ބިލިއަނަރުންތަކެއް އިސްވެ ހިންގި ކޮވިޑް-19 އިގެ ބައިނަލްއަޤްވާމީ ޞިއްޙީ އިސްތިޢުމާރީ ހަރަކާތާއެކު، ދުޅަހެޔޮ މީހުންނަށް މާސްކު އެޅުން މަޖުބޫރު ކުރަން ފެށުމާއެކު، އެތައް ޑޮކްޓަރުންނާއި ސައިންސްވެރިންނެއް ވަނީ އޭގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ ނުރައްކާތަކާ ގުޅޭގޮތުން އޭރުވެސް އިންޒާރު ދެއްވާފައެވެ.
އެހެންނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ ބަދަލުގައި، ޞިއްޙީ ދާއިރާގެ މުހިންމު ސިއްރުތަކެއް ފޮރުވައި، ޙަޤީޤަތް އޮޅުވައިލުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު، މީގެ 15 ނުވަތަ 20 އަހަރު ކުރިން ނުފޫޒުގަދަ މީޑިއާތަކުންނާއި މީޑިއާ ރެގިއުލޭޓްކުރާ އިދާރާތަކުން “ކޮންސްޕިރަސީ ތިއަރީ” އެއްގެ ގޮތުގައި ސިފަކޮށް ދޮގުކުރި، ގޭޓްސް ފަދަ މަހުޖަނުންގެ ކުޑަކުދިންގެ ޖިންސީ ވިޔަފާރީގެ “ޕިއްޒާ ގޭޓް” ފަދަ ހާދިސާތަކުގެ ޙަޤީޤަތް، މި ފައިލުތައް ހާމަވުމާއެކު މިހާރު ވަނީ ހަޤީޤަތެއްކަން ކަށަވަރުވެފައެވެ.
ކޮވިޑަކީ ބައިނަލްއަޤްވާމީ ޞިއްޙީ ‘މާފިޔާ’ ވިއުގައެއްގެ ވިޔަފާރި މަޞްލަޙަތުތައް ކުރިއެރުވުމަށްޓަކައި، ‘އިޖުތިމާޢީ އިންޖިނިއަރިން’ އެއްގެ ގޮތުގައި ދުރާލާ ރާވައިގެން ހިންގި އޮޕަރޭޝަނެއްކަން މިހާރު ދަނީ ދުވަހުން ދުވަހަށް ހާމަވަމުންނެވެ. ޚާއްޞަކޮށް ޖެފްރީ އެޕްސްޓީންގެ ފައިލްތަކުން ފެންމަތިވި މަޢުލޫމާތުތަކާއެކު، މި ރޭވުންތެރިކަމުގެ ބިރުވެރިކަން ވަނީ ރައްޔިތުންނަށް އިތުރަށް ސާފުވެފައެވެ. މި ހާމަވި މަޢުލޫމާތުތަކުން ބިލް ގޭޓްސް ފަދަ ނުފޫޒުގަދަ ވިޔަފާރިވެރިންނާއި، ޞިއްޙީ ދާއިރާގެ ނަމުގައި ހިންގާ ބޮޑެތި ޖަރީމާތަކާ އޮތް އަނދިރި ގުޅުން ވަނީ ދުނިޔެއަށް ތިލަވެފައެވެ.
މިކަމުގެ ހެއްކެއްގެ ގޮތުން، 26 ޖުލައި 2011 ވަނަ އަހަރު އެޕްސްޓީން ފޮނުވި މެއިލްގައިވަނީ، “މިއީ ބިލް ގޭޓްސްއަށް ވެކްސިންގެ ވިޔަފާރިން އިތުރު މަންފާ ހޯދައިދިނުމަށްޓަކައި، ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް“ ކަމަށެވެ. އަދި 2015 ވަނަ އަހަރު އޭނާ ބިލްގޭޓްއާއި ގުޅުވައި ފޮނުވި މެއިލްގައި، “އާލަމީ ވަބާތަކަށް ތައްޔާރުކުރުމާ” ގުޅޭގޮތުން ލިޔެފައިވެއެވެ. އެ މެއިލްގައި އިތުރަށް ބަޔާންކޮށްފައިވަނީ، “ދެން ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރަމާ ހިނގާށެވެ. މިސާލަކަށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ސީ.ޑީ.ސީ ފަދަ އިދާރާތައް ރަސްމީ ހައިސިއްޔަތުން މިކަމުގައި ބައިވެރިކުރެވޭނެ ގޮތްތަކާ މެދު ވާހަކަދެއްކިދާނެ” ކަމަށެވެ. މީގެ އިތުރުން “އަޅުގަނޑު އުންމީދު ކުރަނީ މި މަސައްކަތް (އެބަހީ: ޞިއްޙީ އިސްތިއުމާރީ ކޮވިޑް-19 ހަރަކާތް؟) ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް” ވެސް އެ މެއިލްގައި ފާހަގަކޮށްފައިވެއެވެ.
