ސިއްޙަތާއި، ބަލިތަކާއި، ބެހެތާއި ބެހޭ ލިޔުންތައް
ކޮވިޑް-19 ޕެންޑަމިކް އަކީ މަކަރާއި ހީލަތްތެރިކަމާއެކު ޓެސްޓު ކިޓުން އުފައްދާފައިވާ “ދޮގުވެރި” ޕެންޑަމިކެއް – 500 އަށް ވުރެ ގިނަ މެޑިކަލް ޑޮކްޓަރުން

ކޮވިޑް-19 ޕެންޑަމިކް އަކީ މަކަރާއި ހީލަތްތެރިކަމާއެކު ޓެސްޓު ކިޓުން އުފައްދާފައިވާ “ދޮގުވެރި” ޕެންޑަމިކެއް – 500 އަށް ވުރެ ގިނަ މެޑިކަލް ޑޮކްޓަރުން

⏱ 13 މިނެޓް ކިޔަން ހޭދަވާނެ 👁 20,431 މީހުން ކިޔާފައިވޭ

މެޑްރިޑް، ސްޕެއިން. 25 ޖުލައި 2020

⚠️ އިންޒާރުގެ ނޯޓު

ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މަކަރާއި ހީލަތްތެރިކަމާއެކު، ޓެސްޓު ކިޓުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އުފައްދާފައިވާ ‘ފޭކު’ ނުވަތަ ‘ދޮގު’ ވަބާއެއް ކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އެތައް ހާސް މެޑިކަލް ޑޮކްޓަރުންނެއް މިހާރު ދަނީ ބުނަމުންނެވެ.

ހަދީޘް:

سَيَأْتِي عَلَى النَّاسِ سَنَوَاتٌ خَدَّاعَاتُ يُصَدَّقُ فِيهَا الْكَاذِبُ وَيُكَذَّبُ فِيهَا الصَّادِقُ وَيُؤْتَمَنُ فِيهَا الْخَائِنُ وَيُخَوَّنُ فِيهَا الأَمِينُ وَيَنْطِقُ فِيهَا الرُّوَيْبِضَةُ

މާނައީ: “މީސްތަކުންގެ މައްޗަށް މަކަރުވެރި އަހަރުތަކެއް އަންނާނެއެވެ. އެ ދުވަސްވަރު ދޮގުވެރިންނަކީ ތެދުވެރިން ކަމުގައި ގަބޫލުކުރެވޭނެއެވެ. އަދި ތެދުވެރިންނަކީ ދޮގުވެރިން ކަމުގައި ބެލެވޭނެއެވެ. އަދި އަމާނާތްތެރިންނަށް ޚިޔާނާތްތެރިވާނެއެވެ. އަދި ޚިޔާނާތްތެރިންނަށް އަމާނާތް ހަވާލުކުރެވޭނެއެވެ. އަދި އެ ދުވަސްވަރު ރުވައިބިޟާ ވާހަކަދައްކާނެއެވެ.”

ހަދީޘް:

وَالَّذِي نَفْسِي بِيَدِهِ لاَ تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لاَ يَدْرِي الْقَاتِلُ فِيمَ قَتَلَ وَلاَ الْمَقْتُولُ فِيمَ قُتِلَ

މާނައީ: “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ ބާރުދަށުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. މީސްތަކުންގެ މައްޗަށް އެފަދަ ދުވަހެއް އަތުވެއްޖައުމަށް ދާންދެން ދުނިޔެ ނިމިގެން ނުދާނެއެވެ. އެ ދުވަހަކުން މީހަކު މަރާލާ މީހާއަށް، އޭނާ އެމީހަކު މަރާލީ ކީއްވެގެންކަމެއް ނޭނގޭނެއެވެ. އަދި މަރުވާ މީހާއަށް، އޭނާ މަރާލެވުނީ ކީއްވެގެންކަމެއްވެސް ނޭނގޭނެ އެވެ..”

ތަޖުރިބާކުރެވޭ ވެކްސިނެއް ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ ވެކްސިން ދިން މީހާއަށް އޭނާ މަރާލެވުނީ ކީއްވެގެންކަމެއް ނޭނގޭނެ ނޫން ތޯއެވެ.

ލިޔުން އަސްލު ޝާއިޢުކުރެވުނީ: 2020   |   ކިޔާފައިވާ އަދަދު: 20,431

ސްޕެއިންގެ ‘ޑޮކްޓާސް ފޯ ޓްރޫތް’ (ނުވަތަ ޙަޤީޤަތަށްޓަކައި މަސައްކަތްކުރާ ޑޮކްޓަރުން) ޖަމްޢިއްޔާގައި ހިމެނޭ ގިނަ ޑޮކްޓަރުންގެ ޓީމަކުން، 25 ޖުލައި 2020 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑެތި ހާމަކުރުންތަކެއް ވަނީ ކޮށްފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޑޮކްޓަރުން ބައިވެރިވި މި ކޮންފަރެންސްގައި އެ ބޭފުޅުން ވިދާޅުވީ، ކޮވިޑް-19 އަކީ އާންމު ރައްޔިތުންނަށް ނޭނގޭ ސައިންސުގެ ނާޒުކު ޚައްސާސީ ކަންތައްތަކެއް ނަހަމަގޮތުގައި ބޭނުންކޮށްގެން އުފައްދާފައިވާ “ދޮގުވެރިކަމުގެ ބަލިމަޑުކަމެއް‘ދޮގުވެރި ވަބާއެއް’ ކަމަށެވެ.

ތިރީގައި މިވަނީ މި ބައްދަލުވުމުގައި ވާހަކަދެއްކެވި ބައެއް ޑޮކްޓަރުން ފާހަގަކުރެއްވި މުހިންމު ނުކުތާތަކެވެ.

ޑޮކްޓަރުންގެ ވީޑިއޯ ކޮންފަރެންސުގެ ލިންކު: 

ކޮވިޑް19 އިގެ ދޮގުވެރިކަމުގެ ހަޤީޤަތް ހާމަކުރަން 500 އަށްވުރެ ގިނަ ޑޮކްޓަރުންގެ ޓީމެއް އެކުލެވޭ ޖަމްޢިއްޔާއެއްގެ އިސްނެގުމާއެކު ބައިނަލްއަޤްވާމީ ޚާއްސަ ތަހުޤީޤެއް

މި ކޮންފަރެންސްގައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ ޖަރުމަނުގެ މަޝްހޫރު ޑޮކްޓަރު ހައިކޯ ޝޮނިންގް އެވެ. އެ ބޭފުޅަކީ ޖަރުމަނުގެ “އެކްސްޓްރާ-ޕާލިމެންޓަރީ ކޮމިޝަން ފޯ ދަ ސްޓަޑީ އޮފް ކޮރޯނާ ވައިރަސް” ގެ ތަރުޖަމާނުގެ އިތުރުން، 500 އަށްވުރެ ގިނަ މެޑިކަލް ޑޮކްޓަރުން ހިމެނޭ “ޑޮކްޓާސް ފޯ އެންލައިޓްމެންޓް” ޖަމްޢިއްޔާގެ ފައުންޑިންގ މެންބަރެކެވެ.

