ބީ.އެމް.ޖޭ ގެ ހައިރާންކުރުވަނި ދިރާސާއެއް: 47 ޤައުމަކުން ރިޕޯޓްކުރި 3 މިލިއަން އިތުރު މަރު، ކޮވިޑް ވެކްސިނާ ގުޅުންހުރިކަމަށް ބެލެވެނީ

“ޕެންޑެމިކް އިންޑަސްޓްރިއަލް ކޮމްޕްލެކްސް” (ބަލިމަޑުކަމުގެ ސިނާޢީ ނިޒާމު) އަކީ ބޮޑެތި ބޭސް ކުންފުނިތަކާއި، ނުފޫޒުގަދަ މީޑިއާތަކާއި، ޓެކްނޮލޮޖީ ކުންފުނިތަކުގެ ބާރު އެއްކޮށްލާފައިވާ ކަނޑައެޅިގެން ރޭވިފައިވާ ނިޒާމެކެވެ. މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO)، ސީ.ޑީ.ސީ (CDC)، އަދި އެފް.ޑީ.އޭ (FDA) ފަދަ މުއައްސަސާތައް ކޮންޓްރޯލްކޮށް، ހުޅަނގުގެ ބާރުގަދަ ޤައުމުތަކުގެ ސިޔާސަތު ކަނޑައަޅާ މުހިންމު މަޤާމުތަކަށް އެމީހުންގެ މަންދޫބުން ވަނީ އައްޔަނުކޮށްފައެވެ. މި ނުފޫޒުގެ ބޭނުންކޮށްގެން އެހެން ޤައުމުތަކުގެ ނިންމުންތަކަށް ބާރުފޯރުވައެވެ.

މިއީ ހަމައެކަނި “ކޮންސްޕިރަސީ ތިއަރީ” އެއް ނޫނެވެ. ނަމަވެސް، މިއީ އެކަޑެމިކް ދާއިރާތަކުގައި ދިރާސާކުރެވި، ލިޔެވިފައިވާ ޙަޤީޤަތެކެވެ. މާލީ މަންފާއާއި ފޭރުމުގެ ބޭނުމުގައި، ބަލިމަޑުކަން އޮޅުވާލުމާއި ނުވަތަ އޮންނަ މިންވަރަށްވުރެ ބޮޑުކޮށް ދެއްކުމަކީ ފާއިތުވި ސަތޭކައެއްހާ އަހަރުގެ ތެރޭގައި ހިނގަމުން އަންނަ ކަމެކެވެ. މިކަން ކުރެވެނީ ބަލިތަކާ ގުޅޭގޮތުން ހެދިފައިވާ ސައިންޓިފިކް ނޫން (pseudoscientific) ނަޒަރިއްޔާތަކުގެ އެހީގައެވެ. މީގެ ތެރެއިން އެންމެ ބޮޑު އޮޅުވާލުމަކީ “ޑާވީނިއަން ވައިރޮލޮޖީ” އެވެ. [1]

“މީސްތަކުންގެ މައްޗަށް މަކަރުވެރިކަން ހިންގުމަށްޓަކައި އެމީހުން ބޭނުންކުރާ އެއް އުސޫލަކީ، ކޮމްޕިއުޓަރ ސިމިއުލޭޝަންތަކާއި ހިސާބު އިލްމުގެ މޮޑެލްތައް ބޭނުންކޮށްގެން، އެމީހުންގެ އިންޖެކްޝަންތަކުން އެތައް މިލިއަން ފުރާނައެއް ސަލާމަތްކުރި ކަމަށް ދައުވާކުރުމެވެ. ހަމަ އެފަދައިން، ޚިޔާލީ ވައިރަހަކުން އެތައް މިލިއަން ބަޔަކު މަރުވާނެ ކަމަށް ބުނެ ބިރުދެއްކުމަށްވެސް ބޭނުންކުރަނީ މިފަދަ މޮޑެލްތަކެވެ. މިއީ އެއްވެސް ޙަޤީޤީ ސައިންސެއް ނޫނެވެ. ނަމަވެސް، މި ދޮގުތައް ޢިލްމީ މަޖައްލާތަކުގައި ޝާއިޢުކުރަނީ “ސިޙްރުލް ބަޔާން” (ބަހުގެ ސިޙުރުވެރިކަން) ބޭނުންކޮށްގެން މީހުންނަށް އޮޅުވާލުމަށާއި، ބިރުވެރިކަމުގެ ތެރެއަށް މީހުން ވައްދައި، ނަފްސާނީ ގޮތުން މީހުންގެ ވިސްނުމާ ކުޅުމަށެވެ.

