
ކޮންމެ މަންމައަކާއި ބައްޕައަކަށްވެސް އެމީހުންގެ ލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިންނަކީ މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު އެއް އަމާނާތެވެ. އެކުދިންނަށް ދެވޭ ކާނާއިން ފެށިގެން، ހަށިގަނޑަށް އެތެރެކުރެވޭ ކޮންމެ މާއްދާއަކާމެދު ސަމާލުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ. މިއަދު އަޅުގަނޑުމެންގެ ދަރިންގެ ހަށިގަނޑަށް މި ފޮނުވާލާ ވެކްސިންތަކުގެ އެތެރޭގައި ފޮރުވިފައިވަނީ ކޮންކޮން މާއްދާތަކެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ސަބަބަކީ އެކުދިންގެ މުސްތަގުބަލާއި، އުފާވެރިކަމާއި، ދުޅަހެޔޮ ސިއްހަތު ގުޅިފައިވަނީ މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށްވާތީއެވެ.
19 ސެޕްޓެމްބަރ 2012 ގެ އެފްޑީއޭ ބްރީފިންގ ޑޮކިއުމަންޓުގެ (ސަފުހާ 25)، ވެކްސިންސް އެންޑް ރިލޭޓެޑް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އެޑްވައިޒަރީ ކޮމިޓީ ބައްދަލުވުމުގައި ބަޔާންކޮށްފައިވާ ގޮތުން، ވެކްސިންގައި ހުންނަ، ވައްޓާލާފައިވާ ތުއްތުކުދިންގެ ސެލްލައިނުގެ ޑީއެންއޭ މިންގަނޑު ވަނީ 1997 ގައި އިތުރުކޮށްފައެވެ
“ކޮންމެ ވެކްސިން ޑޯޒަކަށް 100 ޕިކޯގްރާމްގެ ހޯސްޓް ސެލް ޑީއެންއޭ ހުރުން އެއީ ލަފާދެވޭ މިންގަނޑެއްގެ ގޮތުގައި ދިހަވަރަކަށް އަހަރު ވަންދެން އޮތެވެ. އެހެންނަމަވެސް، 1997 ގައި މިކަމާމެދު އަލުން ވިސްނާފައިވަނީ އެތައް ސަބަބުތަކަކާ ހުރެއެވެ. ފުރަތަމަ ކަމަކަށް، ބައެއް ވައިރަލް ވެކްސިންތައް އުފައްދާ ފަރާތްތަކަށް، ބާކީ ހުންނަ ސެލް ޑީއެންއޭ ގެ މިންވަރު މި މިންގަނޑުގައި ހިފެހެއްޓުމަކީ އަބަދު ކުރެވޭ ކަމަކަށް ނުވިއެވެ. 1997 ގައި ބޭއްވި ޑަބްލިއުއެޗްއޯ ގެ ބައްދަލުވުމުގެ ނަތީޖާއަކަށްވީ… ވެކްސިންތަކުގެ ކޮންމެ ޑޯޒެއްގައި ބާކީ ހުންނަ ސެލް ޑީއެންއޭ ހުރުން ހުއްދަކުރެވޭ މިންވަރު 100 ޕިކޯގްރާމްއިން 10 ނެނޯގްރާމްއަށް މަތިކުރުމެވެ.“[6]
މީގެ މާނައަކީ، ވެކްސިންގެ ތެރޭގައި ބާކީ ހުންނަ އެހެން މީހުންގެ ޑީއެންއޭގެ މިންވަރު ވަކި ވަރަކަށްވުރެ މަދުކުރަން ކުރިން އޮތީ އަންގާފައެވެ. ނަމަވެސް ވެކްސިން އުފައްދާ ކުންފުނިތަކަށް އެހާ މަދުކުރަން އުނދަގޫވުމުން، ކަމާބެހޭ އިދާރާތަކުން ފަހުން ވަނީ ވެކްސިންގެ ތެރޭގައި ޑީއެންއޭ ހުރުން ހުއްދަކުރާ މިންވަރު އެތައް ގުނައެއް އިތުރުކޮށްފައެވެ. މިއީ ކުދިންގެ ރައްކާތެރިކަމަށް ބަލާފައި ކުރި ކަމެއް ނޫނެވެ.
