ސިއްޙަތާއި، ބަލިތަކާއި، ބެހެތާއި ބެހޭ ލިޔުންތައް
ނަޒަރު – ފޮކްސް ނިއުސްގެ މަޝްހޫރު ނޫސްވެރިޔާ ޓަކަރ ކާލްސަން: ކޮވިޑް ވެކްސިނަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގުނު އެންމެ ބޮޑު ޖަރީމާ

ނަޒަރު – ފޮކްސް ނިއުސްގެ މަޝްހޫރު ނޫސްވެރިޔާ ޓަކަރ ކާލްސަން: ކޮވިޑް ވެކްސިނަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގުނު އެންމެ ބޮޑު ޖަރީމާ

⏱ 6 މިނެޓް ކިޔަން ހޭދަވާނެ 👁 45 މީހުން ކިޔާފައިވޭ

ޚާއްޞަ ނޯޓް: ޞިއްޙަތު އެމްވީ ގައި ޝާއިއުކުރާ މި ނަޒަރަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލާއި، އޮޕީނިއަން އަދި މިކަމާމެދު އަޅުގަނޑު ދެކޭގޮތް ބަޔާންކުރާ ލިޔުމެކެވެ.

އަޅުގަނޑުމެންގެ ނޫސްވެރި ކޮއްކޮމެންނާއި، އަޚުންނާއި އުޚުތުންނޭވެ! ތިޔަބޭފުޅުންނަކީ މުޖުތަމައުގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ، އަދި ޤައުމުގެ ހެވަށްޓަކައި ބުރަކޮށް މަސައްކަތްކުރާ ބައެއްކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކެވެއެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.

إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ، وَيُعْطِي عَلَى الرِّفْقِ مَا لاَ يُعْطِي عَلَى الْعُنْفِ، وَمَا لاَ يُعْطِي عَلَى مَا سِوَاهُ “ހަމަކަށަވަރުން ﷲ އީ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އޯގާތެރިކަމަށް ލޯބިވެވޮޑިގެންވެއެވެ. އަދި ހަރުކަށިކަމުގެ މައްޗަށް އެކަލާނގެ ނުދެއްވާ މިންވަރަށް (އަދި އެނޫން ކަމަކަށްވެސް ނުދެއްވާ މިންވަރަށް) އޯގާތެރިކަމުގެ މައްޗަށް އެކަލާނގެ ދަރުމައާއި ޘަވާބު ދެއްވައެވެ.” (ޞަޙީޙު މުސްލިމް)

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

إِنَّ الرِّفْقَ لاَ يَكُونُ فِي شَىْءٍ إِلاَّ زَانَهُ وَلاَ يُنْزَعُ مِنْ شَىْءٍ إِلاَّ شَانَهُ “ކޮންމެ ކަމެއްގައި އޯގާތެރިކަން (މަޑުމައިތިރިކަން) ހިމެނިއްޖެނަމަ، އެކަމެއް ރީތިވެ ފުރިހަމަވެގެންދެއެވެ. އަދި ކަމަކުން އޯގާތެރިކަން ނެތިގެން (ވަކިވެގެން) ހިނގައްޖެނަމަ، އެކަމެއް ހުތުރުވެގެންދެއެވެ.”

ފާއިތުވެދިޔަ ކޮވިޑް-19 ގެ ބައިނަލް އަޤްވާމީ އިސްތިއުމާރީ ހަރަކާތުގެ ތެރޭގައި އެޅުނު އޯގާތެރި ނޫން ހަރުކަށި ފިޔަވަޅުތަކާއި، ޚާއްޞަކޮށް އަހުލުކިތާބީންގެ (ޔަހޫދީންނާއި ނަޞޯރާއިންގެ) ވެކްސިން މަޖުބޫރުކުރުމާ ގުޅޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ. މިގޮތުން، އެމެރިކާގެ ފޮކްސް ނިއުސްގެ ކުރީގެ މަޝްހޫރު އެންކަރ، ނޫސްވެރިޔާ ޓަކަރ ކާލްސަން ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ ކޮވިޑް ވެކްސިނާއި އެ މަޖުބޫރުކުރުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާގެ މި ވާހަކަތަކަކީ ހަމައެކަނި ފާޑުކިޔުމެއް ނޫނެވެ. މިއީ އެތައް ބައެއްގެ ފުރާނައާއި، ޞިއްޙަތާއި، ދިރިއުޅުމާ ގުޅިފައިވާ ހިތްދަތި ކަންބޮޑުވުންތަކެއްގެ އަޑެވެ. މި ވާހަކަތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަ އިރު، އޯގާތެރިކަމާއި ރަޙްމަތުގެ ނަޒަރުން މިކަންކަމާ މެދު އަލުން ވިސްނާލުމަކީ، މުޖުތަމައުގެ ހެވަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ކޮވިޑް ވެކްސިނަކީ މިހާތަނަށް ހިންގުނު އެންމެ ބޮޑު ޖަރީމާ