“އާ ވޭރިއަންޓެއް ނެރެގެން މީހުން ބިރުގަންނަވާލަމާ ހިނގާ!” — މިއީ އިނގިރޭސިވިލާތުގެ ކުރީގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް، ލީކުވެފައިވާ ވަޓްސްއެޕް މެސެޖުތަކެއްގައި  [2]ވިދާޅުވެފައިވާ ވާހަކައެކެވެ.

ލަސްލަހުން ނަމަވެސް، މިހާރު މިވަނީ މި ހުރިހާ ދޮގުތަކެއް ފަޅާއަރަން ފަށާފައެވެ. އެކްސްޕެރިމެންޓަލް mRNA ޖީން ތެރަޕީ އިންޖެކްޝަންތަކުގެ ސަބަބުން ލިބުނު ގެއްލުންތައް މިހާރު ދަނީ މައިގަނޑު މީޑިއާތަކަށް ފެންމަތިވަމުންނެވެ. ނެދަލޭންޑްސްގެ ދިރާސާއަކަށް [3] ރިޢާޔަތްކޮށް “ޓެލެގްރާފް” [4] ނޫހުން ދާދި ފަހުން ވަނީ މިކަމުގެ ތަފްޞީލު ހާމަކޮށްފައެވެ.

“އެމްސްޓަޑަމްގެ ވްރީޖް ޔުނިވަރސިޓީގެ ދިރާސާވެރިންތަކެއް (މޮސްޓާޓް އާއި އެހެން ބޭފުޅުން) BMJ Public Health މަޖައްލާގައި ޝާއިޢުކުރި ދިރާސާއެއްގައި [5] ބުނެފައިވަނީ: “ކޮވިޑް ވެކްސިންތަކަކީ އިތުރުވަމުންދާ ކުއްލި މަރުތަކަށް (excess deaths) މަގުފަހިވި ސަބަބަކަށް ވެދާނެ” ކަމަށެވެ.

މި ދިރާސާވެރިން ވަނީ 47 ޤައުމެއްގެ މަރުގެ ރިޕޯޓްތައް ދިރާސާކޮށްފައެވެ. މި ދިރާސާގައި ބަލާފައިވަނީ 2020 އިން 2022 އަށް މަރުވި މީހުންގެ އަދަދަށެވެ. އާންމު ހާލަތެއްގައި މަރުވާނެ ކަމަށް ލަފާކުރާ އަދަދު (baseline) ބެލުމަށްޓަކައި 2015 އިން 2019 އަށް ހުރި ތަފާސްހިސާބުތަކަށް ވަނީ ރިޢާޔަތްކޮށްފައެވެ.

މި ދިރާސާއަކީ ދުނިޔޭގެ ފެންވަރުގައި އިތުރުވަމުންދާ މަރުތަކުގެ [6] މައްސަލައަށް ބަލާފައިވާ މަދު ދިރާސާތަކުގެ ތެރެއިން އެކެކެވެ. މިއީ ސަރުކާރުތަކާއި މީޑިއާތަކުން މިހާތަނަށް އަޅާނުލާ ދޫކޮށްލާފައިވާ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

އަދި “ރައްކާތެރި އަދި ފައިދާހުރި” އެއްޗެއްގެ ގޮތުގައި އިޝްތިހާރުކުރި ކޮވިޑް-19 ވެކްސިނާ ދިމާލަށް އިނގިލި ދިއްކުރަން ކެރުނު މަދު ދިރާސާތަކުގެ ތެރެއިން މި ދިރާސާ ހިމެނެއެވެ. ވެކްސިނުން “20 މިލިއަން ފުރާނަ ސަލާމަތްކުރި” [7]ކަމަށް ބުނާ ދަޢުވާއަކީ ހަމައެކަނި ހިސާބު އިލްމުގެ މޮޑެލްތަކެއްގެ މައްޗަށް ބިނާކޮށް ކުރާ ދަޢުވާއެކެވެ.