ހަމަ އެ ބައްދަލުވުމުގައި، ކެންސަރު އުފެދުމުގެ ނުރައްކާ (އޮންކޮޖެނިކް ރިސްކް) އަދި އިންފެކްޝަން އުފެދުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ތުއްތުކުދިންގެ ޑީއެންއޭ 200 ބޭސް ޕެއަރސް އަށް ނުވަތަ އެއަށްވުރެ ކުދިކޮށް ކޮށާލުމަށް ވެސް ލަފާދެވުނެވެ. އެހެންނަމަވެސް، ސައިންސުން ސާބިތުކޮށްދީފައިވާ ގޮތުގައި ބޮޑެތި ދިގު ޑީއެންއޭ ޖީންތައް ސެލްގެ ތެރެއަށް ވަދެގަތުމާ ހިލާފަށް، ކުރު ޑީއެންއޭ ކޮޅުތައް ސެލްތަކާ ގުޅި ވަދެގަތުން މާ ފަސޭހައެވެ. މިއީ އެންމެ ބޮޑަށް ހިނގާ ކަމަކީ އެ ކޮޅުތަކުގެ ދިގުމިނުގައި 100 އާއި 1000 ބޭސް ޕެއަރސް ހުންނަ ނަމައެވެ.[7]
މީގެ މާނައަކީ، ނުރައްކާ ކުޑަކުރުމަށްޓަކައި ކަމަށް ބުނެ ވެކްސިންގައި ހުންނަ ޑީއެންއޭތައް ވަރަށް ކުދިކޮށް ކޮށާލިއެވެ. އެކަމަކު ހަގީގަތުގައި، އެހާ ކުދިކޮށް ހުންނަ ޑީއެންއޭ ކޮޅުތައް، އަޅުގަނޑުމެންގެ ދަރިންގެ ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަދެގަންނަން މާ ފަސޭހަވެފައި، އޭގެ ނުރައްކާ މާ ބޮޑެވެ.
ޑރ. ޑެއިޝަރ ފާހަގަކުރެއްވިއެވެ.
“ކުޑަކުދިންގެ ގޮށްތަކަށް ޖެހޭ ކެންސަރާ (ލިމްފޯމާ) އަދި އެޗްއީއާރްވީ (އަލުން އެކްޓިވޭޓް ކުރެވޭ ހަމައެކަނި އެންޑޯޖިނަސް ރެޓްރޯވައިރަސް) އާ ހުރި ގުޅުމާ ބެހޭގޮތުން ގިނަ އަދަދެއްގެ ދިރާސާތައް ޝާއިއުކުރެވިފައިވެއެވެ. އެމްއެމްއާރް 2 އާއި ޗިކަންޕޮކްސް ވެކްސިން އަދި ޑަބްލިއުއައި-38 ވައްޓާލާފައިވާ ކުދިންގެ ސެލްތައް ބޭނުންކޮށްގެން އާލާކޮށް ނުވަތަ އުފައްދާފައިވާ ހުރިހާ ވެކްސިންތަކެއް ވަނީ މި ރެޓްރޯވައިރަސްއިން ތަޣައްޔަރުވެފައެވެ. އަދި މިކަން އެނގުމަކީ މައިންބަފައިންނާއި ޑޮކްޓަރުންނަށް ވެސް ލިބިގެންވާ ހައްގެކެވެ!”