ޓަކަރ ކާލްސަން ސިފަކުރެއްވި ގޮތުގައި ކޮވިޑް-19 ގެ ވެކްސިން މަޖުބޫރުކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގުނު ބޮޑު ކުށެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

…ތެދުތެދަށް ބުނަންޏާ، މިއީ ފަހަރެއްގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ޖަރީމާއަށް ވެދާނެ“”

ކޮވިޑް ވެކްސިންގެ ޞިއްޙީ ނުރައްކާތަކާއި ގެއްލުންތައް

ވެކްސިންގެ ސަބަބުން ރައްކާތެރިކަން ލިބުމުގެ ބަދަލުގައި، ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާގެ ބަސްދީގަތުމުގައި ފާހަގަކުރެއްވި މުހިންމު ނުކުތާތަކަކީ:

ފުރާނައަށް ނުރައްކާވުން: މި ވެކްސިންގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

“…އަދި ހަގީގަތުގައިވެސް އޭގެ ސަބަބުން ބައިވަރު މީހުން މަރުވި، އޭގެ ތެރޭގައި އަހަރެން ދަންނަ މީހަކުވެސް ހިމެނޭ، އަދި އަހަރެންގެ ވަރަށް ގާތް އެކުވެރިއަކަށް ހާޓް އެޓޭކެއް ޖެހުނު، އެކަމަކު އޭގެ ސަބަބުން މުޅި ދުނިޔެއިންވެސް ވަރަށް ގިނަ ބަޔަކު މަރުވި.”

ކެންސަރު ބަލި: ކޮވިޑް ވެކްސިންގެ ސަބަބުން ކެންސަރު ބަލި އެތައް ބަޔަކަށް ޖެހުނު ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

“އޭގެ ސަބަބުން ކެންސަރު ބަލި ޖެހުނު…”

ދަރިމައިވުމުގެ މައްސަލަތައް: އަންހެނުން ދަރިމައިވުމުގެ ފުރުޞަތު މި ވެކްސިންގެ ސަބަބުން ދަށްކޮށްލި ކަމަށް ވިދާޅުވިއެވެ.

“…އޭގެ ސަބަބުން އަންހެނުން ދަރިމައިވުމުގެ ފުރުޞަތު ދަށްކުރި.”

ކޮވިޑް ވެކްސިންގެ ނާކާމިޔާބީ

ވެކްސިންގެ ނަތީޖާއާމެދު ވާހަކަދައްކަވަމުން ކާލްސަން ވިދާޅުވީ، އެއިން އެއްވެސް ފައިދާއެއް ނުކުރިކަން ވަގުތުންވެސް ސާފުވި ކަމަށެވެ.

“…މިއިން އެއްވެސް ފައިދާއެއް ނުކުރި، އަދި އެއިން އެއްވެސް ފައިދާއެއް ނުކުރިކަން ވަގުތުންވެސް ވަރަށް ސާފުކޮށް އެނގުނު…”

