ސިއްޙަތާއި، ބަލިތަކާއި، ބެހެތާއި ބެހޭ ލިޔުންތައް
ބޮޑު ސިއްރެއް ފަޅާއަރައިފި! އެބޯޓްކުރި ތުއްތުކުދިންގެ ބައިތަކުން ހެދި ކޮރޯނާ ‘ވިހަ’، ސެނެޓުގައި ފައުޗީ ފަޟީޙަތްކޮށްލުން!

ބޮޑު ސިއްރެއް ފަޅާއަރައިފި! އެބޯޓްކުރި ތުއްތުކުދިންގެ ބައިތަކުން ހެދި ކޮރޯނާ ‘ވިހަ’، ސެނެޓުގައި ފައުޗީ ފަޟީޙަތްކޮށްލުން!

⏱ 4 މިނެޓް ކިޔަން ހޭދަވާނެ 👁 2,434 މީހުން ކިޔާފައިވޭ

އެމެރިކާގެ ސެނެޓް އަޑުއެހުމެއްގައި ހާމަވި ބިރުވެރި ސިއްރުތަކެއް: އެން.އައި.އެޗްގެ ފަންޑުން އެބޯޓްކޮށްފައިވާ ކުދިންގެ ޓިޝޫ މީދަލުގައި ބޭނުންކޮށްގެން ހެދި ކޮރޯނާ ވިހަ ސީރަމް “ވައިރަސް” ތަޙުލީލުތަކާ ގުޅިގެން ސެނެޓަރ ޖޯނީ އާރންސްޓް ފައުޗީއާ ކުރިމަތިލުމަކަށް!

މި ކްލިޕަކީ 29 ޖުލައި 2026 ގައި ބޭއްވުނު އެމެރިކާގެ ސެނެޓް ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަރންމެންޓަލް އެފެއާޒްގެ އަޑުއެހުމުގެ ތެރެއިން ނަގާފައިވާ ކްލިޕެކެވެ. މި އަޑުއެހުމުގައި ސެނެޓަރ ޖޯނީ އާރންސްޓް ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސަސް (އެން.އައި.އޭ.އައި.ޑީ) ގެ ކުރީގެ ޑިރެކްޓަރ އަނިޔާވެރި މައްކާރު ޚުދުމުޚުތާރު ޑރ. އެންތަނީ ފައުޗީއާ ސުވާލުކުރައްވާފައެވެ.

ސެނެޓަރ ޖޯނީ އާރންސްޓް:

“ޑރ. ފައުޗީ، އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ޔޫ.އެން.ސީ ގައި ތިބި އެމެރިކާގެ ކޮރޯނާވައިރަސް ރިސާޗަރުން ވަނީ ގާތްގަނޑަކަށް 2017 ވަނަ އަހަރު، އިންސާނީ ކޮށްފައިވާ ނުވަތަ ޓްރާންސްޖެނިކް މީދާތަކެއް ޗައިނާއަށް ފޮނުވާފައެވެ. އެއީ އެމީހުންގެ ނުރައްކާތެރި ކޮރޯނާ ވައިރަސް (ވިހަ ދިޔަ؟) ގެ މަސައްކަތުގައި ބޭނުންކުރުމަށެވެ.

“ތިޔަބޭފުޅާގެ އެން.އައި.އޭ.އައި.ޑީ ގެ ދަށުން، ކޮރޯނާވައިރަސް (ވިހަ ދިޔަ؟) ރިސާޗަރުން ވަނީ އެބޯޓްކޮށްފައިވާ (ވައްޓާފައިވާ) ތުއްތުކުދިންގެ ހަށިގަނޑުގެ ބައިތައް މީދަލުގެ ރިސާޗްގައި ބޭނުންކޮށްފައެވެ. އަދި ޓެކްސް ދައްކާ ރައްޔިތުން ވަނީ އެކަން ކުރުމަށް އެމީހުންނަށް ފައިސާ ދީފައެވެ.

“އެން.އައި.އެޗް އިން ފަންޑުކޮށްފައިވާ ކޮރޯނާވައިރަސް ރިސާޗަރ ޑރ. ރާލްފް ބެރިކް އަދި ޔޫ.އެން.ސީ ގައި ތިބި އޭނާގެ އެކުވެރިން ވަނީ، އެބޯޓްކޮށްފައިވާ، ގާތްގަނޑަކަށް ފަސް މަސްވެފައިވާ އިންސާނުންގެ ތުއްތު ކުދިންގެ ހަށިގަނޑުން ހޯދާފައިވާ ފުރަމޭ އާއި ތައިމަސްގެ ބައިތަކާއި، އިންސާނާގެ ފުއްޕާމޭގެ އެތިކޮޅުތައް ބޭނުންކޮށްފައެވެ.”