“ފަހުގެ ހެކިތަކުން ދައްކާ ގޮތުގައި ސްކިޒޮފްރީނިއާ ނުވަތަ ބައިޕޯލާ ޑިސްއޯޑަރ ހުންނަ ބަލިމީހުންގެ ސިކުނޑީގައި، އަދި އޯޓިޒަމް ހުންނަ ބަލިމީހުންގެ ލޭގައި… އެޗްއީއާރްވީކޭ ޓްރާންސްކްރިޕްޓްތައް މައްޗަށް ގޮސްފައިވެއެވެ. މި ރެޓްރޯވައިރަސް އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަށިގަނޑަށް ހަމަލާދޭ ބައެއް ބަލިތަކާ ވެސް ގުޅުމެއްވާ އެއްޗެކެވެ. އެޗްއީއާރްވީކޭ އަކީ ޖީން ތެރަޕީގައި ބޭނުންކުރި އެމްއެމްއެލްވީ ވައިރަސްއާ އެއް އާއިލާއަކަށް ނިސްބަތްވާ ރެޓްރޯވައިރަސްއެކެވެ. އެ ޓްރަޔަލްގައި ނުރަނގަޅު ގޮތަކަށް ޖީން އެތެރެކުރުމުގެ ސަބަބުން 9 ފިރިހެން ކުދިންގެ ތެރެއިން 4 ކުދިންނަށް އިތުރު މިއުޓޭޝަންތައް އައިސް ކެންސަރު ޖެހުނެވެ. ވެކްސިންތަކުގައި ހިމެނޭ އެޗްއީއާރްވީކޭ ޖީން ކޮޅުތައް އެކްޓިވް އެއްޗަކަށްވެފައި، މީގެ ސަބަބުން ޖީން އެތެރެވުމަށް ނުވަތަ ސިކުނޑި އަދި ނާރުތައް ދުޅަވުމަށް މަގުފަހިކުރުވައެވެ.“[8]
މި ޑޮކްޓަރު ވިދާޅުވާ ގޮތުގައި، ވައްޓާލާފައިވާ ކުދިންގެ ސެލް ބޭނުންކޮށްގެން ހަދާފައި ހުންނަ ވެކްސިންތަކުގައި، ކެންސަރާ ގުޅުންހުރި ފޮރުވިފައިވާ ވައިރަސްއެއް (ހަށިގަނޑުގެ ބައެއް) ހުރެއެވެ. އަދި އޯޓިޒަމް އާއި ސިކުނޑީގެ އުނިކަން ހުންނަ ކުދިންގެ ގައިން މި ވައިރަސް ފެންނަން ހުރެއެވެ. އެހެންކަމުން މިއީ ކުދިންގެ ސިކުނޑި ދުޅަވެ، އޯޓިޒަމް ފަދަ ކަންކަމަށް މަގުފަހިވާ ސަބަބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. މިއީ ކޮންމެ މަންމައަކަށްވެސް އެނގެންޖެހޭނެ ހައްގެކެވެ.
ބޭސް އުފައްދާ ކުންފުންޏެއްގެ ކުރީގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ހެލެން ރަޓަޖްކާކް އާޓިކަލްއަކާ ގުޅޭގޮތުން ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ:
“އެއީ އިންސާނުންގެ ޑީއެންއޭ ކަމަށްވެފައި، އެ ލިބިގަންނަ މީހުންނަކީވެސް އިންސާނުންނަށް ވުމުން، އެއްވައްތަރެއްގެ ޑީއެންއޭ އެކުވުމުގެ ޕްރޮސެސްއެއް (ހޯމޯލޮގަސް ރިކޮމްބިނޭޝަން) އުފެދެއެވެ. އެ ޑީއެންއޭ، ބަލިމީހާގެ ޑީއެންއޭ ގެ ތެރެއަށް ވަދެއެވެ. ދެން އޭގެ އަސްލު ބަދަލުވެއެވެ. އަދި ހަށިގަނޑުން އެ ނައްތާލަން މަސައްކަތްކުރެއެވެ. މިކަން އެންމެ ބޮޑަށް ފެންނަނީ ކޮންތާކުން ހެއްޔެވެ؟ ސިކުނޑީގެ ނާރުތަކުންނެވެ (ނިއުރޯންތަކުންނެވެ). ދެން ފެންނާނީ ހަށިގަނޑުން ސިކުނޑީގެ ސެލްތައް މަރަން ފަށާތަނެވެ. އަދި އެއީ މެދުކެނޑުމެއްނެތި ކުރިއަށްދާ އިންފްލެމޭޝަން އެކެވެ. އެކަން ހުއްޓުމަކަށް ނާދެއެވެ، އެ މީހެއްގެ މުޅި އުމުރަށްވެސް އެކަން ދެމިގެންދެއެވެ.”[9]
މިއީ ވިސްނާލަން ވަރަށް މުހިންމު ކަމެކެވެ. ވެކްސިންގައި ހުންނަނީ އެހެން އިންސާނެއްގެ (ތުއްތުކުއްޖެއްގެ) ޑީއެންއޭ ކަމަށްވާތީ، ވެކްސިން ޖަހާ ކުއްޖާގެ ޑީއެންއޭ އާ އެ އެއްޗެހި ގުޅި އެކުވެއެވެ. ދެން ކުއްޖާގެ އަމިއްލަ ދިފާއީ ނިޒާމުން އެއީ ބޭރުން އައި ނުރައްކާތެރި އެއްޗެއްކަމަށް ބަލައި އޭގެ ސެލްތަކާ ހަނގުރާމަކުރަން ފަށައެވެ. މި ހަނގުރާމަ އެންމެ ބޮޑަށް ހިނގަނީ ކުއްޖާގެ ސިކުނޑީގައެވެ. އޭގެ ސަބަބުން ކުއްޖާގެ ސިކުނޑި ދުޅަވެ، މުޅި އުމުރަށް އެކަން (އިންފްލެމޭޝަން) ދެމިގެންދެއެވެ.
އެއް އިންސާނެއްގެ ހަށިގަނޑުގެ ބައިތައް އަނެއް އިންސާނެއްގެ ހަށިގަނޑަށް އިންޖެކްޓު ކުރުމުން ޤުދުރަތީ ގޮތުން ހަށިގަނޑު އެ ބަލައެއް ނުގަންނާނެއެވެ. އަދި އޭގެ ބަދަލުގައި އެއާ ދެކޮޅަށް ހަނގުރާމަކުރަން ފަށާނެއެވެ. މިކަން އޯގަން ޓްރާންސްޕްލާންޓް ކުރުމުން (ގުނަވަން ބަދަލުކުރުމުން) ވަރަށް ރަނގަޅަށް ފާހަގަވެގެންދާނެއެވެ. ގުނަވަން ބަދަލުކުރުމަށްފަހު، ހަށިގަނޑުން އޭއާ ހަނގުރާމަކޮށްފާނެތީ ދެން އެމީހުން ކުރާ ކަމަކީ ބޭސް ބޭނުންކޮށްގެން ބަލިމީހާގެ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްކޮށްލުމެވެ. އޭރުން ދިފާއީ ނިޒާމަށް އެއާ ހަނގުރާމަ ނުކުރެވޭނެތާއެވެ.
ދަރިންނަކީ އަޅުގަނޑުމެންގެ ދެލޮލުގެ ފިނިކަމެވެ. އެކުދިންގެ ހަށިގަނޑަށް އެތެރެކުރެވޭ ކޮންމެ މާއްދާއަކީ ކޯއްޗެއްކަން ދެނެގަތުމަކީ، މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ އެ މަތިވެރި އަމާނާތަށް ރައްކާތެރިވުމެވެ. މިފަދަ ހަގީގަތްތައް ހޯދައި ބެލުމަކީ، އެއްވެސް ހާލެއްގައި ބިރުގަތުމެއް ނޫނެވެ. އެއީ ތިމާގެ ދަރިފުޅަށްޓަކައި އެންމެ ހެޔޮ ގޮތް ހޯދައިދިނުމަށް އެޅޭ އެންމެ ފުރަތަމަ، އަދި އެންމެ މުހިންމު ފިޔަވަޅެވެ. މައިންބަފައިންގެ ހައިސިއްޔަތުން މި މަގުގައި ސުވާލު އުފެއްދުމަކީ އަޅުގަނޑުމެންގެ ހައްގެކެވެ.
