ލޮބުވެތި ކިޔުންތެރިން،
މިއީ ރައްޔިތުންނަށް އެނގުން ނުހަނު މުހިއްމު، އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން ޢާއްމުކުރުން ލާޒިމު ޙަޤީޤަތްތަކެއް އެކުލެވޭ ލިޔުމެކެވެ. 2021 ވަނަ އަހަރުގެ މެއި މަހު މި ލިޔުން ފުރަތަމަ ޝާއިޢުކުރުމާއެކު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގައި އޭރު އިސްކޮށް ހަރަކާތްތެރިވި ޑރ. ނަޒްލާ ރަފީޤު ވަނީ، ކަމާބެހޭ އިދާރާތަކަށް އީމެއިލް މެދުވެރިކޮށް އަންގައިގެން މި ލިޔުން އޭރު ނެރުނު ވެބްސައިޓް ބްލޮކްކޮށް، މި ލިޔުމަށް ވަދެވޭނެ މަގު ދިވެހިރާއްޖޭގައި ބަންދުކޮށްފައެވެ. މިއަދު އަޅުގަނޑުމެން މި ލިޔުން އަލުން ތިޔަބޭފުޅުންނާ ހަމައަށް މި ގެނެސްދެނީއެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި، ހަލުވިކަމާއެކު ފެތުރޭ ނުރައްކާތެރި ‘ޓަރބޯ’ ކެންސަރާއި، ކުއްލި މަރުތަކާއި، ސްޓްރޯކް އަދި ހިތުގެ މައްސަލަތަކުގެ ސަބަބުން ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއިލާތަކަށް ލިބެމުންދާ ގެއްލުންތައް އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ. މި ބަލިތަކާއި، ފަހަކަށް އައިސް ޢާއްމުކޮށް ދެވިފައިވާ ކޯވިޑް ވެކްސިންތަކާ ހުރި ގުޅުމާމެދު ޞިއްޙީ މާހިރުންނާއި ޢާއްމުން ސުވާލުތައް ކުރަމުންދާއިރު، ރައްޔިތުންނަށް ރަނގަޅު މަޢުލޫމާތު ލިބިހުރެ ބޭސްފަރުވާއަށް ރުހުން ދިނުމަކީ (އިންފޯމްޑް ކޮންސެންޓަކީ) އެމީހުންގެ ޞިއްޙީ، ޝަރުޢީ، ދީނީ އަދި ޤާނޫނީ ޙައްޤެކެވެ.
ގިނަ މީހުންނަށް އެނގިފައިވާ ގޮތުގައި ވެކްސިންއަކީ ވަރަށް ރައްކާތެރި އެއްޗެކެވެ. ވެކްސިން ޖެހުމުގެ ސަބަބުން ކެންސަރު ޖެހިދާނެތޯ ގިނަ ބަޔަކަށް އެނގިފައިނުވި ނަމަވެސް ފަންނީ މާހިރުން މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާތާ އެތައް އެތައް އަހަރެއް ވެއްޖެއެވެ.
އެސްޓްރަޒެނަކާ އިން އުފައްދާފައިވާ ވެކްސިން (ދިވެހިރާއްޖޭގައި ބޭނުންކުރާ ކޮވިޝީލްޑް) ވެކްސިން ގައި އެކުލެވޭ ވައިރަސް (އެކިޔާ މާއްދާ) އުފައްދާފައިވަނީ ބަނޑުގައި އޮތް ތުއްތު ތުއްތު ކުއްޖަކު (ދިރިހުއްޓާ) ވައްޓާލުމަށްފަހު އެކުއްޖާގެ ގުރުދާ (ކިޑްނީ) ނަގައިގެން އޭގެ ސެލްތަކުގައެވެ. މި ކުއްޖާ އަށް ދީފައިވާ ނަންބަރަކީ HEK293 އެވެ.
