ސިއްޙަތާއި، ބަލިތަކާއި، ބެހެތާއި ބެހޭ ލިޔުންތައް
ކޮވިޑް ވެކްސިނާއެކު އަހަރެމެން އެންމެން ވީ ބަޔޯވެޕަން ހަމަލާއެއްގެ ޝިކާރައަކަށް! – ޕްރޮފެސަރ ޑޮކްޓަރ ސުޗަރިތު ބަކްޑީ

ކޮވިޑް ވެކްސިނާއެކު އަހަރެމެން އެންމެން ވީ ބަޔޯވެޕަން ހަމަލާއެއްގެ ޝިކާރައަކަށް! – ޕްރޮފެސަރ ޑޮކްޓަރ ސުޗަރިތު ބަކްޑީ

⏱ 4 މިނެޓް ކިޔަން ހޭދަވާނެ 👁 184 މީހުން ކިޔާފައިވޭ

ޕްރޮފެސަރ ޑޮކްޓަރ ސުޗަރިތު ބަކްޑީ އަކީ ތައިލެންޑާއި ޖަރުމަނަށް ނިސްބަތްވާ، ޤަދަރުވެރި އެކަޑަމިކް މައިކްރޮބަޔޮލޮޖިސްޓެއް (ލޮލަށް ނުފެންނަ ކުދި ޖަރާސީމުތަކާ ބެހޭ އިލްމުވެރިއެއް) އަދި ޔުނިވަރސިޓީއެއްގެ ކުރީގެ ޕްރޮފެސަރެކެވެ.

1990 އިން ފެށިގެން 2012 އާ ހަމައަށް، ޖަރުމަނުގެ ޔުނިވަރސިޓީ އޮފް މައިންޒްގައި ޑޮކްޓަރ ބަކްޑީ ވަނީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި، އެތަނުގެ އިންސްޓިޓިއުޓް އޮފް މެޑިކަލް މައިކްރޮބަޔޮލޮޖީ އެންޑް ހައިޖީން (ބަލިޖައްސާ ޖަރާސީމުތަކާއި ސާފުތާހިރުކަމާ ބެހޭ މަރުކަޒު) ގެ އިސްވެރިޔާގެ މަގާމު ފުރުއްވާފައެވެ.

އޭނާއަކީ ބެކްޓީރިއޮލޮޖީ (ބެކްޓީރިއާއާ ބެހޭ އިލްމު)، އިމިއުނޮލޮޖީ (ހަށިގަނޑުގެ ދިފާއީ ނިޒާމާ ބެހޭ އިލްމު)، އަދި ހިތާއި ލޭނާރުތަކުގެ ބަލިތަކަށް މައިގަނޑު ގޮތެއްގައި އަމާޒުކޮށްގެން، ޕީއަރ-ރިވިއު ކުރެވިފައިވާ (އެހެން ސައިންސްވެރިން ޗެކްކޮށް ކަށަވަރުކޮށްފައިވާ) ގިނަ ލިޔުންތަކެއް ޝާއިއުކުރައްވާފައިވާ، ބަލައިގަންނަ އަދި އިހުތިރާމް ލިބިގެންވާ ދިރާސާވެރިއެކެވެ.

ތާރީހު ދުށް އެންމެ ބޮޑު ސިއްހީ ޖަރީމާ (ކޮވިޑް 19 ވެކްސިން)، ސީދާ ޖަރުމަނުގެ ސްޓޭޓް ޕާލަމެންޓުގެ ތަޅުމުން، ޕްރޮފެސަރ ޑޮކްޓަރ ސުޗަރިތު ބަކްޑީ ވަނީ މުޅި އިންސާނިއްޔަތަށް މެސެޖެއް ފޯރުކޮށްދެއްވާފައެވެ. އެބޭފުޅާ ޖަރުމަން ޕާލަމެންޓުގެ ތަޅުމުގައި ވިދާޅުވިއެވެ.

“23 އަހަރު ފަހުން އަނެއްކާވެސް ސްޓޭޓް ޕާލަމެންޓުގެ މެމްބަރުންގެ މެދުގައި އަހަރެން މިހުރީ…

ކޮރޯނާގެ ބަލިމަޑުކަމަކީ 2020 ގެ އެތައް އަހަރެއް ކުރިން ރާވައި، އުފައްދާފައިވާ ކަމެކެވެ. ކަންކަން ކުރިއަށް ގެންދާނެ ގޮތާއި ފިޔަވަޅުތައް އޮތީ ރާވާފައެވެ. މީގެ އެންމެ މުހިންމު ކަމަކަށް އޮތީ ޖީންގެ މައްޗަށް ބިނާކޮށްފައިވާ ވެކްސިންތަކަށް ހުއްދަ ދިނުމެވެ.

