ސިއްޙަތާއި، ބަލިތަކާއި، ބެހެތާއި ބެހޭ ލިޔުންތައް
🚨 ދިވެހިން ކޮވިޑް ވެކްސިން ޖެހީ މަޖުބޫރުކޮށްގެންނެއް ނޫން: ޑރ. ފައިސަލް

🚨 ދިވެހިން ކޮވިޑް ވެކްސިން ޖެހީ މަޖުބޫރުކޮށްގެންނެއް ނޫން: ޑރ. ފައިސަލް

⏱ 3 މިނެޓް ކިޔަން ހޭދަވާނެ 👁 90 މީހުން ކިޔާފައިވޭ

ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަދި އެޗް.ޕީ.އޭގެ އެޑްވައިޒަރީ ބޯޑުގެ ޗެއަރޕާސަން ޑރ. އަޙްމަދު ފައިސަލް، ޓީވީއެމްގެ ސްކްރީނުން ފެނިވަޑައިގެން ދެއްކެވި ވާހަކަފުޅަކުން ގިނަ ބައެއްގެ ހިތްތަކަށް ވަނީ ފުން ޒަޚަމްތަކެއް ދީފައެވެ. ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި ދިވެހިން ޖެހި ވެކްސިނަކީ އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ޖެހި އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވުމަކީ، އެ ނާޒުކު ދަނޑިވަޅުގައި ރައްޔިތުން އުފުލި ތަކުލީފާއި، ވެހުނު ކަރުނައަށް ޖެހި މަލާމާތެއް ފަދައެވެ.

މުސްތަޤިއްލު ނޫސްވެރިއަކު ޑޮކްޓަރ ފައިސަލްއާ ބައްދަލުކޮށް، ވެކްސިންގެ ނޭދެވޭ އަސަރުތަކާމެދު އެތަކެއް ރިޕޯޓްތަކެއް ނެރެމުންދާއިރު ދިވެހި ރައްޔިތުން ގަޔަށް ތަހުލީލު ކުރަމުންދާ އެކްސްޕެރިމެންޓަލް ވެކްސިން ނަގަން މަޖުބޫރު ކުރަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޑރ. ފައިސަލް ވިދާޅުވީ ކޯވިޑް ވެކްސިން ނަގަން އެއްވެސް މީހަކަށް މަޖުބޫރު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެތައް ދިވެހި ރައްޔިތުންނެއް ދަނީ ވެކްސިން މަޖުބޫރު ކުރި ކަމުގައި ބުނަމުންނެވެ. ވެކްސިން މަޖުބޫރު ނުކުރާ ވާހަކަ ޑރ. ފައިސަލް ވިދާޅުވީ ކޮން މާނައެއްގައި ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ފަހަރެއްގައި އެބޭފުޅާ އެ ބުނީ މީހުން ހިފަހައްޓާ ގަދަކަމުން ވެކްސިން ނުޖަހާ ވާހަކަ ކަމުގައި ވެދާނެއެވެ. ނަމަވެސް ކޯވިޑް ވެކްސިން މަޖުބޫރު ކުރުމާ ގިނަ ދިވެހި ރައްޔިތުން ދަނީ ދެކޮޅުވެރިކަން ފާޅުކުރަމުންނެވެ.

އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދޭ އެންމެ ބޮޑު ރިހުމަކީ މިއީއެވެ. ހަމައެކަނި ތަހުލީލީ މަރުހަލާގައި އޮތް، އޭގެ ދުރު ރާސްތާގެ ނަތީޖާ ނޭނގޭ އެއްޗެއް އަޅުގަނޑުމެންގެ ހަށިގަނޑަށް ވައްދަން އޭރު މަޖުބޫރުކުރުވީ ކީއްވެގެންތޯއެވެ؟ ދުނިޔޭގެ އެތައް ޑޮކްޓަރުންނެއް އެކަމުގެ ނުރައްކާތެރިކަމުގެ އިންޒާރުތައް ދެމުންދިޔައިރު، އެ އަޑުތަކަށް ބީރުކަންފަތެއް ދެއްވީ ކީއްވެގެންތޯއެވެ؟ މިއަދު އަޅުގަނޑުމެންގެ ލޯކުރިމަތިން ފެންނަމުން މިދަނީ ވެކްސިންގެ ސަބަބުން ކަމަށް ތުހުމަތުކުރެވޭ ހިތްދަތި މަންޒަރުތަކެވެ. ކުއްލި މަރުތަކާއި، ހާޓް އެޓޭކްތަކާއި، ސްޓްރޯކްތަކުގެ އިތުރުން ފަރުވާއެއް ނެތް ‘ޓާބޯ ކެންސަރު’ ފަދަ ބިރުވެރި ބަލިތަކުގެ ޝިކާރައަކަށް ލޯބިވާ އާއިލާތައް ވަމުންދާއިރު، އެކަމާ ޒިންމާވާނީ ކާކުތޯއެވެ؟ މި ވޭންދެނިވި ވޭނީ ސުވާލުތައް ޑރ. ފައިސަލްއާ ކުރިމަތިކުރުވުމުންވެސް، އޭނާ ހަމަ ފިނިގޮތަކަށް ތަކުރާރުކުރެއްވީ އެއީ