ކޮވިޑް-19 އާ ގުޅޭ ހަޤީޤީ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މި ޖަމްޢިއްޔާގެ އިސްނެގުމުގެ މަތިން “އެކްސްޓްރާ-ޕާލިމެންޓަރީ ކޮމިޝަން” ގެ ނަމުގައި މިހާރު ވަނީ ބައިނަލްއަޤްވާމީ ތަހުޤީޤެއް ފަށާފައެވެ. ޑޮކްޓަރު ހައިކޯ ވިދާޅުވި ގޮތުގައި، މިފަދަ ފިޔަވަޅެއް އަޅަން ޑޮކްޓަރުންނަށް މަޖުބޫރުވީ، ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރަން ތިއްބެވި ސިޔާސީ ފަރާތްތަކުން އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރެއްވުމުންނެވެ.

ޕާލިމެންޓުން އެމީހުންގެ ވަޒީފާ އަދައެއް ނުކުރޭ. ކޮވިޑް19 ގެ ހަޤީޤަތް ހޯދަން ޖަރުމަން، އޮސްޓްރިއާ، މި ޖައްވު ނުވަތަ މުޅި ދުނިޔޭގައިވެސް ސިޔާސީ ބޭފުޅުން މަސައްކަތް ކޮށްފައި ނުވޭ. މިހެންވެ، އަހަރުމެން ފަދަ ޢާންމު ރައްޔިތުނަށް މިކަމުގައި ނުކުންނަން ޖެހުނު. އަހަރެމެން މި ކަންތައް މި ކުރަނީ ރައްޔިތުންނަށްޓަކައި. އަހަރެމެންގެ ޢާއިލާއަށްޓަކައި. މެޑިކަލް ޑޮކްޓަރުންގެ ހައިސިއްޔަތުން އަހަރެމެންގެ ޕޭޝަންޓުންނަށްޓަކައި.

މިއީ އެއްވެސް ސިޔާސީ ހަރަކާތެއް ނޫން. މިއީ ކަނައަތު ފިޔަ ނުވަތަ ވައަތު ފިޔަ، ފިރިހެން ނުވަތަ އަންހެން، މަތި ނުވަތަ ތިރި، ބޯ ނުވަތަ ތުންނި ކަމާއި ގުޅޭ ތަހުޤީގެއް ނޫން. މިއީ އިންސާނުންނާއި ގުޅޭ ކަމެއް. މި ގުޅިފައިވަނީ އަހަރެމެން ރައްޔިތުންނާ. އަމިއްލަ ގޮތުން އަހަރެން މިކަން މިކުރަނީ މިތާ އިށީންދެގެން ތިބި ދެ މީހުންކަމުގައިވާ އަހަރެންގެ ދަރިންގެ ހައްޤުގަ. އަހަންނަކީ ބައްޕައެއް. އަހަންނަނީ މެޑިކަލް ޑޮކްޓަރެއް. އޭގެ އިތުރަށް އަހަންނަކީ ޖަރުމަނުގެ ސިފައިންގެ ލަޝްކަރުން ރިޓަޔާރ ކޮށްފައި ހުރި އޮފިސަރެއް. އަހަރުމެންގެ ބޭނުމަކީ އަހަރެމެންގެ އާއިލާ ދިފާޢު ކުރުން. އަހަރުމެންގެ ބޭނުމަކީ އަހަރުމެންގެ ރައްޔިތުން މި ދޮގުން ދިފަޢާ ކުރުން.” ޑޮކްޓަރު ހައިކޯ ޝޮނިންގ ވިދާޅުވި އެވެ.

ކޮވިޑް-19 އަކީ ދޮގުވެރީންގެ ދޮގުވެރި ޕެންޑަމިކެއް


އަދި ޑރ. ހައިކޯ ޝޮނިންގ ވިދާޅުވެފައިވަނީ ކޮވިޑް19 އަކީ ދޮގުވެރިކަމާއި ޚިޔާނާތުގެ ޕެންޑަމިކެއް ކަމުގަ އެވެ.

ކޮވިޑް-19 އާއި މެދު ރަސްމީ އިދާރާތަކުގެ ވާހަކަތަކަކީ ތެދެއް ނޫން. އަދި ހަޤީޤަތަކީ މި ބަލިމަޑުކަމަކީ މުޅި ދުނިޔޭގައި ފަތުރައިގެން އުޅޭ ދޮގު ބުހުތާނު ވާހަކައެއް. އަހަރެންގެ ބައިވެރިން މި ވާހަކަ ތަފްޞީލުކޮށް ދައްކާނެ. އަހަރެމެންނަށް ފެންނަ ސާފު ހެއްކަކީ ކޮވިޑް19 އާއި މެދު ހިއްދަތިވެ ބިރުގަންނަން ޖެހޭ ކަމެއް ނެތް ކަން. ސަބަބަކީ މިއީ ކޮންމެ އަހަރެއްގައި ފެންނަ އާންމު ރޯގާ އާއި އެއްވެސް ތަފާތެއްވާ އެއްޗެއް ނޫން.