ބަޔޯއެންޓެކް ވެކްސިނަކީ އޭގެ ހަގީގީ ރައްކާތެރިކަމާއި ފައިދާކުރާ މިންވަރު ބެލުމަށް ދުވަހަކުވެސް ޓެސްޓުކޮށްފައިވާ އެއްޗެއް ނޫނެވެ. ހުއްދަދޭ ފަރާތްތަކަށް ހުށަހެޅި މައުލޫމާތަކީ އޮޅުވާލައިގެން ހަދާފައިވާ މައުލޫމާތެވެ.

27 އޭޕްރީލް 2020 ގައި ރޮބަރޓް ކޮކް އިންސްޓިޓިއުޓުން ލިޔެފައިވާ އެތަނުގެ ޔައުމިއްޔާއިން ސާބިތުވާ ގޮތުގައި، ގިނަ އަދަދެއްގެ މީހުން ބޭނުންކޮށްގެން ކުރި މި ތަޖުރިބާއަކީ ކުރީއްސުރެ ރާވައިގެން ކުރި ކަމެކެވެ.

ސިއްހަތު ސަލާމަތުން ތިބި މީހުންގެ ގަޔަށް، ވިހަ ކަމަށް ލިޔެކިޔުމުން ސާބިތުވާ މާއްދާތަކެއް (ޓޮކްސިކް ސަބްސްޓެންސް) ޖެހުމަށް މަގުފަހިކުރުމުގެ ގޮތުން ކުއްލި ހާލަތުގެ ހުއްދަ ވަނީ އޮޅުވާލާފައެވެ. އެއީ ހުއްދަ ކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑު ކުށެކެވެ.

މާކެލްގެ ކައިރީގައި ހުރެ ބިލް ގޭޓްސް އިއުލާންކުރީ، އެމީހުން އަމިއްލައަށް އުފެއްދި ބިރުވެރިކަމުން ‘7 ބިލިއަން މީހުން ވެކްސިން ޖަހައިގެން ރައްކާތެރިކުރާނެ’ ކަމަށެވެ. ހަގީގީ މަގުސަދަކީ ކޮބައިހެއްޔެވެ؟ ބާރާއި ނުފޫޒު ހޯދުމާއި، މިކަމާ ހަވާލުވެ ތިބި މީހުންގެ ޖީބުތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފައިސާ ވަނުމެވެ.

އެމްއާރްއެންއޭ އޮންނަން ޖެހޭނީ އާޓިފިޝަލް ލިޕިޑް ނެނޯޕާޓިކަލްސްއެއްގެ ތެރޭގައި ބަންދުކޮށްފައެވެ. މީގެ ދެ އަހަރު ކުރިން ރަސްމީކޮށް ހޯދުނު ގޮތުގައި، މި ޕެކެޓުތައް ހަށިގަނޑުގެ ތެރެއަށް ގޮސް ހުއްޓޭ ކޮންމެ ތަނެއްގައި ލޭގައި ވިހަވުން (ބްލަޑް ޕޮއިޒަނިންގ) ފަދަ ގޮތަކަށް ވަރަށް ބޮޑަށް ދުޅަވުން (އިންފްލެމޭޝަން) އުފެދެއެވެ. މިއެތި ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ފަށަލަ (ބްލަޑް-ބްރެއިން ބެރިއަރ) އަދި މައިމީހާގެ ބަނޑުގައިވާ ދަރިފުޅަށް ކާނާ ފޯރުކޮށްދޭ ފަށަލަ (ޕްލެސެންޓަލް ބެރިއަރ) ހުރަސްކޮށް އެތެރެއަށް ވަދެއެވެ. ސެލްތަކާ ހަމައަށް އެމްއާރްއެންއޭ ފޯރުމުގެ ކުރިން، ސިކުނޑި ދުޅަވުން (އެންސެފަލައިޓިސް)، ހިތުގެ ވިންދު އާދަޔާޚިލާފުވުން (ކާޑިއެކް އެރިތްމިއާ)، އަދި މޭގަނޑާއި، ފުއްޕާމެޔާއި، ކިޑްނީ އަދި ހިތަށް ގެއްލުން ލިބެއެވެ.