ނޯޓް: ޑރ. އެންޑްރޫ ކޯފްމަން އަދި ޑރ. ޓޮމް ކޯވަން ފަދަ ބޭފުޅުންގެ ދިރާސާތަކާއި ހުއްޖަތްތަކަށް ބަލާއިރު، ވައިރަސް ތިއަރީއަކީ ޑާވިންގެ ތިއަރީ ފަދައިން ހަމައެކަނި ޚިޔާލީ ނަޒަރިއްޔާއެކެވެ. ބޭރުން އަންނަ ވައިރަހަކުން ބަލިޖެހޭކަން ސާބިތުކޮށްދޭ ސައްހަ ދިރާސާއެއް ނެތްއިރު، ‘ވައިރަސް’ އޭ ކިޔަނީ ހަށިގަނޑުގެ ސެލްތަކުން އުފެދޭ ކުދިކުދި ޒައްރާތަކަކަށެވެ (މިއަށް އެބޭފުޅުން ކިޔަނީ ‘އެކްސޯސޯމްސް’ އެވެ). ވައިރަސްތައް ވަކިކޮށް (އައިސޮލޭޓްކޮށް) ހޯދުމަށްފަހު، ސިއްހަތު ރަނގަޅަށް ހުރި އެހެން މީހެއްގެ ގަޔަށް އެތެރެކުރުމުން ބަލިޖެހޭކަން ސީދާ ސާބިތުކޮށްދޭ އެއްވެސް ދިރާސާއެއް ނެތެވެ. މިކަމާ ގުޅޭގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކަކީ، ހަގީގަތް އޮޅުވާލައި، އެހެނިހެން މާއްދާތައް (މިސާލަކަށް ރާމާމަކުނުގެ ކިޑްނީ ސެލްފަދަ ތަކެތި) އެއްކޮށްގެން މަކަރުވެރި ގޮތަކަށް ކޮށްފައިވާ ދިރާސާތަކެކެވެ. ހަގީގަތުގައި މީހާ ބަލިކޮށްލަނީ، އެހެން އިންސާނެއްގެ ހަށިގަނޑުގެ ބައިތައް އަނެއް އިންސާނެއްގެ ހަށިގަނޑަށް އިންޖެކްޓު ކުރުމުން ހިނގާ ކަންކަމުންނެވެ. ޤުދުރަތީ ގޮތުން ހަށިގަނޑު އެ ބީރައްޓެހި ތަކެތި ބަލައެއް ނުގަންނާނެއެވެ. އަދި އޭގެ ބަދަލުގައި އެއާ ދެކޮޅަށް ހަނގުރާމަކުރަން ފަށާނެއެވެ. މިކަން އޯގަން ޓްރާންސްޕްލާންޓް (ގުނަވަން ބަދަލުކުރުމުން) ވެސް ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ގުނަވަން ބަދަލުކުރުމަށްފަހު، ހަށިގަނޑުން އެ ގުނަވަނާ ހަނގުރާމަކޮށްފާނެތީ ޖެހެނީ ބޭސް ދީގެން ދިފާޢީ ބާރު ދަށްކޮށްލާށެވެ. ޑރ. ކޯވަން އަދި ޑރ. ކޯފްމަން ފާހަގަކުރައްވާ ގޮތުގައި، ޙަޤީޤަތުގައި ވައިރަސް އެކިޔަނީ ހަށިގަނޑުގެ ބަލި ނުވަތަ ހަލާކުވާ ހިސާބުތައް އިޞްލާޙުކުރުމަށް ހަށިގަނޑުން އުފައްދާ ރައްކާތެރިކަމުގެ ބަޔޮލޮޖިކަލް މާއްދާތަކަށެވެ. މިއީ ބަލިވެފައިވާ ހިސާބުގައި ޖަމާވާ ހަށިގަނޑުގެ ޒައްރާތަކެކެވެ. މިސާލަކަށް، ރޯގާއެއް ނުވަތަ އިންފެކްޝަނެއް ޖެހި، ހަށިގަނޑުގެ ތަނެއްގައި ދޮސްލާފައި ހުރިނަމަ، އެތަނުގައި ބެކްޓީރިއާތައް ޖަމާވަނީ އެ ބައި ރައްކާތެރިކޮށް، އެތަނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައެވެ. އެހެންކަމުން ބެކްޓީރިއާތަކަކީ ބައްޔެއް ނޫނެވެ. އެއީ އެ ސަރަހައްދު ހިމާޔަތްކުރުމަށް ހަށިގަނޑުން އުފައްދާ ފާރެކެވެ. މިކަން ސިފަކުރެވޭނީ އަލިފާން ރޯވެފައިވާ ތަނަކަށް އަލިފާން ނިއްވަން އަންނަ ފަޔަރފައިޓަރުންނާ އެއްގޮތަށެވެ. އަލިފާން ރޯވެފައިވާތަން ފެނިފައި، އެތަނުގައި ތިބި ފަޔަރފައިޓަރުންނަކީ އަލިފާން ރޯކުރި ބަޔަކު ކަމަށް މީހުން ހީކުރާ ފަދައިން، ވައިރަސްއަކީ ބަލީގެ ސަބަބު ކަމަށް މީހުންނަށް ހީވަނީއެވެ. ނަމަވެސް، ޙަޤީޤަތަކީ އެއީ ފަޔަރފައިޓަރުން ފަދައިން ބަލި ނައްތާލައި ހަށިގަނޑު ސަލާމަތްކުރަން އަންނަ ބައެއް ކަމެވެ.
[6] އިންސަރޝަނަލް މިއުޓަޖެނެސިސް ރިޕޯޓް – ލިންކް
[7] ހަމަ އެ ރިޕޯޓް – ލިންކް
[8] ހަމަ އެ ރިޕޯޓް – ލިންކް
[9] ސީބީއެސް ނިއުސް – ވެކްސިންސް އެންޑް އޯޓިޒަމް އާ ސައިންޓިފިކް ރިވިއު – ލިންކް
