒާމެއް ތައާރަފުކުރިއެވެ.

ޕެޓްރޯ-ކެމިކަލުން އުފައްދާފައިވާ އެލޯޕެތީ މެޑިސިން ޑްރަގުތަކަށް އެމެރިކާގެ ސިއްހީ ނިޒާމުގައި އޮތް ޑިމާންޑް އިތުރުކުރުމަށްޓަކައި، އެމެރިކާގެ ނަސާރާ ރައްޔިތުންގެ މެދުގައި އޮތް ސިއްހީ މަސައްކަތްތެރިކަމުގެ ފަންނު ދިރާސާކުރަން އަބްރަހަމް ފްލެކްސްނާ (އެއްބަނޑު އެއްބަފާ ދެ ޔަހޫދީ ޒަޔަނިސްޓުން) އެމެރިކާގެ މެޑިކަލް ސްކޫލްތަކަށް ރޮކްފެލާ ފޮނުވިއެވެ. މިކަން ދިރާސާކޮށް 1910 ވަނަ އަހަރު ރޮކްފެލާ އާއިލާއަށް ފްލެކްސްނާ ރިޕޯޓެއް ހުށަހެޅިއެވެ. [4] މި ރިޕޯޓުގައި ފްލެކްސްނާ ފާހަގަކޮށްފައިވަނީ، ތެޔޮ ސްޓޭންޑަޑައިޒްކޮށް އޭގެ ފެންވަރު ދެމެހެއްޓި ފަދައިން، މެޑިކަލް އެޑިއުކޭޝަން (ސިއްހީ ތައުލީމު) ވެސް ސްޓޭންޑަޑައިޒް ކުރުމަށެވެ. ފްލެކްސްނާ ރިޕޯޓުގެ ނަތީޖާއިން އެނގުނު ގޮތުގައި، އެމެރިކާގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމުގައި ޖުމްލަގޮތެއްގައި ބެހިފައިވަނީ ދެ ބާވަތެއްގެ ސިއްހީ މަސައްކަތްތެރިކަމެއްގެ މައްޗަށެވެ. އެ ދެ ބާވަތަކީ، ހޯމިޔޯޕެތީ ނުވަތަ ގުދުރަތީ ފަތްޕިލާވެލީގެ މާއްދާތަކުން ބޭސްފަރުވާކުރުމުގެ ފަންނާއި، އެލޯޕެތީ ނުވަތަ ރޮކްފެލާ އާއިލާގެ ޕެޓްރޯ-ކެމިކަލާއި އެކިއެކި ހަރުކަށި އަމަލުތަކުން ބޭސްކުރުމުގެ ފަންނެވެ.

ދުނިޔޭގެ މަހުޖަނުން (ޒަޔަނިސްޓުންގެ ފްރީމޭސަނަރީ ޙަރަކާތްތަކުން) މެޑިކަލް އިންޑަސްޓްރީއަށް ވެރިވެގަތް ގޮތް ކިޔައިދީފައިވާ ޑޮކިއުމެންޓްރީއެއްގައި އެޑްވާޑް ގްރިފިން ބުނެފައިވެއެވެ. “(ރޮކްފެލާ އާއި ކާނިގީ) މެޑިކަލް އިންޑަސްޓްރީއަށް ވެރިވީ، މެޑިކަލް ސްކޫލްތައް އެ މީހުންގެ އަތްދަށަށް ގެނައުމާއެކުއެވެ. ރޮކްފެލާ އާއި ކާނިގީ މައިދާނަށް ނުކުމެ ބުންޏެވެ. އަހަރެމެން ފައިސާ ޚަރަދުކުރާނަމެވެ. އެ މީހުން ބުނާގޮތަށް މަސައްކަތްކުރަން އެއްބަސްވާ މެޑިކަލް ސްކޫލްތަކަށް އެތައް ގުނަ ފައިސާއެއް ހުށަހެޅިއެވެ. އެއަށްފަހު، އެއިން ކޮންމެ ސްކޫލެއްގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ގޮތުގައި އެ މީހުންގެ ދެތިން މީހުން ބެހެއްޓިއެވެ. އެހިސާބުން، ހުރިހާ މެޑިކަލް ސްކޫލްތަކެއްގެ މިސްރާބު ފާމަސޫޓިކަލް ޑްރަގްސްއާ ދިމާލަށް އަނބުރާލިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ޑޮކްޓަރުންނަށް ކިޔަވައިދޭން ފެށީ ހަމައެކަނި ފާމަސޫޓިކަލް ކުންފުނިތަކުން ނެރޭ ބޭސްތަކާ ބެހޭގޮތުންނެވެ. އެމެރިކާގެ ތަޢުލީމީ މުއައްސަސާތައް މިގޮތުން ފާމަސޫޓިކަލް ބާރުތަކުން ހިފައިގަތެވެ.” [5]

އެއަށްފަހު، ރޮކްފެލާގެ މޮނޮޕޮލީގެ ޚުދުމުޚުތާރު ބާރުގެ ދަށުން، ހޯމިޔޯޕެތީ ނުވަތަ ޤުދުރަތީ ފަތްޕިލާވެލިން ބޭސްފަރުވާކުރުން އެންމެ ފަހުން އެމެރިކާގައި މަނާކުރިއެވެ. އަދި އެއީ އެއްވެސް އޮށްޓަރެއް ނެތް ބޯދާ ކަމެއްގެ ގޮތުގައި ދައްކުވައި، ރައްޔިތުން އޮޅުވާލިއެވެ. އެމެރިކާގެ ސަރުކާރުން އުފައްދާފައިވާ، ބޭސްވެރިކަން ރެގިއުލޭޓްކުރާ ހުރިހާ އެޖެންސީތަކެއްގެ ވެރިންނަށް ތިބީ ރޮކްފެލާ ނުފޫޒު އޮތް މީހުންނެވެ.

އެބްރަހަމް ފްލެކްސްނާ ލިޔުނު ރިޕޯޓުގައި، ފަތްޕިލާވެލީގެ ބޭސްވެރިކަމާއި، ގުދުރަތީ ފަރުވާތަކާއި، ދީނަށް ނިސްބަތްވެ ފަރުވާދޭ ހުރިހާ މެޑިކަލް ސްކޫލްތަކަކަށް ހަމަލާދީ، އެއީ ބަލައިގަނެވޭނެ ތަންތަން ނޫންކަމަށް ކަނޑައެޅިއެވެ. އަދި އެ ތަންތަން ބަންދުކޮށް، ހަމައެކަނި ސިންތެޓިކް ބޭސްތަކަށް ބިނާވެފައިވާ ނިޒާމެއް ހިންގުމަށް ގޮވާލިއެވެ. އޭނާގެ ބޭބެ ސައިމަން ފްލެކްސްނާއަކީ ރޮކްފެލާ އިންސްޓިޓިއުޓްގެ ވެރިޔާއަށް ވުމުން، ސައިންސާއި ފައިސާގެ މައްޗަށް އެ މީހުންގެ ފުރިހަމަ ކޮންޓްރޯލް އޮތެވެ. ބާރުވެރިކަން ލިބުމުން، ހަގީގީ ފަރުވާގެ ބަދަލުގައި އެ މީހުން ތައާރަފުކުރީ، ބޭސްވެރިކަމުގެ މައިގަނޑު އަސާސަކީ ފާމަސޫޓިކަލް ބޭސްތައް ކަމުގައި ހެދުމާއި، ބަލީގެ އަސްލު ސަބަބަށް ފަރުވާކުރުމުގެ ބަދަލުގައި ހަމައެކަނި ބަލީގެ އަލާމާތްތައް ފޮރުވާލާ ބޭސްތައް ބޭނުންކުރުމެވެ. އަދި ޑޮކްޓަރުންނަކީ ހަމައެކަނި ސިންތެޓިކް ބޭސްތަކަށް ބަރޯސާވާ ބަޔަކަށް ތަމްރީނުކުރާ ތައުލީމީ ނިޒާމެއް ގާއިމުކުރުމާއި، ބޮޑެތި ބޭސް ކުންފުނިތަކަށް މުޅި އުމުރަށް ބަލިމީހުންގެ އަތުން ފައިދާ ލިބޭނެ މާލީ އޮނިގަނޑެއް އެކުލަވާލުމެވެ. ޚުލާސާކޮށް ދަންނަވާނަމަ، ފްލެކްސްނާ އަޚުންނަކީ ގުދުރަތީ ފަރުވާތައް ފޮހެލައި، އޭގެ ބަދަލުގައި ކެމިކަލްތަކަށް ބިނާވެފައިވާ ބޭސްވެރިކަމުގެ، ޔަހޫދީ ޒަޔަނިޒަމަށް ފައިސާ ޗާޕުކުރާ އެމްޕަޔަރެއް ބިނާކުރި ބަޔެކެވެ. ރަސޫލާ ﷺ އުނގަންނައިދެއްވި ހިޖާމާއާއި ދުޢާކުރުމާއި ޤުރުއާން ކިޔެވުމާއި ރުޤުޔާ ފަދަ ފަރުވާތަކަކީ މިއަދު “ބޯދާ ކަންތައްތަކެއް” ކަމަށް ހަދާފައިވާއިރު، ކުރިން “ވިހަ” ނުވަތަ “ސިހުރު” (pharmakeia) ކަމަށް ބެލެވުނު ކަންތައްތައް މިއަދު ވިއްކަނީ “ސައިންސް” އަދި “ފަރުވާ” ގެ ނަމުގައެވެ.