މީގެ މާނައަކީ، މިއީ ހަމައެކަނި އާދައިގެ ރޯގާއެއް ކަމާއި، ބަލީގެ ނަމާއި ޢަލާމާތްތައް ބަދަލުކޮށް، މަކަރުވެރި ޓެސްޓުތަކެއްގެ އެހީގައި ރައްޔިތުންނަށް އޮޅުވައިލަނީ ކަމެވެ. ޑރ. ހައިކޯ ވިދާޅުވީ، މިއީ ޞިއްޙީ ދާއިރާގައި ހިންގާ ބޮޑު އޮޅުވައިލުމެއްކަން ކުޑަވެސް ޝައްކެއް ނެތް މިންވަރަށް މެޑިކަލް ހެކިތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން، ދެން އުފެދޭ ސުވާލަކީ މިއީ ކީއްވެގެން، ކޮން މަޤްޞަދެއްގައި ހިންގާ ކަމެއްތޯއެވެ؟ އަދި މިކަމުގެ ސަބަބުން ނާޖާއިޒު ފައިދާ ލިބި، މުއްސަނދިވަނީ ކޮން ބައެއްތޯއެވެ؟

“މިއީ ތެދެއް ނޫން ކަމާއި، ކައިވަތެއްހާ މިންވަރުގެ ޝައްކެތް ނެތްވަރަށް މިއީ ޚިޔާނާތްތެރި ޞިއްޙީ އޮޅުވާލުމެއް ކަމުގެ މެޑިކަލް ހެކި އަހަރުމެން އަތުގައި އޮތް ކަމުގައިވީ ހިނދު، އަހަރުމެން އަމިއްލަ ނަފްސާއި ކުރަންޖެހޭ ސުވާލަކީ މިއީ ކީއްވެ ކޮށްގެން އުޅޭ ކަމެއް ހެއްޔެވެ؟ ކީއްވެ؟ ކީއްވެ؟ ކީއްވެ؟ އަހަރުމެން ކުރަންވީ ސުވާލަކީ މިކަމުން ފައިދާވާނީ (އެބަހީ މުއްސަނދިވާނީ) ކޮންބައެއްތޯ އެވެ؟“


މީގެ ބޭނުމަކީ ދުނިޔޭގައި ބާރުވެރިކަން ހިންގާ އަނދިރި އަނދިރީންގެ މުއްސަނދިކަން އިތުރުކޮށް ބާރުވެރިކަން ދެމެހެއްޓުމެވެ. މީގެން އެންމެ ބޮޑު އެއް ފާއިދާ ކުރާނީ ބިލްގޭޓް ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުގެ ޒައީމުކަން ކުރާ ޑިކްޓޭޓަރުންނާއި އޭނާގެ ފަހަތުގައި ފޮރުވިގެން އޮތް މެޑިކަލް ކާޓެލް އަށެވެ. މެޑިކަލް ކާޓެލް އަކީ ވިޔަފާރީގެ ބާރުވެރިކަން ދަމަހައްޓަން އުޅޭ އެކިއެކި ކެމިކަލާއި ބޭސްތައް އުފައްދާ ކުންފުނިތަކުގެ އިއްތިހާދެވެ.


ޑޮކްޓަރު ހައިކޯ ޝޮނިންގ އިތުރަށް ވިދާޅުވެފައިވަނީ

މިއީ ފޭކު ސްކޭމް އެއް ކަމުގެ މެޑިކަލް ހެކި އަހަރެމެން އަތު އެބަހުއްރި. ފަރުދާގެ ފުރަގަހުގައި އޮތް ކޮވިޑް19 ގެ މެޑިކަލް ސްޓޯރީ ބަލާލީމާ ފެންނާނެ. މި ސްޓޯރީ ވަރަށް ސާފު. އަހަރެމެން ކުރަންވީ ސުވާލަކީ މިފަދަ ކަމަކުން ފައިދާވާނީ ކޮންބަޔަކަށްތޯއާއި މިފަދަ ފޭކް ޕެންޑަމިކެއް އުފެއްދުމުގެ ބާރު އޮތީ ކޮންބައެއްގެ އަތުގައި ތޯ؟” .

ކޮވިޑް-19 އިގެ ޓާގެޓަކީ ރައްޔިތުންނާއި އިޤްތިޞޯދު ފުނޑާލުން


ޑރ. ހައިކޯ ޝޮނިންގް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި ދޮގުވެރި ވަބާގެ މައިގަނޑު އަމާޒަކީ އާންމު ރައްޔިތުންނާއި ރައްޔިތުންގެ އިޤްތިޞާދެވެ.  މީގެ އިތުރުން، ކޮވިޑާ ގުޅިގެން އެޅި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކާއި، އޭގެ ސަބަބުން އުފެއްދި ބިރުވެރިކަމުގެ ތެރޭގައި ޖަރުމަނުވިލާތުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޑރ. ހައިކޯ ވިދާޅުވި ގޮތުގައި، 2020 ވަނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހު ޖަރުމަނުގައި ކުރަންޖެހޭ ކޮންމެހެން މަޖުބޫރު އޮޕްރޭޝަންތަކުގެ 90 އިންސައްތަ ވަނީ ނުކުރެވި މަޑުޖެހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބަލިމަޑުކަމަށްވުރެ ބޮޑަށް، ފަރުވާ ނުލިބުމުގެ ސަބަބުން އެތައް ބަޔަކު މަރުވެގެންދިޔަކަން އޭނާ ހާމަކުރެއްވިއެވެ.

މި ދޮގުވެރި ޕެންޑަމިކްގެ ޓާގެޓަކީ ހަމަ ތި ރައްޔިތުން. ތިބާއާއި ތިބާގެ އިޤްތިޞާދު. މީގެ އެންމެހައި (ވައް)ކަމެއް ހުއްޓެނީ އިޤްތިޞޯދަށް. ކޮވިޑް19 އަކީ މިވައްކަމުގެ ކަވަރ ސްޓޯރީ.

މިކަން މިހެން އޮތް އިރު ކޮވިޑާ އެކު އައި ފުރަބަންދުތަކުގެ ސަބަބުން އައި ޕެނިކުވުންތަކާއެކު ޖަރުމަނުގައިވެސް އެތައް ބައެއްގެ ފުރާނަ ގެންގޮއްސި. ޖަރުމަނުގައި ކޮންމެހެން ކުރަންޖެހޭ މަޖުބޫރު އޮޕްރޭޝަންތަކުގެ %90 އޮޕްރޭޝަންތައް މާޗް އަދި އޭޕްރީގައި ކުރެވިފައި ނުވޭ. މިކަމުން އެތައް ބަޔަކު މަރުވެގެން ދިޔަ. 

އަހަރެމެންވަނީ މި ތަހުޤީޤީ ކޮމިޝަންގެ ބައިނަލް އަޤްވާމީ ވެބްސައިޓެއް ހަދައި މި ވެބްސައިޓް 10 ބަހަކަށް ތަރުޖަމާކޮށް ނެރެފައި. އަހަރެމެން ނެރުނު ވީޑިއޯ 3 މިލިއަން މީހުން ބަލާފައިވޭ. ޝުކުރިއްޔާ! ތިދައްކާ އެއްބައިވަންތަކަމަށް ޝުކުރިއްޔާ!”