މަޖުބޫރުކުރުމާއި ހަރުކަށި ޑިކްޓޭޓަރު “ސްޓާލިނިސްޓް” އުސޫލުތައް

އޭނާ ވިދާޅުވި ގޮތުގައި ވެކްސިން މަސައްކަތްކުރާ ކަމަށް ޤަބޫލުނުކުރާ މީހުންނަކީ ނުބައި ބައެއް ކަމަށާއި އެމީހުން މަރުވުން ޙައްޤުކަމަށް ކަނޑައެޅިއެވެ. އަދި ވެކްސިން ނުޖަހައިފިނަމަ ވަޒީފާއިން ވަކިކޮށް ދިރިއުޅުން ހަލާކުކޮށްލާނެކަމުގެ އިންޒާރު ދިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“…އަދި ފަހަތަށް ޖެހިލުމުގެ ބަދަލުގައި ނުވަތަ ދިފާޢުވުމުގެ ގޮތުން އެއިން ފައިދާކުރެޔޭ ބުނުމުގެ ބަދަލުގައި، އެމީހުން ޚިޔާރުކުރީ ސްޓާލިނިސްޓް އުސޫލެއް، އެއީ އެއިން ފައިދާކުރެޔޭ، އަދި އެއިން ފައިދާކުރާކަމަށް ތިބާ ގަބޫލުނުކުރާނަމަ ތިބާއަކީ ނުބައި މީހެކޭ، ތިބާއަށް ހައްގީ މަރުވުމޭ…”

އަދި ވެކްސިން ނުޖަހާ މީހުންގެ ވަޒީފާއާއި ދިރިއުޅުމަށް ދިން އިންޒާރާ ގުޅޭގޮތުން ވިދާޅުވިއެވެ.

“…އަދި އެ ބޭނުން ނުކޮށްފިނަމަ، އަހަރެމެން ތިބާ ވަޒީފާއިން ވަކިކޮށް ތިބާގެ ދިރިއުޅުން ހަލާކުކޮށްލާނަން.”

ތާރީޚުގައި ނުދެކޭފަދަ ކަމެއް، އެކަމަކު އަދިވެސް ހިމޭނުން

އިންސާނީ ތާރީޚުގައިވެސް މިފަދަ ކަމެއް މިހާ ބޮޑުކޮށް ހިނގާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ޙަޔާތުގައިވެސް އެފަދަ ކަމެއް ދުވަހަކުވެސް ދެކެވަޑައިނުގަންނަވާ ކަމަށް ކާލްސަން ވިދާޅުވިއެވެ.

“އަހަރެންގެ ޙަޔާތުގައިވެސް އެކަހަލަ ކަމެއް ދުވަހަކުވެސް ނުދެކެން… އިންސާނީ ތާރީޚުގައިވެސް އެވަރުގެ ބޮޑު މިންވަރަކަށް އެކަހަލަ ކަމެއް ހިނގާފައެއް ނެތް.”

ކޮވިޑް ވެކްސިންގެ އަނިޔާގެ ވާހަކަ ނޫސްވެރިން ޢާންމުކޮށް ނުދެކެވުމުގެ ކަންބޮޑުވުން

މިހާ ހިސާބަށް ކަންކަން ގޮސްފައިވާއިރުވެސް، މިކަމާ ގުޅޭގޮތުން މިހާރުވެސް އެއްވެސް ވާހަކައެއް ނުދެކެވޭކަން އޭނާ ވަނީ ކަންބޮޑުވުމާއެކު ފާހަގަކުރައްވާފައެވެ.

“އަދި މިހާރުވެސް، އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެކެވޭ.”

ނޫސްވެރިންގެ ޒިންމާ: ޞިއްޙީ ކަންކަމުގައި ޢާންމުކޮށް ހުޅުވިފައިވާ މަޝްވަރާއެއްގެ މުހިންމުކަން

ނޫސްވެރިންނަކީ މުޖުތަމަޢުގެ ހިތްތަކަށް ފުން އަސަރުތަކެއް ފޯރުކޮށްދޭ ބަޔެކެވެ. އެބޭފުޅުންގެ ޤަލަމުން އުފަންވާ އަކުރުތަކާއި، ފާޅުގައި ހާމަކުރައްވާ ޚިޔާލުތަކަކީ ޢާންމު ރައްޔިތުންގެ ފިކުރަށާއި، މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭ ބާރެކެވެ. މިއީ ނުހަނު ބޮޑު އަމާނާތެކެވެ.