ބަލިތަކުގެ ފަރުވާ އަކީ ވަކި ޚާއްސަ އެކައްޗަށް އެކަނި ހުއްޓިފައިވާ ކަމެއް ނޫން ކަމުގައި ޝެއިޚުލް އިސްލާމް އިމާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެ އެވެ. ބައްޔަކަށް ވަކި ޚާއްސަ އެއްޗަކުން ނޫނީ ފަރުވާ ނުލިބޭނެ ކަމުގައި އީމާންވެ އެ މާއްދީ އެއްޗެއްގެ މައްޗަށް އެކަނި ހުއްޓިފައި ހުރުމަށް ހަރުކަށި ކަމާއެކު (މާއްދިއްޔަތަށް، ޔަހޫދީ ފްރީމޭންސަނުން ފިކުރާތަކަށް ގޮސްފައިވާ) ބޭސްވެރިން ބާރުއަޅާ އެޅުމަކީ ކުށެކެވެ. ޝެއިޚުލް އިސްލާމް ބަޔާން ކުރައްވާފައިވާ ގޮތުން ޤުރުއާން، ދުޢާ، ޙިޖާމާ، ބޭސްވެރިކަމުގެ ފަރުވާ، ޤުދުރަތީ ގޮތުން ﷲ ހަށިގަނޑުގެ ލައްވަވާފައިވާ ފަރުވާ ދިނުމުގެ ބާރު، އަދި ވެސް އެހެނިހެން ގޮތް ގޮތުން ފަރުވާ ލިއްބައިދެ އެވެ. ބަލިތަކަށް އޮތް ފަރުވާ އަކީ ހަމައެކަނި އެންމެ އެއްޗަކަށް ނުވަތަ އެންމެ ކަމަކަށް އާދަވެގެން ހުއްޓިފައި ހުންނަ އެއްޗެއް ނުވަތަ ކަމެއް ކަމުގައި ނުވެ އެވެ. ޝެއިޚުލް އިސްލާމް ވިދާޅުވެފައިވެ އެވެ. “މި ބަލިން މިވެނި އެވެނި ޚާއްސަ ބޭސްފަރުވާ އަކުން މެނުވީ ފަރުވާ ނުލިބޭނެ ކަމުގައި ބޭސްވެރިން ބުނާ ބުނުމަކީ ޖާހިލު މީހެއްގެ ބަހެކެވެ. ބޭސްވެރިކަން ދަންނަ މީހަކު މިފަދައިން ނުބުނާނެ އެވެ. އަދި ހަމައެކަނި، ﷲ އާއި ރަސޫލާ ދަންނަ މީހަކު ވެސް މިފަދައިން ނުބުނާނެ އެވެ. ސަބަބަކީ ފަރުވާ އަކީ ވަކި ޚާއްސަ އެއްޗެއްގައި ނުވަތަ އެއް ކަމެއްގައި އާދަވެގެން ހުރުން ލާޒިމު އެއްޗެއް ނޫނެވެ.”  (މަޖުމޫޢޫ ފަތާވާ 24/267،268)

ތާރީޚީ ރިޕޯޓުތަކުންނާއި ރޮކްފެލާ އާއިލާގެ އަމިއްލަ އަހަރީ ރިޕޯޓުތަކުން ފެންނަ ގޮތުގައި، 1910 ވަނަ އަހަރުން ފެށިގެން އެ މީހުން ވަނީ “އެމެރިކަން މެޑިކަލް އެސޯސިއޭޝަން” (ހަގީގަތުގައި އެމެރިކަން ފްރީމޭސަނަރީ ޒަޔަނިސްޓް މާޑަރ އެސޯސިއޭޝަން) އަށް ފަންޑުކުރަން ފަށާފައެވެ. ރޮކްފެލާ އާއިލާއާއި އެމެރިކަން މެޑިކަލް އެސޯސިއޭޝަނާ އޮތް ގުޅުން، ރޮކްފެލާ ފައުންޑޭޝަނުން ނެރެފައިވާ 1932 ވަނަ އަހަރުގެ އަހަރީ ރިޕޯޓުންނާއި [6] 1957 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން [7] ސާފުކޮށް އެނގެން އޮވެއެވެ.

ރައްޔިތުންނަށް އަގަކާ ނުލައި ބޭސް ފޯރުކޮށްދިނުމުގެ ނަމުގައި، ރިވެތި ނަންނަމުގައި ތައްޔާރުކޮށްފައިވާ “މެޑިކެއާ” ނިޒާމަކީ ވެސް ރޮކްފެލާ އާއިލާގެ މުއްސަނދިކަން ދަމަހައްޓަން އެ މީހުން ޖެހި މަޅިއެކެވެ. ހަގީގަތުގައި ސަރުކާރުތަކުން އުފައްދާފައިވާ މެޑިކެއާ ނިޒާމަކީ، ބޭސް އުފައްދާ “ބިގް ފާމާ” ޔަހޫދީ ކުންފުނިތައް މުއްސަނދިކުރަން ރޭވުންތެރިކަމާއެކު ތައްޔާރުކޮށްފައިވާ ހީލަތްތެރި އޮޅުވާލުމަކާއި މަކަރުވެރިކަމެއްގެ ދަށުން ހިންގާ ޚިޔާނާތެކެވެ. މި ނިޒާމު ގާއިމުކުރުމަށް ދައުލަތަށް ފައިސާ ހޯދަނީ، ރައްޔިތުންގެ މުދާ ނުހައްގުން ފޭރިގަތުމަށް ތައްޔާރުކޮށްފައިވާ ރިބާ އާއި ޓެކްސްގެ ނިޒާމުތަކުގެ ތެރެއިންނެވެ. އެ ނިޒާމުތަކުން ރައްޔިތުންގެ އަތުން ނަގާ ފައިސާ، ބޭސްފަރުވާގެ ނަމުގައި ރޯލުކުރަނީ، ސިއްހީ ދާއިރާގެ “އަނދިރި ފްރީމޭސަނުންގެ ޔަހޫދީ ދައުލަތް” ހިންގާ ރޮކްފެލާ އާއިލާ ފަދަ ފާމަސޫޓިކަލް އިންޑަސްޓްރީގެ ބޮޑެތި ކާރުޚާނާތަކަށެވެ. [8]

ރޮކްފެލާއިންނާއި ޔޫޖެނިކްސް އާބާދީ ދުއްވާލުމުގެ ހަރަކާތް

ކުރިން ވެސް އިޝާރާތް ކުރެވުނު ފަދައިން، 1800 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ރޮކްފެލާ އާއިލާއަކީ އެމެރިކާގައްޔާއި އެމެރިކާއިން ބޭރުގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ޔަހޫދީ ޒަޔަނިސްޓުންގެ ޔޫޖެނިކްސް ހަރަކާތްތައް ފެތުރުމަށް އެންމެ ބޮޑަށް ޚަރަދުކުރި އަދި އެންމެ ނުފޫޒުގަދަ އާއިލާއެވެ. އެއީ މިހާރު އެންމެންގެ ލޯކުރިމައްޗަށް ފެންނަ ފަދައިން، އެމެރިކާ އާއި އިޒްރޭލުގެ ޒަޔަނިސްޓުންގެ ގަތުލުއާންމާއި މަސްލަހަތު ހިމާޔަތްކުރަން މުޅި އެމެރިކާ ދައުލަތުގެ މާލިއްޔަތާއި ސަރުކާރު އެއްކޮށް ބޭނުންކުރާ ފަދައިންނެވެ. މި އާއިލާއަކީ އެމެރިކާގެ ސީ.ޑީ.ސީ (CDC) އާއި، ޔޫ.އެން (UN) (ޒަޔަނިސްޓު ދައުލަތް ހިމާޔަތްކުރުމަށް ޔަހޫދީން ހެދި އައްޑާ) އަދި ޑަބްލިއު.އެޗް.އޯ (WHO) – ސިއްހަތު މެދުވެރިކޮށް އިންސާނުން ގަތުލުކުރުމަށް އުފެއްދި، އިންސާނުންގެ ސިއްހަތާ ކުޅޭ ޖަމާޢަތް – ވުޖޫދަށް ގެނައުމުގެ ފަހަތުގައިވާ ބާރުގަދަ ޔޫޖެނިސްޓު އާއިލާއެވެ.