ޞިއްޙަތު ސަލާމަތުން ތިބި މީހުން މާސްކު އެޅުވުމުން ލިބިދާނެ ގެއްލުންތައް ބަޔާންކޮށް 5 ޖޫން 2020 ގައި ޑަބްލިއުއެޗްއޯ އިން ދީފައިވާ އިރުޝާދު ލިޔުމުގައި (1) އަންނަނިވި ކަންތައްތައް މާސްކު އެޅުމުގެ ގެއްލުމުގެ ގޮތުގައި ލިޔެފައިވެ އެވެ.
| # | މާސްކު އެޅުމުގެ ގެއްލުން – ޑަބްލިއުއެޗްއޯ |
|---|---|
| 1 | މާސްކު އެޅުމުގެ ސަބަބުން ބޮލުގައި ރިހުން އަދި ބޭނުންކުރާ މާސްކުގެ ބާވަތުން ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވުން. |
| 2 | ގިނަ ވަގުތު މާސްކު އަޅައިގެން އުޅުމުގެ ސަބަބުން މޫނުގެ ހަންގަނޑުގެ ޓިޝޫތަކަށް ގެއްލުންވުމާއި، ހަންގަނޑު ރައްކާތެރިކޮށްދޭ ބޭރު ފަށަލަ ހަލާކުވުން (އިރިޓެންޓް ޑާމަޓައިޓިސް)، އަދި އޮށާޅަ ނުވަތަ އެކްނީ އިތުރަށް ގޯސްވުން. |
| 3 | ރައްކާތެރިވެފައިވާ ކަމުގެ ދޮގު ހީއެއް ނުވަތަ ވަހުމީ ސަބަބެއް (ފޯލްސް ސެންސް އޮފް ސެކިއުރިޓީ) އުފެދި، އޭގެ ސަބަބުން ބަލިމީހުންނާ އޮންނަންޖެހޭ ގައިދުރުކަމާއި އަތްދޮވުން ފަދަ މުހިންމު ކަންކަމަށް ދޭ ސަމާލުކަން ކުޑަވުން. |
| 4 | މޫނުގައި އިންނަ މާސްކާ ކުޅެ، ލޮލުގައި އަތް އުނގުޅުމުގެ ސަބަބުން އަމިއްލައަށް ބަލިޖެހުމުގެ (ސެލްފް-ކޮންޓަމިނޭޝަން) ފުރުޞަތު ބޮޑުވުން. |
| 5 | މެޑިކަލް މާސްކު ނޫން މާސްކުތައް ގަވާއިދުން ބަދަލުނުކޮށް ބޭނުންކުރާނަމަ، ބެކްޓީރިއާ އާއި ފަންގަސް ފަދަ ޖަރާސީމުތައް އާލާވާ ހާއްޔަކަށް މާސްކު ބަދަލުވުން. |
| 6 | ނަފްސާނީ ބަލިތައް ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވިސްނުމުގެ ދަތިކަން ހުންނަ ފަރާތްތަކާއި، އަސްތަމާ އަދި ނޭވާލާން އުނދަގޫވާ މީހުންނަށް މާސްކު އަޅައިގެން އުޅުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުން. |
| 7 | އެކަކު އަނެކަކާ ސާފުކޮށް މުޢާމަލާތްކޮށް ވާހަކަދެއްކުމަށް ހުރަސްތަކެއް ކުރިމަތިވުން. |
| 8 | މާސްކު އެޅުމަކީ ޢާންމު ދިރިއުޅުމުގައި ބޮޑު އުނދަގުލަކަށްވުން. |