ނޯޓް: ޔޯ ޓިއުބް އިން މި ކޮންފަރެންސުގެ ވީޑިއޯވަނީ ސެންސަރުކޮށް ނަގާލައިފި އެވެ. ތިރީގައި މިވަނީ ޑރ. ޝޮނިންގ ވާހަކަ ދައްކާ ބައެވެ.

(ޖިއު، ޔަހޫދީ ޓިއުބުން ވީޑިއޯ އޭރު ރިމޯވް ކޮށްލި، މި ލިންކު ޗެކްކޮށްލާ)

މާސްކު އެޅުމާއި ޑަބްލިއުއެޗްއޯގެ ދެފުއްދެގޮތް ހީލަތްތެރި ސިޔާސަތު

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މާސްކު އެޅުމާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތަށް އިރުޝާދު ދެމުންދާތީ، މި ކޮންފަރެންސްގައި ދެވަނައަށް ވާހަކަދެއްކެވި ސްޕެއިންގެ ޑޮކްޓަރު ނަތާލިޔާ ޕްރެގޯ ކެންސެލޯ ވަނީ އެ ޖަމްޢިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މާސްކު އެޅުމާ ގުޅޭގޮތުން 5 ޖޫން 2020 ގައި ޑަބްލިއު.އެޗް.އޯ އިން ނެރުނު އުސޫލުތަކާ ހަވާލާދީ، މާސްކު އެޅުމުގެ ސައިންސީ ޙަޤީޤަތް ޑރ. ނަތާލިޔާ ހާމަކޮށްދެއްވިއެވެ. އެ ޖަމްޢިއްޔާގެ ރަސްމީ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، “މުޖުތަމަޢުގެ ތެރޭގައި ޞިއްޙަތު ސަލާމަތުން ތިބި މީހުން އާންމުކޮށް މާސްކު އެޅުމަކީ ބަލިން ރައްކާތެރިވާނެ ކަމެއްކަން ސާބިތުކޮށްދޭ ފެންވަރު ރަނގަޅު ސައިންސީ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.”

ތިރީގައި މިވަނީ 5 ޖޫން 2020 ގައި ޑަބްލިއު.އެޗް.އޯ އިން ނެރުނު “އެޑްވައިސް އޮން ދަ ޔޫސް އޮފް މާސްކްސް އިން ދަ ކޮންޓެކްސްޓް އޮފް ކޮވިޑް-19” ގައިވާ އިބާރާތެވެ:

 “މުޖުތަމަޢުގެ ތެރޭގައި ޞިއްޙަތު ސަލާމަތުން ތިބި މީހުން އާންމުކޮށް މާސްކު ބޭނުންކުރުމަކީ ރައްކާތެރިކަން ލިބޭނެ ކަމެއްކަން ސާބިތުކޮށްދޭ ފެންވަރު ރަނގަޅު ނުވަތަ ސީދާ ސައިންސީ ހެއްކެއް އަދި ނެތެވެ.”


ކޮވިޑް-19 ޕެންޑަމިކް އެ އެއްޗަކުން އުފައްދާފައިވާ ޓެސްޓު ކުރުމުގެ ޚިޔާނާތް

މި ބަލިމަޑުކަން އުފައްދާފައިވަނީ ބަލީގޭ އަލާމާތްތަކުގެ މައްޗަށްވުރެ ބޮޑަށް ޑައިގްނޮސްޓިކް ޓެސްޓުގެ މައްޗަށް ބިނާކޮށް!

މި ބަލިމަޑުކަން ފަތުރާފައިވަނީ ބަލީގެ ޢަލާމާތްތަކަށް ބެލުމުގެ ބަދަލުގައި، ހަމައެކަނި ބަލި ދެނެގަންނަން ބޭނުންކުރާ “ޑައިގްނޮސްޓިކް ޓެސްޓު” ތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

މި ކޮންފަރެންސްގައި ޕީ.ސީ.އާރު ޓެސްޓާ ގުޅޭގޮތުން ވާހަކަދެއްކެވި ޑޮކްޓަރު މާރިއާ ޖޯސް ވިދާޅުވި ގޮތުގައި،

“އާންމު އުސޫލުން ބަލިމަޑުކަމެއް ނުވަތަ ޕެންޑަމިކެއް ކަނޑައަޅަނީ ‘ކްލިނިކަލް’ ކޮށް، ބަލިމީހުންގެ ކިބައިން ފެންނަ ޢަލާމާތްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ބަލި ދެނެގަންނަން ބޭނުންކުރާ ޓެސްޓުތަކަކީ އެ ޢަލާމާތްތަކުގެ އަސްލު ސަބަބު ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. ނަމަވެސް، މި ބަލިމަޑުކަން އުފައްދާފައިވަނީ ކްލިނިކަލް މިންގަނޑުތަކަށް ބެލުމުގެ ބަދަލުގައި، މައިގަނޑު ގޮތެއްގައި ޓެސްޓުތަކަކުން ފެންނަ ނަތީޖާއަކަށް އެކަނި ބިނާކޮށްގެންނެވެ.”

ކުރީގެ ބަލިމަޑުކަންތަކުގައި ބަލި ފެތުރޭކަމަށް ނިންމަނީ އެއްގޮތް ޢަލާމާތްތަކެއް ހުންނަ ބަލިމީހުން ފެންނަ މިންވަރަށް ބަލައިގެންނެވެ. އެހެންނަމަވެސް، މިފަހަރު ބަލިމަޑުކަން އިޢުލާނުކޮށްފައިވަނީ ހަމައެކަނި ޓެސްޓުގެ ނަތީޖާއަށް ބިނާކޮށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބަލީގެ އެއްވެސް ޢަލާމާތެއް ނެތް މީހަކީވެސް “ބަލިމީހެއް” ކަމަށް ކަނޑައަޅައި، މުޅި މުޖުތަމަޢު ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާފައިވާކަން ޑރ. މާރިއާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ވައިރަސް އަކުން ޖެހޭ ކަމުގައި ދަޢުވާކުރި ސާސްކޮވް2 ވައިރަސް އައިސޮލޭޓް ކުރެވިފައިނެތުން! އެއީ ބަލީގެ އަސްލުކަމާ މެދު އުފެދޭ ސުވާލުތައް