އެހެންކަމުން، ޞިއްޙަތާ ގުޅުންހުރި މައްސަލަތަކާއި، ވެކްސިން ފަދަ ނާޒުކު މައުޟޫޢުތަކާމެދު ލިޔުއްވާއިރު، އެއްފަރާތަކުން (ވެކްސިން ވިޔަފާރިވެރިންގެ ނަޒަރުން) އެކަނި ބަލައިލުމުގެ ބަދަލުގައި، ތަފާތު ތަޖުރިބާތަކަށާއި ޚިޔާލުތަކަށް ހުޅުވިފައިވާ ހިތަކާއެކު އެކަންކަމާމެދު ފުންކޮށް ވިސްނައިލުން މުހިންމެވެ. ޙަޤީޤަތް ހޯދުމަށް ކުރެވޭ ސުވާލުތަކަކީ ނޫސްވެރިކަމުގެ ޖައުހަރެވެ. ޓަކަރ ކާލްސަން ފަދަ ނޫސްވެރިން ފާޅުގައި ހާމަކުރައްވާ ޚިޔާލުތަކުން އަޅުގަނޑުމެންނަށް ދޭހަވަނީ، ރަސްމީ ވާހަކަތަކުގެ އިތުރުން، އާންމު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި، އެމީހުންގެ ތަޖުރިބާތަކާއި، އެމީހުންގެ ޙަޤީޤީ ސުވާލުތަކަށް ކަންފަތް ދިނުމުގެ މުހިންމުކަމެވެ.

ރާއްޖޭގެ ޙާލަތަށް ބަލާއިރު، އެކި ނޫސްތަކުގައި ވެކްސިނާ ގުޅޭގޮތުން ލިޔުއްވާ ލިޔުންތައް އަޅުގަނޑުމެން ފަރުވާތެރިކަމާއެކު ކިޔަމެވެ. އެކަމަކު، ވެކްސިން ނުޖަހާ ފަރާތްތަކާއި، ވެކްސިންގެ ނުރައްކާތަކާމެދު ސުވާލު އުފައްދާ މީހުންނަކީ “ނުބައި ބައެއް” ކަމަށް ސިފަކުރުމުގެ ބަދަލުގައި، އިންސާފުވެރިކަމާއެކު އެމީހުންގެ ޝުޢޫރުތައް އަޑުއެހުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި މުހިންމު ކަމެކެވެ. އެމީހުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖާގަ ދިނުމަކީ، ހުޅުވިފައިވާ މަޝްވަރާއަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ނޫސްވެރިންގެ ޒިންމާއާއި މެޑިކަލް މާފިއާގެ ނުފޫޒު

ޓަކަރ ކާލްސަން ފަދަ ނޫސްވެރިންގެ ކިބައިގައި ހުރި ފަދަ ހިތްވަރު ހުރީ ވަރަށް މަދު ބައެއްގެ ކިބައިގައެވެ. އޭނާއަކީ ކޮވިޑްގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، އަމިއްލަ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، އަދި “މެޑިކަލް އިންޑަސްޓްރިއަލް ކޮމްޕްލެކްސް” އާ ދެކޮޅަށް ފާޅުގައި ވާހަކަދެއްކި މީހެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ގިނަ ނޫސްވެރިން “މެޑިކަލް މާފިއާ” ގެ ނުފޫޒުގެ ދަށުވެފައިވާ ތަނެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު ‘މިހާރު’ ނޫހުގެ ނޫސްވެރިޔާ އަޅުގަނޑުމެންގެ އެކުވެރި އުޚްތާ އާސިމާ ނިޒާރު ލިޔުނު އާޓިކަލެއްގައި، ވެކްސިން ނުޖަހާ މީހުންނަކީ މުޅި އިންސާނިއްޔަތަށާއި މީސްތަކުންނަށް އޮތް ނުރައްކާއެއް ކަމަށް ސިފަކޮށްފައިވެއެވެ. އަދި އެފަދަ މީހުން ހައްޔަރުކޮށް ޖަލަށްލާންޖެހޭ ފަދަ މޭރުމަކުން އުޚުތާ ވަނީ ވާހަކަދައްކާފައެވެ.