“އެމީހުން ވަނީ މި ބައިތައް އެމީހުންގެ ތަޙުލީލުކުރާ މީދާތަކުގެ ތެރެއަށް ލާފައެވެ. ވަރަށް ހުތުރު ގޮތަކަށް އެމީހުން އެ މީދާތަކަށް ‘ބީ.އެލް.ޓީ-އެލް މީދާ’ގެ ނަން ދީ، އަދި އެ މީދާތަކުގެ އެތެރޭގައި އެބޯޓްކޮށްފައިވާ ކުދިންގެ ހަށިގަނޑުގެ ބައިތަކުގެ ‘ސޭންޑްވިޗް’ އެއް އުފައްދާފައިވާ ކަމަށް ލިޔެފައިވެއެވެ.

“ވިސްނިއްޖެތޯ ރައްޔިތުންނޭ؟ ބީ.އެލް.ޓީ– ބީ.އެލް.ޓީ ސޭންޑްވިޗެއް.

“މޮންޓާނާގައި ހުންނަ ތިޔަބޭފުޅާގެ އާރް.އެމް.އެލް ލެބޯޓްރީގެ މުވައްޒަފުންވެސް ވަނީ ޓެކްސް ޕޭޔަރުން ފަންޑުކުރާ އެމީހުންގެ ރިސާޗްތަކުގައި އެބޯޓްކޮށްފައިވާ ތުއްތުކުދިންގެ ހަށިގަނޑުގެ ބައިތަކަށް އޯޑަރުކޮށް ބޭނުންކޮށްފައެވެ. އަދި އެ މީދާތައް ކޮވިޑަށްފަހުގެ މަސައްކަތްތަކަށް ބޭނުންކުރުމަށް ރާވާފައިވާ ގޮތް އީމެއިލްތަކުން ދައްކުވައިދެއެވެ.”

މިއީ ފާމަކެއިއާ-މެޑިކަލް (ބޭހާއި ޞިއްޙީ)، ޔޫޖެނިސިސްޓް، ޑާވިންނިސްޓް އަދި ފްރީމޭސަނިކް ނިޒާމުގެ ތެރޭގައިވާ ބާޠިނީ ސިއްރު ޖަމާޢަތްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ފަޅާއަރާފައިވާ އިތުރު ބިރުވެރި ކަމެކެވެ. އެއީ މަރާލެވިފައިވާ ތުއްތުކުދިން ސީރަމް ތަޙުލީލުތަކަށް ބޭނުންކުރުމާއި، އެ ސީރަމްތައް އިންސާނުންގެ ގަޔަށް ޖެހުމެވެ.

މުސްލިމުން—އަދި ހަމަކަށަވަރުންވެސް ހުރިހާ އިންސާނުން—މިފަދަ އިންސާނިއްޔަތާ ޚިލާފު މަސައްކަތްތަކާމެދު ފުންކޮށް ކަންބޮޑުވާން ޖެހެއެވެ. ބޭހުގެ އަދި ޞިއްޙީ ނިޒާމުން ވަނީ އާދައިގެ މީހުން ގާތުގައި އެފަދަ ކަންކަން ހުއްޓާލާފައިވާކަމަށް ބުނަމުން މި ވާހަކަތައް ސިއްރުކޮށްފައެވެ. މި ހާމަވުންތަކުގެ ސަބަބުން އެ ޔަޤީންކަންތައްތަކަކީ އަޅުގަނޑުމެންގެ މޫނުމަތީގައި ހަދާފައިވާ ދޮގުތަކެއްކަން މިހާރު ހާމަވެއެވެ.

“ފާމަސޫޓިކަލް” މި ބަސް އައިސްފައިވަނީ ގްރީކް ބަހުގެ އަސްލު ބަހެއްކަމަށްވާ ފާމަކޮން އިންނެވެ. މިއީ ބޭހަކަށް، ވިހައަކަށް، ސިހުރުވެރި ބުއިމަކަށް، ނުވަތަ ސިހުރާ ގުޅުންހުރި މާއްދާއަކަށް ނިސްބަތްކޮށް ބޭނުންކުރެވިދާނެ ބަހެކެވެ. ސިހުރުވެރިއަކަށް، ނުވަތަ އެފަދަ ސިހުރުވެރި ބުއިންތައް ތައްޔާރުކޮށްދޭ މީހަކަށް ގްރީކް ބަހުން ކިޔަނީ ފާމަކިއުސް އެވެ. ސިހުރުގައި ނުވަތަ ފަންޑިތައިގައި ބުއިންތަކާއި ބޭސްތައް ތައްޔާރުކުރުމާއި ބޭނުންކުރުމުގެ އާދައަށް ގްރީކް ބަހުން ކިޔަނީ ފާމަކެއިއާއެވެ.