ޝެއިޚް އިބްނު ބާޒް رحمه الله ވިދާޅުވި ބަސްފުޅު ހަނދާނަށް ގެނެސްލާށެވެ. ٱلْمَاسُونِيَّةُ مَعْرُوفَةٌ عِنْدَ ٱلنَّاسِ، وَهِيَ جَمَاعَةٌ سِرِّيَّةٌ، يَتَظَاهَرُونَ بِٱلْمُوَاسَاةِ وَكَرَمِ ٱلْأَخْلَاقِ. وَأَنَّ ٱلْإِسْلَامَ جَاءَ بِٱلْمُعْتَادِ، وَٱلْإِحْسَانِ إِلَى ٱلْفَقِيرِ وَٱلْمِسْكِينِ. މާސޫނިއްޔަތު (ފްރީމޭސަނަރީ) އަކީ މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ، ނަމަވެސް ސިއްރުވެރިކަން ބޮޑު ޖަމާޢަތެކެވެ. އެމީހުން ބޭރުފުށުން ދައްކަނީ އެއީ އެކަކު އަނެކަކަށް ހަމްދަރުދީވާ، މާތް އަޚްލާޤެއްގެ ވެރި ބައެއްގެ ގޮތުގައެވެ. وَأَنَّ ٱلْإِسْلَامَ جَاءَ بِٱلْمُعْتَادِ، وَٱلْإِحْسَانِ إِلَى ٱلْفَقِيرِ وَٱلْمِسْكِينِ وَأَنَّ ٱلْإِسْلَامَ جَاءَ بِٱلْمُعْتَادِ، وَٱلْإِحْسَانِ إِلَى ٱلْفَقِيرِ وَٱلْمِسْكِينِ وَهُمْ فِي ٱلْبَاطِنِ يَدْعُونَ إِلَى نَبْذِ ٱلْأَدْيَانِ، وَنَبْذِ ٱلْأَوَامِرِ وَٱلنَّوَاهِي ނަމަވެސް، އެމީހުންގެ އެތެރެފުށުގެ އަސްލު މަޤްޞަދަކީ ހުރިހާ ދީންތަކެއް އުކާލުމަށާއި، ދީނީ އަމުރުފުޅުތަކާއި ނަހީތަކަށް ފުރަގަސްދިނުމަށް ގޮވާލުމެވެ. يَعْنِي فِي ٱلْبَاطِنِ هُمْ يُحَارِبُونَ ٱلشَّرَائِعَ، وَٱلْأَوَامِرَ، وَٱلنَّوَاهِي އެބަހީ، އެމީހުން ސިއްރުގޮތެއްގައި ކުރާ މަސައްކަތަކީ މާތްﷲ ބާވައިލެއްވި ޝަރީޢަތްތަކާއި، އަމުރުފުޅުތަކާއި ނަހީތަކާ ދެކޮޅަށް ހަނގުރާމަކުރުމެވެ. وَيَبْقَى ٱلْإِنْسَانُ أَخُو ٱلْإِنْسَانِ بِأَنَّهُ ٱبْنُ آدَمَ وَبَسْ އަދި އެމީހުންގެ ނަޒަރުގައި އިންސާނީ ގުޅުމަކީ ހަމައެކަނި އާދަމުގެ ދަރިއަކަށް ވީތީ އޮންނަ ގުޅުމެއް ކަމުގައި ހެދުމެވެ. مِثْلَ ٱلْبَهِيمَةِ يَأْكُلُ وَيَشْرَبُ مَعَهُ، وَيَتَعَاوَنُ مَعَهُ فِي هَوَاهُ بِلَا شَرِيعَةٍ، وَلَا أَوَامِرَ، وَلَا نَوَاهِي، هٰذَا فِي ٱلسِّرِّ، وَأَمَّا فِي ٱلظَّاهِرِ فَهُمْ يَدْعُونَ إِلَى ٱلْأُخُوَّةِ وَٱلتَّعَاوُنِ فَقَطْ. – އެއްވެސް ޝަރީޢަތެއް، އަމުރެއް ނުވަތަ ނަހީއެއް ނެތި، ޖަނަވާރުން ފަދައިން ހަމައެކަނި ކައިބޮއި، އަމިއްލަ އެދުމާއި އުފަލުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެގެން އުޅުމެވެ. هٰذَا فِي ٱلسِّرِّ، وَأَمَّا فِي ٱلظَّاهِرِ فَهُمْ يَدْعُونَ إِلَى ٱلْأُخُوَّةِ وَٱلتَّعَاوُنِ فَقَطْ މިއީ އެމީހުން ސިއްރުން ރާވައިގެން ކުރާ މަސައްކަތެވެ. ނަމަވެސް ބޭރުފުށުން އެމީހުން ގޮވާލަނީ ހަމައެކަނި އިންސާނީ އުޚުއްވަތްތެރިކަމާއި އެއްބާރުލުން ދިނުމަށެވެ.

ފްރީމޭސަނުންގެ ޝިޢާރުތަށް ބޭރުފުށަަށް ވަރަށް ރީތިވާނެއެވެ. އެހެނަސް، އެތެރޭގައި އޮތީ އިންސާނުން ހަލާކުކޮށްލުމުގެ ހަދަފެވެ.

ނޯޓް: 1901 ވަނަ އަހަރު “ދަ ރޮކްފެލާ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗް” ގެ ނަމުގައި، ޔަހޫދީ ޒަޔަނިސްޓު ފްރީމޭސަނުންގެ އެހީތެރިކަމާއެކު ރޮކްފެލާ އޭނާގެ މުއްސަނދިކަމާއި ޔޫޖެނިސްޓު އާބާދީ ނައްތާލުމުގެ ޙަރަކާތްތައް ކުރިއެރުވުމަށްޓަކައި ޔުނިވާސިޓީއެއް ގާއިމުކުރިއެވެ. މި ޔުނިވާސިޓީގެ މެޑިކަލް ބޯޑުގެ ޗެއާމަން އަދި ފައުންޑިންގ ޑިރެކްޓަރަކީ (1901-1935) ވިލިއަމް ވެލްޗްއެވެ.

ރޮކްފެލާ ޔުނިވާސިޓީގައި އުޅެމުން، 1906 ވަނަ އަހަރު އޭނާ “ކާނިގީ އިންސްޓިޓިއުޝަން” ގެ ޓްރަސްޓީއަކަށް ވިއެވެ. އަދި 1909 ވަނަ އަހަރު އެ އިންސްޓިޓިއުޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާމަންކަން ލިބި، “ބޭސްވެރިކަމާއި ބަޔޮލޮޖީގެ އެންމެ ނުފޫޒުގަދަ އަދި ފިޒިކަލް ސައިންސުގެ އެންމެ އިސް ފަރާތް” ކަމުގައި އޭނާ ވެގެންދިޔައެވެ. މީނާއަކީ “އެމެރިކަން މެޑިކަލް އެސޯސިއޭޝަން” ގެ ވެސް ރައީސެވެ. “ޖޯންސް ހޮޕްކިންސް ސްކޫލް އޮފް ޕަބްލިކް ހެލްތު” ގެ ބާނީއަކީ ވެސް އޭނާއެވެ. [9] މި ވިލިއަމް ވެލްޗް އަކީ ރޮކްފެލާ އާއިލާއިން 1910 ވަނަ އަހަރު އުފެއްދި “ޔޫޖެނިކްސް ރެކޯޑް އޮފީސް” ގެ ބޯޑް އޮފް ސައިންޓިފިކް ޑިރެކްޓާސް [10] ގެ އެންމެ އިސް މެންބަރެވެ. [11]

މި ވިލިއަމް ވެލްޗަކީ 1918 އާއި 1920 އާ ދެމެދު ވިހަ މާއްދާތަކެއް މެދުވެރިކޮށް ގެނައި ‘ސްޕެނިޝް ފްލޫ’ ގެ އޮޅުވާލުމުގެ ފަހަތުގައި ބޮޑު ދައުރެއް އަދާކުރި މީހެކެވެ. ހިޓްލަރު ހަ މިލިއަން ޔަހޫދީން މެރިކަމަށް ބުނެ، ޔަހޫދީން ތަކުރާރުކޮށް ދޮގު ހެދުމުން އެއީ ތެދެއްކަމަށް މީހުން ބަލައިގަތް ފަދައިން، މި މީހުން ވެސް ވަނީ މަރުވާ މީހުންގެ އަދަދުތަކާ ކުޅެފައެވެ. އާންމުކޮށް މަރުވާ މީހުންގެ ޖުމްލަ އަދަދު ބައްޔާ ގުޅުވައި، މިލިއަނުން މީހުން މަރުވިކަމަށް ދައްކައިގެން މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދިއެވެ.

1901 “ދި ރޮކްފެލާ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗް” ނަމުގައި ރޮކްފެލާ އޭނާގެ މުއްސަނދި ކަމާއި ޔޫޖެނިސްޓު ހަރަކާތް ކުރި އެރުވުމަށް ޓަކައި ޔުނިވާސިޓީ އެއް ޤާއިމް ކުރި އެވެ. މި ޔުނިވާސިޓީގެ މެޑިކަލް ބޯޑުގެ ޗެއަރމަން އަދި ފައުންޑިން ޑިރެކްޓަރަކީ (1901-1935) ވިލިއަމް ވެލްޗް އެވެ. ރޮކްފެލާއިންގެ ޔުނިވާސިޓީ ގައި އުޅެމުން 1906 ގައި ކާނިގީ އިންސްޓިޓިއުޝަން ގެ ޓްރަސްޓީ އަކަށް މީނާ ވިއެވެ، އަދި 1909 ގައި މި އިންސްޓިޓިއުޝަންގެ އެގްޒެކެޓިވް ކޮމެޓީގެ ޗެއާމަން އަކަށްވެ “ބޭސް ވެރިކަމާއި ބަޔޮލޮޖީގެ އެންމެ ނުފޫޒު ގަދަ އަދި ފިޒިކަލް ސައިންސުގެ އެންމެ އިސް ފަރާތް” ކަމުގައި މީނާ ވެގެން ދިޔަ އެވެ. މީނާ އަކީ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ވެސް ރައީސް އެވެ. ޖޯންސް ހޮޕްކިން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ފައުންޑަރަކީ ވެސް މީނާ އެވެ. މި ވިލިއަމް ވެލްޗް އަކީ ރޮކްފެލާއިން 1910 ގައި އުފެއްދި ޔޫޖެނިކް ރެކޯޑް އޮފީސް ގެ ބޯޑް އޮފް ސައިންޓިފިކް ޑިރެކްޓާސް ގެ އެންމެ އިސް މެންބަރ އެވެ.

