
ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރީގެ ސަރުކާރުން ކަންކަން މެނޭޖުކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ބާރުގަދަ ބަޔާނެއް ދެއްވާފައެވެ. ޝުޖާއު ވިދާޅުވި ގޮތުގައި، ކޮވިޑް ތެރޭގައި ކަންކަން ބަލަހައްޓައި މިސްމެނޭޖުކުރުމުގެ ސަބަބުން މުޅި ގައުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުވެގެން ގޮސްފައެވެ.
“ކޮވިޑު ތެރޭ ކޮންކަމެއް ކުރީ؟ ކޮވިޑު ތެރޭގަ މިސްމެނޭޖުކޮށްގެން މުޅި ގައުމުގަ ރައްޔިތުންތަކެއް މަރުވެގެން ދިޔައީ. އިންޖެކްޝަންތަކެއް ތަޅާލީ (ގަދަކަމުން ޖެހީ) ރައްޔިތުންގެ ގަޔަށް. ވާނުވާނެނގޭ (އިންޖެކްޝަންތަކެއް). މިހާރު ދުނިޔޭގެ ޖަމްޢިއްޔާތަކުން އެ ވިދާޅުވަނީ އެއީ އެހެން ކަހަލަ ވެކްސިނެކޭ. އަޅުގަނޑުމެން ދެންނެވީމޭ ތި ޖަހާ ވެކްސިންގެ ރައްކާތެރިކަން ބަލާދޭށޭ. ކިހިނެތްތޯ ހަމަ ޖަހާލާ ރައްޔިތުންތަކެއް މަރުވެގެން ދިޔައީ މި ގައުމުން. މީ ކުރި މަސައްކަތަކީ އިއްޒަތްތެރި ރައީސް.”

މެންބަރު ޝުޖާއު ފާހަގަކުރެއްވި ފަދައިން، ރާއްޖޭގެ ރަސްމީ މަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ އެޕްރީލް މަހު ފައިޒާ ވެކްސިން ޖަހަން ފެށި ފަހުން ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް މައްޗަށް ގޮސްފައެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖޭގައި މަހެއްގެ މައްޗަށް މަރުވަނީ އެވްރެޖްކޮށް 100 އެއްހާ މީހުންނެވެ. ނަމަވެސް، ވެކްސިން ކެމްޕޭނަށްފަހު މި އަދަދުތައް ވަނީ މީގެ ކުރިން ދުވަހަކުވެސް މަތްނުވާ ވަރަށް އުފުލިފައެވެ.
މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައިވެސް ރާއްޖޭގައި މަހެއްގެ މައްޗަށް މިހާ ގިނަ އަދަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ.
ވެކްސިން ނުޖަހާ އޮތް 2020 ވަނަ އަހަރު، ރާއްޖޭގައި މަރުވީ ޖުމްލަ 1,275 މީހުންނެވެ. މިއީ އާންމު އަހަރުތަކަށްވުރެވެސް ދަށް އަދަދެކެވެ. ނަމަވެސް، 2021 ވަނަ އަހަރު ރައްޔިތުންގެ ގަޔަށް ވެކްސިން ޖަހަން ފެށުމާއެކު، އަހަރީ މަރުގެ ޖުމްލަ އަދަދު ވަނީ 1,552 އަށް އުފުލިފައެވެ. މިއީ އާންމުކޮށް އަހަރަކު މަރުވާ 1,300 މީހުންގެ އެވްރެޖަށްވުރެ މާ މަތީ އަދަދެކެވެ.
މި ހިސާބުތަކުން އެނގެނީ، ރައްޔިތުންގެ ގަޔަށް ރައްކާތެރިކަން ކަށަވަރުނުވާ ވެކްސިންތަކެއް ޖެހުމަށް މަޖުބޫރުކުރުމުގެ ނަތީޖާ ވަރަށް ހިތްދަތިވިކަމެވެ. މެންބަރު ޝުޖާއު މަޖިލީހުގައި މި އުފުއްލެވީ މަރުވި އެތައް ރައްޔިތުންނެއްގެ ހައްގުގައި ހަގީގީ ކަންބޮޑުވުމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَنْفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ﴾
[سورة البقرة: ١٩٥]
“އަދި ތިޔަބައިމީހުން ﷲ ގެ މަގުގައި ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި ތިޔަބައިމީހުން އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
ދިވެހި ރައްޔިތުންގެ ގަޔަށް މި ކޮވިޑް އިންޖެކްޝަންތައް ޖެހުން މަޖުބޫރުކުރުވުމުގައި ޒިންމާވާ އެންމެހައި ފަރާތްތަކަށް، އެމީހުންނަށް ޙައްޤުވާ ޖަޒާ ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާކުރަމެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މި ވެކްސިންތައް ޖެހުމުގެ ހުއްދަ ދިނީ ކޮންމެ ފަރުދެއްގެވެސް ފުރިހަމަ ރުހުމާއި އަމިއްލަ އިޚްތިޔާރުގެ ދަށުން ކަމަށްވާއިރު، އެޗްޕީއޭ ގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ ދައުލަތުގެ ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ދިވެހި ރައްޔިތުންނަށް މި ވެކްސިންތައް ޖެހުން މަޖުބޫރުކުރުވާފައެވެ. އޭނާއަށްވެސް އެކަމުގެ ޙައްޤުވާ ބަދަލު ދެއްވުމަށް އެދި ދުޢާކުރާ ހާލު، ވެކްސިން ޖެހިފަހުން ހިނގައިދިޔަ މި ހިތްދަތި މަރުތަކުގެ މިނިވަން އަދި ފުރިހަމަ ތަޙުޤީޤެއް ވަގުތުން ހިންގުމަށް ގޮވާލަމެވެ. والله المستعان!