[6] “Excerpt from FDA Briefing Document September 19, 2012 (pg 25): Vaccines and Related Biological Products Advisory Committee Meeting
The value of 100 pg of host cell DNA per vaccine dose remained the recommended standard for a decade. However, the issue was revisited in 1997 for several reasons. First, vaccine manufacturers could not always meet this level of residual cell-substrate DNA for some viral vaccines, such as with certain enveloped viruses. The outcome of the 1997 WHO meeting was that the amount of residual cell-substrate DNA allowed per dose in a vaccine produced in a continuous cell line and one administered by the parenteral route was raised from 100 pg to 10 ng.”
[7-8] “There are a large number of publications about the presence of HERV (human endogenous retrovirus — the only re-activatable endogenous retrovirus) and its association with childhood lymphoma,” noted Dr.Deisher. “The MMR II and chickenpox vaccines and indeed all vaccines that were propagated or manufactured using the fetal cell line WI-38 are contaminated with this retrovirus. And both parents and physicians have a right to know this!”
“Recent evidence has shown that HERVK transcripts are elevated in the brains of patients with schizophrenia or bipolar disorder and in the peripheral blood mono-nuclear leucocytes of patients with autism spectrum disorder. This retrovirus has also been associated with several autoimmune diseases. HERVK is in the same family of retroviruses as the MMLV virus used in a gene therapy trial, in which inappropriate gene insertion led to subsequent additional somatic mutations and cancer in 4 of 9 young boys. The HERVK gene fragment present in vaccines more likely than not codes for the integrase or the envelope protein, thus is active and induces gene insertion or neuroinflammation.”
[9] In an interview given by Dr Helen Ratajczak (a former scientist for a pharmaceutical firm) to CBS discussing her article in the Journal of Immunotoxicology “Theoretical aspects of autism: causes – A review”, Dr Ratajczak explained: “Because it’s human DNA and recipients are humans, there’s homologous recombination tinker. That DNA is incorporated into the host DNA. Now its changed, altered self and the body kills it. Where is this most expressed? The neurons in the brain. Now you have the body killing the brain cells and it’s an ongoing inflammation. It doesn’t stop, it continues through the life of the individual.”
މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.
ކޮމެންޓްތައް
0