ދިރާސާވެރިން ވަނީ ވެކްސިނަށްފަހު ދިމާވާ ނުރައްކާތެރި ޞިއްޙީ މައްސަލަތައް (adverse events) ފާހަގަކޮށްފައެވެ. މިސާލަކަށް ފްރައިމަންގެ ދިރާސާއިން [8] ދައްކާގޮތުގައި، ފައިޒާ (Pfizer) ވެކްސިން ޖެހި ގްރޫޕުގައި ނުރައްކާތެރި ޞިއްޙީ މައްސަލަތައް ދިމާވުމުގެ ފުރުޞަތު %36 އިތުރެވެ. އަދި މޮޑާނާ (Moderna) ވެކްސިންގައި މި ނުރައްކާ %6 އިތުރެވެ.

އިންފްލުއެންޒާ ވެކްސިނާ އަޅާބަލާއިރު، ކޮވިޑް ވެކްސިންގެ ސަބަބުން ހިތުގެ ބަލިތަކާއި، ލޭ ގަނޑުވުމާއި، ލޭ ފޭބުމާއި، ގޮހޮރުގެ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ބޮޑުކަންވެސް ވަނީ ފާހަގަކޮށްފައެވެ. [9]

މީގެ އިތުރުން، ޖަރުމަނުވިލާތުގައި “2021 އެޕްރީލް އިން ފެށިގެން” ކުއްލި މަރުތައް އިތުރުވާން ފެށިކަން އެހެން ދިރާސާއަކުން [10]ދައްކައެވެ. އެ ދިރާސާގައި ބުނެފައިވަނީ 2021 ގެ ބަހާރު މޫސުމުގައި ކޮންމެވެސް ކަމެއް ހިނގައިފި ކަމަށާއި، އޭގެ ސަބަބުން މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް މަތިވެފައިވާ ކަމަށެވެ.”

އާދެ، 2021 ގެ ބަހާރު މޫސުމުގައި ހިނގީ ކޮންކަމެއް ހެއްޔެވެ؟

  • ބުރާސްފަތި، 06 ޖޫން 2024

އެއީ ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެންމެ ފުޅާދާއިރާއެއްގައި “ޖީން ބޭސްޑް” (gene-based) އިންޖެކްޝަންތައް ދޭން ފެށި ދުވަސްވަރު ނޫންތޯއެވެ؟


[1] https://abuiyaad.com/a/darwinian-virology

[2] https://abuiyaad.com/assets/images/telegraph-hancock-deploy-variant-screenshot.png

[3] https://www.telegraph.co.uk/news/2024/06/04/covid-vaccines-may-have-helped-fuel-rise-in-excess-deaths/#:~:text=Researchers%20from%20The%20Netherlands%20analysed,of%20vaccines%20and%20containment%20measures

[4] https://abuiyaad.com/n/covid-jabs-excess-deaths

[5] https://bmjpublichealth.bmj.com/content/2/1/e000282?rss=1#abstract-1

[6] https://www.soniaelijah.com/p/debate-in-parliament-ignites-over

[7] https://www.gavi.org/vaccineswork/covid-19-vaccines-have-saved-20-million-lives-so-far-study-estimates?gad_source=1&gclid=EAIaIQobChMIgMD1q9vBhgMVpphQBh204gcxEAAYASAAEgLFYfD_BwE

[8] https://www.sciencedirect.com/science/article/pii/S0264410X22010283?via%3Dihub

[9] https://www.frontiersin.org/journals/public-health/articles/10.3389/fpubh.2021.756633/full?fbclid=IwAR2d34yOhwMYEVR0vymkrGH-iC0vLTRdDblVWndicqUQu-pXOp7qUUrPtE4

[10] https://assets.cureus.com/uploads/original_article/pdf/149410/20230626-18966-49ysst.pdf

Leave a Reply