
ގައިން ގަޔަށް އަރާ، ބަލިތައް ޖައްސާ (ޕެތޮޖެނިކް) “ވައިރަސް” ތަކަކީ ހަގީގަތުގައި ވެސް ވުޖޫދުގައިވާ އެއްޗެއް ހެއްޔެވެ؟ ނުވަތަ ރަންނަމާރި ފަދަ ޚުރާފާތެއް ހެއްޔެވެ؟ ވައިރޮލޮޖީ (ވައިރަސްތަކާ ބެހޭ ގޮތުން ދިރާސާކުރާ އިލްމު) އާއި ވައިރޮލޮޖިސްޓުން (ވައިރަސް ދިރާސާކުރާ މީހުން ނުވަތަ ޚުރާފީ މާހިރުން) ކުރާ ދައުވާތަކަކީ ސައިންސްގެ ހަމަތަކުގެ މަތިން ސާބިތުކޮށްދެވިފައިވާ ކަންތައްތަކެއް ނޫނެވެ. މިއީ ސައިންސްގެ ނަމުގައި އޮޅުވާލައިގެން، އެއްވެސް ހަގީގަތެއް ނެތި (ސޫޑޯސައިންސްގެ ގޮތުގައި) ދައްކާ ވާހަކަތަކެކެވެ.
ޚާއްޞަ ނޯޓް: ޞިއްޙަތު އެމްވީ ގައި ޝާއިއުކުރާ މި ނަޒަރަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލާއި، އޮޕީނިއަން އަދި މިކަމާމެދު އަޅުގަނޑު ދެކޭގޮތް ބަޔާންކުރާ ލިޔުމެކެވެ.
ވައިރޮލޮޖިސްޓުން ކުރާ މައިގަނޑު ކަންތައްތައް، އާންމު ދިރިއުޅުމުގެ މިސާލުތަކާއެކު ތިރީގައި އެވަނީއެވެ.
ވައިރޮލޮޖިސްޓުން އާންމުކޮށް ހަދާ އެންމެ ބޮޑު ގޯހަކީ، ކަމެއް ހިނގުމުން ނުކުންނަ ނަތީޖާ، އެއީ އެކަން ހިނގަން މެދުވެރިވި ސަބަބު ކަމުގައި ނިންމުމެވެ.
މިކަން ހަށިގަނޑާ ގުޅޭގޮތް: އިންސާނާގެ ހަށިގަނޑަށް ގެއްލުމެއް ލިބުމުން، ހަށިގަނޑު އަމިއްލައަށް އެތެރެއިން މަރާމާތުވުމަށް މަސައްކަތްކުރެއެވެ. މި މަސައްކަތުގެ ތެރޭގައި ސެލްތައް ހަލާކުވެގެން ބައެއް ކުދިކުދި މާއްދާތައް (ކުނިބުނި) ބޭރުވެއެވެ. ވައިރޮލޮޖިސްޓުން މިކުރާ ކަމަކީ، ހަށިގަނޑު ރަނގަޅުވަމުން އަންނައިރު ފެންނަ މި ކުދިކުދި ބައިތަކަކީ “ވައިރަސް” ކަމުގައި ނިންމައި، ބަލި ޖެހެނީ އޭގެ ސަބަބުން ކަމަށް ބުނުމެވެ. އެއީ އެއްވެސް ގޮތަކަށް ސާބިތުކޮށްދެވިފައިވާ ކަމެއް ނޫނެވެ.
މިއީ ވެސް ވައިރޮލޮޖިސްޓުންގެ މަސައްކަތުގައި ވަރަށް ބޮޑަށް ފެންނަ ކަމެކެވެ. އެމީހުން ހޯދަން އުޅޭ އެއްޗެއް ގުދުރަތީ ގޮތުން ނުފެނުމުން، އެކި އެއްޗެހި އެއްކޮށްގެން އަމިއްލައަށް އެއްޗެއް އުފެއްދުމަށްފަހު، އެއީ ގުދުރަތީ ގޮތުން ވެސް ހުރި އެއްޗެއްކަމަށް ބުނަނީއެވެ.