އެމެރިކަން ފިލޯސަފިކަލް ސޮސައިޓީ” ގެ ވެބްސައިޓުގެ އަރުޝީފުގައިވާ މި ފޮޓޯއިން ފެންނަނީ، 1887 ވަނަ އަހަރުން ފެށިގެން ވިލިއަމް ވެލްޗް “ޕޯލިއޯ މައިލައިޓިސް” ރިސާޗު ކުރުމުގައި މުސަޅުތަކެއް ބޭނުންކޮށްގެން އުޅޭ މަންޒަރެވެ. [12].

ޕޯލިއޯ ވާބަލީގެ ދިރާސާތަކުގައި ވެސް މި މީހުން ބެލީ، ވާބަލި ޖައްސައި ޖަނަވާރުތައް ނުކުޅެދުންތެރިކޮށް، ދަރިމައިވުމުން އެއްކިބާކޮށް މަރާލާނީ ކިހިނެއްތޯ އާއި، އެކަމަށް ބޭނުންކުރާނީ ކޮން މާއްދާއެއްތޯ ހޯދުމަށެވެ. މިއީ އޭގެ އެތައް ޒަމާނެއް ކުރީއްސުރެ ޔަހޫދީ ޞަޙްޔޫނީ ޒަޔަނިސްޓުން ހިންގަން އުޅުނު ގަތުލުއާންމުގެ ރޭވުންތަކުގެ ބިންގާ އެޅުމެވެ

ނޯޓް: 1910 އިން 1939 އަށް އެމެރިކާގައި ހިންގި “ޔޫޖެނިކްސް ރެކޯޑް އޮފީސް” ކިޔާ ޔޫޖެނިކް ރިސާޗް އިންސްޓިޓިއުޓަށް ފަންޑުކުރި ބަޔަކީ ރޮކްފެލާ އާއިލާއެވެ. މި މުއައްސަސާ އުފެއްދި ފަހުން ފުރަތަމަ ދެ އަހަރުގެ ތެރޭގައި ޖޯން ޑީ. ރޮކްފެލާ ވަނީ 100 މިލިއަން އެމެރިކާ ޑޮލަރު މި މުއައްސަސާއަށް ހޭދަކޮށްފައެވެ. [13] ޔޫޖެނިކްސް ރެކޯޑް އޮފީހަކީ އެމެރިކާގެ އާބާދީގެ ބަޔޮލޮޖިކަލް އަދި ސޯޝަލް (އިޖުތިމާޢީ) މަޢުލޫމާތު އެއްކޮށް، އިންސާނީ “ހެރެޑިޓީ” (ވިރާސަތު) އަދި ޔޫޖެނިކްސްއަށް ދިރާސާކުރުމަށް ހަދާފައިވާ މަރުކަޒެކެވެ. މިތަން ޤާއިމުކުރީ “ކާނިގީ އިންސްޓިޓިއުޓް އޮފް ވޮޝިންޓަން ސްޓޭޝަން ފޯ އެކްސްޕްރިމެންޓަލް އިވޮލިއުޝަން” އިންނެވެ. އެ އިންސްޓިޓިއުޓްގެ ދަށުން މިތަން ބެލެހެއްޓީ “ޑިޕާޓްމެންޓް އޮފް ޖެނެޓިކްސް” އިން، ވިލިއަމް ވެލްޗް އާއި އޭނާގެ ބައިވެރިންނެވެ.

ޑީޕޮޕިއުލޭޝަން ނުވަތަ އާބާދީ ކޮންޓްރޯލްކޮށް މަދުކުރުމާ ގުޅޭގޮތުން ޑޭވިޑް ރޮކްފެލާ ދިން ޚިޠާބެއްގައި ބުނެފައިވެއެވެ. “ދުނިޔޭގެ ރައްޔިތުންގެ އެވްރެޖް އުމުރު، 1950 ވަނަ އަހަރު އޮތް 46 އަހަރުން، މިއަދު ވަނީ 63 އަހަރަށް ބަދަލުވެފައެވެ. އެހެނަސް، މި ހެޔޮ ބަދަލުތަކާއެކު ދުނިޔޭގެ އާބާދީ މި ކުރު މުއްދަތުގެ ތެރޭގައި އެތައް ގުނައެއް އިތުރުވެއްޖެއެވެ. ޖިއޮމެޓްރިކަލީ ބަލާއިރު، 6 ބިލިއަން މީހުންގެ އާބާދީ 2020 ވަނަ އަހަރު އަންނަންވާއިރު 8 ބިލިއަނަށް އިތުރުވެގެން ހިނގައިދާނެއެވެ. ދުނިޔޭގެ އާބާދީ ހަމަޔަކަށް އެޅުވުމަށް އެކަށީގެންވާ ގޮތެއް ހޯދުމަށް (ޔަޢުނީ: ޤަތުލުޢާންމެއް ހިންގުމަށް، ދަރިމައިނުވާ ގޮތް ހެދުމަށް) އެހީތެރިވުމުގައި، ޔުނައިޓެޑް ނޭޝަންސްއަށް މުހިންމު ދައުރެއް އަދާކުރެވޭނެއެވެ. އަދި އެކަން ކުރަންޖެހެއެވެ.” [14]

ޔޫ.އެން (UN) ނުވަތަ ޔުނައިޓެޑް ނޭޝަންސް: ދުނިޔޭގެ ބާރުވެރި ބޮޑުން އިސްވެ އުފެއްދި މި ބައިނަލްއަޤްވާމީ ޖަމާޢަތް ވުޖޫދަށް ގެނެވުނީ 24 އޮކްޓޯބަރު 1945 ގައެވެ. 1947 ވަނަ އަހަރު ޔޫ.އެން އިމާރާތް ބިނާކުރުމަށް 17 އޭކަރުގެ ބިމެއް ގަނެދިނީ ޖޯން ޑީ. ރޮކްފެލާގެ ބައްޕައެވެ. އޭރު ރޮކްފެލާ އާއިލާއިން މި ބިން ގަތީ އޭރުގެ ފައިސާގެ ނިސްބަތުން 8.5 މިލިއަން (މިހާރުގެ 83 މިލިއަން) އެމެރިކާ ޑޮލަރަށެވެ. މިހާ ބޮޑު ހޭދައެއް ކޮށްފައި ޔޫ.އެންއަށް އިމާރާތެއް ހޯދައިދިނުމުގެ ފަހަތުގައި ރޮކްފެލާ އާއިލާގެ ބޮޑު ބޭނުމެއް އޮންނާނެކަން ކަށަވަރެވެ. އެ ބޭނުމަކީ، ރޮކްފެލާ އާއިލާގެ ބާރުވެރިކަމާއި އެ މީހުންގެ ސަޙްޔޫނީންގެ ޔޫޖެނިސްޓް ފިރުޢައުނީ ސިޔާސަތުތައް މުޅި ދުނިޔޭގައި ދެމެހެއްޓުމެވެ.

ޔުނެސްކޯ (UNESCO) ނުވަތަ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ވުޖޫދަށް ގެނެވުނީ 16 ނޮވެންބަރު 1945 ގައެވެ. މި ޖަމާޢަތުގެ ފައުންޑިންގ ޑިރެކްޓަރު ޖޫލިއަން ހަކްސްލީއަކީ ވެސް ހަރުކަށި ޔޫޖެނިސްޓެކެވެ. އޭނާއަކީ 1959 އިން 1962 އަށް ބްރިޓިޝް ޔޫޖެނިކްސް ސޮސައިޓީގެ ޗެއާމަންކަން ކުރި މީހާއެވެ. ޔުނެސްކޯގެ މަޤްޞަދަކީ ކޮބައިކަން ބަޔާންކޮށް، ސިޔާސީގޮތުން ބުރަދަންހުރި ގޮތެއްގައި ޔޫޖެނިކްސް ޙަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން 1946 ވަނަ އަހަރު އޭނާ ނެރުނު ފައުންޑިންގ ކަރުދާހުގައި ލިޔެފައިވަނީ މިފަދައިންނެވެ.