އޮގަސްޓު 2020 ގައި އެމެރިކާގެ އެފް.ޑީ.އޭ ގެ ސައިންޓިސްޓު ޑރ. އާރިފާ ޚާން ތައްޔާރުކުރި ފަންނީ ކަރުދާހުގައި ބުނެފައިވަނީ މިފަދަ ސެލްތައް ބޭނުންކޮށްގެން އުފައްދާ ވެކްސިން ޖެހުމުގެ ސަބަބުން ކެންސަރު ޖެހިދާނެ ކަމަށެވެ. HEK293 އަކީ މިފަދައިން ޓިއުމަރ އުފައްދާ ސެލްތަކެއް ކަމަށެވެ. ޓިއުމަރ އުފައްދާ މިފަދަ ސެލްތަކުގައި ކެންސަރު ޖައްސުވާ ވައިރަސް (މާއްދާތައް) އެކުލެވިގެންވުން އެކަށީގެންވާ ކަމާއި މިކަން ބެލުމަށް ޢާއްމުކޮށް ބޭނުންކުރާ ތަހުލީލުތަކުން މިފަދަ ވައިރަސްތައް ހުރިތޯ ދެނެގަންނަށް ދަތިވާކަމަށެވެ. މިފަދައިން ފޮރުވިފައި ހުންނަ ވައިރަސްތައް (މާއްދާތައް) ވެކްސިން އުފެއްދުމުގެ މަރުހަލާތަކުގައި ހަރަކާތްކުރަން ފަށުމުން، މިއިން ނުރައްކާތަކެއް ކުރިމަތިކުރުވާ ކަމަށެވެ. އަދި މިކަހަލަ ވައިރަސްތައް (މާއްދާތައް) އެކުލެވިފައިވޭތޯ ދެނެގަނެވޭނެ ލެބޯޓްރީ ތަހުލީލުތަކަކީ ކޮބައިތޯ ބެލުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އާރިފާވިދާޅުވިއެވެ.
“މިފަދަ ޓިއުމަރު އުފައްދާ ސެލްތަކުގެ ތެރޭގައި، ހަރަކާތްތެރިނުވާ ނުވަތަ ‘ނިދާފައިވާ’ ކެންސަރު ޖައްސުވާ ވައިރަސްތައް ހުރެދާނެއެވެ. މިފަދަ ވައިރަސްތައް އާންމުކޮށް ބޭނުންކުރާ ޓެސްޓުތަކުން ހޯދުމަކީ ދަތި ކަމެކެވެ. މިފަދަ ނިދާފައިވާ ވައިރަސްތަކަކީ ނުރައްކަލަކަށް ވެދާނެ އެއްޗެހިތަކެކެވެ، ސަބަބަކީ ވެކްސިން އުފެއްދުމުގެ މަރުހަލާގައި މި ވައިރަސްތައް ހަރަކާތްތެރިވެ (އެކްޓިވްވެ) ފެތުރިދާނެތީއެވެ.”
“ޓިއުމަރު އުފައްދާ ސެލްތަކާއި ޓިއުމަރުން އުފެދޭ ސެލްތައް ބޭނުންކުރުމަކީ ޞިއްޙީ ގޮތުން ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ މިފަދަ ސެލްތަކުގައި ރެޓްރޯވައިރަސް އާއި ކެންސަރު ޖައްސުވާ ޑީ.އެން.އޭ ވައިރަސްތައް ހުރުމުގެ ފުރުސަތު އޮތުމެވެ. މިފަދަ ވައިރަސްތަކަކީ ޓިއުމަރު އުފެދުމާ ގުޅުންހުރި އެއްޗެހި ކަމަށް ވެދާނެއެވެ.”
ވެކްސިން އުފެއްދުމުގައި މިފަދަ ސެލްތައް އެތައް އަހަރަކު ބޭނުންކުރެވިފައިވާ އިރު، ވެކްސިން ޖެހުމުގެ ސަބަބުން ކެންސަރު ޖެހިދާނެ ގޮތް ބެލުމުގެ މަސައްކަތް އަދި ކިރިޔާ މިވަނީ ފަށާފައެވެ. ކެންސަރު ޖައްސުވާ ވައިރަސް އެކުލެވިގެންވާ ސެލްތައް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރި ގޮތުގައި ވެކްސިން އުފެއްދެން ވެސް މިފަދަ ވެކްސިންތައް ދިނުމަށް އެއްވެސް ހުއްޓުމެއް ނުގެނެއެވެ. އަދި މިވާހަކަ ޢާއްމު މީސްތަކުންނަށް ބަޔާންކޮށްދީފައެއް ވެސް ނުމެވެއެވެ.