އިން ވީވޯ (ހަގީގަތް ނުވަތަ ގުދުރަތީ ކަންކަން) ލިޔުމުގައި ބޭނުންކުރާ ސަބަބު: ލިޔުންތެރިޔާ ބުނަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ބަލިޖައްސާ “ވައިރަސް” އަކީ އިންސާނާގެ ނުވަތަ ޖަނަވާރެއްގެ ހަށިގަނޑުގެ ތެރޭގައި (އިން ވީވޯކޮށް) ގުދުރަތީގޮތުން ވުޖޫދުގައިވާ އެއްޗެއް ނޫން ކަމެވެ. ދިރިހުރި ހަށިގަނޑެއްގެ އެތެރެއިން އެއްވެސް ވައިރަހެއް ފެނިފައި ނުވާކަން ސާބިތުކޮށްދިނުމަށް، ގުދުރަތީ މާހައުލު ސިފަކުރުމުގެ ގޮތުން މި ބަސް ބޭނުންކުރެއެވެ.
އިން ވިޓްރޯ (ލެބޯޓްރީގެ އުފެއްދުން) ލިޔުމުގައި ބޭނުންކުރާ ސަބަބު: ވައިރޮލޮޖިސްޓުން “ވައިރަސް” ކަމަށް ބުނާ އެއްޗަކީ، ލެބޯޓްރީއެއްގެ ޓެސްޓް ޓިއުބެއްގެ ތެރޭގައި އެކި ކެމިކަލްތައް ބޭނުންކޮށްގެން ސެލްތައް މަރާލުމުން އުފެދޭ ކުނިބުނިކަން ބުނެދިނުމަށެވެ. އެބަހީ، އެއީ ގުދުރަތީ އެއްޗެއް ނޫންކަމާއި، އެއީ ހަމައެކަނި ލެބޯޓްރީގެ މާހައުލުގައި އިންސާނުން އަމިއްލައަށް ކުރާ ކަންތައްތަކެއްގެ ސަބަބުން (އިން ވިޓްރޯކޮށް) އުފެދޭ އެއްޗެއްކަން އަންގައިދިނުމަށެވެ.
އިން ސިލިކޯ (ކޮމްޕިއުޓަރުގެ ހިޔާލީ ކުރެހުން) ލިޔުމުގައި ބޭނުންކުރާ ސަބަބު: ބިރުދައްކަން ދައްކާ ވައިރަސްތަކާއި އޭގެ އެކި “ވެރިއަންޓް” ތަކަކީ ހަމައެކަނި ކޮމްޕިއުޓަރު ސޮފްޓްވެއަރ ބޭނުންކޮށްގެން އުފައްދާފައިވާ ކޯޑުތަކެއްކަން ބުނެދިނުމަށެވެ. މާނައަކީ، އެއީ ފިޒިކަލްކޮށް އަތްލެވޭ ނުވަތަ އަސްލު ދުނިޔޭގައިވާ އެއްޗެއް ނޫންކަމާއި، އެއީ ހަމައެކަނި ކޮމްޕިއުޓަރު ސްކްރީނުގައި (އިން ސިލިކޯކޮށް) ވާ ހިޔާލީ މޮޑެލްއެއްކަން އާންމުންނަށް ސާފުކޮށްދިނުމަށެވެ.
ވައިރޮލޮޖިސްޓުން ބުނާ ބަލިޖައްސާ “ވައިރަސް” އަކީ ހަށިގަނޑުގެ އެތެރެއިން (އިން ވީވޯކޮށް، އެބަހީ ހަށިގަނޑުގައި) ފެންނަ އެއްޗެއް ނޫނެވެ. އެއީ (އިން ވިޓްރޯ) ނުވަތަ ލެބޯޓްރީގެ ޓެސްޓް ޓިއުބުތަކާއި (އިން ސިލިކޯ) ކޮމްޕިއުޓަރުތަކުގެ ތެރޭގައި އުފައްދާފައިވާ މަންޒަރުތަކެކެވެ. މި ތިން ބަސް ގެނެސްފައިވަނީ، ވައިރޮލޮޖިސްޓުންގެ މަސައްކަތަކީ “އިން ވީވޯ” (ހަށިގަނޑުގައި) ހިނގާ ހަގީގީ ކަމެއް ނޫންކަމާއި، އެއީ މުޅިންވެސް “އިން ވިޓްރޯ” (ލެބޯޓްރީގެ ޓެސްޓް ޓިއުބުގައި) އަދި “އިން ސިލިކޯ” (ކޮމްޕިއުޓަރު ސްކްރީނުގައި) އުފައްދައިގެން އުޅޭ ހިޔާލީ ކަންތައްތަކެއްކަން އާންމު މީހާއަށް ފަސޭހައިން އޮޅުންފިލުވައިދީ، ދެކަންތައް ވަކިކޮށްދިނުމުގެ ބޭނުމުގައެވެ.