ދެން އޮތީ އޮޅުވާލުމެވެ: އޮކްޓޯބަރު 2020 ގައި، ވެކްސިން އުފައްދާ ގޮތް، ސާފު އަދި ޓެސްޓުކުރެވިފައިވާ ގޮތުން، އަގުހެޔޮ އަދި ފަރުވާކުޑަ ޕްލާސްމިޑް ގޮތަކަށް ސިއްރުން ބަދަލުކުރިއެވެ.

މީގައި ބޭނުންކޮށްފައިވަނީ ޖެނެޓިކް ބަދަލުތަކެއް ގެނެސްފައިވާ ބެކްޓީރިއާގެ ކުދި ކްރޮމޮޒޯމްތަކެކެވެ (ޕްލާސްމިޑްސް). މިއީ އެއްކޮށް ނައްތާލެވޭނެ އެއްޗެއް ނޫނެވެ. މީގެ ބާކީބައިތައް ވަނީ އެކި ބެޗްތަކުންނާއި ލެބޯޓަރީތަކުން ފެނިފައެވެ.

މިހާރު ސާބިތުވެފައިވާ ސައިންޓިފިކް ހަގީގަތްތައް:

  1. މި ބެކްޓީރިއާގެ ޑީއެންއޭގެ ބައިތައް އިންސާނާގެ ކްރޮމޮޒޯމްތަކާ ގުޅި، ކެންސަރު އުފެދުމަށް މަގުފަހިކުރުވައެވެ.
  2. މިކަމުގެ ސަބަބުން މުޅި ޖީނޯމްގެ މަސައްކަތްތަކަށް ހުރަސްއެޅި، މައްސަލަތައް ދިމާވެއެވެ.
  3. ހަށިގަނޑާ ބީރައްޓެހި މި ޖީން ދިގު މުއްދަތަކަށް ހަށިގަނޑުގައި ހުރެއެވެ. އަދި ވެކްސިން ޖަހާފައިވާ މީހުންގެ ޖެނެޓިކްސްއަށް ދިގު މުއްދަތަކަށް ބަދަލުތަކެއް އާދެއެވެ.
  4. މި އިންޖެކްޝަންތަކުގެ ސަބަބުން ކޮންމެ ގުނަވަނެއްގައިވެސް އަމިއްލައަށް ހަމަލާދީ ހަލާކުވުމުގެ މަސައްކަތް ފެށެއެވެ.
  5. މައިމީހާގެ ބަނޑުގައިވާ މަސް (ޕްލެސެންޓާ) ހުރަސްކޮށް ބަނޑުގައިވާ ދަރިފުޅާ ހަމައަށް މިއެތި ފޯރައެވެ.

ބާޒާރުގައި ހުރި އެއްވެސް އެމްއާރްއެންއޭ ވެކްސިނަކީ އެކަށީގެންވާ ގޮތެއްގައި ކްލިނިކަލް ޓެސްޓުކުރެވިފައިވާ އެއްޗެއް ނޫނެވެ. ހުއްދަ ދިނުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ ޝަރުތުތައް މީގައި ފުރިހަމަވެފައެއް ނެތެވެ.

ފާއިތުވި ހަފްތާގައި އެމެރިކާގެ އިންޓެލިޖެންސްގެ އެންމެ މަތީ ފަންތިން ވަނީ މިކަމުގެ ޖަވާބު ދީފައެވެ. ވައިރަހާއި (ލެބޯޓަރީ ދިޔަ) ވެކްސިން އުފައްދާފައިވަނީ ޗައިނާ އަދި އެމެރިކާގެ ބަޔޯވެޕަން ލެބޯޓަރީތަކުގައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާއި އެހީތެރިވި ފަރާތްތަކުގެ ނަންތައް އެނގެން އެބަހުއްޓެވެ.

އިންސާނިއްޔަތާ ދެކޮޅަށް ދެވުނު އެންމެ ފުރަތަމަ ބިރުވެރި ބަޔޯވެޕަން ހަމަލާގެ ޝިކާރައަކަށް އަހަރެމެން އެންމެން ވީމެވެ. ބަދަލުވާންވީ ވަގުތު އައިސް ޖެހިއްޖެއެވެ.