އެގޮތުން ކޮވިޑް-19 އޭ މިކިޔާ ބަލި، އެ އެއްޗަކުން ޖެހޭކަމުގައި ބުނެ، ނަން ދެވުނު “ސާސްކޮވް2 ވައިރަސް” މީހެއްގެ ހަށިގަނޑުން ހޯދާފައިވާ ކަމަށް ބުނެ 24 ޖެނުއަރީ 2019 ގައި ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ފަންނީ ލިޔުމެއް ނެރެފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުން ގޮތް ނޭގޭ އަޞްލަކުން ޖެހޭ ނިއުމޯނިއާ އެއް ޖެނުއަރީ ހިސާބު ޗައިނާއިން ފާޅުވި އެވެ. އެއީ ގޮތް ނޭނގޭ އަޞްލަކުންޖެހޭ ނިއުމޯނިއާއެއް ކަމުގައި ނިންމީ ކިހިނެއް ކޮން ސަބަބަކާހެދި ކަމެއް ނޭނގެ އެވެ. ސަބަބަކީ ނިއުމޯނިއާއަކީ އެކިއެކި ސަބަބުތަކާ ހެދި ޖެހޭ އެއްޗެކެވެ. ނުސާފުވަޔަށް ނޭވާލުމުގެ ސަބަބުންވެސް ނިއުމޯނިޔާ ޖެހެ އެވެ. އެއީ ވިހަ ކެމެކަލަކުން މެދުވެރިވި ކަމެއް ކަމުގައިވެސް ވެދާނެ އެވެ. ކުއްލިއަކަށް ޗައިނާގެ ސިއްރުވެރި ކޮމިއުނިސްޓުން އެއީ ވައިރަހަކުން ޖެހޭ އެއްޗެކޭ ބުނާ އިރަށް މުޅި ދުނިޔެ އެވާހަކަ “އާދެ! މަ ޞާހިބު!” ކިޔައި އީމާންވެ ޤަބޫލު ކުރީ އެއްވެސް ސުވާލުކުރުމެއް ނެތި އެވެ. ފާދިރީން ދީނީ އަޤީދާތައް ބަޔާންކުރީމަ ގަބޫލުކުރާ ބީދައިން ދީނީ އަޤީދާއެއް ދެލޯ ކަނުކޮށް ޤަބޫލު ކުރާ ފަދައިން ނެވެ.


ޑޮކްޓަރު މާރިއާ ޖޯސް މި ކޮންފަރެންސުގައި ވިދާޅުވެފައިވަނީ ސާސްކޮވް2 މި ކިޔާ “ވައިރަސް (އާރްއެންއޭ)” އަކީ ނިއުމޯނިޔާގެ ޢަލާމާތްތައް ފެނުނު ޗައިނާ މީހާ ގެ ފުއްޕާމޭގެ ދިޔަ ނަގައި، އެ ދިޔައިން ހަޤީޤީ މާނާގައި ސާފުކޮށް ވަކިކޮށްފައިވާ “އެއްޗެއް” ނޫން ކަމުގައެވެ. އެމީހާގެ ފުއްޕާމޭގެ ދިޔައިން “ފެނުނު އެއްޗަކީ އެއީ ކޯއްޗެއްކަން (ނުވަތަ ބަލި ޖައްސާ އެއްޗެއްކަން) އަދި އެއީ އާ ވައްތަރެއްގެ “ވައިރަސް” އެއް ކަން އެމީހުންނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެމީހުން ކުރި ކަމަކީ މި ސިވިއާ ނިއުމޯނިއާ ޖެހިފައިވާ މީހާގެ ފުއްޕާމޭ އެއާރވޭސްގެ ދިޔަތަކެއް ނަގައި އޭގައި ހުރި ޖެނެޓިކް މާއްދާތަކެއް ‘ވަކިކުރަން’ މަސައްކަތް ކުރުން. އެހެނަސް، ނެރެފައިވާ ފަންނީ ހޯދުންތައް ރަނގަޅަށް ކިޔާލުމުން މި ހޯދުމުގައިވާ ‘އައިސޮލޭޝަން-ނުވަތަ ވައިރަސް ވަކިކުރުމުގެ’ ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްޞީލުތަކުގައި ފެނިގެންދަނީ މިކަން ކޮށްފައި ވަނީ ފުރިހަމަ ސާފުކުރުމަކުން ސާފުކޮށްގެން ނޫންކަން އެނގޭ. ސަބަބަކީ އެހެން ނަގާ ސާމްޕަލްގައި ބަލި ސެލްތަކުން ބޭރުކުރާ އެހެން އެކްސްޓްރާ ސެލިއުލާ ވެއްސިކަލް ނުވަތަ އެކްސެސޯމް ފަދަ އެއްޗެހިތައް ހުންނާނެ. މީގެ ބައިވަރު އެއްޗެހީގައި ހުންނަ ޕްރޮޓީންއާއި ރައިބޯނިއުކްލިއެކް އެސިޑް އަކީ “އާ ވައިރަސް” އެއް ކަމުގައި ފުރިހަމަ ގޮތުގައި ވަރަށް ފަސޭހައިން އޮޅިދާނެ އެއްޗެއް. ޚާއްސަ ގޮތެއްގައި އާރްއެންއޭ އަދި ރެޓްރޯ ވައިރަސްތައް. މި ވަކިކުރުމަށް ބަޔޮލޮޖީ މެނުއަލް ތަކުގައި ވާގޮތަށް ޑެލިކެޓް ޑެންސިޓީ ގްރޭޑިއެންޓެއްގައި ސެންޓްރިފިއުގޭޝަން ޓެކްނިކްތައް ބޭނުންކުރަން ޖެހޭ. ސެންޓްރިފިއުގޭޝަން ކުރިޔަސް އަދިވެސް އިތުރު ވައިރޯންތަކާއި ސެލިއުލާ މާއްދާތައް އޭގައި ޖަމަޢަވެފައި ހުންނާނެ

ސެންޓްރިފިއުގޭޝަން އަކީ ކޮބައިތޯ؟

ސެންޓްރިފިއުގޭޝަން އަކީ އެއްޗެއް ބާރަށް އަނބުރައިގެން އޭގެ ތެރޭގައި ހުންނަ ބަރު މާއްދާތަކާއި ލުއި މާއްދާތައް ވަކިކުރުމަށް ބޭނުންކުރާ ސައިންސީ އުކުޅެކެވެ. މިސާލަކަށް، ދޮންނަ މެޝިނުން ފެން ފިލުވައިލުމަށް އަނބުރާ ގޮތަށް ނުވަތަ ލޭގެ ސާމްޕަލްތަކުން ލޭގެ ސެލްތަކާއި ދިޔާބައި ވަކިކުރުމަށް މި އުކުޅު ބޭނުންކުރެއެވެ. ސައިންސީ ގޮތުން ވައިރަހެއް “ވަކިކުރެވުނު” ކަމަށް ބެލެވޭނީ މިފަދަ ފުރިހަމަ މަރުޙަލާތަކެއް ކަނޑައްތުކޮށްގެންނެވެ.