ވައިރޮލޮޖިސްޓުން “ވައިރަސް” އޭ ކިޔާ އެއްޗަކީ ހަގީގަތުގައި ލެބޯޓްރީގައި އެކި ކެމިކަލްތައް އެއްކޮށްގެން އުފައްދާ އެއްޗެކެވެ.
ލެބޯޓްރީގައި މިކަން ކުރާ ގޮތް: ފުރަތަމަ ރާމާމަކުނުގެ ކިޑްނީ ސެލްތަކެއް ނަގައެވެ. ދެން އޭގެ ތެރެއަށް ގެރީގެ ލޭގެ ބައެއް އަޅައިގެން އެ ދިރިހުންނާނެހެން ހަދައެވެ. އެއަށްފަހު، އެ ސެލްތަކަށް ކާން ނުދީ ބަނޑަށް ޖައްސައި، އޭގެ ތެރެއަށް ވިހަ މާއްދާތައް (ކެމިކަލް) އަޅައެވެ. މިކަމުގެ ސަބަބުން އެ ސެލްތައް މަރުވެ، ކުދިކުދި އެތައް ހާސް އެތިކޮޅުތަކަކަށް ފަޅައިގެން ގޮސް ބައިބައިވެއެވެ.
މި ޓެސްޓް ޓިއުބުގެ ތެރެއަށް ބަލިމީހެއްގެ ގައިން ނަގާ ސާމްޕަލެއް އެޅިޔަސް ނުވަތަ ނޭޅިޔަސް، ނުކުންނާނީ ހަމަ އެއް ނަތީޖާއެކެވެ. ސަބަބަކީ އެ ސެލްތައް މަރުވެގެން އެދަނީ އެމީހުން އެ ޓިއުބަށް އަޅާ ވިހައިގެ ސަބަބުން ކަމަށް ވާތީއެވެ.
އެއަށްފަހު، މި ބައިބައިވެފައިވާ ސެލްތަކުގެ ތެރެއިން އިންސާނުންނާއި، ގެރިއާއި، ރާމާމަކުނާއި އަދި ބެކްޓީރިއާގެ ގޮހޮރުގައި ހުންނަ މާއްދާތައް ކޮމްޕިއުޓަރު ސޮފްޓްވެއަރއަކަށް އަޅައިގެން، އޭގެން ހިޔާލީ ކުރެހުމެއް ނުވަތަ މޮޑެލްއެއް (ޖިނޯމިކް ސީކުއެންސެއް) އުފައްދައެވެ. މި ކޮމްޕިއުޓަރުން އުފައްދާ މަންޒަރާއި، އަސްލު ދުނިޔޭގައި ހިނގާ ކަންކަމާ އެއްވެސް ގުޅުމެއް ނެތެވެ.
މި ކޮމްޕިއުޓަރުން އުފައްދާ މަންޒަރާއި، އަސްލު ދުނިޔޭގައި ފިޒިކަލްކޮށް ހިނގާ ކަންކަމާ އެއްވެސް ގުޅުމެއް ނެތެވެ. ކުކުޅެއްގެ އެތެރޭގައި އޮމްލެޓެއް (ބިސްގަނޑެއް) ނުހުންނާނެ ފަދައިން، ގުދުރަތީ ބަޔޮލޮޖީގައި “ބަލިޖައްސާ ވައިރަސް” އޭ ކިޔާ އެއްޗެއް ނުހުރެއެވެ. ބިރުދައްކަން ދައްކާ އެކި އެކި “ވެރިއަންޓް” ތަކަކީ ވެސް ހަމައެކަނި ކޮމްޕިއުޓަރުން ކުރަހާފައިވާ ކުރެހުންތަކެކެވެ. “ވައިރަސް” އަކީ ހުރޭކަމަށް ހީކުރާ ހީކުރުމެއް ނޫނީ ގަބޫލުކުރުމެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ސައިންސްގެ ރަނގަޅު އުސޫލުތައް ބޭނުންކޮށްގެން މިއީ ދުވަހަކުވެސް ސާބިތުކުރެވިފައިވާ ކަމެއް ނޫނެވެ.