ޕްރޮފެސަރ ބަކްޑީ އެ ވިދާޅުވާ ވާހަކަތަކުގެ މައިގަނޑު މާނަ އާދައިގެ ބަހުރުވައިން ބުނެދޭނަމަ، އޭނާ ތުހުމަތުކުރާ ގޮތުގައި ކޮވިޑް ވެކްސިނަކީ އެއްވެސް ވަރަކަށް ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ އެއްޗެއް ނޫނެވެ. އަދި އެއީ ބޮޑެތި ކުންފުނިތަކުން ފައިސާއާއި ބާރު ހޯދުމުގެ ބޭނުމުގައި، އިންސާނުންނަށް ގެއްލުންދިނުމަށް ގަސްދުގައި އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރެއް (ބަޔޯވެޕަންއެއް) ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް ހިތާމައަކީ، ބޭރުގެ ބައެއް ޑޮކްޓަރުން މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާއިރުވެސް، އަޅުގަނޑުމެންގެ ދިވެހި ޑޮކްޓަރުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބެވިކަމެވެ. ޑޮކްޓަރުން ކިޔަވައިގެން ނުކުންނައިރު ބޯލަނބާ “އެންމެ ފުރަތަމަ ގެއްލުމެއް ނުދިނުން” (First, do no harm) ގެ މަތިވެރި އުސޫލު މިއަދު ކޮބައިހެއްޔެވެ؟

ހަމައެހެންމެ، އަޅުގަނޑުމެންގެ މީޑިއާތައް ކޮބައިހެއްޔެވެ؟ މިފަދަ ވާހަކަތައް އާންމުންނާ ހަމައަށް ނުގެނެސްދެނީ ކީއްވެގެން ހެއްޔެވެ؟ ބޮޑެތި ބޭސް އުފައްދާ ކުންފުނިތަކުގެ (ބިގް ފާމާގެ) ފައިސާގެ ނުފޫޒާއި އަނިޔާވެރިކަމުގެ ދަށުގައި މީޑިއާތައްވެސް ތާށިވެ، ފިތިފައި ވަނީބާއެވެ؟ ފައިސާ އަންނަ މަގުތަކާއި، އެ ފައިސާއަށް ބަރޯސާވެގެން މީޑިއާތަކުން އަމަލުކުރާ ގޮތްތަކަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. މިއަދު އަޅުގަނޑުމެންގެ ނޫސްވެރިން މިއަށްވުރެ ބޮޑަށް އިންސާނިއްޔަތުކަން އިސްކޮށް، ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ހަގީގަތް ލިޔަން އެބަޖެހެއެވެ.

އެންމެފަހު ކަމަކަށް، އަޅުގަނޑުމެން ދުޢާކުރަނީ މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ބާރު ލިބިގެންވާ ފަރާތްތަކާއި، ވެރިންނާއި، ވަޒީރުންނާއި، ސިއްހީ މާހިރުންނާއި، ޑޮކްޓަރުންގެ އިތުރުން އާންމު ރައްޔިތުންގެ (ޢަވާމުންގެ) ހިތްތައް ހަގީގަތަށް ހުޅުއްވައިދެއްވުމަށެވެ. އަދި މި ވެކްސިންތަކުގެ ސަބަބުން ގެއްލުމާއި އަނިޔާ ލިބިފައިވާ އެންމެހާ ފަރާތްތަކަށް އެންމެ ފުރިހަމަ ޝިފާ މިންވަރުކުރައްވައި، އެންމެހާ މީސްތަކުންނަށް މަދަދާއި އެހީތެރިކަން ދެއްވާށިއެވެ. އާމީން.

نَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَنَسْأَلُ اللَّهَ أَنْ يَنْصُرَ الْمُسْلِمِينَ

(އަޅަމެންގެ އަމިއްލަ ނަފުސުތަކުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި ﷲ ގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ. އަދި އެންމެހާ މުސްލިމުންނަށް ނަޞްރާއި މަދަދު ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދަންނަވަމެވެ.)

ކޮމެންޓްތައް

0

Leave a Reply

އަދި ކޮމެންޓެއް ނެތެވެ.

ޞިއްޙީ އިންޒާރު އަދި ޑިސްކްލެއިމަރ

މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.

Discover more from ސިއްޙަތު އެމްވީ އަށް މަރުޙަބާ

Subscribe now to keep reading and get access to the full archive.

Continue reading