މީސްތަކުންގެ މެދުގައި ހިނގާފައިވާ ޙައްޤުތަކާއި އަނިޔާވެރިކަމުގެ ތެރެއިން، ﷲ ގެ ހަޟްރަތުގައި އެންމެ ފުރަތަމަ އިންޞާފު ގާއިމުކުރެވި ނިޔާ ކަނޑައެޅޭނެ ކަމަކީ، ނުހައްޤުން ލޭ އޮހޮރުވުމުގެ މައްސަލަތަކެވެ.
ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވެއެވެ.
أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ الْقِيَامَةِ فِي الدِّمَاءِ
މާނައީ: “ޤިޔާމަތް ދުވަހުން މީސްތަކުންގެ މެދުގައި އެންމެ ފުރަތަމަ ނިޔާކަނޑައެޅި (ޙިސާބުބެލެވޭނެ) ކަމަކީ ލޭއޮހޮރުވުމުގެ (މީހުން މެރުމުގެ) މައްސަލަތަކެވެ.”
- ޞައްޙަ މުސްލިމް (1678)؛ އަދި މިއާ ގާތް މާނައެއްގެ ލަފްޒެއް ޞައްޙަ ބުޚާރީގައި (6864)
ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވެއެވެ.
މަރުވި މީހާ އޭނާގެ ހައްގު ހޯދުމަށްޓަކައި ޤިޔާމަތް ދުވަހު ގާތިލު (ނުވަތަ އެކަމަށް ސަބަބުވެރިވި ފަރާތް) ﷲ ގެ ކުރިމައްޗަށް ހާޒިރުކުރާނެ ބިރުވެރި ގޮތް ބަޔާންކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ.
“عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ يَجِيءُ الْمَقْتُولُ بِالْقَاتِلِ يَوْمَ الْقِيَامَةِ نَاصِيَتُهُ وَرَأْسُهُ بِيَدِهِ وَأَوْدَاجُهُ تَشْخُبُ دَمًا يَقُولُ يَا رَبِّ هَذَا قَتَلَنِي حَتَّى يُدْنِيَهُ مِنَ الْعَرْشِ ” . قَالَ فَذَكَرُوا لاِبْنِ عَبَّاسٍ التَّوْبَةَ فَتَلاَ هَذِهِ الآيَةََ: (وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَآؤُهُ جَهَبَّمُ)”
“ޤިޔާމަތް ދުވަހުން ޤަތުލުކުރެވުނު މީހާ، އޭނާ ޤަތުލުކުރި މީހާ ގޮވައިގެން އަންނާނެއެވެ. އޭނާގެ (ގާތިލުގެ) ނިތްކުރީގެ އިސްތަށިގަނޑާއި ބޯ އޭނާގެ (މަރުވި މީހާގެ) އަތުގައި އޮންނާނެއެވެ. އަދި އޭނާގެ ކަރުގެ ލޭނާރުތަކުން ލޭތައް އޮހޮރެމުންދާނެއެވެ. އޭނާ ދަންނަވާނެއެވެ: ‘އޭ އަޅަމެންގެ ވެރިރަސްކަލާނގެއެވެ! މިމީހާ ތިމަންނާ މަރާލިއެވެ.’ އޭނާ (އެ ގާތިލު) ޢަރްޝީގެ ކައިރިއަށް ގެންދިއުމަށް ދާންދެނެވެ.”
ރާވީ ވިދާޅުވިއެވެ: ދެން އެބޭކަލުން އިބްނު ޢައްބާސްގެ އަރިހުގައި (ގަސްތުގައި މީހަކު މަރާ މީހާގެ) ތައުބާއާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. ފަހެ، އެކަލޭގެފާނު ކީރިތި ޤުރުއާނުގެ މި އާޔަތް ތިލާވަތްކުރެއްވިއެވެ
﴿وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ﴾
“އަދި ގަސްތުގައި މުއުމިނަކު މަރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ.”
- ޖާމިޢު އައްތިރްމިޛީ (3029) އަދި ސުނަން އައްނަސާއީ (4005). އިމާމް އަލްބާނީ މި ޙަދީޘް ޞައްޙަކަމަށް ކަނޑައަޅުއްވާފައެވެ.
މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.
ކޮމެންޓްތައް
0