ފަހުގެ ބައެއް ސައިންސްވެރިންނާއި ޑޮކްޓަރުންނާއި ފަންނީ މާހިރުންގެ މެދުގައި މިހާރު މަޝްހޫރުވަމުންދާ އެއް ފިކުރަކީ، މީގެ 200 އަހަރު ކުރިން ބައެއް ސައިންސްގެ މާހިރުން ބުނިފަދައިން، ބަލިޖައްސާ “ވައިރަސް” އަކީ ހުންނަ ކަމަށް ހީކުރާ ޚިޔާލީ ހީކުރުމެއް ނޫނީ ނަޒަރީ ގަބޫލުކުރުމެއް ފިޔަވައި އެހެން އެއްޗެއް ނޫން ކަމުގައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މީގެ 200 އަހަރު ކުރިން އެހެނިހެން ޑޮކްޓަރުންނާއި ސައިންސްވެރިން މި ވާހަކަތައް މީހުންނަށް ކިޔައިދިން ނަމަވެސް، އެބޭފުޅުންގެ މަސައްކަތްތަކާއި ހޯދުންތައް އާންމުވިޔަ ނުދީ ވަނީ ފޮރުވާފައެވެ. އޭގެ ބަދަލުގައި، މުޅި ދުނިޔޭގައި ފަތުރާފައިވަނީ އެބަޔަކަށް އެންމެ ގިނައިން ފައިސާއާއި މުއްސަނދިކަން ލިބޭ ނިޒާމު ކަމަށްވާ “ރޮކްފެލަރ މެޑިކަލް ކަބާލް” ގެ ބާރުގަދަ ނުފޫޒުގެ ތެރެއިން އައިސްފައިވާ ޖަރާސީމު ނަޒަރިއްޔާގެ ވާހަކަތަކެއް ކަމަށް އެމީހުން ބުނެއެވެ. އެމީހުން ބުނަނީ ސައިންސްގެ ރަނގަޅު އުސޫލުތައް ބޭނުންކޮށްގެން މިއީ ދުވަހަކުވެސް ސާބިތުކުރެވިފައިވާ ކަމެއް ނޫންކަމަށާއި، އެއީ ކަނޑައެޅިގެން ސޫޑޯސައިންސް (ފޭކް ސައިންސް) އާއި ހުރާފާތްތަކެއް ކަމަށް އެ ފަރާތްތަކުން ދައުވާކުރެއެވެ. އެބޭފުޅުން ވައިރަސް ސިފަކުރަނީ ދިވެހިންގެ ތެރޭގައި ކުރީ ޒަމާނުގައި ކިޔައިއުޅުނު ކުޑަކުއްޖާ، ބަޑިފުރޭތަ، ނުވަތަ ރަންނަމާރި ފަދަ ޚިޔާލީ ވާހަކަތައް ގަބޫލުކޮށްގެން ބިރުން އުޅުން ފަދަ ކަމެއްގެ ގޮތުގައެވެ. ދިވެހި ތާރީޚަށް ބަލާއިރު، ރަންނަމާރީގެ ބިރުވެރިކަން ދައްކައިގެން އާންމު ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވައި ކޮންޓްރޯލް ކުރި ފަދައިން، މިއަދުވެސް ކިޔަވައިގެން ތިބި މީހުންނާއި ބޮޑެތި ކުންފުނިތަކުން “ވައިރަސް” ގެ ބިރު ދައްކަނީ އާންމު ރައްޔިތުންނަށް ބޭހާއި އެކި އުފެއްދުންތައް ވިއްކައި، މީހުން ކޮންޓްރޯލްކޮށް ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަށް ކަމަށް މި ފަރާތްތަކުން ތުހުމަތުކުރެއެވެ.