ޔަހޫދީ ޞަޙްޔޫނީންގެ އާބާދީ ކަތިލުމުގެ ފިކުރު ގެންގުޅޭ ޔޫޖެނިސްޓް ހަކްސްލީ، 1946 ވަނަ އަހަރު “UNESCO: Its Purpose and Its Philosophy” (ޔުނެސްކޯގެ މަޤްޞަދާއި އޭގެ ފަލްސަފާ) އާ ބެހޭގޮތުން ވާހަކަދައްކަމުން، ޔުނެސްކޯގެ ވެބްސައިޓުގައި މިހާރު ވެސް ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވެއެވެ. “މި ވަގުތަށް ހަޟާރަތުގެ ނުސީދާ އަސަރަކީ ޔޫޖެނިކްސްގެ (ނުވަތަ ފުރިހަމަ ގޮތުގައި އިންސާނުން އުފަންވުމުގެ) ބަދަލުގައި، ޑިސްޖެނިކް (ނުވަތަ ބޭކާރު، ތާކުންތާކު ނުޖެހޭ ގޮތުގައި އިންސާނުން އުފަން) ވުމެވެ. އިންސާނީ ދަރިފަސްކޮޅުގައި މިހާރު ވުޖޫދުގައިވާ ހަށިގަނޑުގެ ނިކަމެތިކަމާއި، ނަފްސާނީ ހަމަޖެހުމެއް ނެތުމާއި، ބަލިޖެހުމުގެ ފުރުސަތު އޮތް ބައެއް ކަމުގައިވުމާއި، އަދި ޖެނެޓިކް މޮޔަކަމުގެ ބުރައަކީ، ހަގީގީ ތަރައްގީ ހާސިލުވުމަށް އޮތް ބޮޑު ހުރަހަކަށް ވެގެންދާނެއެވެ. އެހެނަސް، ހަރުކަށި ޔޫޖެނިކްސްގެ (އިންސާނުން ޤަތުލުކުމުގެ) ސިޔާސަތެއް ގެނައުމަކީ ސިޔާސީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ، ޔޫޖެނިކްސްގެ މައްސަލަ ވަރަށް ގާތުން އޯގާތެރިކަމާއެކު ދިރާސާކުރުން ޔުނެސްކޯއަށް މުހިންމުވެގެންވެއެވެ. އާންމު މީހުންގެ ސިކުނޑިތަކަށް މި ޔޫޖެނިކްސްގެ މުހިންމު މައްސަލަތައް އަންގައިދޭންޖެހެއެވެ. އެއީ މިހާރު ވިސްނަން އުނދަގޫ ކަންކަމަކީ، އޭރުން ވިސްނޭނެ ކަންކަން ކަމުގައި ހެދުމަށްޓަކައެވެ.” [15]

ހަޤީޤަތުގައި ޔޫ.އެން އާއި ޔުނެސްކޯއަކީ، ޝައިޠާނާއަށް އަޅުކަންކުރާ ޝައިޠާނީ ޔަހޫދީ ޞަޙްޔޫނީންގެ ލަޝްކަރު ކަމުގައިވާ ފްރީމޭސަނުންގެ (މާސޫނީންގެ) ބާރުވެރިކަން ދުނިޔޭގައި ދެމެހެއްޓުމަށްޓަކައި އުފައްދާފައިވާ ޔަހޫދީންގެ ޖަމާޢަތެކެވެ.

މަޝްހޫރު މުސްލިމު ސުންނަތުގެ ޢިލްމުވެރިޔާ, الشيخ عبد العزيز الراجحي އަބްދުލް އަޒީޒް-އައް ރާޖިހީ ޔޫން އެންއާއި ޔުނެސްކޯއާއި މެދު ހަޤީޤަތުގައި ވިދާޅުވެފައިވަނީ ތެދަށް ހައްޤު ބަހެވެ. “ޔުނެސްކޯ ޖަމާޢަތަކީ ޔަހޫދީ ޖަމާޢަތެކެވެ. ހިތާމަޔަކީ، ތަޢުލީމީ މަންހަޖުތައް އެކުލަވައިލުމުގައި ލަފާހޯދާ ފަރާތަކީ އެއީ ކަމުގައި ވީތީއެވެ.”

ފްރެޑްރިކް އޮޒްބޯން (1889-1981) (1926 ވަނަ އަހަރު އުފެއްދި އެމެރިކަން ޔަހޫދީ ޒައިނިސްޓުންގެ ޔޫޖެނިކްސް ސޮސައިޓީގެ ފައުންޑިންގ މެންބަރެއް) ބުނެފައިވެއެވެ. “ޔޫޖެނިކްސްގެ މަގުސަދު ހާސިލުވާނީ، ޔޫޖެނިކްސްގެ ނަން ނޫން އެހެން ނަމެއް ބޭނުންކޮށްގެންނެވެ.” އެގޮތުން “ޕްލޭންޑް ޕޭރެންޓްހުޑް” ނުވަތަ “އާއިލާ ރޭވުން” އަދި އާއިލާގެ ބޮޑުމިން ކަނޑައެޅުމުގައި “އިޚްތިޔާރުކުރުމުގެ މިނިވަންކަން” ފަދަ ލަފުޒުތައް ބޭނުންކޮށްގެން މި ހަރަކާތް ކުރިއަށްގެންދަން ފާސްކުރެވުނެވެ. އެގޮތުން “ދަރިވައްޓާލުމުގެ މިނިވަންކަން” (އެބަހީ ދަރިން މެރުމުގެ މިނިވަންކަން) އޮންނަންޖެހޭނެ ކަމަށް މި ހަރަކާތުން ވަކާލާތުކުރިއެވެ. އަދި މި ހަރަކާތްތަކުގެ ދަށުން، ހައްގުތަކުގެ ނަމުގައި އަންހެނުން ނެރެ، އެތައް ބަޔަކު މި ފިކުރުގެ ދަށަށް ގެނައެވެ.

ޔޫޖެނިކްސް އާއި އާބާދީ ނައްތާލުމުގެ ފިކުރުގެ ތެރެއަށް އިނގިރޭސިވިލާތުގެ ރަސްކަމާއި އެ ރަސްކަމުގެ ބާރު އޮތް ޝާހީ އާއިލާ ވެސް، ޔަހޫދީ ޞަޙްޔޫނީ ފްރީމޭސަނުން ވެއްދިއެވެ.

އިނގިރޭސިވިލާތުގެ ރާނީގެ ޝާހީ ތަޚުތުން ވަނީ “އާބާދީ އިތުރުވުމާ ބެހޭ ރޯޔަލް ކޮމިޝަން” އެއް އުފައްދައި، އެ ކޮމިޝަނުގެ ރިޕޯޓު 1949 ވަނަ އަހަރުގެ ޖޫން މަހު އިނގިރޭސި ޕާލަމަންޓަށް ހުށަހަޅާފައެވެ. މި ކޮމިޝަނުން ވެސް ވަކާލާތުކުރީ، އާބާދީ ކޮންޓްރޯލްކޮށް މަދުނުކޮށްފި ނަމަ، އޭގެ ސަބަބުން އިނގިރޭސީންނަށް ލިބޭނެ ގެއްލުންތަކާ ބެހޭގޮތުންނެވެ.

1952 ވަނަ އަހަރު، ޔޫޖެނިކްސްގެ އެޖެންޑާގެ ދަށުން ތިންވަނަ ޖޯން ޑީ. ރޮކްފެލާ “ޕޮޕިއުލޭޝަން ކައުންސިލް” ގެ ނަމުގައި ޖަމާޢަތެއް އުފައްދައި، “ދަރިމައިވުމާއި އާބާދީ ކޮންޓްރޯލްކުރުމުގެ” ޔޫޖެނިކްސް އެޖެންޑާ ޙަރަކާތެއް ފެށިއެވެ. ޖޯން ޑީ. ރޮކްފެލާ (ތިންވަނަ) އަށް ފަހު، މި ޖަމާޢަތުގެ ފުރަތަމަ ރައީސެއްގެ ގޮތުގައި ރޮކްފެލާ އާއިލާއިން ކަނޑައެޅީ، އެމެރިކަން ޔޫޖެނިކްސް ސޮސައިޓީގެ ލީޑަރު ފްރެޑްރިކް އޮޒްބޯންއެވެ. އެމެރިކަން ޔޫޖެނިކްސް ސޮސައިޓީއަކީ ކުރިން ވެސް ބަޔާންކުރި ފަދައިން ރޮކްފެލާ އާއިލާއިން ފަންޑުކުރި ޖަމާޢަތެކެވެ. ޔޫޖެނިކްސް ސޮސައިޓީން “ޕޮޕިއުލޭޝަން ކައުންސިލް” އަށް ފްރެޑްރިކް އޮޒްބޯންގެ ޙަރަކާތްތައް ބަދަލުކުރީ، ޔޫޖެނިކްސްގެ ނަން ނޫން އެހެން ނަމެއްގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން، ޕޮޕިއުލޭޝަން ކައުންސިލަކީ އެހެން ނަމެއްގައި ހިންގި ހަމަ އެއްކަލަ ކުރީގެ “އެމެރިކަން ޔޫޖެނިކްސް ސޮސައިޓީ” އެވެ.