ސްންޓެރިފިއުގޭޝަން ދައްކުވައިދޭ ވީޑިއޯއެއް.

ސެންޓްރިފިއުޖަށް ލައްވާފައިހުންނަ ޓެސްޓްޓިއުބްތައް ސެންޓަރަށްވާގޮތަށް އަނބުރާލުމުން އޭގައި ހުންނަ ބޮޑެތި އަދި ބަރު މާއްދާތައް އެންމެ ފުލަށް ޖަމާޢަވެއެވެ. ޖަމަޢަވާ އެއްޗެހީގައި އެއް ޑެންސިޓީއެއް (ނުވަތަ އެއް ބަރުދަނަކާއި) އަދި އެއް ސައިޒެއްގައި ހުންނަ އެއްޗެހި އެއީ ކޮންމެ އެއްޗަކަސް ވިއަސް އެއްތަނަކަށް ޖަމަޢަވެ އެވެ. މި ގޮތަށް ފުއްޕާމެއިން ނަގާ މާއްދާތައް ވަކިކުރާއިރު ފުއްޕާމޭގެ ދިޔައިގައި ކޮންމެ މާއްދާއެއް ހުއްޓަސް އެ މާއްދާއެއް އެއްތަނަކަށް ޖަމަޢަވެ އެވެ. އެތަނުން ބަލި ޖެއްސީ ކޮން އެއްޗަކުން ކަން ހޯދަން ޖެހެ އެވެ.

އާ ވައިރަހެއް ކަމަށް ނިންމި  ނިންމުމުގައި ހުރި ސައިސުގެ ފީކަޅާކަން އަދި ހުރި ޢިލްމީ ފުށުއެރުންތައް

އާ ވައިރަހެއް ފެނިފައިވާ ކަމަށް ނިންމި ނިންމުމުގެ ފަހަތުގައިވާ ސައިންސީ ހޯދުންތަކުގެ ބަލިކަށިކަމާ ގުޅޭގޮތުން ޑރ. މާރިއާ ވަނީ ވަރަށް ތަފްޞީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.

ޑޮކްޓަރު މާރިއާ ޖޯސް ވިދާޅުވެފައިވަނީ

ކެންސަރު ޖެހިފައިވާ ބަލި ސެލް ކަލްޗާތަކުންވެސް މިފަދަ އެކްސެސޯމް އާއި އަދިވެސް އެހެނިހެން އެކްސްޓްރާ ވެސިކަލް ސެލްތައް ބޭރުކުރޭ. ދެން، މި ޖެނެޓިކް މާއްދާގެ ކުދި ބައިތައް (ނުވަތަ ފްރެގްމެންޓް) އެއީ ދިގު އަދި ފުރިހަމަ އާރްއެންއޭ ޗެއިން އެއް ނޫން. އަދި އެއީ ޗެއިންގެ ފްރެގްމެންޓް ތަކެއް. ދެން ކޮންޕިއުޓަރު ޕްރުގުރާމެއް ބޭނުންކޮށް އެ އަމިއްލައަށް ކޮމްޕޯސްކުރެވި، އެހެން ޕްރޮޓީންތައް މަޝްހޫރު ޕްރޮޓީންތައް ބަޔާންކޮށްދޭ ގޮތަށް އަދި އެހެނިހެން އެއްޗެހިތައް އިލެކްޓްރޯފޮރިސިސް އިން ވަކިކުރުމަށްފަހު ރިކޮންޕޯސް ކުރެވޭ. އަދި މި ކޮންޕޮސިޝަން ކޮންޕިއުޓަރުން ހެދުމަށްފަހު ޖެނޮމިކް އޮންލައިން ލައިބްރަރީ އަށް ކްލާސިފައިކުރެވޭ. ދެން މި ރީކޮންޕޯސްޑް ސްޓްރަކްޗާ އަކީ ތިއަރީއަށް ބޭސްވެފައިވާ އެއްޗެއް. އެއަށްފަހު، ކުރިން ޖެނޮމިކް (ޖީން) ލައިބްރަރީގައި ހުރި ކޮރޯނާ އޭ ކިޔުނު ވައްތަރު ވައިރަސްއާއި މި ރިކޮންޕެސިޝަން އަޅާކިޔުމުން މި ކޮންޕޮސިޝަންއާއި ކުރިން ލައިބްރަރީގައި ހުރި އެއްޗެއްސާއި އެއްގޮތް ކަމެއް ހުރިތޯ ބެލެވޭ. މިހާރު މި ހޯދި އެއްޗަކީ ކޮރޯނާ ވައިރަސް އެއް ކަމުގައި ނިންމީ ކުރިން ހޯދާފައިވާކަމަށް ބުނާ ކޮރޯނާވައިރަސް ނުވަތަ ސާސްކޮވް1 އާއި މި އެއްޗާއި %80 ޖެނެޓިކް ސީކުއެންސު ދިމާވާތީ. ވައިރަސް އައިސޮލޭޓް ކުރުމުގައި އެތަކެއް ޝައްކަކާއި ސުވާލު އުފެދޭ ކަންކަން ހުރުމަށްފަހު ދެން ކުއްލިއަކަށް ފެއްޓުނީ މި ވައިރަސް އަށް ޑައިގްނޮސްޓިކް ޓެސްޓު ކުރުމަށް. މި ވައިރަހަށް ޓެސްޓުކުރެވޭ އިރު ޓެސްޓުކުރެވެނީ މިއަށް ފުރިހަމައަކަށް ނޫން. ސަބަބަކީ ފުރިހަމަ އާރްއެންއޭ ގައި 29،903 (ގާތް ގަޑަކަށް 30،000) ނިއުކްލިއޯޓައިޑްސް ހުރޭ. އެކަމަކު ޕީސީއާރު ޓެސްޓު ކުރެވެނީ 30،000 އިން އެންމެ 200 ނިއުކްލިއޯޓައިޑްސް އަށް.