ތާރީޚަށް ބަލާއިރު، ފާނަބަސަނދު (ޗިކަންޕޮކްސް) އަދި ހިމަބިހި (މީޒަލްސް) ފަދަ ބަލިތަކަށް މީހުން ބޭނުންކޮށް އުޅުނީ ވިޓަމިން އޭ އަދި ވިޓަމިން ސީ އެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިއީ އަމިއްލައަށް ރަނގަޅުވާ، މާބޮޑު ނުރައްކަލެއް ނެތް އާދައިގެ ބަލިތަކެކެވެ. މިއަށް ބޭނުންވަނީ ހަމައެކަނި އަރާމުކުރުމާއި ދިޔާއެއްޗެހި ބުއިމެވެ.
މި ބަލިތަކުގައި އާންމުކޮށް ވާގޮތަކީ، ހަށިގަނޑުގައި ހުންނަ ވިޓަމިން އޭ ގެ މިންވަރު ހުސްވެގެން ދިޔުމެވެ. ސަބަބަކީ، ހަންގަނޑު މެދުވެރިކޮށް ހަށިގަނޑުގައި ހުރި މި ކުނިބުނިތައް ބޭރުކުރުމުގެ މަސައްކަތް (ނުވަތަ ޕްރޮގްރާމް) ހިންގުމަށް އެ ވިޓަމިން ބޭނުންކުރާތީއެވެ. އެހެންވެ، ވިޓަމިން އޭ މަދުވެގެންދެއެވެ. އެހެންކަމުން، ބަލީގެ ކުރީކޮޅުގައި ވިޓަމިން އޭ ދީފިނަމަ، ބަލި އަވަހަށް ފަސޭހަވެ، ބަލީގެ އަސަރު ވަރަށް ކުޑަވެ، އަދި އަލާމާތްތައް ވެސް ވަރަށް އާދައިގެ މިންވަރަކަށް ކުޑަވެގެންދެއެވެ. ކުރިން މިކަމަށް ފަރުވާދީ އުޅުނީ ހަމަ މިގޮތަށެވެ. އެއީ ހަމައެކަނި ވިޓަމިން އޭ، ވިޓަމިން ސީ، އަރާމުކުރުން، އަދި ދިޔާއެއްޗެހި ބޭނުންކުރުމެވެ. އަދި ހަންގަނޑަށް ކަމެއް ވާނަމަ، ހިރުވުން ފަދަ ކަންކަން ކުޑަކުރުމަށް އެއްޗެއް ބޭނުންކުރަނީއެވެ.
އެ ނޫން ގޮތަކަށް، މިކަމުގައި އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. މިއީ އަމިއްލައަށް ރަނގަޅުވާ ބައްޔެކެވެ. ބަލި އަމިއްލައަށް ފަސޭހަވެގެން ހިނގައިދާނެއެވެ. ކުރެވޭނެހާ ވެސް ކަމަކީ ވިޓަމިން އޭ އަދި ވިޓަމިން ސީ ބޭނުންކޮށްގެން ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ލުއިކުރުމެވެ. މިކަމާ ގުޅޭ ލިޔުންތައް (ޕަބްމެޑް) އިން ވެސް ފެންނަން ހުންނާނެއެވެ.