ފެޑްރިކް އޮސްބޯން

އެގޮތުން ޔޫޖެނިކްސްގެ ޙަރަކާތްތަކުގެ ދަށުން ބޭނުންކުރި ޝިޢާރުތަކުގެ ތެރޭގައި؛ “އާބާދީ އިތުރުވުން”، “އާބާދީ ކޮންޓްރޯލްކުރުން”، “އާއިލާ ރޭވުން”، “ރީޕްރޮޑަކްޓިވް ހެލްތު” އަދި “ދަރިމައިވުމުގެ ޞިއްޙަތު” ފަދަ އެތައް އިބާރާތެއް ހިމެނެއެވެ. ވާތްފަރާތުން ފެންނަ ޕޯސްޓަރަކީ، މިފަދަ އިބާރާތްތައް މަޝްހޫރުކުރުމަށްޓަކައި އެކި ތަންތަނުގައި ހިއްޕަމުންދިޔަ ކަރުދާސް ޕޯސްޓަރެކެވެ.

އާބާދީ އިތުރުވާކަމުގެ ބިރުދެއްކުމުގެ “ހޯކްސް” (ނުވަތަ ހީލަތްތެރި މަކަރުވެރި ދޮގު) އަކީ ޔޫޖެނިކްސް ޔަހޫދީ ޒައިނިސްޓު ޙަރަކާތުގެ އެންމެ ބޮޑު އެއް ހަތިޔާރެވެ. މި ގަރުނުގައި ނޫނަސް، އެތައް ހާސް އަހަރުތަކެއް ވަންދެން އިންސާނީ ދަރިފަސްކޮޅު ދުނިޔޭގައި އުޅެފައިވެއެވެ. އާދުގެ ބާވަތާއި ޘަމޫދު ފަދަ އެތައް ޙަޟާރާތެއް ދުނިޔޭގެ ވުޖޫދުގައި އުޅެ ނެތިގޮސްފިއެވެ. އެހެނަސް، ދުވަހަކުވެސް މުޅި ދުނިޔެ ފުރިގެން، ކާނެ އެއްޗެއް ނެތިގެން، އިންސާނުން ގިނަވެ، ދުނިޔޭގެ ހަރުމުދާ ހުސްވެ، ދުނިޔެ ބަނޑަށްޖެހިގެން ދިޔަކަމެއް ތާރީޚުގެ ޞަފުޙާތަކުން ފެންނާކަށް ނެތެވެ. ތާރީޚުން ފެންނަން އޮތީ، ދުނިޔޭގެ މުއްސަނދިކަން މަދު ބައެއްގެ (1 އިންސައްތަ މީހުންގެ) އަތްމައްޗަށް ޖަމާކޮށް، އެ މުއްސަނދިކަމުން ބާކީ ތިބި 99 އިންސައްތަ މީހުން ކަމުގައިވާ ބާރުދެރަ ނިކަމެތިން ބިކަކުރި ތާރީޚެވެ. ފިރުޢައުނު އޭނާގެ ޒަޢާމަތުގައި ވެސް ކަންކުރީ ހަމަ އެފަދައިންނެވެ. ރޮކްފެލާ އާއިލާ ހިމެނެނީ ހަމަ އެއްކަލަ 1 އިންސައްތަ މުއްސަނދި މީހުންގެ ތެރޭގައެވެ. މިއަދު ވެސް އަހަރެމެން މިތިބީ ހަމަ އެފަދަ ތާރީޚެއް ތަކުރާރުވަމުންދާ ޒަމާނެއްގައެވެ. ރޮކްފެލާ އާއިލާ އާއި ބިލް ގޭޓްސް ފަދަ 1 އިންސައްތަ މުއްސަނދިން މިއަދު އަދާކުރާ ދައުރަކީ، އޭރު ފިރުޢައުނު ވެސް އަދާކުރި ދައުރެވެ. ކޮންމެ ގޮތަކަށް ކަންކަން އޮތަސް، މާޒީގެ ތަޖުރިބާއިން ފެންނަން އޮތީ އަބަދުވެސް ﷲ ތަޢާލާ ޚަލްޤުކުރައްވާފައިވާ މިންވަރަކަށް އިންސާނުން ދުނިޔޭގައި ތިބެފައި، ލިބެން ލިޔުއްވާފައިވާ ރިޒުޤެއް ލިބި، އަޖަލު ކަނޑައަޅުއްވާފައިވާ ދުވަހަށް ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމެވެ.

1968 ވަނަ އަހަރު ބޭއްވި ރޮކްފެލާ ފައުންޑޭޝަންގެ އަހަރީ އާންމު ޖަލްސާގެ ރިޕޯޓުގައި، “އާބާދީ އިތުރުވުމާ” މެދު ބިރުދައްކައި، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެކަން އިއުލާނުކޮށް ރޮކްފެލާ އާއިލާއިން ވަނީ އެކަމަށް އިގުރާރުވެފައެވެ. އެ ރިޕޯޓުގައި ބުނެފައިވެއެވެ. “އިމިއުނޮލޮޖިކަލް މެތަޑްތައް ކަމުގައިވާ ވެކްސިން ބޭނުންކޮށްގެން ދަރިމައިވުން މަދުކުރުމަށް ކުރެވެމުންދަނީ ވަރަށް މަދު މަސައްކަތެކެވެ. މި ރޮނގުން އިތުރު ދިރާސާތަކެއް ކޮށްގެން މެނުވީ މިކަމަށް ހައްލެއް ނުލިބޭނެއެވެ.” މި މައްސަލައަށް ހައްލެއް ހޯދުމަށް ރޮކްފެލާ ފައުންޑޭޝަނުން އިސްވެ ފަންޑުކޮށް، “ދަރިމައިވުމުގެ ބަޔޮލޮޖީއާ ބެހޭ ދިރާސާތަކަށް (ދަރިމައިވުމާއި އެކަން ކޮންޓްރޯލްކުރުމާ ބެހޭ ދިރާސާތަކަށް) އިންވެސްޓިގޭޓަރުންގެ ސަމާލުކަން ހުއްޓުވަން މަސައްކަތް ފަށާނެ” ކަމަށް ބުނެފައިވެއެވެ. [16]

1970 ވަނަ އަހަރު، އެމެރިކާގެ ކޮންގްރެސްއިން އުފެއްދި “ކޮމިޝަން އޮން ޕޮޕިއުލޭޝަން ގްރޯތު އެންޑް އެމެރިކަން ފިއުޗާ” ގެ ޗެއާމަނަކީ ޖޯން ޑީ. ރޮކްފެލާ (ތިންވަނަ) އެވެ. މި ކޮމިޝަނަކީ ގައުމުތަކުގެ އާބާދީ އިތުރުވުމުން އެމެރިކާގެ މުސްތަގުބަލަށް ކޮށްފާނެ ގެއްލުންތަކާއި، އާބާދީ އިތުރުވުމުން ކުރިމަތިވެދާނެ އިޖުތިމާއީ، އިގުތިސާދީ އަދި ސިޔާސީ ކަންބޮޑުވުންތަކާ މެދު އެމެރިކާ ސަރުކާރަށް ލަފާދިނުމަށް އެކުލަވާލި ކޮމިޝަނެކެވެ. “ޕޮޕިއުލޭޝަން އެންޑް އެމެރިކަން ފިއުޗާ” ނުވަތަ “ރޮކްފެލާ ކޮމިޝަން ރިޕޯޓު” އޭނާ ސަރުކާރަށް ހުށަހެޅީ 1972 ވަނަ އަހަރުއެވެ.  [17] މި ފުޓްނޯޓުގައިވާ ލިންކުން އެ ކޮމިޝަނުގެ ރިޕޯޓު ކިޔާލެވޭނެއެވެ.

1972 ވަނަ އަހަރު، މި ރިޕޯޓު ހުށަހެޅުމަށްފަހު، ރޮކްފެލާ އާއިލާގެ “ޕޮޕިއުލޭޝަން ކައުންސިލް” އާއި، “ޔޫ.އެސް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތު އެންޑް ހިއުމަން ޑިވެލޮޕްމެންޓް” އާއި، “އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް” އަދި އެހެނިހެން ދިރާސާކުރާ ޖަމާޢަތްތައް ޑަބްލިއު.އެޗް.އޯ (WHO) އާ ގުޅިގެން “ޓާސްކް ފޯސް އޮން ވެކްސިންސް ފޯ ފަރޓިލިޓީ ރެގިއުލޭޝަން” ގެ ނަމުގައި ޓާސްކް ފޯހެއް އުފެއްދިއެވެ. މިއީ ވެކްސިން މެދުވެރިކޮށް ދަރިމައިވުން ހުއްޓުވުމަށްޓަކައި ހޯދުންތައް ހޯދައި، އެ ކަންކަން ޤާނޫނީގޮތުން މީސްތަކުންގެ މައްޗަށް މަޖުބޫރުކުރާނެ ގޮތްތަކާ ބެހޭގޮތުން އުފެއްދި ޓާސްކް ފޯހެކެވެ.