އަދި މިއީ އެ އެއްޗަކުން އިންސާނުން ބަލި ޖައްސުވާ އެއްޗެއް ކަމުގައާއި އަދި އެކަކު ގައިން އަނެކަކު ގަޔަށް އަރާ “އިންފެކްޝިއަސް” އެއްޗެއް ކަމުގައިވެސް ސާބިތުކޮށްފައިވާ ނުވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެ ބޭފުޅުން ވިދާޅުވެފައިވަނީ މި ބުނެވޭ “ވައިރަސް” އޭ ކިޔާ ޖެނެޓިކް މާއްދާ އަކީ ކޮރޯނާ “ވައިރަސް”ގެ ބާވަތެއް ކަމުގައި ނިންމާފައިވަނީ އެ ބުނާ ސާންޕަލުން ނެގި ދިޔައިގައި ހުރި އެއްޗެއްގެ ޖެނެޓިކް ސީކުއެންސާއި ކުރިން ކޮރޯނާ ކިޔާފައި ހޯދައިގެން އުޅޭ އެއްޗަކާއި %80 ވައްތަރު ވާތީ އެވެ.


ޑރ. އެންޑްރިއު ކައުފްމަން މި ކަމުގެ މައްޗަށް ވިދާޅުވެފައިވަނީ “މިހާރު އެމީހުން ހޯދައިގެން އުޅޭ އެއްޗަކީ ކޮރޯނާ ވައިރަސް އެކޭ ބުނެފައިވަނީ ކުރިން ހޯދުނު އެއްޗާއި %84 އާރްއެންއޭ ސީކުއެންސް އަޑެންޓިޓީ ދިމާވާތީ. އެހެނަސް، އަހަރެމެން އިންސާނުންނާއި މަކުނުގެ ބާވަތެއް ކަމުގައިވާ ޗިންޕަންޒީ އަކީ ތަފާތު ދެ ދިރުމުގެ ބާވަތެއްކަމުގައި ވާއިރުވެސް، މަކުނާއި އިންސާނުގެ ޖެނެޓިކް ސީކުއެންސު އައިޑެންޓިޓީ %97 އެއްގޮތް ކަމެއް ހުރޭ. މިފަދަ ދަށް ޕަސެންޓޭޖަކުން އެއީ އާ ކޮރޯނާ ވައިރަސްއެއް ކަމުގައި ނިންމި ގޮތް އަހަންނަކަށް ފަހުމެއް ނުވޭ.” 

މި ސަބަބާ ހެދި ދޮންކޭލާއި ފަޅޮލާއި އެކި މޭވާތަކުންނާއި އެކި ޖަނަވާރުތަކުން ސާމްޕަލް ނަގައި ކޮވިޑް19 އަށް ޓެސްޓުކުރާ ކިޓުތައް ބޭނުންކޮށް ޓެސްޓު ކުރުމުން ޕޮޒިޓިވް ނަތީޖާވަނީ ދައްކާފަ އެވެ.

ވައިރަހަކުން މީހަކު ބަލި ޖައްސާ ކަމުގައި ސާބިތު ކުރާ ގޮތް


ވައިރަހަކުން ބަލި ޖެހޭ ކަމުގައި ސާބިތު ކުރުމަށް ޖަރާސީމު ނަޒަރިއްޔާގައި ގެންގުޅޭ އުޞޫލަށް ކިޔަނީ ކޯކްސް ޕޯސްޗުލެޓް. ކޯކްސް ޕޯސްޗުލެޓް ގައި ބުނާ ގޮތުން އަންނަނިވި ކަންތައް ފުރިހަމަ ކުރުމަށްފަހުގައި މެނުވީ ވައިރަހަކުން ބައްޔެއް ޖައްހޭކަން ސާބިތު ނުކުރެވޭނެ

ކަމުގައި ޑރ. އެންޑްރިއު ކައުފްމަން ވިދާޅުވި އެވެ.

މި އުސޫލުގައި ހިމެނޭ މުހިންމު ދެ ނުކުތާއަކީ:

ސާމްޕަލް ވަކިކޮށް ސާފުކުރުން (Isolation and Purification):

ފުރަތަމައީ، ވައިރަސް އަކުން މީހަކު ބަލި ޖައްސާކަން ސާބިތު ކުރުމަށްޓަކައި އެންމެ ފުރަތަމަ ބަލީގެ ޢަލާމާތްތައް ފެންނަ މީހާގެ ހަށިގަނޑުން އެ ވައިރަހެއް ނުވަތަ ބަލި ޖައްސާކަމަށް ލަފާ ކުރެވޭ އެއްޗެއް އެކުލެވޭ މާއްދާތައް ނަގައި އެ އެއްޗެއް ފުރާނައި ސާފުކޮށް ވަކިކުރަން ޖެހެ އެވެ. ކޮވިޑް19 ގެ ސާސްކޮވް2 ހޯދިކަމަށް ނިންމި ހޯދުމުގައި މިކަން ހަޤީޤީ މާނާގައި ކޮށްފައިނުވެ އެވެ.

ޑރ. ކައުފްމަން ފާހަގަކުރެއްވި ގޮތުގައި، RT-PCR ޓެސްޓުން މި ބަލަނީ ކޮންތާކުން އައި RNA އެއް ކަމެއް ސާފެއް ނޫނެވެ. ސަބަބަކީ ބަލިމީހާގެ ފުއްޕާމޭގެ ދިޔައިގައި އިންސާނީ ސެލްތަކުގެ ޑީ.އެން.އޭ އާއި، އާރް.އެން.އޭ ގެ އިތުރުން އެތައް ބާވަތެއްގެ މާއްދާތައް ހިމެނޭތީއެވެ. މީގެ ތެރޭގައި ހަށިގަނޑަށް ވިހައެއް ނުވަތަ އެހެން ނުރައްކަލެއް ކުރިމަތިވުމުން ޤުދުރަތީގޮތުން ހަށިގަނޑުން އުފައްދާ “އެކްސޯސޯމްސް” ވެސް ހިމެނެއެވެ. އެހެންކަމުން، މި ޓެސްޓުން ފެންނަ RNA އަކީ ހަށިގަނޑުގެ އަމިއްލަ އުފެއްދުމަކަށް ވުމުގެ ފުރުޞަތު ބޮޑެވެ.