އަދި މި ލިޔުމުގައި ޑަބްލިއު އެޗްއޯއިން ބުނެފައިވަނީ “މުޖްތަމަޢުގައި ޞިއްޙަތު ޞަލާމަތުންތިބި އަފްރާދުން އެއްވެސް ތަފާތުކުރުމެއް ނެތި މާސްކު އެޅުވުމާއި ގުޅިގެން (ކޮވިޑް ކިޔާ ވަހުމީ ބަލިން) ރައްކާތެރިވާނެ ކަމުގެ މައްޗަށް ތާއީދުކޮށް ސީދާ ސައިންސުގެ ފެންވަރު ރަނގަޅު އެއްވެސް ހެއްކެއް ނެތް” ކަމުގަ އެވެ. އެހެނަސް، މާސްކު މަޖުބޫރު ކުރީ ކީއްވެ ކަމެއް ނޭނގެ އެވެ. (2)
އިޓަލީގެ ހެލްތު މިނިސްޓަރުގެ ސައިންޓިފިކް އެޑްވައިސަރ އަދި ޑަބްލިއު.އެޗް.އޯގެ އެގްޒިކިޓިވް ބޯޑްގެ މެންބަރ ޕްރޮފެސަރ ވޯލްޓަރ ރިޗިއާޑީ ވެސް ވަނީ “ސާޖިކަލް މާސްކުން ކޮވިޑް-19 ބަލި ޖެހުމުން ރައްކައުތެރިކޮށް ނުދޭ” ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން، އެމެރިކާގެ ކޮވިޑް-19 ލީޑަރު އެންތޮނީ ފައުޗީ 8 މާރޗް 2020 ގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، “މާސްކު އަޅައިގެން މަގުމަތީގައި ހިގައި އުޅެގެން ނުވާނެ. މާސްކު އަޅައިގެން ހިގައި އުޅުމުގެ މާނައެއް ނެތް” ކަމަށެވެ. އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، “ބަލިމަޑުކަމުން ރައްކާތެރިވާނެކަމަށް މީހުން ހީކުރާހާ ފުރިހަމަ ރައްކާތެރިކަމެއް އެއިން ފޯރުކޮށް ނުދޭ. ގިނަ ފަހަރު، ނޭދެވޭ އެތަކެއް ކަމެއް އެއިން މެދުވެރި ކުރޭ. މީހުން ތިބެނީ އަބަދުމެ މާސްކާ ކުޅެލަ ކުޅެލާ. މޫނުގައި އަތް ކާއްތާލަ ކާއްތާލާ” އެވެ. (3)
ޖަރުމަނުގެ މަޝްހޫރު ވައިރޮލޮޖިސްޓް ޕްފެސަރ ހެންޑްރިކް ސްޓްރީކް ވެސް ވަނީ މާސްކު އެޅުމާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި “މާސްކް އަކީ ބެކްޓީރިއާ އަދި ފަންގަސް އުފެދުމަށް އޮތް ހާއްޔެއް” ކަމަށާއި، މިކަމާ ދެކޮޅަށް ދެވުނު އިންޒާރުތައް މިހާރުވެސް ދަމަހައްޓަންޖެހޭނެ ކަމަށެވެ.
| “މާސްކް އަކީ ބެކްޓީރިއާ އަދި ފަންގަސް އުފެދުމަށް އޮތް ހާއްޔެއް. ޕެންޑެމިކް (ޔަޢުނީ: ކޯވިޑް އޮޅުވާލުމުގެ) ގެ ކުރީކޮޅުގައި މާސްއެޅުމާ ދެކޮޅަށް ދިން އިންޒާރުތައް މިހާރުވެސް އޮންނަންޖެހޭނެ” |
|---|
| – ޕްފެސަރ ހެންޑްރިކް ސްޓްރީކް |
އަޞްލު: 13 ސެޕްޓެންބަރ 2020