މިއީ ނަވާރަސްތޭކަ ވިހި، ތިރީސް އަދި ސާޅީހުގެ އަހަރުތަކުގައި މީހުންނަށް ވަރަށް ރަނގަޅަށް އެނގިފައި އޮތް ކަމެކެވެ. އޭގެ ފަހުން މިކަމަށް ދެމުން އައި ސަމާލުކަން ކުޑަވީއެވެ. ގަބޫލުކުރެވޭ ގޮތުގައި އޭގެ މައިގަނޑު ސަބަބަކީ ވެކްސިން ދިނުމުގެ ސިޔާސަތުތައް ތަޢާރަފުވުމެވެ. އެއަށްފަހު، މިކަމާ ގުޅޭ ގިނަ ދިރާސާތަކެއް ފަހުގެ އަހަރުތަކުގައި އަނެއްކާވެސް ކުރެވުނެވެ. އަދި ވިޓަމިން އޭ ބޭނުންކުރެވިދާނެކަމާއި، މި ބަލިތަކުގެ ނުރައްކާތެރިކަން ކުޑަކުރުމަށް އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރާކަން އެ ދިރާސާތަކުން ކަށަވަރުކޮށްދިނެވެ. – ޑރ. އަބޫ އިޔާޟް އަމްޖަދް ބިން މުޙައްމަދު ރަފީޤު (މެޑިސިނަލް ބަޔޯކެމިސްޓްރީން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. މެޑިސިނަލް ބަޔޯކެމިސްޓްރީގެ ތެރޭގައި ހިމެނެނީ ބޭސް ހަށިގަނޑަށް ވަންނަ ގޮތާއި، ހަށިގަނޑުގައި ފެތުރިގެންދާ ގޮތާއި، ހަށިގަނޑުގައި ބަދަލުވެގެންދާ ގޮތާއި، އަދި ހަށިގަނޑުން ބޭރުވެގެންދާ ގޮތްތައް ދިރާސާކުރުމެވެ. އަދި ބޭހުގެ ސަބަބުން ހަށިގަނޑުގެ މޮލެކިއުލަރ ފެންވަރުގައި އަންނަ ބަދަލުތައް ދެނެގަތުމެވެ. މީގެ އިތުރުން ބޭހުގެ އަސަރު ކުރާ ގޮތާއި، އޭގެ ނޭދެވޭ އަސަރުތައް ދިރާސާކުރުމާއި، އައު ބޭސްތައް ތަރައްޤީކުރުމަށް ބޭނުންވާ މޮލެކިއުލަރ އަދި ސެލިއުލަރ ފެންވަރުގެ މަޢުލޫމާތު ހޯދުން ހިމެނެއެވެ.)
މެޑިކަލް އެސްޓަބްލިޝްމަންޓް ނުވަތަ އަޅުގަނޑު މިހާރު ކިޔާ ގޮތުން ނަމަ “ޕެންޑެމިކް އިންޑަސްޓްރިއަލް ކޮމްޕްލެކްސް” އެވެ. ހަތިޔާރު އުފައްދާ ސިނާޢަތް ފަދައިން ބަލިމަޑުކަމުގެ ބޮޑު ސިނާޢަތެއް އެބަ އޮތެވެ. ހަތިޔާރު އުފައްދާ ސިނާޢަތުން ބޭނުންވާނީ ހަތިޔާރު ވިއްކަން ހަނގުރާމަ ގިނައިން ކުރުމެވެ. ހަމައެފަދައިން، ބަލިމަޑުކަމުގެ ބޮޑު ސިނާޢަތުން ބޭނުންވާނީ ފައިސާ ހޯދުމުގެ ބޭނުމުގައި، މުޖުތަމަޢުގެ ތެރޭގައި ބަލިތަކާއި ކެމިކަލްތައް ފަތުރައި، އޭގެ ހައްލެއްގެ ގޮތުގައި ވެކްސިންތައް ނެރެ ވިއްކުމަށެވެ. މެޑިކަލް އެސްޓަބްލިޝްމަންޓް އިން ވެސް ބުނަނީ ހިމަބިހީގެ ހާލަތްތަކުގައި ހަށިގަނޑުން ވިޓަމިން އޭ ވަރަށް ބޮޑަށް މަދުވެގެންދާ ކަމަށެވެ. އަދި ވިޓަމިން އޭ މަދުނަމަ ހިމަބިހީގައި ބޮޑުވަރުވާ ކަމަށާއި، ވިޓަމިން އޭ ދިނުމުން އަވަހަށް ރަނގަޅުވާ ކަމަށްވެސް ބުނެއެވެ. ވިޓަމިން އޭ މަދުވުމާއި ހިމަބިއްޔާ ގުޅުމެއް އޮތްކަމަށް ބެލެވޭތީ ޑަބްލިއުއެޗްއޯ އިން ވެސް މިކަމަށް ލަފާދެއެވެ.
އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ މިއީ ގޮހޮރާއި، އެހެނިހެން ގުނަވަންތަކާއި އަދި ވިހަ އެކި ކެމިކަލްތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. މީސްލްސް (ހިމަބިހި) ވައިރަސް އަކީ ހަމަ ކަނޑައެޅިގެން އޮޅުވާލުމެކެވެ. އެއީ އެ ވައިރަސް އެހެން އެއްޗެއްސާ މަސްހުނި ނުކޮށް ލެބޯޓްރީގައި ހޯދައި ދައްކާފައެއް ނުވެއެވެ. މުޅިންވެސް ހުރީ އެހެން ވިހަ ކެމިކަލާއި، އެކި ބަޔޮލޮޖިކަލް މާއްދާތައް އެއްކުރުމަށްފަހު ދައްކާފައި ހުރި ފޮޓޯތަކަކާއި، ކޮމްޕިއުޓަރު ގްރެފިކްސް ޑިޒައިންތަކެކެވެ. އެއީ ކޮމްޕިއުޓަރުން އުފައްދާފައިވާ ޚިޔާލީ މަންޒަރުތަކެކެވެ. ޑާވިންގެ ތިއަރީއަކީ ވެސް ހަމައެކަނި ތިއަރީއަކަށް ވާފަދައިންނެވެ. މިސާލަކަށް ހަށިގަނޑުގައި “ގަޓް-ސްކިން އެކްސިސް” (ގޮހޮރާއި ހަމުގެ ގުޅުން) އެއް ވެއެވެ. ގޮހޮރަށް ދިމާވާ މައްސަލަތަކުގެ އަސަރު ކުރާނީ ހަމަށެވެ. ހަމަކީ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނެވެ. މިސާލަކަށް، އެލާޖިކްވާ ފަދަ އެއްޗެއް ކެވިގެން ނުވަތަ ކާނާ ވިހަވުމުން ކުއްލިއަކަށް ހަމަށް ބަދަލުތަކެއް އައިސް ހަންގަނޑު ރަތްވާ ފަދައިންނާއި، ފުރަމޭ (ލިވަރ) އަށް މައްސަލައެއް ދިމާވުމުން ހަމުގެ ކުލަ ރީނދޫވާ ފަދައިން، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ދިމާވާ މައްސަލަތައް ބޭރަށް ފެންނާނީ ހަމުންނެވެ. ދިފާއީ ނިޒާމުގެ އިންފްލެމޭޝަން، ގޮހޮރުގެ ބެކްޓީރިއާ (ގަޓް ބެކްޓީރިއާ) ބެލެންސް ގެއްލުން، އަދި ނިއުޓްރިއެންޓްސް ހަށިގަނޑަށް ނުނެގުން ފަދަ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ހީވެސް ނުކުރެވޭހާ ބޮޑަށް ހަމަށް އަސަރުކުރެއެވެ. އެކްޒީމާ، މުލިހި (އެކްނީ)، ސޮރޯޔާސިސް، ޑަރމަޓައިޓިސް ފަދަ ބަލިތަކުގައި ހަމުގައި ފެންބިހި ނަގައި ކަހަނީ އެހެންވެގެންނެވެ. އެއީ ހަމުގެ މައްސަލައެއް ނޫނެވެ. އެއީ ގޮހޮރުގެ މައްސަލައެކެވެ. ގޮހޮރުގެ ދިފާޢު ހަލާކުވީއެވެ. ނުވަތަ އެހެން ގުނވަނެއްގެ މައްސަލައެވެ. ނުވަތަ ވިހަގަދަ މާއްދާއެއް ގޮހޮރު ފޫއަޅުގައި ލެއަށް ދިއުމެވެ. ލެއިން ހަމަށް ދިއުމެވެ. ބައެއް ސޫފި ހެފުމާއި، ކާނާގައި ހުންނަ ލެޑް އަދި މަރކިއުރީ ފަދަ ކެމިކަލްތަކުގެ ސަބަބުން ގޮހޮރަށް ބަދަލުތަކެއް އައިސް، އޭގެ ނަތީޖާ ހަމުގެ މައްސަލައެއްގެ ގޮތުގައި ފެންނަނީއެވެ. ހަޤީޤަތުގައި ހަރުފަ ވިހަ ވިއްކައިގެން އުޅޭ މިޒަމާނުގެ މި ސިނާޢަތުގެ އެންމެ އަޑީގެ ވެރިންނަށް މިއީ ކޮން ވިހަ ކެމިކަލަކުން ކިހިނެއްވާ އެއްޗެއްކަން ވަރަށް ރަނގަޅަށް އެނގުމަކީ ވަރަށްވެސް ކައިރި ޙަޤީޤަތެކެވެ. އެމީހުން މުޖުތަމަޢަށް ޑީޑީޓީ ޖަހައި މީހުން ވާކޮށް ވެކްސިން ނެރެ ވިއްކި ފަދައިންނެވެ.