1974 ވަނަ އަހަރު، އިންސާނާގެ ހަށިގަނޑުގައި ދަރިމައިވުން ހުއްޓުވާނެ ފަދަ އިޖާބައެއް (response) އުފައްދާ ބާރުގަދަ މޮލިކިއުލްތަކާއި ޓިޝޫތަކުގެ މިންގަނޑުތައް (criteria) ކަނޑައެޅުމަށްޓަކައި، ޑަބްލިއު.އެޗް.އޯ އާއި ޔޫ.އެން އަދި ރޮކްފެލާ އާއިލާގެ ޓާސްކް ފޯހުން ބައްދަލުވުމެއް ބޭއްވިއެވެ. އެގޮތުން މި ބައްދަލުވުމުގައި؛ ސްޕާމް އެންޒައިމްސް (sperm enzymes) އާއި މެމްބްރޭންސް (membranes)، އެންޓި-އޮވަމް (anti-ovum) އަދި ޕްލެސެންޓާ މޮލިކިއުލް ކަމުގައިވާ “ޒޯނާ ޕެލޫސިޑާ” (zona pellucida)، “އެސް.ޕީ-1 ޕްލެސެންޓަލް އެންޓިޖެން” (the SP-1 placental antigen)، ޕްލެސެންޓަލް ހޯމޯން (the placental hormones chorionic somatotrophin) އަދި “ހިއުމަން ކޮރިއޮނިކް ގޮނާޑޯޓްރޮޕިން” (human chorionic gonadotropin – hCG) އާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

1974 އިން 1977 އާ ހަމައަށް، ޖޯން ޑީ. ރޮކްފެލާގެ ބޭބެ، ނެލްސަން ރޮކްފެލާ އަކީ އެމެރިކާގެ ނައިބު ރައީސްކަން ކުރި ފަރާތެވެ. 1973 އިން 1977 އަށް ހެންރީ ކިސިންޖާ (ޔަހޫދީ ޞަޙްޔޫނީ ޒަޔަނިސްޓެއް) އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމު އަދާކުރިއެވެ. އަދި 1969 އިން 1975 އަށް ކިސިންޖާ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި “ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު” ނުވަތަ ޤައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަޤާމު އަދާކުރިއެވެ. (މި ރިޕޯޓުގެ އަޞްލު ކިޔާލުމަށް [18])

އެމެރިކާގެ ޤައުމީ ސަލާމަތަށް އެހެން ޤައުމުތަކުގެ އާބާދީ އިތުރުވުމުގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ބުނެ، 1974 ވަނަ އަހަރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފަރާތުން ޔަހޫދީ ޒަޔަނިސްޓު ހެންރީ ކިސިންޖާ ވަނީ “ކްލާސިފައިޑް” (ދައުލަތުގެ މަތީ ފަންތިއަށް އެކަނި ބެލޭ ސިއްރު) ކަރުދާހެއް އެމެރިކާ ސަރުކާރަށް ހުށަހަޅާފައެވެ. މިއީ މިހާރު ވެސް އެމެރިކާ މީހުންގެ ބޯ އެ މީހުން ކާލާ ގޮތެވެ. އެމެރިކާގެ ޤައުމީ ސަލާމަތަށާއި، އެމެރިކާ މީހުންގެ ބާރާއި ނުފޫޒަށް ގެއްލުންވާނެ ކަމަށް ބުނެ، އެ މީހުން ލައްވައި އެކި އެކި ހަނގުރާމަތައް ކުރުވުމުގައި ޔަހޫދީ ޒަޔަނިސްޓު ލޮބީންތަކުން ދެމިތިބޭތާ މިހާރު 200 އަހަރު ވަނީއެވެ.

ޔަހޫދީ ޒައިނިސްޓު ކިސިންޖާގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އާބާދީ އިތުރުވެއްޖެ ނަމަ، އެމެރިކާއަށް ބޭނުންވާ ރޯމެޓީރިއަލް (އަޞްލު މާއްދާތައް) އާއި ވަސީލަތްތައް ބޭނުންކޮށް ހުސްވެދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެމެރިކާގެ ސަލާމަތަށް ނުރައްކާ އޮންނާނެ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓުގައި އާބާދީ މަދުކުރުމަށް އަމާޒުކުރަންޖެހޭ ޤައުމުތަކުގެ ގޮތުގައި؛ އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ނައިޖީރިއާ، މެކްސިކޯ، އިންޑޮނޭޝިއާ، ބްރެޒިލް، ފިލިޕިންސް، ތައިލެންޑް، މިސްރު، ތުރުކީ، އިތިއޯޕިއާ އަދި ކޮލަމްބިއާ ހިމަނާފައިވެއެވެ. އެހެންކަމުން، ކިސިންޖާގެ މި ސަލާމަތީ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެހެން ޤައުމުތަކުގެ އާބާދީ ދަށްކުރުމަށް އެމެރިކާ ސަރުކާރުގެ ޚާރިޖީ ސިޔާސަތު (ފޮރިން ޕޮލިސީ)، ޔަހޫދީ ޔޫޖެނިކްސް ގަތުލުއާންމުގެ މައްޗަށް ބިނާކޮށް ބައްޓަންކުރިއެވެ.

“އެލް.އޭ ޓައިމްސް” ގެ މަޝްހޫރު ނޫސްވެރިޔާ އެލެކްސެންޑަރ ކޯކްބާން، 8 ސެޕްޓެންބަރު 1994 ގައި “ތިންވަނަ ދުނިޔޭގައި އެމެރިކާގެ ހަގީގީ ސިޔާސަތު (އެބަހީ ޔަހޫދީ ޒަޔަނިސްޓު ފްރީމޭސަނުންގެ އެޖެންޑާ): ސްޓެރިލައިޒޭޝަން (ނުވަތަ ދަރިމައިނުވާ ގޮތް ހެދުން)” މި މައުޟޫޢަށް ލިޔުނު ލިޔުމެއްގައި ބުނެފައިވެއެވެ. “ބާރުވެރިކަމުގެ ބޫޓު އޮމާންކުރުން ހަނދާން ނައްތާލާށެވެ! އަމާޒަކީ އާންމު ރައްޔިތުން ދަރިމައިވުމުން އެއްކިބާކުރުމެވެ.” މި ސުރުޚީގެ ދަށުން، ޔޫޖެނިސްޓް ޔަހޫދީ ކިސިންޖާ ކޮމިޝަނަރުކަން ކުރި، “އާބާދީގެ މައްސަލައަށް އަލިއަޅުވާލާފައިވާ” 1974 ވަނަ އަހަރުގެ “ނޭޝަނަލް ސެކިއުރިޓީ ސްޓަޑީ މެމޮރަންޑަމް 200” އާ ބެހޭގޮތުން ބުނެފައިވެއެވެ. “(މެމޮރަންޑަމް 200 ގައި) ކިސިންޖާގެ ހަގީގީ ކަންބޮޑުވުމަކީ، ތިންވަނަ ދުނިޔޭގެ ވަސީލަތްތަކުގެ (resources) މައްޗަށް މިލްކުވެރިކަން ގާއިމުކުރުމެވެ. އެ މީހުން ކަންބޮޑުވީ، ތިންވަނަ ދުނިޔޭގެ އާބާދީ އިތުރުވުމުން ‘ސިޔާސީގޮތުން ނުކުމެދާނެ ނަތީޖާއެއްގެ’ ސަބަބުން އެމެރިކާގެ އެތެރޭގެ ހަމަނުޖެހުމެއް އަތުވެދާނެތީއެވެ. އަދި މިފަދަ ގައުމުތަކުގައި ބަނޑުހައިހޫނުކަމާއި، ކާއެއްޗިއްސަށް ހަޅުތާލުކުރުމުގެ ސަބަބުން، އެމެރިކާއަށް ބޭނުންވާ ރޯމެޓީރިއަލް (އަސްލު މާއްދާތައް) ފަސޭހަކަމާއެކު ލިބުމަށް ހުރަސްއެޅިދާނެތީއެވެ.”

1976 ވަނަ އަހަރު، އެމެރިކާ އާއި ދުނިޔޭގެ ޔޫޖެނިކްސް ބޮޑުންގެ މި އެޖެންޑާގެ ދަށުން، އަންހެނާގެ ބަނޑުގައި ކުއްޖަކު އަށަގަތުމާއެކު އުފެދޭ “އެޗް.ސީ.ޖީ” (hCG) ހޯމޯނަށް ހަމަލާދޭ ވިހަ ކެމިކަލެއް ހޯދިއެވެ. އަދި އެ ކެމިކަލް “ޓެޓްނަސް ޓޮކްސޮއިޑް” ކިޔާ ވެކްސިނަށް (ވިހަ ދިޔައަށް) އަޅައި، ވެކްސިން މެދުވެރިކޮށް ދަރިމައިވުން ހުއްޓުވާނެ ގޮތް އިންޑިއާގައި ދިރާސާކުރިއެވެ. މި ދިރާސާގައި އެ ގައުމުގެ އަންހެނުން “ޓެސްޓު ސަބްޖެކްޓުން” ގެ ގޮތުގައި ބޭނުންކޮށްގެން ތަހުލީލުތައް ކުރިއަށް ގެންދިޔައެވެ. މި ދިރާސާއަށް ބޭނުންވާ އާލާތްތަކާއި ފައިސާ ފޯރުކޮށްދިނީ ހަމަ އެއްކަލަ ޔޫޖެނިސްޓް ރޮކްފެލާ އާއިލާއިންނެވެ.