އާރްޓީ-ޕީސީއާރް ޓެސްޓުން ޓެސްޓުކުރާ އާރްއެންއޭ އަކީ އެއީ ހަޤީޤަތުގައި ކޮންތާކުން ހޯދައިގެން އުޅޭ އާރްއެންއޭ އެއްކަމެއް އަހަރެމެންނަކަށް ނޭނގޭ. ސަބަބަކީ އެ ހޯދަން ނަގާފައިވާ ފުއްޕާމޭގެ ދިޔަ އަކީ އޭގައި އެތައް ޑީއެންއޭ އަކާއި އާރްއެންއޭ އަކާއި އެތަކެއް ބާވަތެއްގެ އިންސާނީ އަދި އެހެނިހެން ދިރުންތަކުގެ ކުދި ސެލްއާއި އެއްޗެހިވާ ދިޔަ އެއް. އަދި އެމީހުން އެކިޔާ ވައިރަލް ސީކުއެންސަކީ އަހަރެމެންގެ ހަށިގަނޑުގައި ޤުދުރަތީގޮތުން ސެލްތަކުން އުފައްދާ އެއްޗެހިތަކެއް ކަމުގައިވާ އެކްސެސޯމް ވެސް ހިމެނޭ. މި ޓެސްޓުކުރާ އާރްއެންއޭ އަކީ އަހަރެމެންގެ ހަށިގަނޑުގައި ޤުދުރަތީގޮތުން (ވިހައަކަށް ނުވަތަ އެހެންކަމަކަށް ހަށިގަނޑު ހުށަ އެޅުމުން) އުފައްދާ އާރްއެންއޭ ސީކުއެންއެންސެއް ކަމުގައިވެދާނެ

2. ބަލިޖެހޭކަން ޢަމަލީގޮތުން ސާބިތުކުރުން (Experimental Verification):

“ދެވަނައީ، އެ ހޯދުނު އެއްޗެއް ޞިއްޙަތު ސަލާމަތުންހުރި ފަރާތަކަށް ނުވަތަ އެއްޗަކަށް އިންޖެކްޝަނަކުން ނުވަތަ އެހެން ކޮންމެވެސް ގޮތަކުން ދިނުމަށްފަހުގައި އެ މީހާ އަށް ކުރިން ބަލި ޖެހުނު މީހާގެ ކިބައިން ފެނުނު ޢަލާމާތްތައް ހަމަ އެގޮތަށް ދައްކާތޯ ބަލައި ޔަޤީންކުރަން ޖެހޭ. ކޮވިޑް19 ވައިރަސް އޭ ކިޔުނު ސާސްކޮވް2 އާއި މެދު މިފަދައިން ޢަމަލުކޮށް ތަހުޤީޤުކޮށްފައި ނެތް” ޑރ. އެންޑްރިއު ކައުފްމަން ވިދާޅުވި އެވެ

އެހެންކަމުން، މި އެންމެހައި ކަމެއްގެ މައްޗަށް ނަޒަރު ހިންގާލާއިރު ކޮވިޑް19 އޭ މި ކިއުނު ބަލިމަޑުކަމަކީ ޞިއްޙީ ދާއިރާއަށް ނިޞްބަތްވާ ޚިޔާނާތްތެރިން ތަކެއްގެ ޚިޔާނާތްތެރި ވައްކަމާއެކު އުފައްދާފައިވާ ދޮގުވެރި ބަލިމަޑުކަމެއް ކަމުގައި ނޫނީ މިކަން ވޭހެއްޔެވެ؟ އަދި މި ރޯގާ ބަލީގެ ނަމުގައި ކުރާ ފުރަ ބަންދުތަކާއި، އަޅާ މާސްކު ތަކާއި، ޖަހާ ވެކްސިން ތަކާއި، ކުރާ ސޯޝަލް ޑިސްޓެންސިން ތަވީދުތަކުގެ ފަންޑިތަވެރިކަމަކީ އެއްވެސް ހަޤީޤީ މާނައެއް ނެތް ކަންކަން ކަމުގައި ނޫނީ ވޭތޯ އެވެ؟

ކޮވިޑް-19 ދެނެގަންނަން ހަދާ RT-PCR ޓެސްޓުގެ އިތުބާރު ނެތް މިންވަރު

ކޮވިޑް-19 ވައިރަސް (ސާސް-ކޮވް-2) ހުރިތޯ ބެލުމަށް ބޭނުންކުރާ RT-PCR (ރިވާސް ޓްރާންސްކްރިޕްޝަން ޕޮލިމަރޭސް ޗެއިން ރިއެކްޝަން) ޓެސްޓާ މެދު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އާއި، އެމެރިކާގެ އެފް.ޑީ.އޭ (FDA) އަދި ސީ.ޑީ.ސީ (CDC) ފަދަ މުއައްސަސާތަކުން ނެރެފައިވާ ރަސްމީ ލިޔެކިޔުންތަކުގައި ވެސް ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

މި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ހަށިގަނޑުގައި އެހެނިހެން 8 ބާވަތެއްގެ ވައިރަލް RNA ހުރި ނަމަވެސް، މި ޓެސްޓުން “ޕޮޒިޓިވް” ނަތީޖާއެއް ދައްކަފާނެއެވެ. އަދި ޓެސްޓުން ޕޮޒިޓިވްވުމަކީ، އެ މީހަކު ބަލިކުރުވީ އެ ވަކި ވައިރަހުން ކަން ސާބިތުވާ ކަމެއް ނޫންކަން ވެސް އެ ފަރާތްތަކުން އިއުތިރާފުވެއެވެ.

މިސާލަކަށް، އެމެރިކާގެ އެފް.ޑީ.އޭ ގެ ރަސްމީ ލިޔުމެއްގައި ބަޔާންކޮށްފައިވެއެވެ:
 “The agent detected may not be the definite cause of disease.”
(މާނައަކީ: ޓެސްޓުން ފެނުނު މާއްދާއަކީ، އެ މީހާ ބަލިވުމަށް މެދުވެރިވި އަސްލު ސަބަބު ކަމުގައި ނުވެ ހިނގައިދާނެއެވެ.)

މި ހުރިހާ ހެކިތަކަކުން އަންގައިދެނީ، ކޮވިޑް-19 އިގެ ބަލިމަޑުކަން ދެނެގަތުމަށް ބޭނުންކުރި މައިގަނޑު ވަސީލަތަކީ ވެސް އިތުބާރު ކުރެވޭ ސައިންސީ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން ކަމެވެ..

ކޮމެންޓްތައް

0

Leave a Reply

އަދި ކޮމެންޓެއް ނެތެވެ.

ޞިއްޙީ އިންޒާރު އަދި ޑިސްކްލެއިމަރ

މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.

Discover more from ސިއްޙަތު އެމްވީ އަށް މަރުޙަބާ

Subscribe now to keep reading and get access to the full archive.

Continue reading