އުޚްތާ ލިޔުއްވި ލިޔުން ފެނިފައި، އަޅުގަނޑުގެ ހިތަށް ނުހަނު ފުން އަސަރެއް ކުރިއެވެ. އަޅުގަނޑަށް ޔަޤީނެވެ، އުޚްތާ އެފަދައިން ލިޔުއްވީ މުޖުތަމަޢު ރައްކާތެރިކުރުމުގެ ހެޔޮ ނިޔަތުގައެވެ. އެހެންނަމަވެސް، އޯގާތެރިކަމުގެ ނަޒަރަކުން، އަދި އިސްލާމީ އުޚުއްވަތްތެރިކަމުގެ ނަޒަރަކުން މިކަމާމެދު އަލުން ފުންކޮށް ވިސްނަވާލަދެއްވާށެވެ.

ޙަޤީޤަތަކީ، ވެކްސިން ޖެހި އެތައް ބަޔަކަށް ސްޓްރޯކް ޖެހި، ހާޓް އެޓޭކް ޖެހި، ކެންސަރު ފަދަ ބޮޑެތި ބަލިތައް ވަނީ ތަޙައްމަލުކުރަން ޖެހިފައެވެ. އެމީހުންނަށް އެ ވެކްސިން ވެގެންދިޔައީ އެމީހުންގެ އަމިއްލަ ފުރާނައަށް އޮތް ބޮޑު ނުރައްކާއަކަށެވެ. އެމީހުންނަކީވެސް ހަމަ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އެމީހުންގެ ވޭނާއި، ހިތްދަތިކަމާއި، ކަންބޮޑުވުންތަކަށް އަޑުއެހުމުގެ ބަދަލުގައި، އެމީހުންނަކީ މުޖުތަމަޢުއަށް އޮތް ނުރައްކަލެއްކަމަށް ސިފަކޮށް އެމީހުންނަށް އަދަބުދީ ހައްޔަރުކުރަން ގޮވާލުމަކީ ކޮންފަދަ ބޮޑު ބޭއިންސާފެއްތޯއެވެ؟ ވެކްސިން ޖެހި މީހުންނަށް، ވެކްސިން ނުޖަހާ މީހުންގެ ފަރާތުން ނުރައްކާ އޮތްކަމަށް އަބަދުވެސް ދައްކަން މަސައްކަތްކުރަނީ ކީއްވެގެންތޯއެވެ؟

އުޚުތާއެވެ! ވިސްނަވާލައްވާށެވެ! ޣައްޒާގެ މައުޞޫމް ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުގެ ވާހަކަ ދައްކާ މީހުން، “ސަލާމަތީ ސަބަބުތަކަށްޓަކައި” ކަމަށް ބުނެ އިޒްރޭލުން ހައްޔަރުކޮށް އަނިޔާކުރާއިރު އަޅުގަނޑުމެން އެންމެންގެ ހިތްތައް ކުދިކުދިވެއެވެ. އިޒްރޭލުން ޣައްޒާއަށް ބޮން އަޅަނީވެސް ރައްކާތެރިކަމުގެ ނަމުގައެވެ. ލޮބުވެތި އުޚްތާއެވެ! ވެކްސިންގެ ސަބަބުން ގެއްލުން ލިބި ތަޙައްމަލުކުރަމުންދާ މީހުންނާއި، އެކަމުގެ ޙަޤީޤަތްތައް ހާމަކުރަން މަސައްކަތްކުރާ މީހުންގެ އަޑުކަނޑުވާލައި، މުޖުތަމަޢުގެ “ރައްކާތެރިކަމަށްޓަކައި” އެމީހުން ހައްޔަރުކުރަން ގޮވާލުމަކީ، ހަމަ އެ އަނިޔާވެރި ޚުދުމުޚުތާރު ޔަހޫދީ ވިސްނުމާ ކިހާ އެއްގޮތް ކަމެއްތޯއެވެ؟ އަޅުގަނޑުމެންގެ އޯގާތެރި އިސްލާމީ މުޖުތަމަޢުއަށް އެފަދަ ހަރުކަށިކަމެއް ގެންނަން އަޅުގަނޑުމެން ބޭނުންތޯއެވެ؟

އެންމެހާ ނޫސްވެރިންނަށް: އޯގާތެރި އިލްތިމާސެއް

އިސްލާމްދީނުގައި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަކީ މަތިވެރި ޖިހާދެކެވެ.