މުސްލިމުންގެ ގޮތުގައި، މި އޮޅުވާލުން ބޮޑު ސިނާޢަތާއި އޭގެ ތެރޭގައި މަސައްކަތްކުރާ މީހުންގެ މަކަރުވެރި އުކުޅުތަކާމެދު އަޅުގަނޑުމެން ސަމާލުވެ ތިބެންޖެހެއެވެ.

މި ބިރުވެރި އަނިޔާވެރިކަމަކީ މިއަދު އަލަށް އުފަންވެގެން އުޅޭ ކަމެއް ނޫނެވެ. މިއީ މާޒީގައި އުޅުނު އަނިޔާވެރި ޚުދުމުޚުތާރު ވެރިންގެ ނުބައި ޢަމަލުތަކުގެ އާރޯކުރުމެކެވެ. އެދުވަހު ފިރުޢައުނު އޭނާގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ކުށެއްނެތް ތުއްތު ކުދިން ކަތިލަމުން ދިޔަފަދައިން، މިއަދު މި ފެންނަނީ “ސައިންސާއި” ބޭސްވެރިކަމުގެ ނަމުގައި، މުއްސަނދިކަމާއި ބާރު ހޯދުމަށްޓަކައި، ކުށެއްނެތް ތުއްތު ކުދިން އެބޯޓްކޮށް، އެކުދިންގެ ހަށިގަނޑުގެ ބައިތައް ވިޔަފާރިއަކަށް ހަދައިގެން އުޅޭ ބިރުވެރި މަންޒަރެވެ. މިއީ މިއަދުގެ ފިރުޢައުނުންގެ ޢަމަލުތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި އެފަދަ އަނިޔާވެރިންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.

إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْيِـۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ

މާނައީ: “ހަމަކަށަވަރުން، ފިރުޢައުނު ބިމުގައި ބޮޑާވެގަތެވެ. އަދި އޭނާ އެރަށުގެ މީހުން ބައިބައިކޮށްލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކޮށްލިއެވެ. އެއުރެންގެ ފިރިހެންދަރިން ކަތިލައި، އަދި އަންހެންދަރިން ދިރިތިބެން ދޫކޮށްލިއެވެ. ހަމަކަށަވަރުން، ފަސާދަކުރާ މީހުންގެ ތެރެއިން އޭނާ ވިއެވެ.” (ސޫރަތުލް ޤަޞަޞް 28:4)

ދަރިން މެރުމުގެ ބޮޑުވެގެންވާ ފާފައަށް އިންޒާރު ދެއްވައި ﷲ ވަޙީކުރައްވާފައިވެއެވެ.

وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا

މާނައީ: “އަދި ފަޤީރުވެދާނެކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށްވެސް ރިޒުޤު ދެއްވަނީ ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކުދިން މެރުންވަނީ، ވަރަށްބޮޑު ފާފައެއް ކަމުގައެވެ.” (ސޫރަތުލް އިސްރާ 17:31)

އެއްވެސް ކުށަކާ ނުލައި، މައިމީހާގެ ރަޙިމުން ނެރެ މަރާލެވި، ލެބޯޓްރީތަކުގައި ކޮށައި ކުދިކުރެވޭ އެ ނިކަމެތި ފުރާނަތަކުގެ ޙައްޤުގައި ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމާއެކު ސުވާލުކުރެވޭނެކަން ކަށަވަރެވެ. އެ ބިރުވެރި ދުވަހާމެދު ﷲ ވަޙީކުރައްވާފައިވަނީ.

وَإِذَا الْمَوْءُودَةُ سُئِلَتْ ۝ بِأَيِّ ذَنْبٍ قُتِلَتْ

މާނައީ: “އަދި ދިރިހުއްޓާ ވަޅުލެވުނު އަންހެންކުއްޖާއާ ސުވާލުކުރައްވާނޭ ހިނދެވެ. ފަހެ، އެކުއްޖާ މަރައިލެވުނީ ކޮންކުށަކާހުރެ ހެއްޔެވެ؟” (ސޫރަތުއް ތަކްވީރު 81:8-9)

ކޮމެންޓްތައް

0

Leave a Reply

އަދި ކޮމެންޓެއް ނެތެވެ.

ޞިއްޙީ އިންޒާރު އަދި ޑިސްކްލެއިމަރ

މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.

Discover more from ސިއްޙަތު އެމްވީ އަށް މަރުޙަބާ

Subscribe now to keep reading and get access to the full archive.

Continue reading