1988 ވަނަ އަހަރު، ރޮކްފެލާ ފައުންޑޭޝަނުން ނެރުނު އަހަރީ ރިޕޯޓުގައި، “ނޯޕްލާންޓް” (Norplant) ކިޔާ، އަންހެނުންގެ އަތުގެ އެތެރެއަށް ލެއްވޭ “ކޮންޓްރަސެޕްޓިވް” އެއް ނުވަތަ ދޭތެރެ ދުރުކުރާ ވަސީލަތެއް ހޯދުނުކަން އިއުލާނުކުރިއެވެ. އަދި އެ ބޭނުންކުރުމުން ފަސް އަހަރު ދުވަހަށް ދަރިމައިވުން ހުއްޓިގެންދާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރޮކްފެލާ އާއިލާ އާއި ބިލް ގޭޓްސް ފަދަ ދުނިޔޭގެ ބިލިއަނަރު ޔޫޖެނިސްޓު މަހުޖަނު ބޮޑެއް ކަމުގައިވާ ޓެޑް ޓާނާ، 1990 ވަނަ އަހަރު “އޯޑުބޯން” (Audubon) މެގަޒިނަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

“މުޅި ދުނިޔޭގެ އާބާދީގެ ގޮތުގައި 250-300 މިލިއަން މީހުން ތިބުން – އެއީ މިހާރުގެ ނިސްބަތުން 95 އިންސައްތަ މަދު އަދަދެއް – އެއީ އެންމެ ފުރިހަމަ މިންވަރު ކަމުގައި ވާނެއެވެ.” [19]

A total world population of 250-300 million people, a 95 percent decline from present levels, would be ideal.

2012 ވަނަ އަހަރު ޓެޑް ޓާނާ ބުނެފައިވަނީ، “ދުނިޔޭގެ އާބާދީއަށް އެންމެ އެކަށީގެންވާ އަދަދަކީ 2 ބިލިއަން މީހުން” ކަމަށެވެ. އޭނާ މިފަދައިން ބުނެފައިވަނީ، އޭނާގެ ޔޫޖެނިސްޓް އެޖެންޑާއާ ދެކޮޅަށް މަގުމަތިން މީހަކު ދިމާކޮށް އަޑުއުފުލުމާ ގުޅިގެންނެވެ.

ޓެޑް ޓާނާއަކީ ޔަހޫދީ ޒަޔަނިސްޓުންގެ ވާގިވެރި ރޮކްފެލާ އާއިލާގެ އެންމެ އަރިސް އެއް ބައިވެރިޔާއެވެ. އަދި އޭނާއަކީ “ސީ.އެން.އެން” (CNN) ގެ މުއައްސިސެވެ. ސީ.އެން.އެން އަކީ ޔަހޫދީންގެ “ތުންފުހި” ކަން މިހާރު މުޅި ދުނިޔެއަށް ހާމަވެއްޖެއެވެ. އިޒްރޭލުގެ ޔަހޫދީން ހިންގާ ގަތުލުއާންމުތަކަށް 100 އަހަރު ވެގެންދިޔައިރު، ރައްޔިތުންގެ ލޮލުގައި އޮޅުވާލުމުގެ އަދުން އެޅުވީ މިފަދަ ޔަހޫދީ ޒަޔަނިސްޓު ނޫސްތަކުންނެވެ. މި ހުރިހާ ނޫސްތަކެއްގެ ކޮންޓްރޯލް އޮންނަނީ ޔަހޫދީ ޒަޔަނިސްޓުންގެ އަތްމަތީގައެވެ.

(https://youtu.be/DMgamzziQMM

ޔަހޫދީ ފްރީމޭސަނުންނާއި، ﷲ ގެ ޢަދުއްވުން ކަމުގައިވާ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުން ބޭނުންކޮށްގެން، އިންސާނުން އަޑުމަޑު ގަތުލުއާންމަކުން ނައްތާލުމަށާއި، އާބާދީ ކޮންޓްރޯލްކޮށް މަދުކުރުމަށް ގެންގުޅޭ ޔޫޖެނިކްސްގެ ޔަހޫދީ އަނދިރި އެޖެންޑާއަކީ، މިއަދު މީހަކު އަމިއްލައަށް ހަދައިގެން ދައްކާ “ކޮންސްޕިރަސީ ތިއަރީ” އެއް ނޫނެވެ. މިއީ ރަސްމީ ރެކޯޑުތަކާއި ލިޔެކިޔުންތަކުން ސާފުކޮށް ފެންނަން އޮތް ހަގީގަތެއްކަން، މިހާރު ކޮންމެ މީހަކަށް ވެސް ޔަގީންވާ މިންވަރަށް މަޢުލޫމާތުތައް ވަނީ އާންމުވެފައެވެ. ޔަހޫދީންގެ ޢަމަލުތަކާއި އެ ބައިމީހުންގެ ފަސާދަ ދަންނަ އެއްވެސް މުސްލިމަކު މި ކަންކަމަށް އިންކާރެއް ނުކުރާނެއެވެ.

10 އޮކްޓޯބަރު 1992 ގައި، “އޭ.ޕީ” (AP) ނޫހުގައި “ބޮސްޓަން ގްލޯބް” އާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. “އިންޑިއާގައި ބާތު-ކޮންޓްރޯލް (ދަރިމައިވުން ކޮންޓްރޯލްކުރާ) ވެކްސިން ބޭނުންކުރަން ފަށައިފި: ދަރިމައިވުން މަނާކުރާ އެންމެ ފުރަތަމަ ވެކްސިން އުފައްދާފައިވާ ކަމަށް ސައިންޓިސްޓުން އިއްޔެ ބުނެފިއެވެ. މި ވެކްސިން އެއް އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކުރެއެވެ. އެއަށްފަހު، ‘ބޫސްޓަރ ޝޮޓް’ އެއް ޖަހަންޖެހެއެވެ.”

ދެވަނަ ބައި: “ބޭސްވެރިކަމުގެ ސިނާއަތް އަޑުމަޑު ގަތުލުއާންމަކަށާއި ބަލިމަޑުކަމަކަށް މިސްރާބު ބަދަލުކޮށްލި ފްރީމޭސަނުންގެ ދެ ޔަހޫދީން، ރޮކްފެލާ ބޭސްވެރިކަން އަދި ޔޫ.އެން، ޑަބްލިއު.އެޗް.އޯ އާއި ރޮކްފެލާ އާއިލާގެ އާބާދީ ކަތިލުމުގެ ޔަހޫދީ ޒަޔަނިސްޓު ޔޫޖެނިކްސް އެޖެންޑާ” ނިމުނީއެވެ. ނަމަވެސް، ތިންވަނަ ބައި އަދި ނުކުންނާނެއެވެ.

އަންނަން އޮތް ބައި: ބިލް ގޭޓްސް މެދުވެރިކޮށް ޔަހޫދީ ޒަޔަނިސްޓު ފްރީމޭސަނުން ވެކްސިން ބޭނުންކޮށްގެން ހިންގި އާބާދީ ނައްތާލުމުގެ ޔޫޖެނިކްސް ޤަތުލު ޢާންމުގެ އެޖެންޑާ (3)


[1] Rockefeller Medicine Men: Medicine and Capitalism in America https://www.amazon.com/Rockefeller-Medicine-Men-Capitalism-America/dp/0520042697

[2] Murder By Injection – The Story Of The Medical Conspiracy Against America http://whale.to/a/mullinsbk_m.html

[3] Eustace Mullins The Rockefeller Drug Empire https://www.youtube.com/watch?v=hIBPVKUl52g

[4] Flexner Report http://hemphealer.wordpress.com/2012/03/01/the-rockefellers-the-flexnor-report-the-ama-and-their-effect-on-alternative-nutritional-botanical-medicine/

[5] The Money takeover of medicine https://archive.org/details/CancerTheForbiddenCures_201906

[6] Rockefeller Foundation Annual Report, 1932 http://www.rockefellerfoundation.org/uploads/files/0cc6dac7-6d59-44f9-af7c-f92d42001772-1932.pdf

[7] Rockefeller Foundation Annual Report, 1957 http://www.rockefellerfoundation.org/uploads/files/2e45baf6-2a9b-49c7-9886-464b8e32cba4-1957.pdf

[8] Eustace Mullins – Murder by Injection (Full Length) https://www.youtube.com/watch?v=IWkqSncY3fg

[9] Fleming, D. (1954). William H. Welch and the Rise of Modern Medicine ( pp. 157-158). Boston: Little, Brown and Company.

[10] https://dnalc.cshl.edu/view/10950-Eugenics-Record-Office-board-of-scientific-directors-and-functions.html

[11] Black, E. (2003). War Against the Weak (pp. 89). New York: Four Walls Eight Windows.

[12] John Hopkins Medical Institutions. Chronology of the Life of William Henry Welch. Retrieved August 16th, 2010 from http://www.medicalarchives.jhmi.edu/welch/chronology.htm

[13] Ibid., pp. 93.

[14] https://www.youtube.com/watch?v=ClqUcScwnn8

[15] http://unesdoc.unesco.org/images/0006/000681/068197eo.pdf

[16] https://www.rockefellerfoundation.org/wp-content/uploads/Annual-Report-1968-1.pdf

[17] https://population-security.org/rockefeller/001_population_growth_and_the_american_future.htm#The%20Commission

[18] https://www.population-security.org/28-APP2.html

[19] http://www.aim.org/wls/five-percent-of-the-present-population-would-be-ideal/

Leave a Reply