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “أَفْضَلُ الْجِهَادِ كَلِمَةُ عَدْلٍ عِنْدَ سُلْطَانٍ جَائِرٍ” (މާނައީ: “އެންމެ މާތް ޖިހާދަކީ އަނިޔާވެރި ވެރިޔެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުމެވެ.” – ސުނަން އަބޫ ދާއޫދު).

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

“وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنْتُمْ تَعْلَمُونَ” (ސޫރަތުލް ބަޤަރާ: 42) (މާނައީ: “ތިޔަބައިމީހުން ޙައްޤު ބަހަށް ބާޠިލު ބަސް އަޅުވައި، އޮޅުވާނުލާށެވެ! އަދި ތިޔަބައިމީހުންނަށް އެނގިތިބެ، ޙައްޤު ބަސް ފޮރުވައި ނުގަންނާށެވެ!”)

އަނިޔާވެރިކަމަކީ ޤިޔާމަތް ދުވަހުން އޮތް ބިރުވެރި އަނދިރިކަމެއްކަން ކީރިތި ރަސޫލާ ﷺ ވަނީ އިންޒާރުކުރައްވާފައެވެ.

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “الظُّلْمُ ظُلُمَاتٌ يَوْمَ الْقِيَامَةِ” (މާނައީ: “އަނިޔާވެރިކަމަކީ ޤިޔާމަތް ދުވަހުން ހުރި އަނދިރިކަމެކެވެ.” – ޞަޙީޙު ބުޚާރީ).

އެއްވެސް މީހަކު އަނެކަކަށް އަނިޔާވެރިވެ، އަމިއްލަ ހަށިގަނޑާމެދު ގޮތްނިންމުމުގެ ޙައްޤު ނިގުޅައިގަނެ، މަޖުބޫރުކުރުވައިގެން ނުވާނެއެވެ. އެހެންކަމުން، އަނިޔާވާނެ ދިޔައެއް ނުޖަހައިގެން މީހުން ހައްޔަރުކޮށް، ބިރުދައްކައިގެން އަޑު ކަނޑުވާލުމުގެ ވިސްނުމަކީ އަޅުގަނޑުމެންގެ އިސްލާމީ އޯގާތެރި މުޖުތަމަޢުއަކާ ގުޅޭކަމެއް ނޫނެވެ.

ލޮބުވެތި އުޚްތާ އާސިމާ އެވެ! އެންމެހާ ނޫސްވެރިންނޭވެ! ތިޔަބޭފުޅުންގެ ޤަލަމަކީ ޙައްޤު ހޯދައިދޭ، މެޑިކަލް މާފިއާގެ ކަސްތަޅުތަކުން މިންޖުވެފައިވާ، ހެޔޮކަމުގެ އޯގާތެރި ޤަލަމަކަށް ހައްދަވާށެވެ. ކޮންމެ ކަމެއްގައިވެސް އޯގާތެރިކަން އިސްކުރުމުން އެކަމެއް ރީތިވެގެންދާ ފަދައިން، އަޅުގަނޑުމެންގެ ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގައިވެސް އެ އޯގާތެރިކަން ހިމަނައިފިނަމަ، އަޅުގަނޑުމެންގެ ހިތްތައް ގުޅި، މުޖުތަމަޢު އިތުރަށް އުޖާލާވެ، ޙައްޤުގެ މަގު އެންމެހާ ފަރާތްތަކަށް ސާފުވެގެންދާނެކަން ކަށަވަރެވެ. ހިތްތައް ހުޅުވާލައި، އިންސާނީ ލޯތްބާއެކު، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާށެވެ. މިއީ ޤައުމާއި މުޖުތަމައުގެ ހެވަށްޓަކައި ހިތުގެ އަޑުން ކުރާ އާދޭހެކެވެ.

ކޮމެންޓްތައް

1

Leave a Reply

މ
މޫސާ
Jun 29, 2026

ޝުކުރިއްޔާ

ޞިއްޙީ އިންޒާރު އަދި ޑިސްކްލެއިމަރ

މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.

Discover more from ސިއްޙަތު އެމްވީ އަށް މަރުޙަބާ

Subscribe now to keep reading and get access to the full archive.

Continue reading