ވެކްސިންގައި އެކުލެވިގެންވާ އެކިކަހަލަ ޕްރޮޓީންތަކަކީ ވެކްސިންގެ ޒަރިއްޔާއިން ނޫނީ ހަށިގަނޑުގެ އެތެރެއަށް ނުވަންނާނެ ތަކެއްޗެވެ. ނަމަވެސް، މި ކަހަލަ ނުރައްކާތެރި ބާވަތްތައް ވެކްސިންގައި އެކުލެވިގެންވުމުގެ ރައްކާތެރިކަމާ ބެހޭ އެއްވެސް ފަންނީ ތަހުލީލެއް ހެދިފައެއް ނުވެއެވެ.
ވީމާ، ކޮވިޝީލްޑް ފަދަ ވެކްސިންތަކުގައި ބޭނުންކޮށްފައިވާ HEK293 ފަދަ ސެލްތަކުގެ ސަބަބުން ވެކްސިން ޖަހާ މީހުންނަށް ކެންސަރު ބަލި ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ އެފް.ޑީ.އޭ އިން ބުނެފައިވެއެވެ. ވުމާއެކު، މި ވެކްސިން ޖަހައިދިނުމުގެ ކުރިން މި ނުރައްކާ އޮތް ކަމުގެ މަޢުލޫމާތު ވެކްސިން ޖަހައިދެވޭ މީހާއަށް ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިފަދަ މަޢުލޫމާތު ވަންހަނާ ކުރުމަކީ ބޭސްފަރުވާގެ އަމަލުގައި އަމަލުކުރުން ލާޒިމްވާ “އިންފޯމްޑް ކޮންސެންޓް” ނުވަތަ މަޢުލޫމާތު ލިބި ރުހުންދިނުމުގެ ޙައްޤު ނިގުޅައިގަތުމެވެ.
ވެކްސިންގައި މިފަދަ ނުރައްކާތަކެއް އެކުލެވިގެންވާއިރު، ވެކްސިން ޖަހައިދީފައިވަނީ ކިހާވަރެއްގެ މަޢުލޫމާތެއް ރައްޔިތުންނަށް ދިނުމަށްފަހުތޯ ސާފުކުރުމަށް، 09 ފެބްރުވަރީ 2021 ގައި ޝިފާން އަޙުމަދު ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އަށް ރަސްމީ ސިޓީއެއް (އާރް.ޓީއައި. އެއް) ހުށަހަޅުއްވާފައެވެ.
މި ސިޓީއަށް ޖަވާބުދެއްވައި، 17 ފެބްރުވަރީ 2021 (05 ރަޖަބު 1442) ގައި އޭރުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ދެއްވި ޖަވާބުގައި ބަޔާންކޮށްފައިވަނީ:
ކޮވިޑް-19 ވެކްސިން ދެނީ މީހުންގެ އަމިއްލަ އެދިގެން ފުރިހަމަ އިޚްތިޔާރުގައި ކަމަށާއި، ވެކްސިން ޖަހައިދެވެނީ އެކަމާގުޅޭ މަޢުލޫމާތު ދިނުމަށްފަހު އަމިއްލަ ރުހުމުގައި (އިންފޯމްޑް ކޮންސެންޓް އާއެކު) ކަމަށެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ކޮންސެންޓް ފޯމު ކިޔައި އެއަށް ރުހުން ދޭންޖެހޭނެ ކަމަށް އެ ސިޓީގައި ޞަރީޙަކޮށް ލިޔެފައިވެއެވެ.