މީގައިވާ މައިގަނޑު ދައުވާތަކަކީ ބައިނަލްއަޤްވާމީ ޞިއްޙީ ޞިނާޢަތާއި، “ޕެންޑެމިކް އިންޑަސްޓްރިއަލް ކޮމްޕްލެކްސް” (ބަލިމަޑުކަމުގެ ސިނާޢީ ނިޒާމު) ގެ ވިޔަފާރީގެ ވާހަކަތަކާއި މުޅިން ޚިލާފު ވާހަކަތަކެކެވެ. އެބޭފުޅުން ދަޢުވާކުރަނީ ޒަމާނީ ބަޔޮލޮޖީއާއި ބޭސްވެރިކަމުގައި ވައިރަސްތައް ހުރިކަން ވަނީ ޢަމަލީގޮތުން ދެނެގަނެވިފައިވާ އެއްޗެއްކަމުގައި އެމީހުން ބުނެއެވެ. އެމީހުން ބުނަނީ މިއީ ސައިންޓިފިކް ޙަޤީޤަތްތަކާ ޚިލާފު ފިކުރެއްކަމުގައެވެ. ނަމަވެސް، މެޑިކަލް އެސްޓަބްލިޝްމަންޓް (ޞިއްޙީ ނިޒާމު) އާމެދު ހުރި މިފަދަ ތަފާތު ޚިޔާލުތަކަށް ސިކުނޑި ހުޅުވާލައިގެން ތިބުމަކީ މުހިންމު ކަމެކެވެ. އޭގެ ތެރެއިންވެސް، ތިމާގެ ޞިއްޙަތަށް ސީދާ ގެއްލުމެއް ނުވާނަމަ، އަބަދުވެސް ރަށުގެ ނުވަތަ ޤައުމުގެ ޞިއްޙީ އިދާރާތަކުން ލަފާދޭ ގޮތް އިޚްތިޔާރުކުރާށެވެ. އަދި އެއްވެސް ކަމަކުން ތިމާއަށް ޒާތީގޮތުން ގެއްލުމެއް ވާނަމަ، އެހެން މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އެކަމެއް އިޚްތިޔާރު ނުކުރާށެވެ. އަބަދުވެސް ގެއްލުންދެނިވި ކަންކަމާ ދުރުހެލިވާށެވެ.
ތަފާތު ޞިއްޙީ ފިކުރުތަކާއި ބޭސްވެރިކަމުގެ އެކި ނަޒަރިއްޔާތައް ދިރާސާކޮށް އުނގެނުމަކީ ތިބާއަށް އޮތް ނުރައްކަލެއް ނޫނެވެ. ހޭލުންތެރި، ތަޢުލީމީ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެއް ކަމަކާ މެދު ތަފާތު އެތައް ގޮތަކަށް ވިސްނައި، ހުރިހާ ފަރާތްތަކެއްގެ ދަލީލުތައް ހޯދައި ބެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މެޑިކަލް ދާއިރާގެ ބާރާއި ނުފޫޒުއޮތް ފަރާތްތަކުން ގަބޫލުކުރާ މައިގަނޑު އުސޫލުތަކުގެ ބޭރުން، އެހެނިހެން ފިކުރުތަކާއި ބަދަލު ފަރުވާތަކުގެ ފައިދާތައް ދެނެގަތުމަށް މަސައްކަތްކުރުމަކީ ވިސްނުން ތަނަވަސްކޮށްދޭނެ ކަމެކެވެ.
މަޞްދަރު: Bithufangi
Reference: What Virologists Do Simplified – https://abuiyaad.com/sn/virus-omelette
މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.
ކޮމެންޓްތައް
0