‘އެއްވެސް ފަރާތަކަށް މަޖުބޫރުކޮށްގެން ކުރުވި ކަމެއް ނޫން’ ކަމަށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ދިވެހިން ވެކްސިން ޖެހީ ރުހުމުގައި ރުހުމުގެ ފޯމުގައި ސޮއިކޮށްފައެވެ.

މުސްތަޤިއްލު ނޫސްވެރިއަކު ޑޮކްޓަރ ފައިސަލް އާ ބައްދަލުވެގެން ތަހުލީލީ މަރުހަލާގައިވާ ކޯވިޑް ވެކްސިން ތައް މަޖުބޫރު ކޮށްގެން ޖެހުވީ ކީއްވެތޯ ސުވާލު ކުރުމުން، ޑރ ފައިސަލް ވިދާޅުވެފައިވަނީ ކޮވިޑް ވެކްސިން ޖަހަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމެެވެ.

މިއަށްވުރެ ބޮޑު ހިތްދަތިކަމެއް އޮތީ އަޅުގަނޑުމެންގެ އެންމެ ލޯބިވާ، އެއްވެސް ކުށެއް ނެތް ތުއްތު ދަރިފުޅުންނާ ގުޅިފައެވެ. މާތްވެގެންވާ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އޫރުގެ ބައިތައް އެކުލެވޭކަމަށް ބުނާ ‘ރޮޓާވައިރަސް’ ވެކްސިނަކީވެސް މަޖުބޫރު އެއްޗެއް ނޫންކަން މިއަދު މިވަނީ އެނގިފައެވެ. ނަމަވެސް، އަޅުގަނޑުމެން އެންމެ އިތުބާރުކުރާ އައި.ޖީ.އެމް.އެޗް އާއި ސިއްޙީ މަރުކަޒުތަކުން، އެ ތުއްތު ހަށިގަނޑުތަކަށް އެ ވެކްސިން ފޮނުވާލަނީ ބެލެނިވެރިންނަށް އޭގެ ފުރިހަމަ މަޢުލޫމާތާއި ޙަޤީޤަތް އަންގައިދިނުމެއް ނެތިއެވެ. މިއީ އެ މައުސޫމް ފުރާނަތަކާއި، މައިންބަފައިންގެ ފުރިހަމަ އިތުބާރަށް ކުރެވޭ ކިހާ ބޮޑު ޚިޔާނާތެއްތޯއެވެ؟

އެންމެ ބޮޑު މާޔޫސްކަމެއް ގެނުވަނީ، އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ފުރާނަ ސަލާމަތްކޮށްދެއްވާނެކަމަށް އުއްމީދުކުރާ، އެންމެންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައިވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޙަޤީޤީ މަންޒަރު ފެނުމުންނެވެ. ޑރ. ފައިސަލްއަކީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއަރޕާސަންގެ ހައިސިއްޔަތުން ރާއްޖޭގައި ވެކްސިންގެ ‘ވިޔަފާރި’ ފުޅާކޮށް މާކެޓްކުރުމުގެ އެންމެ އިސް މޭސްތިރިޔާއެވެ. ސޯޝަލް މީޑިއާގައި ރެޔާއި ދުވާލު މެދުކެނޑުމެއްނެތި ވެކްސިން އިޝްތިހާރުކުރައްވައި، ހަލުވިކަމާއެކު އެ މަސައްކަތްކުރައްވާއިރު، އާންމު ރައްޔިތުންގެ ފުރާނައާއި ޞިއްޙަތަށްވުރެ ބޮޑަށް، ފޮރުވިފައިވާ އެހެން މަސްލަހަތުތަކެއް އިސްކުރެވެނީބާވައޭ މިއަދު އަޅުގަނޑުމެންގެ ހިތްތަކަށް އަރައި، ރޮއްވާލައިފިއެވެ.

ކޮމެންޓްތައް

2

Leave a Reply

އ
އެނޮނިމަސް
Jul 3, 2026

ދޮންކަލޯ ތިޔަ ވެކްސިން ނުޖެހީމަ ހުރިހާ ކަމަކުން އޭރު މަހުރޫމްކުރި

A
Anonymous
Jun 30, 2026

Thee moya doctor eh

ޞިއްޙީ އިންޒާރު އަދި ޑިސްކްލެއިމަރ

މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.

Discover more from ސިއްޙަތު އެމްވީ އަށް މަރުޙަބާ

Subscribe now to keep reading and get access to the full archive.

Continue reading