ލިޔެކިޔުންތަކުގައި ކަން އޮތީ މިހެން ކަމުގައި ވިޔަސް، ޙަޤީޤަތަކީ އެ ދުވަސްވަރު އެޅިފައިވާ ހަރުކަށި ފިޔަވަޅުތަކާއި، ވަޒީފާއަށް ދިއުމަށާއި ޢާއްމު ޚިދުމަތްތައް ހޯދުމަށް އޮތް ދަތިތަކުގެ ސަބަބުން، ގިނަ ރައްޔިތުންނަށް ވެކްސިން ޖެހުން އިޙްސާސްކުރެވިފައިވަނީ ލާޒިމުކަމެއް ނުވަތަ މަޖުބޫރީ ކަމެއްގެ ގޮތުގައެވެ.
ވެކްސިންގައި އެކުލެވޭ މާއްދާތަކާއި (ޚާއްޞަކޮށް ކެންސަރު ޖައްސާ އަދި ޓިއުމަރު އުފައްދާ ސެލްތަކުގެ ވާހަކަ) އޭގެ ޙަޤީޤީ ނުރައްކާތަކުގެ ފުރިހަމަ މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފޯރުކޮށްނުދީ، ހަމައެކަނި ކޮންސެންޓް ފޯމެއްގައި ސޮއިކުރުވުމަކީ ޙަޤީޤީ މާނައިގައި “އިންފޯމްޑް ކޮންސެންޓް” ހޯދުން ކަމަކަށް ނުބެލެވޭނެއެވެ. އަދި އެކަމުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުގެ ޒިންމާއިން، ހަމައެކަނި އެ ފޯމުގެ މައްޗަށް ބިނާކޮށް ރެކިގަނެވޭނެތޯ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އޮތް ބޮޑު ދީނީ އަދި ޤާނޫނީ އަމާނާތެކެވެ.
މިކަން ހިނގައިދިޔަ ގޮތާމެދު މިއަދު މުޅި ދުނިޔޭގައިވެސް ދަނީ ސުވާލު އުފައްދަމުންނެވެ. މިސާލަކަށް އެމެރިކާއަށް ބަލާއިރު، އޭރު ކޯވިޑްގެ ކަންކަން ކޮންޓްރޯލްކޮށް، ރައްޔިތުންނަށް މަޖުބޫރުކުރުވުމުގައި އެންމެ އިސްކޮށް ހުންނެވި ޑރ. އެންތަނީ ފައުޗީ ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް، އޭނާއާ ދެކޮޅަށް ދަޢުވާކުރުމަށް (ޕްރޮސިކިއުޓް ކުރުމަށް) އެ ޤައުމުގެ މިހާރުގެ ވެރިންނާއި ރައްޔިތުން މިއަދު ދަނީ ގޮވާލަމުންނެވެ. ހަމަ އެފަދައިން، ދިގުމުއްދަތުގެ ތަހުލީލުތަކެއް ނެތި، ކެންސަރާއި ޓިއުމަރު އުފެދުމުގެ ނުރައްކާ އޮތްކަމަށް ފެންނަން ހުރި، ރައްކާތެރިކަން ކަށަވަރުނުވާ ނުރައްކާތެރި މާއްދާތަކެއް ދިވެހި ޢާއްމު ރައްޔިތުންގެ ގަޔަށް ޖެހުމަށް މަޖުބޫރުކުރުވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ. ދިވެހި ރައްޔިތުންގެ ފުރާނަތަކަށް ކުރިމަތިވި މި ބޮޑު ކާރިސާގައި، އޭރުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ފަދަ ޞިއްޙީ އިސް ވެރިން ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް، ޤާނޫނީ ގޮތުން ދަޢުވާކޮށް ޖަވާބުދާރީ ކުރުވުމަކީ މިއަދު ކުރަން މާ ލަސްވެސް ވެފައިވާ ކަމެކެވެ.
.






: އެފް.ޑީ.އޭ ގެ ކަރުދާސް



Information for Healthcare Professionals on COVID-19 Vaccine AstraZeneca https://www.gov.uk/government/publications/regulatory-approval-of-covid-19-vaccine-astrazeneca/information-for-healthcare-professionals-on-covid-19-vaccine-astrazeneca
މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.
ކޮމެންޓްތައް
0